Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގަތަރު-ރާއްޖެ

މިވަރަށް ސައުދީގެ "އަޅުވެތިކަމަށް" ވެއްޓެން ހެޔޮވެސް ނުވާނެ!

ސައުދީން ގަތަރު ދެކެ ރުޅި އަންނަނީ ކީއްވެ؟

ސަހުބާން  ފަހުމީ
ސަހުބާން ފަހުމީ, ރާއްޖެ އެމްވީ | 10 ޖޫން 2017 | ހޮނިހިރު 14:25
ސައުދީ ރަސްގެފާނާއެކު ރައީސް އަބްދުﷲ ޔާމީން

ސައުދީ ރަސްގެފާނާއެކު ރައީސް އަބްދުﷲ ޔާމީން

އިސްލާމީ ގައުމުތަކާ ގުޅުން ބަދަހިކުރުމަކީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުން ފެށިގެން ދިވެހި ސަރުކާރުން ހިފަހައްޓަމުންއައި އަސާސެކެވެ. އެފަދަ ގުޅުންތަކުގެ ސަބަބުން ދިވެހީންނަށް އެކި ގޮތްގޮތުން އެތަކެއް ފައިދާތަކެއް ވަނީ ލިބިގެންގޮސްފައެވެ.

ދާދިފަހުން ދިވެހި ރައްޔިތުންނަށް ކުއްލި ހައިރާން ކަމަކާއި ސިހުމެއް ގެނުވި ކަމަކީ އަރަބި އިސްލާމީ ގައުމެއް ކަމުގައިވާ ގަތަރާއި ދިވެހި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގުޅުން ނިކުމަކަށް ގެނައިވާހަކައިންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އެ ގުޅުން ކަނޑައިލީއެވެ. މީގެ 31 އަހަރުކުރިން 1984 ވަނަ އަހަރު ރައީސް މައުމޫންގެ ސަރުކާރުން ގަތަރާއެކު ގާއިމްކުރެއްވި ގުޅުން ރައީސް ޔާމީންގެ ސަރުކާރުން މިވަނީ ކަނޑާލައިފައެވެ.

ގުޅުން ކަނޑައިލުމަށް ސަރުކާރުން ދެއްކީ ވަރަށް ހެއްވާ ބަހަނާއެކެވެ. ޓެރަރިޒަމާއި ހައްދުފަހަނަ އަޅައި ދިޔުމާ ދެކޮޅު ހެދުމުގެ ގޮތުން ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފައެވެ. ޓެރަރިޒަމާއި ހައްދުފަހަނަ އަޅައިދިޔުމާ ދެކޮޅު ހެދުމުގެގޮތުން ގަތަރާމެދު ގުޅުން ކަނޑައިލިއިރު، އެ ގައުމަކީ ޓެރަރިޒަމްގެ ހަރަކާތްތަކެއް ހިންގާ ގައުމަކީތޯއެވެ. ޓެރަރިޒަމްގެ އަމަލުތަކަށް ހިތްވަރުދޭ ގައުމަކީތޯއެވެ.

އެ ގައުމާ މެދު ދެކޮޅު ހަދައިގެން އުޅެނީ ސައުދި އަރަބިއާ އިންނެވެ. ސައުދީ އަރަބިއާ އަކީ މުއްސަނދިކަން ލިބިފައިވާ ގައުމަކަށްވުމާއެކު އެ ގައުމުން އަންނަނީ ދުނިޔޭގެ އެތައް ގައުމަކަށް ނުފޫޒު ފޯރުވައި އެބައި މީހުންގެ އެޖެންޑާތައް ހިންގުމަށް އެ ގައުމުތައް ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރަމުންނެވެ. އެ މުއްސަނދިކަމުގެ އަވާގައި ޖެހި އެންމެފަހުން ދިވެހީން ސައުދީގެ ބަހަށް ހެއްލި ދުނިޔޭގެ މަދު ގައުމުތަކެކޭ އެއްފަދައިން ގަތަރާ ގުޅުން ކަނޑައިލީއެވެ. ގަތަރާ ގުޅުން ކަނޑައިލީ ވަކި ގައުމެއްގެ އެދުމުގެމަތިން ނޫން ކަމަށް ކިތަންމެ ހަރުއަޑުން ދިވެހި ސަރުކާރުގެ އިސްވެރިން ވިދާޅުވިނަމަވެސް ފެންނަން ހުރި މަންޒަރުތަކަށް ބަލާއިރު އެއީ ދޮގެއްކަން ސާފުކޮށް އެނގެއެވެ.

އެންމެ ފުރަތަމަ ސައުދީން ގަތަރު ދެކެ ރުޅި އަންނަނީ ކީއްވެތޯ ބަލައިލަމާ ހިނގާށެވެ. ސައުދީގެ މުއްސަނދިކަމުގެ އަވާގައި ޖެހި އެ ގައުމާ ބައިހަތު ހިފަން ގަތަރުން ބޭނުމެއްނުވެއެވެ. ސައުދީން ގަތަރު ދެކެ ރުޅި އަންނަނީ ފަލަސްތީނުގެ ހަމާސް ޖަމާއަތާއި މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރުސީ ނިސްބަތްވެވަޑައިގަންނަވާ މުސްލިމް ބްރަދަހުޑް ޖަމާއަތާ އެ ގައުމުން ގުޅުން ބާއްވާތީއެވެ. ސައުދީން ބުނަނީ އެ ދެ ޖަމާއަތަކީ ޓެރަރިސްޓު ދެ ޖަމާއަތް ކަމަށެވެ. ޓެރަރިޒަމަށް ހިތްވަރުދޭ ޖަމާއަތްތަކެއް ކަމަށެވެ.

ނަމަވެސް ފެންނަން ހުރި ކަންތައްތަކަށް ބަލާއިރު، ސައުދީން ދައްކާ ވާހަކަތައް ދެކޮޅު ނުޖެހޭކަން އެނގެއެވެ. ހަމާސް ޖަމާއަތަކީ ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް މަސައްކަތް ކުރާ ޖަމާއަތެކެވެ. އަނިޔާވެރި ޔަހޫދީ އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ޖަމާއަތެކެވެ. ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުން ނޫން މަގުސަދެއް އެ ޖަމާއަތުގެ މަގުސަދުތަކުގެ ތެރޭގައި ނެތެވެ. ސައުދީގެ އެހީތެރިކަމަށް އެތައް ފަހަރަކު އެ ޖަމާއަތުން އެދުމުން ސައުދީން ވަނީ އެކަމަށް ބީރުކަންފަތެއްދީފައެވެ. ފަލަސްތީނަށް މިނިވަންކަން ހޯދައިދިނުމަށް ސައުދީން ކުރި ކަމެއް އެބައޮތްތޯއެވެ. އޭގެބަދަލުގައި ސައުދީ އަކީ އިސްލާއީލާ ސިއްރު ގުޅުންތަކެއް ބާއްވާ ސަރުކާރެއްކަން ހާމަވެގެން ވަނީ ގޮސްފައެވެ. އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަޖްޔާހޫ ވެރިކަމަށް ގެނައުމަށް ސައުދީ ރަސްގެފާނު ފަންޑު ކުރެއްވިކަމުގެ ހެކިތަކެއް ޕެނަމާ ޕޭޕާސް އިން ވަނީ ލީކްކޮށްލާފައެވެ.

ދެން އޮތީ މުސްލިމް ބްރަދަ ހުޑުގެ ވާހަކައެވެ. އެއީ މިސްރުގައި އެ ގައުމުގައި ޑިމޮކްރެސީ އާލާކޮށް މިނިވަންކަން ހޯދުމަށް މަސައްކަތްކުރާ ޖަމާއަތެކެވެ. އެ ޖަމާއަތް ޓެރަރިސްޓް ޖަމާއަތެއްގެ ގޮތުގައި ސިފަކުރާރީ އަޖައިބު އަންތަރީސް ނުވޭތޯއެވެ.

ކޮންމެއަކަސް މިއަދު އެއް މުސްލިމް ދައުލަތުން އަނެއް މުސްލިމް ދައުލަތާ ދެކޮޅަށް ޓެރެރިސްޓުންނޭ ބުނެ އިނގިލި ދިއްކުރުން އާންމުވެއްޖެއެވެ. ޓެރަރިޒަމަކީ އިސްލާމީ ޝަރީއަތުން އައިސްފައިވާ އެއްޗެއް ނޫނެވެ. އެއީ އިންސާނުން އަމިއްލައަށް އުފައްދައިގެން އުޅޭ ނަމެކެވެ. ބަޑިޖަހައި މީހުން މެރުމާއި ތަންތަނަށް ބޮން އެޅުން ފަދަ ކަންތައްތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއްގެ ގޮތުގައި މުޅި ދުނިޔޭގެ ހުރިހާ ގައުމުތަކުން ގަބޫލުކުރެއެވެ.

ސައުދީ އަކީވެސް ކުށެއް ނެތް ބަޔަކަށް ހަމަލާދީ ހައްގަކާއި ނުލައި އެބައި މީހުން މަރަމުން އަންނަ ގައުމެއްގެ ގޮތުގައި ސިފަ ކުރެވޭނެ ޖާގަ މިއަދު އެބައޮތެވެ. މުސްލިމު ގައުމެއް ކަމުގައިވާ ޔަމަނަށް ސައުދީން ހަދަމުންދާ ގޮތް ނިކަން ބަލައިބަލާށެވެ. އެ ގައުމުގައި ގާނޫނީގޮތުން އުފެދިފައި އޮތް ވެރިކަން ވެއްޓުމާ އެކު، ސައުދީން ވަނީ އެ ގައުމުގެ ރައީސް ޢަލީ ޢަބްދުﷲ ޞާލިޙް އެ ގައުމަށް ގެންގޮސް ހިމާޔަތްދީފައެވެ. އަދި އޭނާ އަށް އަނބުރާ ވެރިކަން ލިބެންދެން ހަނގުރާމައެއް ފަށާނެ ކަމަށް އިއުލާންކޮށް އެ ހަނގުރާމަ ފެށިއެވެ. ކޮންމެ ރެއަކު ކަހަލަ ގޮތަކަށް ހެލި ކޮޕްޓަރުގައި ސައުދީ އަސްކަރިއްޔާ އިން ގެންދަނީ ބޮން އަޅައި ޔަމަނުގެ ކުށެއް ނެތް މުސްލިމު އަޚުންނާއި އުޚުތުން މަރަމުންނެވެ. އެ ހަމަލާތަކުގައި މަރުވަމުންދާ މީހުންގެ އަދަދު އިންތިހާއަށް އިތުރުވަމުން އަންނައިރު، އޭގެތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

މިއީ ރައީސް ޔާމީންގެ ސަރުކާރުން އެބަޔަކާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ސައުދީން ހިންގާ ލާއިންސާނީ އަމަލެއްގެ ވާހަކައެވެ. ސައުދީން ޔަމަނަށް ބޮން އަޅާއިރު، އެއީ ޓެރަރިޒަމްގެ އަމަލަކަށް ނުވަނީތޯއެވެ. ޓެރަރިޒަމަކަށް ވަނީ ހަމާސް ޖަމާއަތުން އިސްރާއީލާ ދެކޮޅަށް ހަމަލާދިނުމަށް ތައްޔާރުވަމުންދާތީތޯއެވެ. ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިޔުން ކުއްވެރި ކުރުމަށް ކަމަށް ބުނެ ގަތަރާ ގުޅުން ކަނޑާލިއިރު، ޔަމަނުގެ ކުށެއް ނެތް މުސްލިމް އަޚުންނާއި އުޚުތުން ސައުދީން މަރަމުންދާއިރު، އެކަމާ ދެކޮޅުހަދަން ރައީސް ޔާމީންގެ ސަރުކާރަށް ނުކެރިގެން އުޅެނީ ކީއްވެތޯއެވެ. އެކަމާ ދެކޮޅަށް ބަޔާނެއް ނެރެން ނުކެރިގެން އުޅެނީ ކީއްވެތޯއެވެ. އެކަން ހުއްޓާލުމަށް ސައުދީ އަށް ގޮވާލުމަށް ރައީސް ޔާމީނަށް ނުކެރިގެން އުޅެނީ ކީއްވެތޯއެވެ.

އުމްރާނީ ގޮތުން ބެލިޔަސް، އިގްތިސޯދީ ގޮތުން ބެލިޔަސް އަދި ތައުލީމީ ގޮތުން ބެލިޔަސް ގަތަރުން ދިވެހި ރާއްޖެއަށް ވެދީފައިވާ އެހީތައް ނުވަތަ ކޮށްދީފާއިވާ ކަންތައްތައް އެހާމެ ފުރިހަމައެވެ. އެއީ އަގު ކުރެވޭނެ ވަރުގެ ކަންތައްތަކެއް ނޫނެވެ.

ރާއްޖޭގެ ތައުލީމީ ދާއިރާއަށް ގަތަރުން ކޮށްދީފައިވާ ކަންތައްތައް ޚާއްސަގޮތެއްގައި ލ. އަތޮޅުގެ ރައްޔިތުންނަށް ފާހަގަވާނެއެވެ. ލ. ގަމުގައި ހުރި އެންމެ ބޮޑު ތައުލީމީ ބިނާ ކަމުގައިވާ ޙަމަދު ބިން ޚަލީފާ އަލް ސާނީ ސްކޫލަކީ ގަތަރުގެ ކުރީގެ އަމީރުގެ ނަމުން ނަންދީފައިވާ ސްކޫލެކެވެ. އެ ސްކޫލަކީ ގަތަރު ސަރުކާރުގެ ހިލޭ އެހީގެ ދަށުން އިމާރާތްކޮށްދެއްވާފައިވާ ސްކޫލެކެވެ.

ރާއްޖޭގެ މުވާސަލާތީ ދާއިރާ އަށް އިންގިލާބެއް ގެނުވީ ވެސް ގަތަރުންނެވެ. ވަތަނިއްޔާ ޓެލެކޮމްގެ ނަމުގައި ރާއްޖެއަށް ޚިދުމަތްދޭން ފެށި މިހާރު އުރީދޫގެ ނަމަކަށް ބަދަލުކޮށްފައިވާ ޓެލެކޮމް ސާވިސް އަކީ ގަތަރުގެ ކުންފުންޏެކެވެ. ރާއްޖެއަށް އެ ބިޔަ އިންވެސްޓްމަންޓް ގެނެސްދެއްވީ ގަތަރުންނެވެ. ރައީސް މައުމޫންގެ ޒައާމަތުގައި ގެނެސްދެއްވި އެ ބިޔަ އިންވެސްޓްމްންޓްގެ ސަބަބުން ދިވެހި އެތައް ރައްޔިތުންތަކަކަށް އެތަކެއް ގޮތްގޮތުން ފައިދާތަކެއް ވަނީ ލިބިފައެވެ.

ގަތަރުގައި ވެސް ދިރިއުޅެމުންދަނީ އަޅުގަނޑުމެން ފަދަ މުސްލިމު އަޚުންނާއި އުޚުތުންނެވެ. އެ ގައުމަކީ ކުރިއަށް އޮތްތަނުގައި ވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭނެ ގައުމެކެވެ. ދުނިޔޭގެ ފެންވަރުގެ ފްޓުބޯޅަ ސްޓޭޑިއަމެއް ހުޅުމާލޭގައި ގާއިމްކޮށްދިނުމަށް ގަތަރުގެ ސަރުކާރުން ވަނީ ނިންމާފައެވެ. އެ ސްޓޭޑިއަމްގެ ކުރެހުން ވެސް ވަނީ ނިމިފައެވެ. ނަމަވެސް ސަރުކާރުން އެ ގައުމާ ގުޅުން ކަނޑާލުމުގެ ސަބަބުން އެ މަޝްރޫއުވެސް ހުއްޓުނީއެވެ. އެ ފެންވަރުގެ ސްޓޭޑިއަމެއް އެޅުމުގެ ގާބިލް ކަމެއް ދިވެހި ދައުލަތުގެ ބައިތުލް މާލުގައި ނެތެވެ. އަދި ސައުދީން އެފަދަ ސްޓޭޑިއަމެއް އަޅައިދީފާނެތޯއެވެ. ސައުދީގެ މުއްސަނދިކަމުގެ އަވާގައި ޖެހި މިފަދަ ނިންމުންތައް ނިންމާއިރު، ދިވެހި ރައްޔިތުންނަށް އެކަމުން ލިބިގެންދާ ފޫ ނުބެއްދޭ ވަރުގެ ގެއްލުމާމެދު އެންމެ ފަހަރަކު ވެސް ވިސްނައިލިންތޯއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޖަމާލް ޚާޝަގްޖީގެ މަރާގުޅޭ އިންޓެލިޖެންސް ރިޕޯޓް: އެމެރިކާ އާއި ސައުދީގެ ގުޅުމަށް ދެންވާނީ ކިހިނެއް؟

ޖަމާލް ޚާޝަގްޖީގެ މަރާގުޅޭ އިންޓެލިޖެންސް ރިޕޯޓް: އެމެރިކާ އާއި ސައުދީގެ ގުޅުމަށް ދެންވާނީ ކިހިނެއް؟

27 ފެބުރުއަރީ 2021
ފޮއި ވެއްޓެން މިދަނީ، ދެފައި މައްޗަށެވެ!

ފޮއި ވެއްޓެން މިދަނީ، ދެފައި މައްޗަށެވެ!

27 އޯގަސްޓު 2020
ވަޒީފާގެ ގާނޫނަށް ގެންނަ އިސްލާހު: ވިޔަފާރިވެރިންގެ ''އަޅުވެތިކަމަށް'' ރައްޔިތު މީހާ ފައްތާ އިސްލާހެއް؟

ވަޒީފާގެ ގާނޫނަށް ގެންނަ އިސްލާހު: ވިޔަފާރިވެރިންގެ ''އަޅުވެތިކަމަށް'' ރައްޔިތު މީހާ ފައްތާ އިސްލާހެއް؟

17 ފެބުރުއަރީ 2020
ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

ސައުދީގެ އަންހެނުންނަށް އަދިވެސް މަނާކުރެވިފައިވާ ފަސްކަމެއް

14 ޖޫން 2018
ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

ހައްޔަރުކޮށްފައިވާ ސައުދީގެ އަމީރުންނާއި ވިޔަފާރިވެރިންގެ މިލްކިއްޔާތު 40 ބިލިއަން ޑޮލަރަށްވުރެ މަތީގައި!

09 ނޮވެމްބަރު 2017

އަހަރުތަކުން މިއަދު

16 ފެބުރުއަރީ
އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި
20251 އަހަރު ކުރިން
ރިޕޯޓު

އެންވަޔަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ސަރުކާރުގެ ރެފިއުޖީންގެ ގޮތުގައި

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟
20242 އަހަރު ކުރިން
ތަފާތު ޚަބަރު

މިއީ ދުނިޔޭގައިވެސް އެންމެ ހައްޓަށް ބުރަ ވަޒީފާތަ؟

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން
20233 އަހަރު ކުރިން
ރާއްޖެ

ޖަޕާނު އަންހެން މީހާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން ރެޒިޑެންޓް ވިސާގައި ހުރި މީހެއް: އިމިގްރޭޝަން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.
20224 އަހަރު ކުރިން
މީހުން

އެއީ ހަނދާނުން ފިލައިގެން ނުދާނެ ނަމެކެވެ.

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ
20215 އަހަރު ކުރިން
ރިޕޯޓު

ރައީސްގެ ތަރުޖަމާނަށް އެންމެ މީރީ ގަބުޅި ސަޓަނި، މިހާތަނަށް ވަޑައިގެންނެވި އެންމެ ތަފާތު ރަށަކީ ފެރިދޫ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
20197 އަހަރު ކުރިން
ރާއްޖެ

ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

ޓީވީތަކުން ލައިވްކޮށް ދެއްކި މަންޒަރު ދޮގުކޮށް، ނޫސްވެރިން އަޚުލާޤީ މިންގަނޑު ހިފަހައްޓަން ފުލުހުން ގޮވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު