Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލީކުވިކަމަށް ބުނާ ރެކޯޑިންތަކާ ގުޅޭ މައްސަލަ

ލީކުވިކަމަށް ބުނާ އޯޑިއޯ ރެކޯޑިންތަކާ ގުޅިގެން ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން މެންބަރު ޝަރީފު ކޮމިޓީތަކަށް

7 މެންބަރަކު ވަނީ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައި

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 31 އޯގަސްޓު 2021 | އަންގާރަ 09:12
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް

ލީކުވިކަމަށް ބުނާ އޯޑިއޯ ރެކޯޑިންތަކާ ގުޅިގެން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ބޭރުކޮށްލުމުން މައްސަލަ ހުށަހެޅުއްވި މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް ކޮމިޓީތަކަށް އެ މައްސަލަ ހުށަހަޅުއްވައިފިއެވެ.

މި މައްސަލަ މަޖިލީހުން ބޭރު ކޮށްލާފައިވާއިރު އެކަމަށް ނެގުނު ވޯޓުގައި ބައިވެރި 20 މެންބަރުން މި ބިލު ބަލައިގަތުމަށް ނުފެންނަކަމަށް ވޯޓު ދެއްވިއެވެ. އަދި 7 މެންބަރަކު ވަނީ މައްސަލަ ބަލައިގަތުމަށް ފެންނަ ކަމަށް ވޯޓު ދެއްވާފައެވެ.

މިކަމާ ގުޅިގެން މެންބަރު ވަނީ އެ މައްސަލަ ބަލައިދިނުމަށް އެދި މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީއާއި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގެ އިތުރުން ޖުޑީޝަރީ ކޮމިޓީއަށް ހުށަހަޅުއްވާފައެވެ.

މައްސަލަ ހުށަހަޅުއްވަމުން މެންބަރު ވިދާޅުވީ ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މައްޗަށް 5 އަހަރު ދުވަހުގެ ޖަލު ޙުކުމެއް ކޮށްފައިވަނީ ނުޙައްޤުން ކަމަށާއި އެއީ ފާސިޤު ހެކި އުފައްދައިގެން ކޮށްފައިވާ ސިޔާސީ ޙުކުމެއްކަމަށް ދިވެހި ރައްޔިތުންގެ ގިނަ ބަޔަކު ތަކުރާރުކޮށް ބުނަމުންދަނިކޮށް، ރައީސް ޔާމީންގެ ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެގޮތުން، ޙުކުމްކުރި ބެންޗުގައި ތިބި ފަނޑިޔާރުންނަށް ރިޝްވަތު ދީ، ބިރުދައްކާފައިވާކަން އެނގޭ އޯޑިއޯތަކެއް ލީކުވެފައިވާ ކަމަށެވެ.

މެންބަރު ވިދާޅުވީ ރައީސް ޔާމީނަށް ޙުކުމްކުރި ފަނޑިޔާރަކަށް ލިބޭނެކަމަށް ކުރިން އަންގާފައިވާ މަގާމުގެ ކުރިއެރުން ލިބިފައިވާއިރު، ބެންޗުގައި ދެން އިން ފަނޑިޔާރަށް ލިބޭނެކަމަށް ބުނެފައިވާ މަޤާމުގެ ކުރިއެރުން ލިބިފައި ނުވާކަމުގެ ޝަކުވާއާއި އެ ފަނޑިޔާރު ރައީސް ޔާމީނަށް ނުޙައްޤު ޙުކުމްކުރި ބެންޗުގައި އިނީ، ޙުކުމުގައިވާ އެއްޗެއް ނޭނގޭ ޙާލުގައި ވެސް، ސަރުކާރުން އަންގާފައިވާތީކަން އެ އޯޑިއޯތަކުން ދޭހަވާ ކަމަށެވެ.

ލީކުވެފައިވަނީ, މަނީ ލޯންޑަރިންގގެ ކުށް ސާބިތުވެ 5 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ފަރާތުން އެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ތާވަލުކުރިތަނާ، ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރަކާގުޅޭ އޯޑިއޯއެކެވެ.

މި މައްސަލައާ ގުޅިގެން ޖޭއެސްސީން ބުނީ ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތަޢައްޞުބުން އެއްކިބާވެ، ޤާނޫނު އަސާސީއާއި ޤާނޫނާ އެއްގޮތަށް ކަންތައްތައް ނިންމުމުގައި ދެމިތިބެންޖެހޭ ބައެއްކަމަށެވެ.

ރައްޔިތުންގެ މަޖިލިސްއާދަމް ޝަރީފު އުމަރު241 ކޮމިޓީޖުޑިޝަރީ ކޮމިޓީ

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
03 ޑިސެމްބަރު 2025

ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި

03 ޑިސެމްބަރު 2025
ޑްރަގް އެތެރެކުރާ މީހުންނަށް މަރު ގެ އަދަބު ދެވޭ ގޮތް ހަދަން ފާސްކޮށްފި
02 ޑިސެމްބަރު 2025

ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި

02 ޑިސެމްބަރު 2025
ގާޒީ، ފާއިޒް މަގާމުން ވަކި ކުރަން މަޖިލީހުގެ ތަޅުމަށް ފޮނުވަން ފާސްކޮށްފި
09 ނޮވެމްބަރު 2025

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟
09 ނޮވެމްބަރު 2025

މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި

09 ނޮވެމްބަރު 2025
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި
28 އޮކްޓޯބަރު 2025

މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!

28 އޮކްޓޯބަރު 2025
މިނިސްޓަރު ސައީދަށް އެނގޭ އެކައްޗެއް ވެސް ނެތީތަ؟ ބަންކަރިން އިން ލިބުނު އާމްދަނީ ނޭނގުނުތާ ދެވުނު ވަޒީފާގެ އަދަދު ވެސް ނޭނގުނު!
28 އޮކްޓޯބަރު 2025

ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް

28 އޮކްޓޯބަރު 2025
ކުރީ ސަރުކާރުން މާލޭ ރައްޔިތުންނަށް ދިން ގޯތިތައް ވެސް މުއިއްޒު ސަރުކާރުން އަތުލަން އުޅޭ ކަމުގެ އިޝާރާތެއް
28 އޮކްޓޯބަރު 2025

ވަގަށް ސިނގިރެޓް އެތެރެކުރި މައްސަލަ: ކުންފުނީގެ ކުރީގެ ހިއްސާދާރުންގެ ތެރޭގައި މެމްބަރ ސިރުހާން ހިމެނޭ

28 އޮކްޓޯބަރު 2025
ވަގަށް ސިނގިރެޓް އެތެރެކުރި މައްސަލަ: ކުންފުނީގެ ކުރީގެ ހިއްސާދާރުންގެ ތެރޭގައި މެމްބަރ ސިރުހާން ހިމެނޭ
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް
27 އޮކްޓޯބަރު 2025

ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!

27 އޮކްޓޯބަރު 2025
ހޯމް މިނިސްޓަރު އިހުސާނު އަށް 241 ކޮމެޓީގެ ދެ އެންގުމެއް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު