Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުސާފް ޗެމްޕިއަންޝިޕް

ގެއްލުނު ފޯރި އަލުން ގެނައުމަށް މިއީ ރަނުގެ ފުރުސަތެއް

7 ސެޕްޓެމްބަރު 2021 | އަންގާރަ 11:04

އިހުން ފެށިގެންވެސް ދިވެހީންނަކީ ފުޓްބޯޅައަށް މަރުދޭ ބައެއް

އަތޫފް އާތިފް
އަތޫފް އާތިފް | 7 ސެޕްޓެމްބަރު 2021 | އަންގާރަ 11:04
2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު ގައުމީ ޓީމު މާލެ އައުމުން މަރުހަބާ ކިޔަން އާންމުން ނުކުމެފައި

2008 ގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރުމަށް ފަހު ގައުމީ ޓީމު މާލެ އައުމުން މަރުހަބާ ކިޔަން އާންމުން ނުކުމެފައި

ފުޓްބޯޅައަކީ ރާއްޖޭގެ އެއް ނަންބަރު ކުޅިވަރެވެ. އިހުން ފެށިގެންވެސް ދިވެހީންނަކީ ފުޓްބޯޅައަށް މަރުދޭ ބަޔެކެވެ. ހާއްސަކޮށް ދިވެހި ސަޕޯޓަރުންނަކީ ފުޓުބޯޅައިގައި 12 ވަނަ ކުޅުންތެރިޔާގެ ދައުރު އަދާކުރާ ބަޔެކެވެ. 12 ވަނަ ކުޅުންތެރިޔާއާއެކު ދިވެހީން ވަނީ އެތައް ކާމިޔާބީތަކެއްވެސް ހޯދާފައެވެ.

މީގެ ކުރިން އީރާން އަތުން 17-0 ގެ ނަތީޖާއަކުން ދިވެހީން ބަލިވި ދުވަހުވެސް ދިވެހި ސަޕޯޓަރުން ގައުމީ ޓީމާއެކު ދެގޮތެއް ނުވެ ތިއްބެވެ. އޭގެ ފަހުން ފީފާ ވޯލްޑް ކަޕް ކުޅުނު ކޮރެއާ ޓީމާ ދެކޮޅަށް ދިވެހި ފަސްގަނޑުގައި ކުޅެ އެއްވަރުކުރި މެޗުގައި އެންމެ މުހިންމު ދައުރެއް އަދާކުރީ ދިވެހި ސަޕޯޓަރުން ކަމަށް އެ ދުވަހު އެ މެޗު ކުޅުނު ކުޅުންތެރިން ބުނެއެވެ.

ފަހުގެ ތާރީޚަށް ބަލާނަމަ ދިވެހި ފުޓްބޯޅައިގެ ރަން އަހަރު ކަމަށް ގިނަ ބަޔަކު ދެކޭ 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕުގައި ހޯދި ރަން ކާމިޔާބީގެ ފަހަތުގައިވެސް ވަނީ ދިވެހި ސަޕޯޓަރުންނެވެ. އަމިއްލަ ގައުމާއި، އަވައްޓެރި ސްރީ ލަންކާގައި ކުޅުނު އެ މުބާރާތަކީ ރާއްޖޭން ފުޓްބޯޅައިން ހޯދި ފުރަތަމަ ކާމިޔާބީވެސްމެއެވެ.

"މިއީ އަހަރެމެންގެ ފަހަރު" ކިޔާ ގޮސް ބިޔަބޮޑު އިންޑިއާ ކުޑަކަކުލަށް ތިރިކޮށްލީ ދިވެހި ސަޕޯޓަރުންގެ ފޯރީގެ އަޑާއެކުގައެވެ. އެ މުބާރާތުގެ ގްރޫޕް ސްޓޭޖް މެޗުތައް ރާއްޖޭގައި ކުޅުނުއިރު، ގަލޮޅު ދަނޑު ފުރި ބާރުވިއެވެ. އޭގެ ފަހުން ސެމީ ފައިނަލާއި ފައިނަލް މެޗު ލަންކާގައި ކުޅުނެއް ކަމަކު، އެ ދެ މެޗުގައިވެސް ފެނިގެންދިޔައީ ދިވެހި ސަޕޯޓަރުންގެ ފޯރިއެވެ. އޭގެ ފަހުން 2018 ވަނަ އަހަރު ރާއްޖެއިން ތަށި ކާމިޔާބުކުރުމުގައިވެސް ދިވެހި ސަޕޯޓަރުންގެ ދައުރު ބޮޑެވެ.

އޭގެ 13 އަހަރު ފަހުން އަނެއްކާވެސް މިއޮތީ ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވުމުގެ ފުރުސަތު ލިބިފައެވެ. ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް މީގެ ކުރިން ވަނީ މިއީ ފުޓްބޯޅައިގެ ގެއްލިފައިވާ ފޯރި އަލުން ގެނައުމަށް ދިވެހިންނަށް ލިބުނު ރަނުގެ ފުރުސަތެއް ކަމަށް ބުނެފައެވެ. އަދި ފުޓްބޯޅައަކީ ގައުމު އެއްބައިވަންތަ ކުރުވާ ކުޅިވަރެއް ކަމަށާއި، މީގެ ކުރިންވެސް އެކަން ދިވެހީން ސާބިތުކޮށްދީފައިވާ ކަމަށް ވަނީ ބުނެފައެވެ.

ތެދެކެވެ. 2008 ވަނަ އަހަރު އަދި 2018 ވަނަ އަހަރު ދިވެހީން ސާފުގެ ރަން ކާމިޔާބީ ހޯދީ ސިޔާސީ ގޮތުން ގައުމު ހަލަބޮލިވެފައިވާ ދަނޑިވަޅެއްގައެވެ. އެކަމަކު އެ ދެ ފަހަރުވެސް ދިވެހީންނަކީ އެއްބައިވަންތަ ބައެއްކަން ސާބިތުކޮށްދިނީ ފުޓްބޯޅައެވެ.

ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނީ ރާއްޖޭގެ އެއް ނަންބަރު ކުޅިވަރުގެ ގޮތުގައި ފުޓްބޯޅަ މިއަދާ ހަމައަށްވެސް އޮތީ ދިވެހި ސަޕޯޓަރުންގެ ސަބަބުން ކަމަށާއި، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕް މުބާރާތް ކާމިޔާބުކުރެވޭނީ ސަޕޯޓަރުންގެ ސަޕޯޓާއެކުގައި ކަމަށެވެ.

މީގެ އިތުރުން ރާއްޖޭގައި އުފެދުނު އެންމެ މޮޅު ގޯލްކީޕަރު އަދި މިހާރު ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އިމްރާން މުޙައްމަދު ބުނީ ފުޓްބޯޅައިން ދިވެހިން ހޯދި ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ވަނީ 12 ވަނަ ކުޅުންތެރިޔާ ކަމަށާއި، އެހެންކަމުން ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށްވެސް 12 ވަނަ ކުޅުންތެރިޔާ ދިވެހި ޓީމަށް މުހިންމުވާނެ ކަމަށެވެ.

ސާފް ޗެމްޕިއަންޝިޕުގެ ފޯރި އަލުން ނެގުމަށް މަސައްކަތްކުރަމުން އަންނައިރު، އެފްއޭއެމުން ވަނީ ސާފް ޗެމްޕިއަންޝިޕް ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުމާ ގުޅޭ ގޮތުން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އާއެކު މަޝްވަރާކުރުމަށް ނިންމާފައެވެ. އަދި ސާފް ޗެމްޕިއަންޝިޕުގެ ކުރިން ސަޕޯޓަރުންގެ ފޯރި އިތުރުކުރުމުގެ ގޮތުން މިމަހު ޚާއްސަ ކެމްޕެއިނެއް ފަށަންވެސް ވަނީ ނިންމާފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

27 އޯގަސްޓު 2017

ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.

27 އޯގަސްޓު 2017
ހަގީގަތުގައި ވެސް މިއީ ހަމަ ކުޅިވަރެކެވެ.
24 ޖުލައި 2017

ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!

24 ޖުލައި 2017
ވެނެޒުއޭލާގެ ގާނޫނު އަސާސީ އަލުން އެކުލަވާލުމުގެ މަސައްކަތް ހުއްޓުމެއް ނެތި ދަނީ ކުރިއަށް!
16 ޖުލައި 2017

އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟

16 ޖުލައި 2017
އަގްސާ މިސްކިތް އާދީއްތަ ދުވަހު އިޒްރޭލުން އަލުން ހުޅުވާލާނެބާ؟
27 ޖޫން 2017

މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!

27 ޖޫން 2017
މިއީ ދުނިޔޭގައި އެންމެ ގިނަ ޕީއެޗްޑީ ހޯލްޑަރުން ތިބި ގައުމުތައް!
18 ޖޫން 2017

މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟

18 ޖޫން 2017
މިއީ އާދައިގެ ބައެެއް ނޫން، ކުރާ މަސައްކަތް އެނގޭތަ؟
13 މެއި 2017

"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟

13 މެއި 2017
"މިއީ ލޯތްބަކީ" ކާމިޔާބު ފިލްމެއްތަ؟
05 އެޕްރީލު 2017

މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!

05 އެޕްރީލު 2017
މިއީ ސިޔާސީ ކަމެއް ނޫން! އިއްތިފާގެއް!
26 މާރިޗު 2017

އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް

26 މާރިޗު 2017
އަތޮޅުތެރޭގައި ހޭންޑްބޯޅައިގެ ފޯރިގަދަކުރުން، ކުޅިވަރަށް ލިބޭނެ އިތުރު ކުރިއެރުމެއް
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
26 ޖެނުއަރީ 2017

އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން

26 ޖެނުއަރީ 2017
އިދިކޮޅު ފަރާތްތައް ސައިޒުކުރުމަށް ނާތަހުޒީބު އުކުޅުތަކެއް! މިއީ ގަޓްހުރުމެއް ނޫން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް