Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޓްރާންސްފަރ މާކެޓް

ގަރުނުގެ އެންމެ ކާމިޔާބު ޓްރާންސްފަރ މާކެޓް

މި ގަރުނުގެ އެންމެ މޮޅު ދެ ކުޅުންތެރިން ވަނީ ޓީމު ބަދަލުކޮށްފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 ސެޕްޓެމްބަރު 2021 | ބުރާސްފަތި 14:17
މިއަހަރުގެ ޓްރާންސްފަރ މާކެޓްގައި ފެނިގެންދިޔަ އެންމެ ބޮޑު ތިން ޓްރާންސްފަރ އަކީ ރޮނާލްޑޯ، މެސީ އަދި ގްރީލިޝްގެ ޓްރާންސްފަރ

މިއަހަރުގެ ޓްރާންސްފަރ މާކެޓްގައި ފެނިގެންދިޔަ އެންމެ ބޮޑު ތިން ޓްރާންސްފަރ އަކީ ރޮނާލްޑޯ، މެސީ އަދި ގްރީލިޝްގެ ޓްރާންސްފަރ

މިއަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓް ފެށުމުގެ ކުރިންވެސް ބެލެވިފައި އޮތީ މި ޓްރާންސްފަރ މާކެޓަކީ ކާމިޔާބު ޓްރާންސްފަރ މާކެޓަކަށް ވާނެކަމެވެ. ރިޕޯޓްތަކުގެ ފަލަ ސުރުޚީން ޖާގަ ހޯދާނެވަރުގެ ދެ ޓްރާންސްފަރއެއް މި ޓްރާންސްފަރ މާކެޓުގައި ފެންނާނެ ކަމަށް އޭރުވެސް ތުންތުން މަތިން ވާހަކަ ދެކެވުނެއެވެ. އޭގެ ހެއްކަކީ މި ޓްރާންސްފަރ މާކެޓުގައި މި ގަރުނުގެ އެންމެ މޮޅު ދެ ކުޅުންތެރިންކަމަށް ގިނަ ބަޔަކު ދެކެމުން އަންނަ ދެ ކުޅުންތެރިން ކްލަބް ބަދަލު ކުރުމެވެ.

ޅަ އުމުރުގައި ބާސާއާ ގުޅުނު މެސީ އެ ޓީމު ދޫކޮށް ޕީއެސްޖީއަށް ބަދަލުވިއިރު، މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ އަދި އެއް ޓީމަކަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިޔާއެވެ. އަދި މެސީއަކީ ބާސާގެ ތާރީޚުގައި އެ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީފައިވާ ކުޅުންތެރިޔާވެސްމެއެވެ.

ބާސެލޯނާ ދޫކޮށް ހިލޭ ޓްރާންސަފަރ އެއްގެ ދަށުން އުމުރުން 34 އަހަރުގެ މެސީ ފްރާންސްގެ ގަދަ ބާރު ޕީއެސްޖީއަށް ބަދަލުވީ ދެ އަހަރު ދުވަހުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެހެންކަމުން މެސީ ޕީއެސްޖީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ހޫނު މޫސުމުގައެވެ.

ޕޯޗުގަލުގެ ސްޕޯޓިން ލިޒްބަން ދޫކޮށް 2003 ވަނަ އަހަރު ރޮނާލްޑޯ އެންމެ ފުރަތަމަ ޔުނައިޓެޑާ ގުޅުނީ އޭރުގެ ރިކޯޑު ފީއެއް ކަމަށްވާ 12.24 މިލިޔަން ޕައުންޑަށެވެ. އެކަމަކު 2008 ވަނަ އަހަރު ރޮނާލްޑޯ ވަނީ ޔުނައިޓެޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވެފައެވެ. އެހެންކަމުން ރޮނާލްޑޯ އަލުން ޔުނައިޓެޑުގެ ޖާޒީގައި ފެނިގެންދާނީ 12 އަހަރުގެ މެދުކެނޑުމަކަށްފަހުއެވެ.

މި ޓްރާންސްފަރ މާކެޓުގައި ރޮނާލްޑޯ އެންމެ ބޮޑަށް ބަދަލުވާނެ ކަމަށް ބެލެވުނީ ވާދަވެރި މެންޗެސްޓާ ސިޓީއަށެވެ. އެކަމަކު ސަރ އެލެކްސް ފާގަސަންގެ އެދުމުގެ މަތީން ރޮނާލްޑޯ ގުޅުނީ މެންޗެސްޓާ ޔުނައިޓެޑަށެވެ.

ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާއަށް ދޭ ބަލޮންޑޯ އެވޯޑް ފަސް ފަހަރު ހޯދާފައިވާ ރޮނާލްޑޯ އަލުން އަނބުރާ ޔުނައިޓެޑާ ގުޅުނުއިރު، އޭނާ ވަނީ އެ ޓީމުގައި ހުރެ ބަލޮންޑޯ އެވޯޑެއް ހޯދާފައެވެ. އަދި މީގެ ކުރިން ޔުނައިޓެޑަށް ކުޅެދިން ހަ އަހަރުގެ ތެރޭ ރޮނާލްޑޯ ވަނީ އެ ޓީމާއެކު ނުވަ ތަށި ކާމިޔާބުކޮށްފައެވެ. އަދި އެ ޓީމަށް ކުޅެދިން 292 މެޗުގައި ވަނީ 118 ލަނޑު ޖަހާފައެވެ.

ޕްރިމިއާ ލީގުގެ ތާރީޚުގައި އެންމެ އަގުބޮޑުކޮށް ކުލަބަކުން ހޯދި ކުޅުންތެރިޔަކީ ޖެކް ގްރީލިޝްއެވެ. ގްރީލިޝް ހޯދުމަށް ސިޓީން ވަނީ 100 މިލިއަން ޕައުންޑް ޚަރަދުކޮށްފައެވެ. އުމުރުން 25 އަހަރުގެ މިޑްފިލްޑަރު ވަނީ އެސްޓަން ވިލާގައި ތަފާތު މޮޅު ކުޅުމެއް މިދިޔަ ސީޒަނުގައި ދައްކައިފައެވެ. އެއާއިއެކު މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ކުރީކޮޅު ކުޅުނު ޔުއެފާ ނޭޝަނަލް ލީގުގެ މެޗުތަކަށް އެކުލަވާލި އިންގްލޭންޑްގެ ގައުމީ ސްކޮޑުން ފުރަތަމަ ފަހަރަށް އޭނާ ވަނީ ފުރުސަތު ހޯދާފައެވެ. އަދި ނިމިދިޔަ ޔޫރޯ ފުޓުބޯޅަ މުބާރާތުގެ ރަނަރަޕްކަން ހޯދި އިންގްލެންޑްގެ ޓީމުގައިވެސް ގްރީލިޝް ހިމެނެއެވެ.

އިންޓަ މިލާން ދޫކޮށް ލުކާކޫ އަލުން އެނބުރި ޗެލްސީއާ ގުޅުނީ 97.5 މިލިއަން ޕައުންޑްގެ ފީއަކަށެވެ. ޗެލްސީއާ އޭނާ ގުޅުނީ ފަސް އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއާއެކު ލުކާކޫ ވެފައިވަނީ ޗެލްސީގެ ތާރީޚުގައި އެންމެ އަގުބޮޑުކޮށް ގެނައި ކުޅުންތެރިޔާއަށެވެ. އަދި ލުކާކޫ އަކީ ޕްރިމިއާ ލީގުގެ ކުލަބަކުން ދެވަނައަށް އެންމެ އަގުބޮޑުކޮށް ހޯދި ކުޅުންތެރިޔާއެވެ.

މީގެ އިތުރުން މި ޑީލާއެކު ލުކާކޫ ވެފައިވަނީ ޖުމްލަ ޓްރާންސްފާ ފީތަކަށް ބަލާއިރު ދުނިޔޭގެ އެންމެ އަގުބޮޑު ކުޅުންތެރިޔާއަށެވެ. އެގޮތުން ލުކާކޫގެ ހުރިހާ ޓްރާންސްފާ ފީތަކަށް ބަލާއިރު އޭނާގެ ޖުމްލަ އަގަކީ 291 މިލިޔަން ޕައުންޑެވެ. މީގެ ކުރިން ޖުމްލަ ޓްރާންސްފާ ފީތަކަށް ބަލާއިރު އެންމެ އަގުބޮޑު ކުޅުންތެރިއަކީ ބްރެޒިލުގެ ތަރި ނޭމާއެވެ. ނޭމާގެ ޓްރާންސްފާ ފީތަކުގެ ޖުމްލަ އަދަދަކީ 279 މިލިޔަން ޕައުންޑެވެ.

މި ފަހަކަށް އައިސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ ލުކާކޫ ވަނީ އިންޓައާއެކު މިދިޔަ ސީޒަނުގެ އިޓާލިއަން ލީގު ކާމިޔާބުކޮށްފައެވެ. އަދި އިންޓަގައި ހޭދަކުރި ދެ ސީޒަނުގައިވެސް ލުކާކޫ މޮޅު ކުޅުމެއް ދެއްކިއިރު، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 95 މެޗުގައި 64 ލަނޑު ޖަހާފައެވެ.

މި ހަތަރު ކުޅުންތެރިންގެ ޓްރާންސްފަރއަށް ބަލާލި ކަމުގައި ވިޔަސް ނިމިދިޔަ ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓްގެ ކާމިޔާބީ ފެންނާނެއެވެ. އެކަމަކު މިއީ ބައެއް ކްލަބްތަކަށް ނާކާމިޔާބު ޓްރާންސްފަރ މާކެޓެއް ކަމުގައި ބުނެވިދާނެއެވެ. އެގޮތުން ޔޫރަޕްގެ ގަދަ ބާރު ސްޕެއިންގެ ރެއާލް މެޑްރިޑަށް މިއީ ނާކާމިޔާބު ޓްރާންސްފަރ މާކެޓެކެވެ. މި ޓްރާންސްފަރ މާކެޓުގައި އެ ޓީމުން އެންމެ ބޮޑަށް ފާރަލީ ކުޅުންތެރިޔަކީ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭއެވެ. ރެއާލުން އެމްބާޕޭ ހޯދުމަށް 220 މިލިއަން ޕައުންޑްގެ ބިޑެއް ހުށަހެޅުމުންވެސް، ޕީއެސްޖީއިން ވަނީ އެމްބާޕޭ ވިއްކުމަށް ދެކޮޅު ހަދާފައެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯލިއޮނެލް މެސީރޮމެލޫ ލުކާކޫޖެކް ގްރީލިޝް

ކޮމެންޓް

އިތުރަށް ކިޔާލަން

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

މެސީގެ އިންޑިއާ ދަތުރު، ދަނޑުގައި ހިނގި ހަމަ ނުޖެހުން ތަކަށް ޗީފް މިނިސްޓަރު މަމަތާ ބެނާޖީ މައާފަށް އެދިވަޑައިގެންފި

14 ޑިސެމްބަރު 2025
މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

މެސީ އިންޑިއާ އަށް، އެތައް ސަތޭކަ ބަޔަކު މަރުޙަބާ ކިޔަން ނިކުތް

13 ޑިސެމްބަރު 2025
މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

ރޮނާލްޑޯ އަށް ރަތް ކާޑު، ޕޯޗުގަލް އިން އަޔަލެންޑް އަތްދަށުވެއްޖެ

14 ނޮވެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު