Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެރ ފުއްގިރި މައްސަލަ

ފުއްގިރި ހިޔާނަތް: މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއްކަމަށް ކަނޑައަޅައިފި

5 ސެޕްޓެމްބަރު 2021 | އާދީއްތަ 05:55

ޔާމީން މިހާރުވެސް ގެންދަވަނީ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ސެޕްޓެމްބަރު 2021 | އާދީއްތަ 05:55
ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާކުރާ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރައީސް އަބްދުﷲ ޔާމީނުގެ މައްޗަށް ދައުވާކުރާ މައްސަލަތައް ކްރިމިނަލް ކޯޓުގައި ކުރިއަށްދޭ

ރ ފުއްގިރި ހިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދެ ދައުވާއެއްގެ ޝަރީއަތުގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

އެންމެ ފަހުން ބޭއްވި އަޑުއެހުން:

Advertisement - newsAdvertisement

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި މި މައްސަލާގައި ދައުލަތުންނާއި ދިފާއުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަނީ ޝަރީއަތާ ހިއްސާކޮށްފައެވެ. އެގޮތުން ދައުލަތުން ވަނީ އެއް ހުށަހެޅުމެއް ހުށަހަޅާފައެވެ. އެއީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 117 ވަނަ މާއްދާގެ ދަށުން ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. އެގޮތުން ދައުލަތުން ހުށަހެޅި ރިޕޯޓުގައިވާ ސީޑީއެއްގައި ހިމެނޭ މައުލޫމާތުތަކެއް ރައްކާތެރި ކުރުމުގެ އަމުރަކަށް ވަނީ އެދިވަޑައިގަންނަވާފައެވެ. 

އޭގެ އިތުރުން، ރައީސް ޔާމީނުގެ ފަރާތުން ހުށަހަޅާފައިވަނީ 4 ހުށަހެޅުމެކެވެ. އޭގެ ތެރެއިން އެއް ހުށަހެޅުމަކީ ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ބައެއް ފަރާތްތަކުގެ ހެކިބަސް ބަލައިނުގަތުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ދެވަނަ ހުށަހެޅުމެއްގެ ގޮތުން ވަނީ ދައުވާ ފޯމުގައިވާ އުނިކަމެއް ހުރުމުން ދައުވާ ކުރިއަށް ނުގެންދެވޭނެކަން ބަޔާންކޮށް ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ތިންވަނަ ހުށަހެޅުމެއްގެ ގޮތުން ވަނީ ދައުވާ ލިބޭ ފަރާތްތަކުގެ މެދުގައި ޤާނޫނީ ކޮންފްލިކްޓްތަކެއް ހުރުމުން އިންސާފަށް ވާސިލުވުމަށް ހުރަސް އެޅިދާނެކަމަށް ބަޔާންކޮށް، ދައުވާލިބޭ ފަރާތްތަކުގެ ބައިތައް ވަކި ކޮށްގެން ކުރިއަށް ގެންދިއުމަށް އެދި ހުށަހަޅާފައިވާ ހުށަހެޅުމެކެވެ. ހަތަރުވަނަ ކަމެއްގެ ގޮތުން ހެކި ހާމަކޮށްދިނުމަށް އެދި ވަނީ ހުށަހެޅުމެއް ހުށަހަޅާފައެވެ. އެގޮތުން ހެކި ހާމަކުރުމާބެހޭ 5 ކަމެއް ވަނީ ދިފާއުން ތަފްސީލާއެކު ހުށަހަޅާފައެވެ. އާދީއްތަ ދުވަހުގެ އަޑުއެހުމަކީ ދެފަރާތުގެ ހުށަހެޅުންތަކާ ގުޅިގެން ގޮތެއް ނިންމުމަށް ބޭއްވި އަޑުއެހުމެކެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުން:

މި އަޑުއެހުމަކީ އެމްއެމްޕީއާރުސީން ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރުމަށް ކުށްޔަށް ދޫކުރި ރ. ފުއްގިރީގެ މައްސަލައިގައި ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގ ކުށުގެ ދައުވާއަކާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެކެވެ. ރައީސް ޔާމީނުގެ އިތުރުން މި މައްސަލައިގައި އެމަނިކުފާނާއެކު މަނީ ލޯންޑަރ ކުރުމުގައި ބައިވެރިވިކަމުގެ ތުހުމަތު ކުރެވޭ ދައުވާލިބޭ ކްރިކް ރިޒާއާއި، ސަން އިންވެސްޓްމަންޓުގެ އިތުރުން، ސަން ކޮންސްޓްރަކްޝަން ގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންވެސް އެގަޑީގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް އެ ފަރާތްތަކުން ޝަރީއަތުގެ ކުރިން ހުށައަޅާ ހުށައެޅުންތަކުގެ ބައި އަދި ކުރިއަށް ގެންގޮސްފައެއް ނުވެއެވެ.

ގާޒީ ވަނީ ހުށައެޅުންތަކާއި ގުޅިގެން ގޮތެއް ނިންމެވުމާއި، ހުށަނާޅައި ހުރި ހުށައެޅުންތަކަށް އިތުރު އަޑުއެހުމެއް ތާވަލުކޮށްފައެވެ. އެގޮތުން 16 ސެޕްޓެމްބަރު ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 ގައި ކްރިކް ރިޒާއަށް ހުށައެޅުން ހުށައެޅުމަށް ފުރުސަތު ދިނުމަށް ނިންމާފައިވާއިރު، އެ ދުވަހު 10:00 ގައި ސަން އިންވެސްޓްމަންޓު އަދި އެ ދުވަހުގެ 11:00 ގައި ސަން ކޮންސްޓްރަކްޝަންއިން ހުށައެޅުންތައް ހުށައެޅުމަށް އަޑުއެހުމެއް އޮންނާނެކަން ގާޒީ ޝަކީލް ފާހަގަ ކުރެއްވިއެވެ.

މި އަޑުއެހުން ފައްޓަވަމުން އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، މި މައްސަލައިގައި ލިބިފައިވާ ހެކިތަކަށް ބަލާއިރު، މިއީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވިދާނެ މައްސަލައެއް ކަމަށް ކަނޑައަޅުއްވާ ކަމަށެވެ.

އެންމެ ހިނގާ

1

ލަންކާ އެމްބަސީގައި ހުރި ތަރޑް ސެކެޓަރީއެއްގެ ބޭއަދަބީ ވީޑިއޯއެއް އާންމުވެ، އޭނާ ވަކިކުރަން ރައީސް އޮފީހުން ފޮރިން މިނިސްޓްރީއަށް އަންގައިފި

2

އީރާނު ހަނގުރާމައިގައި ބައިވެރިވި އެމެރިކާގެ 5000 މީހުންގެ މަނަވަރު އަބްރަހަމް ލިންކަން ތައިލެންޑްގައި މަޑުކުރާތީ ހަށިވިއްކުން ހުއްޓުވަން ފުލުހުން ނެރެފި

3

"އީރާނާ ދެކޮޅަށް ނިއުކްލިއާ ހަތިޔާރު ބޭނުންކޮށްފާނެ"

4

އަނެއްކާ ވެސް އެކްސިޑެންޓެއް ހިނގައި، 17 އަހަރުގެ އަންހެން ކުއްޖަކަށް އަނިޔާވެއްޖެ

5

އަބްރަހަމް ލިންކަން އެނބުރި ޤައުމަށް ދިޔުމުގެ ތެރޭގައި ސިންގަޕޫރު ކައިރިން ދަތުރުކޮށްފި

އިތުރަށް ކިޔާލަން

11 އެޕްރީލު 2017

"ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!

11 އެޕްރީލު 2017
 "ދިރިއުޅުމަކީ މިއީބާ" ދެން ފެންނާނީ ރާއްޖެޓީވީން!
02 އެޕްރީލު 2017

ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ

02 އެޕްރީލު 2017
ރައްޔިތުން މަދަނީ ބަސްނޭހުމަކަށް ގޮސް، ނޫނެކޭ ބުނެފި:ޝިފާ
27 މާރިޗު 2017

މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟

27 މާރިޗު 2017
މޫސަ ރިޔާސަތުގައި އިންނަވައިގެން ރަތަށް، މަހުލޫފް ޖަލުގައި އޮންނެވިިއިރު ރަތަށް، މިއީ ކިހިނެއްވާ ކަމެއް؟
27 މާރިޗު 2017

މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން

27 މާރިޗު 2017
މިއީ ރަނުގެ ފުރުސަތެއް، މި ފުރުސަތު ނަގާނުލުން އެދެން:ރައީސް މައުމޫން
22 މާރިޗު 2017

"މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"

22 މާރިޗު 2017
 "މިއީ އުފާވެރި ވަގުތެއް، މަސީހުގެ އިތުބާރުގެ މައްސަލަ މިއޮތީ ނިމިފައި"
14 މާރިޗު 2017

މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން

14 މާރިޗު 2017
މިއީ ހަމައެކަނި މަސީހުގެ މައްޗަށް ނަގާ ވޯޓެއް ނޫން: ރައީސް ޔާމީން
10 މާރިޗު 2017

މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ

10 މާރިޗު 2017
މިއީ ފުރިހަމަ މޮޅެއް، ދެން އޮތް މެޗުތަކަށް ކުޅުންތެރިންގެ ކޮންފިޑެންސް އިތުރުވާނެ: ސެކުލޮސްކީ
08 މާރިޗު 2017

މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން

08 މާރިޗު 2017
މިއީ ފެށުމެއް، ކޮންމެ ކަމަކީ ވެސް ވެދާނެ ކަމެއް:ރައީސް މައުމޫން
14 ފެބުރުއަރީ 2017

މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު

14 ފެބުރުއަރީ 2017
މިއީ އޮޅުވާލާ ސަރުކާރެއް، ވަގު ސަރުކާރެއް: ޝާހިދު
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް