Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއައިޓީއެފްސީން އެސްޓީއޯއަށް ޓްރޭޑް ފެސިލިޓީއެއް

އައިޓީއެފްސީން އެސްޓީއޯއަށް 75 މިލިއަން ޑޮލަރުގެ ޓްރޭޑް ފެސިލިޓީއެއް

2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 22:35

އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 22:35
އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަންގެ ސީއީއޯ ހާނީ ސާލެމް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަންގެ ސީއީއޯ ހާނީ ސާލެމް އަދި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު

އިންޓަނޭޝަނަލް އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނުން ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން, އެސްޓީއޯއަށް 75 މިލިއަން އެމެރިކާ ޑޮލަރުގެ ޓްރޭޑް ފެސިލިޓީއެއް ހަމަޖައްސައި ދިނުމަށް އެއްބަސްވެއްޖެއެވެ.

އުޒުބެކިސްތާނުގެ ވެރިރަށް ތަޝްކެންތުގައި ކުރިޔަށްދާ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ) ގްރޫޕުގެ އަހަރީ ބައްދަލުވުމުގެ ހަވާސާގައި ބުރާސްފަތި ދުވަހު ބޭއްވި ބައްދަލުވުމެއްގައި މި އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސެން އަމްރު މުހައްމަދު ރަޝާދެވެ. އަދި ފައިނޭންސް ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ހާނީ ސާލިމެވެ.

އިސްލާމިކް ފައިނޭންސިންގެ މި މުރާބަހާ ފެސިލިޓީ އެސްޓީއޯއިން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ތެލާއި ކާޑުގެ ބާވަތްތައް ގަތުމަށެވެ.

އެސްޓީއޯއަށް ދޫކުރި ފެސިލިޓީއާ ގުޅިގެން އައިޓީއެފްސީން ބުނީ މި ފައިސާއަކީ ކޮވިޑާ ގުޅިގެން ހީނަރުވެފައިވާ ރާއްޖޭގެ އިގުތިސާދު ދިރުވަން ކުރާ މަސައްކަތަށް މުހިންމު ފެސިލިޓީއެއް ކަމަށެވެ.

މި އެއްބަސްވުމުގެ ދަށުން ފައިސާ ދޭން އެއްބަސްވި އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނަކީ އައިއެސްޑީބީގެ ޓްރޭޑް ފައިނޭންސިން ގޮތްޕެވެ.

އެސްޓީއޯއިން ވަނީ 2019 ވަނަ އަހަރުން ފެށިގެން ކުންފުނީގެ ހިންގުމުގެ ޚަރަދު ކުޑަކޮށް ކުންފުނީގެ ފައިދާ އިތުރުކޮށްފައެވެ. މިއާއެކު އެކުންފުންޏާއެކު ވިޔަފާރީގެ މުއާމަލާތްތައް ހިންގާ ބޭރުގެ ކުންފުނިތަކުގެ އިތުބާރުވަނީ ބޮޑުވެފައެވެ.

އިސްލާމިކް ޓްރޭޑް ފައިނޭންސިން ކޯޕަރޭޝަނަކީ އެސްޓީއޯއަށް ޓްރޭޑް ފެސިލިޓީ ހަމަޖައްސައިދެމުންދާތާ އަހަރުތަކެއް ވެފައިވާ ކުންފުންޏަކަށްވާއިރު އަމްރުގެ މެނޭޖިން ޑިރެކްޓަރުކަމުގެ ދަށުން ދެ ކުންފުނީގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ.

އެސްޓީއޯ

އެންމެ ހިނގާ

1

އީރާނުގެ ޕައިލެޓުން ޖީޕީއެސް ނެތި އެމެރިކާގެ މަރުކަޒުތަކަށް ބޮން އެޅި

2

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

5

ޓްރަމްޕް ދަތުރު ކުރެއްވި ހެލިކޮޕްޓަރާއި މަތިންދާބޯޓެއް ވައިގެ ތެރޭގައި ނުރައްކާތެރި މިންވަރަކަށް ކައިރިވި ހާދިސާއެއް!

އިތުރަށް ކިޔާލަން

28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
20 އޮކްޓޯބަރު 2025

ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!

20 އޮކްޓޯބަރު 2025
ބޭހުގެ ކަޅު ބާޒާރެއް އުފެދި ފުޅާ ވަނީ!
15 އޮކްޓޯބަރު 2025

އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި

15 އޮކްޓޯބަރު 2025
އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރު ކުރެވުނު ހުރިހާ ކާބޯތަކެތި އެތެރެކޮށް ވިއްކަން ފަށައިފި ކަމަށް އެސްޓީއޯ އިން ބުނެފި
10 އޮކްޓޯބަރު 2025

އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން

10 އޮކްޓޯބަރު 2025
އެސްޓީއޯއަކީ ހަމައެކަނި ބޮޑެތި އަގުގައި މުދާ ވިއްކާފައި އޭގެ ފައިދާ ނަގައިގެން ރައީސް މުއިއްޒަށް ފައިސާ ފޮނުވަން ހުރި ތަނެއް ނޫން: ރައީސް ޔާމީން
27 ސެޕްޓެމްބަރު 2025

މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު

27 ސެޕްޓެމްބަރު 2025
މި ސަރުކާރުން ބޭނުންވެއްޖެނަމަ ވަގުތުން ޑޮލަރުގެ ރޭޓު 15 ރުފިޔާއަށް ދަށްކުރެވޭނެ: އަމްރު
26 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު

26 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި އެމްއޭސީއެލް ވަނީ ފެނަކައާ އެއް ދަރަޖައަކަށް ވައްޓާލާފައި: އަމްރު
25 ސެޕްޓެމްބަރު 2025

ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު

25 ސެޕްޓެމްބަރު 2025
ކަނޑޫދޫ ރައްޔިތުންނަށް ފައިދާ ލިބޭގޮތަށް، އެރަށުން އެސްޓީއޯއަށް މިރުސް ގަންނާނަން: ރައީސް މުއިއްޒު
22 ސެޕްޓެމްބަރު 2025

ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި

22 ސެޕްޓެމްބަރު 2025
ތައިރޮއިޑަށް ބޭނުންކުރާ ބޭހެއް އާސަންދައިން ނުލިބުނު، ގަންނަން ލިބުނީ ބޮޑު އަގުގައި
21 ސެޕްޓެމްބަރު 2025

އެސްޓީއޯ މެދުވެރިކޮށް އާފަލު އިމްޕޯޓްކޮށް އަގު ދައްކުރަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫން: އަމީރު

21 ސެޕްޓެމްބަރު 2025
އެސްޓީއޯ މެދުވެރިކޮށް އާފަލު އިމްޕޯޓްކޮށް އަގު ދައްކުރަން މަޖުބޫރު ކުރުމަކީ ހައްލެއް ނޫން: އަމީރު
19 ސެޕްޓެމްބަރު 2025

އޮރެންޖާއި އާފަލް އަގުބޮޑު ކުރީ ސިޔާސީ ބޭނުމުގައި، އެގަޮތަށް އެކަން ކުރިޔަކަ ނުދޭނަން: ރައީސް މުއިއްޒު

19 ސެޕްޓެމްބަރު 2025
އޮރެންޖާއި އާފަލް އަގުބޮޑު ކުރީ ސިޔާސީ ބޭނުމުގައި، އެގަޮތަށް އެކަން ކުރިޔަކަ ނުދޭނަން: ރައީސް މުއިއްޒު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް