Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެބޮޑުވަޒީރުކަމަށް ގާސިމަކީ ގާބިލް ބޭފުޅެއް

އަޅުގަނޑަށް ޕިއޯނުކަން ދިނުމަށް ވެސް އެމްޑީޕީިން އެއްބަހެއް ނުވާނެ - ގާސިމް

8 ސެޕްޓެމްބަރު 2021 | ބުދަ 03:57

ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ، އަދުލުވެރިކަންމަތީގައި ރައްޔިތުންނަށް އެ މަނިކުފާނުގެ ބޮޑުވަޒީރު ކަމުގެ އިންގިލާބީ ބަދަލެއް ގެނެސްދިނުން

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 8 ސެޕްޓެމްބަރު 2021 | ބުދަ 03:57
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގްރޫޕެއްގެ މެސެޖްތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ގްރޫޕެއްގެ މެސެޖްތަކެއް

އެމަނިކުފާނަށް ޕިއޯނުކަން ދިނުމަށް ވެސް އެމްޑީޕީން އެއްބަސް ނުވާނެ ކަމަށް މާމިގިލީ ދާއިރާގެ ރައްޔިތުންގެ މަޖިލިސް މެމްބަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވާ ވަޓްސްއަޕް ގްރޫޕްގައި ބޮޑުވަޒީރުކަން އެމަނިކުފާނަށް ދެެއްވަން ތާއީދުކަމަށް ބައެއް މެމްބަރުން ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

Advertisement - newsAdvertisement

ބިލެތްދޫ ދާއިރާގެ މެމްބަރު އަހްމަދު ހަލީމް ވިދާޅުވެފައިވަނީ ބޮޑުވަޒީރުކަން ކުރެއްވުމަށް ގާސިމަކީ ގާބިލް ބޭފުޅެއް ކަމަށެވެ. އަދި މި ރާއްޖެއަށް ގާސިމަށް ކޮށްދެވޭނެ އެންމެ ބޮޑު ކަމަކީ، އަދުލުވެރިކަންމަތީގައި ރައްޔިތުންނަށް އެ މަނިކުފާނުގެ ބޮޑުވަޒީރުކަމުގެ އިންގިލާބީ ބަދަލެއް ގެނެސްދިނުން ކަމުގައި އެ ގްރޫޕްގައި ހަލީމް ވިދާޅުވެފައިވެއެވެ.

މި ވާހަކައަށް ތާއީދު ނުކުރެވޭ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވިއެވެ. ބޮންޑޭގެ ވާހަކައަށް ގާސީމް ވަނީ ތާއީދު ކުރައްވާފައެވެ.

ބޮންޑޭގެ ވާހަކައަަށް ރައްދުދެއްވައި ހަލީމް ވިދާޅުވީ، މި ވާހަކައަކީ ބައެއް ބޭފުޅުންނަށް އުނދަގޫ ވާހަކައެއް ނަމަވެސް މިއީ ރާއްޖޭގެ ރައްޔިތުންނަށް ރަނގަޅު ގޮތް ކަމަށެވެ. އަދި ޒާތީ ނަޒަރަކުން ބެލީމަ ކަމުނުދާނެ ކަމަށެވެ.

ހަލީމްގެ ވާހަކައަށް ތާއީދުކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވާހަކަ ދެއްކެވިއެވެ. އެމަނިުފާނު ވިދާޅުވީ، ގާސިމަކީ ބޮޑު ވަޒީރު ކަަމަށް ވަރަށް ރަނގަޅު ބޭފުޅެއް ކަމަށާއި، ހަލީމަކީ ދުރު ވިސްނޭ މީހެއް ކަމަށެވެ.

ގާސިމް ވިދާޅުވީ، ބޮޑު ވަޒީރުކަން ކީއްކުރަން ޕިއޯނުކަން އެމަނިކުފާނަށް ދޭން ވެސް އެމްޑީޕީން އެއްބަސްނުވާނެ ކަމަށެވެ. އެވަރު ދިނަސް ވަރަށް ރަނގަޅު ބަޔަކަށް ވާނެ ކަމަށެވެ.

މިއަށް ރައްދު ދެއްވައި، ރައީސް ނަޝީދު ވިދާޅުވީ، މިހާތަނަށް ވެސް ގާސިމް ބޭނުންވެލެއްވި ގޮތްތައް އެމްޑީޕީން ހަދާފައިވާނެ ކަމަށެވެ.

އިތުރަށް ހަލީމް ވިދާޅުވެފައިވަނީ، ރައްޖެ ބަދަލުކޮށް ޕާޓީ ނިޒާމް ގެނައުމަށް ގާސިމްގެ ހިއްސާ ބޮޑު ކަމަށާއި، މިއަދުވެސް ގާސިމަށް ސިޔާސީ ގޮތުން ހައްގު މިންވަރު ލިބެންޖެހޭ ކަމަށެވެ. އަދި އެ މިންވަރަކީ ބޮޑު ވަޒީރުކަން ކަމުގައި ވިދާޅުވިއެވެ. މިއަށް ތާއީދުކުރައްވާ ރައީސް ނަޝީދު ވިދާޅުވީ، ގާސިމް ކުރެއްވި މަސައްކަތް އެންމެ ގާތުން ފެނިވަޑައިގެންނެވީ އެމަނިކުފާނަށް ކަމަށެވެ.

އެމްޑީޕީގެ މެމްބަރުން މިހެން ވާހަކަދައްކަވަމުން ގެންދަވާއިރު، ރައީސް ނަޝީދު ގެންދަވަނީ ފައުޅުކަން ބޮޑު ގޮތެއްގައި ބޮޑުވަޒީރުކަމުގެ ޝައުގުވެރިކަން ފައުޅު ކުރައްވަމުންނެވެ.

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

3

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

4

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

5

އެމެރިކާގެ ޓެކްސް އަށް މަކަރު ހަދައިގެން ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމަނާ، ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް ގައި ހިމެނޭ ގައުމުތަކަށް ހަރުކަށި އަދަބުދޭނެ ކަމުގެ އިންޒާރު ދީފި

އިތުރަށް ކިޔާލަން

20 ފެބުރުއަރީ 2017

ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި

20 ފެބުރުއަރީ 2017
ކާނަލް ނާޒިމަށް 2 މިލިއަނަށްވުރެ ގިނަ ރުފިޔާ ދިނުމަށް ކުރީގެ ވަޒީރެއްގެ މައްޗަށް ހުކުމްކޮށްފި
14 ފެބުރުއަރީ 2017

ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި

14 ފެބުރުއަރީ 2017
ޓާޓާ ފްލެޓް ލިބުނު ފަރާތްތަކުގެ މައުލޫމާތު ދިނުމަށް އެޗްޑީސީން ދެކޮޅު ހަދައިފި
09 ފެބުރުއަރީ 2017

ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި

09 ފެބުރުއަރީ 2017
 ޗެއާރޕާސަން ހޮވުމުގެ އިންތިހާބުގައި ހުރިހާ މެމްބަރުން ވޯޓްދިނުމަށް ރައީސް ނަޝީދު އެދިވަޑައިގަންނަވައިފި
06 ފެބުރުއަރީ 2017

ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި

06 ފެބުރުއަރީ 2017
ޕީޕީއެމްގެ ޕްރައިމަރީގެ މައްސަލަ ބަލައިދިނުމަށް ރައީސް މައުމޫނު، އިލެކްޝަންސް ކޮމިޝަންގައި އެދިވަޑައިގެންފި
04 ފެބުރުއަރީ 2017

އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު

04 ފެބުރުއަރީ 2017
އަޅުގަނޑަށް ވާދަނުކުރެވިއްޖެއްޔާ އެމްޑީޕީން ރިޔާސީ އިންތިހާބުގައި ބައިވެރިއެއްނުވާނެ: ރައީސް ނަޝީދު
01 ފެބުރުއަރީ 2017

ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ

01 ފެބުރުއަރީ 2017
ދުނިޔޭގެ ކެންސަރބަލީގެ ދުވަސް: ކަސްރަތުން ހިތްވަރުދިނުމަށް ހާއްސަ ހަރަކާތެއް ބާއްވަނީ
26 ޖެނުއަރީ 2017

މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ

26 ޖެނުއަރީ 2017
މުވައްޒަފުންނަށް ބޯނަސް ދިނުމަށް ދަނީ މަޝްވަރާ ކުރަމުން، ވަކި ގޮތެއް ނުނިމޭ: ސީއެސްސީ
25 ޖެނުއަރީ 2017

ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް

25 ޖެނުއަރީ 2017
ރައީސް ޔާމީނަށް ހެޔޮ އެދޭ މީހުން އެދެނީ ޖުނައިދު އިސްތިއުފާ ދިނުމަށް: ޑޭވް
16 ޖެނުއަރީ 2017

ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން

16 ޖެނުއަރީ 2017
ގައިދީންގެ އަދަބު ލުއިކޮށްދިނުމަށްޓަކައި ގާނޫނީ ގޮތުން ކުރަންޖެހޭ ކަންކަން އޮތީ ނިމުމުގެ މަރުހަލާގައި: އަޒްލީން
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް