Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮވިޑް-19 ރާއްޖޭގެ ހާލަތު

އަތޮޅުތަކުން ޕޮޒިޓިވްވި 119 މީހުންނާއެކު ޖުމްލަ 189 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެ

1 ސެޕްޓެމްބަރު 2021 | ބުދަ 17:24

މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 81،301ށް އަރާފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ސެޕްޓެމްބަރު 2021 | ބުދަ 17:24
މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ

މާމެންދޫން ކޮވިޑަށް ޕޮޒިޓިވްވި އާއިލާގެ މީހުން ވިލިނގިލީ ކޮވިޑް ފެސިލިޓީއަށް ގެންދަނީ

އަތޮޅުތަކުން ޕޮޒިޓިވްވި 119 މީހުންނާއެކު ފާއިތުވި 24 ގަޑިއިރު ރާއްޖޭގައި 189 މީހުން ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު ފާއިތުވި 24 ގަޑިއިރު 5768 ސާމްޕަލް ވަނީ ޓެސްޓްކޮށްފައެވެ. އޭގެތެރެއިން 189 ސާމްޕަލް ޕޮޒިޓިވްވެފައިވާއިރު 35 ސާމްޕަލް ޕޮޒިޓިވްވެފައިވަނީ މާލެއިންނެވެ. އަދި ހިނގަމުންދާ ރިސޯޓްތަކުން 35 ސާމްޕަލް ވަނީ ޕޮޒިޓިވްވެފައެވެ.

މިއާއެކު މުޅި ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 81،301ށް އަރާފައެވެ. މީގެތެރެއިން 79،268 މީހުން ބަލިން ރަނގަޅުވެފައިވާއިރު މިވަގުތު ކޮވިޑް ބައްޔަށް ފަރުވާ ހޯދަމުން އަންނަނީ 1794 މީހުންނެވެ. މީގެތެރެއިން 24 މީހުންނަށް ފަރުވާ ދެމުން އަންނަނީ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެންނެވެ.

ރާއްޖެއިން މިހާތަނަށް މިބަލީގައި 226 މީހަކު ވަނީ ނިޔާވެފައެވެ.

އޮގަސްޓް މަހުގެ 30ން ފެށިގެން ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުން ރިޕޯޓްކުރަމުން އަންނަނީ 150ން މަތިންނެވެ. އެގޮތުން އޮގަސްޓް މަހުގެ 30 ވަނަ ދުވަހު 169 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެދުވަހު އަތޮޅުތަކުން 119 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ. އޮގަސްޓް މަހުގެ 31 ވަނަ ދުވަހު 152 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އެދުވަހު އަތޮޅުތަކުން 74 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި ސެޕްޓެމްބަރ މަހުގެ 1 ވަނަ ދުވަހު 189 މީހުން ކޮވިޑަށް ޕޮޒިޓިވްވެފައިވާއިރު އަތޮޅުތަކުން ޕޮޒިޓިވްވި އަދަދު ހުރީ 119 ގައެވެ.

ރާއްޖޭގައި ކޮވިޑްގެ ހަތަރު ވަނަ ރާޅަށް ފަހު ހާލަތު ރަނގަޅުވަމުން އައިސް މިފަހަކުން އަންނަނީ އަނެއްކާވެސް ނަންބަރުތައް މަތިވަމުންނެވެ. އެޗްޕީއޭއިން އަންނަނީ ކޮވިޑުން ރައްކާތެރިވުމަށް އަޅަންޖެހޭ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމުންނެވެ.

ކޮވިޑް-19

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
08 މެއި 2024

އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!

08 މެއި 2024
އެސްޓްރާޒެނެކާއިން އުފެއްދި ކޮވިޑް ވެކްސިން ވިއްކުން ހުއްޓާލަނީ!
24 ޑިސެމްބަރު 2023

ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

24 ޑިސެމްބަރު 2023
ކޮވިޑުގެ އައު ވޭރިއެންޓެއް ގައުމުތަކުން ފެންނަމުންދާތީ ސަމާލުވުމަށް އިލްތިމާސްކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް