Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަސްތުގެ ބަލިމަޑުކަމުގައި ޖެހިފައިވާ ޒުވާނުން

ބުޅަލަށް ދޫނުކޮށް ދިވެހި ޒުވާނުން ކުނިކޮތަޅުތައް ހާވަނީ ކީއްވެ؟

މިހާރު އެންމެ 30 ރުފިޔާއިން ފެށިގެން އެއްފަހަރު ނަގަން ބޭނުންވާ ވަރަށް މަސްތުވާތަކެތި ގަންނަން ލިބޭ

އަހުމަދު ސިރާޖް
އަހުމަދު ސިރާޖް, ރާއްޖެ އެމްވީ | 6 ސެޕްޓެމްބަރު 2021 | ހޯމަ 03:31
ކުނި ކޮތަޅު ހާވާ ޒުވާނުން

ކުނި ކޮތަޅު ހާވާ ޒުވާނުން

މާލޭގެ މަގުމަތީގައި ހުންނަ ކުނި ކޮތަޅުތައް ހާވާތީ އާންމުކޮށް ފެންނަމުން ދިޔައީ މާލޭއެކި ސަރަހައްދުތަކުގައި ދިރިއުޅޭ ބުޅާތަކެވެ. ބުޅާތައް ކުނި ކޮތަޅު ހާވައި، މުޅި ސަރަަހައްދަށް ކުނި އަޅައި ހަޑިކުރާ މައްސަލަ ހޫނުވެ ކަމާގުޅޭ ފަރާތްތަކާ ހަމައަށްވެސް އެ މައްސަލަ ދެއެވެ. ނަމަވެސް މިހާރު މަންޒަރު ވަނީ ކޮންމެސް ވަރަކަށް ބަދަލުވެފައެވެ. މިހާރު ގޭގެއިން ނެރޭ ކުނި ކޮތަޅުތައް ހޭވުމުގައި ބުޅަލާއެކު ބައިވެރިވާނެ އިތުރު ބަޔަކު ވަނީ ލިބިފައެވެ. އެއްކޮތަޅު ބުޅާ ހާވަންޏާ އެއާ ޖެހިގެން ހުރި ކޮތަޅު ހޭވުމުގެ މަސައްކަތް ކުރަނީ އެސޮރުގެ ރަހުމަތްތެރި އިންސާނެކެވެ.

ދިވެހި ޒުވާން ފިރިހެނުން މާލޭގެ އެކި ސަރަހައްދުތަކުގައު ހުންނަ ކުނި ކޮތަޅުތައް ހާވާ މަންޒަރަކީ މިހާރު އައު ކަމެއް ނޫނެވެ. ވެމްކޯގެ މުވައްޒަފުން ކުނި ކޮތަޅުތައް ބަލައި އަންނަން ވާއިރަށް އެކޮތަޅުތައް ކޮންމެހެން ހަދާފައިވެސް ޒުވާނުން ހާވައެވެ. ހީވަނީ އެކަމަށް ވަކި ޚާއްސަ ޓޭބަލެއް ހަދާފައިވާހެނެވެ. ގޭބީސީތަކުން ކުނި ކޮތަޅު ނެރުމާއެކު މަގުމަތީގައި ކޮތަޅު ހޭވުމުގެ ވަޒީފާގައި އުޅޭ ޒުވާނުން ނުކުމެ އެކޮތަޅުތައް ބަލައި ފާސްކުރާނެއެވެ. ދެން އެއަށްފަހު ބުޅާތައް ނުކުމެ ކޮތަޅުތައް ހޭވުމަށް އަވަސްވެެގަންނާނެއެވެ. ވެމްކޯގެ އުޅަނދު އެހިސާބަށް ދިއުމުގެ ކުރިން މިކަންތައްކޮށް ނިންމަންޖެހެއެވެ.

ދިވެހި ޒުވާނުން މިގޮތަށް ކުނި ކޮތަޅުތައް ހާވަނީ ކޮން ބޭނުމެއްގައިތޯއެވެ. ކުނި ކޮތަޅުތައް ހާވަނީ ގޭގެއިން އުކާލާ ތަކެތީގެ ތެރޭގައި ބޭނުން ހިފޭ، އަދި އިތުރު ބަޔަކު ގަންނާނެ ފަދަ ތަކެތި ހުރިތޯ ބެލުމަށެވެ. މިޒާތުގެ އެއްޗެހި އެއްކޮށް އެތަކެތި ވިއްކައި އެއިން ނަފާ ހޯދުމުގެ މަސައްކަތް ޒުވާނުން ކުރެއެވެ. މިގޮތަށް ފައިސާ ހޯދަނީ ކައި ބޮއެ ހަދަންތޯ ބެލުމަށް މިފަދަ ޒުވާނުންތަކަކާ ވާހަކަދައްކާލީމެވެ. ލިބުނު މައުލޫމާތުވީ ބަލައިގަންނަން އެހާ ފަސޭހަ މައުލޫމާތަކަށް ނޫނެވެ. މިއީ ކޮންމެހެން ޒަރޫރީ ބޭނުންތައް ފުއްދައި ބަނޑުފުރާނަ މުއްތިކުރުމަށް ކޮށްއުޅޭ ކަމެއް ނޫނެވެ. މިކަން ކުރަނީ އެކުދިންގެ ދުވާލުގެ "ޑޯޒް" ހަމަކުރުމަށެވެ.

މަސްތުވާތަކެތީގެ ވަބާގައި ޖެހި ކޮންމެ ހާލެއްގައިވެސް އެތިކޮޅު ހޯދުމަށް މި ޒުވާނުން ތިބީ ތައްޔާރަށެވެ. ކުނި ކޮތަޅުތައް ހާވައިގެން ހޯދާ މުދާކޮޅު ބިދޭސީންނަށް ހެޔޮ އަގުގައި ވިއްކައި އެލިބޭ ފައިސާ ކޮޅުން އެދުވަހަށް ބޭނުންވާ ޑޯޒް ހަމަކުރެއެވެ. އަނެއްކާވެސް ހަމަ އެމަސައްކަތް ތަކުރާރުކޮށް އިތުރު ޑޯޒެއް ހޯދައެވެ. މިހޯދާ ތަކެތީގެ ތެރޭގައި ތަފާތު ބާވަތުގެ ޑްރަގާއި ބަނގުރާ ހިމެނެއެވެ. މަސްތުވާތަކެތީގެ ބޮޑު ބާޒާރެއް މާލޭގައި އެކުލަވާލާފައިވާއިރު، މިހާރު އެންމެ 30 ރުފިޔާއިން ފެށިގެން އެއްފަހަރު ނަގަން ބޭނުންވާ ވަރަށް ޒުވާނުންނަށް މަސްތުވާތަކެތި ގަންނަން ލިބޭ ކަމަށްވެއެވެ.

މަސްތުވާތަކެތީގެ ބާޒާރު މިހާރު ކުރި އަރައި، ބޮޑު އަގުގައި އެ ގަތުން އުދަނގޫވާނެތީ "މާކެޓް ޕްރައިޒެއް" ކަނޑައަޅައި ތަފާތު އެކި އަގުތަކުގައި ކަސްޓަމަރުން ބޭނުންވާ ވަރަށް މިތަކެތި ވިއްކުމުގެ ވިޔަފާރި މިހާރު ވަނީ ފުޅާކޮށްފައެވެ. ސަޕްލައި އެންޑް ޑިމާންޑަށް ބަލައި މިހާރު ދުވާލަކު 100 ރުފިޔާ ހަމަކުރަން ނުޖެހޭ ކަމަށާއި 30 ރުފިޔާ ހަމަކޮށް، އެއް ޑޯޒް ނަގާލައިގެން އައިސް ބާކީ ބައި ހަމަކޮށް އެދުވަހަށް ބޭނުންވާ ވަރަށް ފައިސާ ހަމަކުރުމުގެ ފުރުސަތު މިހާރު އެބައޮތް ކަަމަށް މިޒުވާނުން ފާހަގަކުރެއެވެ.

މިކަމާ ގުޅިގެން އިންޓަނޭޝަނަލް ސެޓިފައިޑް ޕްރިވެންޝަން ސްޕެޝަލިސްޓް ޖާރނީ ޕްރޮގްރާމްގެ ކޯޑިނޭޓަރ، އަހުމަދް އަބްދުސައްތާރު (ކޭޑީ) ވިދާޅުވީ މިހާރު މިފެންނަނީީ 1992 ވަނަ އަހަރު ރާއްޖެއަށް "ބްރައުން ޝުގާ" ތައާރަފުވެ އޭގެ އަވައިގައި ޒުވާނުން ޖެހުނު ގޮތަށް، އެމްފެޓަމައިން އަދި މެތަމަފައިންގެ އަވައިގައި ގިނަ އަދަދެއްގެ ޒުވާނުން ޖެހިފައިވާ މަންޒަރު ކަމަށެވެ. މިޒުވާނުންނަށް ފަރުވާދޭނެ ގޮތެއް ނެތި، ބޭނުންވާ ފަރުވާނުދެވި މުޖުތަމުއުގެ ކުރިމަތީގައި އެމީހުން ބޮޑު ޖޯކަކަށް ވެގެންދާ މަންޒަރު ފެންނަމުންދާއިރު، އެމީހުނަށް އެކަށީގެންވާ ފަރުވާ ނުދެވޭހާ ހިދަކު އެމީހުންގެ އަމަލުތައް ހުންނާނީ ހޯދުނު ގޮތަކަށް ހޯދައިގެން މިގޮތުގައި މުޅި އުމުރު ހޭދަ ކުރުމަށް ކަމަށް ކޭޑީ ފާހަގަކުރިއެވެ.

ތެދެކެވެ. ދިވެހި ޒުވާނުންގެ ތެރެއިން ބައެއްގެ ދާއިމީ ވަޒީފާއަކަށް "ކުނި ކޮތަޅު ހޭވުން" ވެގެން ގޮސް އެޒުވާނުންގެ މުޅި ހަޔާތް އެކަމުގެ މައްޗަށް ބައްޓަން ވެގެންދާއިރު މުޅި ދައުލަތް އޮތީ އެކަމަށް ކަނުވެފައެވެ. އެކަންތައް ފެންނަ އަދި ވާހަކަތައް އަޑު އިވޭ އެއްވެސް މުއައްސަސާއެއް މިގައުމުގައި ހުރިތަނެއް މިއަދު ފެންނާކަށް ނެތެއެވެ. އަބަދުވެސް ފެންނަނީ ތަފާތު ޕޯޑިއަމްތަކަށް އަރައި ވަރުވަރުން މޮޅެތި ވާހަކަ ދައްކާ މަންޒަރެވެ. އަމަލީ މަސައްކަތެއް ނުފެނެއެވެ. ގައުމުގެ ސިޔާސީ ފަރާތްތަކުންވެސް ވެރިކަމަށް އަރަން ބޭނުން ކުރާ ތަޅުދަނޑިއަކަށް މިކަން ހަދައި ވެރިކަމަށް އާދެވުމުން ތަޅުދަނޑި ގެއްލުވާލައެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލުން: ދަލު ބޭރުން ޖެހިގެން ދިވެހިރައްޔިތުންނަށް ގެއްލުން!

05 ޖޫން 2017
ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

ދިވެހި ކުއްޖަކު އުފަންވި އިރު ހިތް ހަށިގަނޑުން ބޭރުގައި، މަރާ ހަނގުރާމަ ކުރަނީ!

19 މެއި 2017
އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

އިންޑިއާގެ ޔަތީމްހާނާއަކަށް ލި ދިވެހި ތިން ކުދިން ރާއްޖެ ގެނެވޭނެ ގޮތެއް ނެތިފައި!

01 އެޕްރީލު 2017
ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

ދިވެހި ދައުލަތުގެ ސިޔާދަތު ބިދޭސީންގެ މުށުތެރެއަށް!

19 މާރިޗު 2017
ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

ލޫކަސް ޖަލީލް: ދިވެހިރާއްޖޭގެ ސިޔާސީ ކުރިމަގު ބަލާ ލޯގަނޑު

12 މާރިޗު 2017

އަހަރުތަކުން މިއަދު

25 ފެބުރުއަރީ
ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި
20251 އަހަރު ކުރިން
ތަފާތު ޚަބަރު

ރިޗަރޑް ގިއަރގެ އާއިލާ އެކު ރާއްޖޭގައި

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ
20242 އަހަރު ކުރިން
ރާއްޖެ

މަޝްހޫރު ޤާނޫނީ ވަކީލް އަބްދުލްޙަކީމް މުހައްމަދު ރަޝާދު އަވަހާރަވެއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ
20233 އަހަރު ކުރިން
ރާއްޖެ

ނިޒާމް ދައްކާފައި ހުރި ވާހަކަތަކާއި ހެކިތަކަށް ބަލާއިރު، އޭނާ ކުރި ކަމަކުން ލިޓަން މަރުވެފައިވާކަމަށް ޤަބޫލު ކުރެވޭ: ޕީޖީ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ
20224 އަހަރު ކުރިން
ދުނިޔެ

ފިންލޭންޑާއި ސުވިޑެން އިން ނޭޓޯއާއި ގުޅިގެއްޖެނަމަ އެކަމުގެ އަގު އަދާކުރަންޖެހޭނެ – ރަޝިއާ

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ
20215 އަހަރު ކުރިން
ރިޕޯޓު

ޕީޕީއެމް ކުރިމަތީގައި މުއައްސަސާތައް ދަތްނެތް ސިންގާއަކަށްވެ، ވަރަނެތް ދޫންޏަކަށްވެ ނިމިއްޖެ

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!
20197 އަހަރު ކުރިން
ތަފާތު ޚަބަރު

އުފާވެރި ޚަބަރެއް: ކިޑީ އިނީ ބަލިވެ، ބަނޑަށް ހަ މަސް!

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

ރަސްދޫ އިން އެސްއޯގެ ހަތަރު ފުލުހުން ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު