Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ކަސްޓަމްސް

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

މުއިއްޒު ކަންކުރައްވަންވީމާ ކުރައްވަނީއެވެ. ހަމަ އެނޭވައިގާ ކުރައްވާ ކަމެއް ބަދަލުވެސް ކުރައްވަނީއެވެ. އުނބަށް ޖައްސަވާ ވާހަކަ މީހުން ކިޔަނީ އެހެން ވެގެންނެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2025 | އާދީއްތަ 13:01
ރައީސް ޑރ މުހައްމަދު މުޢިއްޒު އަމިއްލަފުޅަށް އަތް ޖައްސަވަނީ

ރައީސް ޑރ މުހައްމަދު މުޢިއްޒު އަމިއްލަފުޅަށް އަތް ޖައްސަވަނީ

މަގުމަތިން ދިމާވި މީހަކު ގޮވާލާފައި ބުންޏެވެ. އަނެއްކާ ހުދު ފޮތިކޮޅަކަށް ވީ ދޯއެވެ. ކޮށްލި މަލާމާތެކޭ ހިތާ ހިނިގަނޑެއް ޖަހާލާފައި ވީ ކީއްހޭ އަހާލައިފީެވެ. ދެންވެސް ބުނީ ހަމަ އެފަދަ އެއްޗެކެވެ. ހީވަނީ ކުޅޭ ކުޅިވަރެއް ހެނެވެ. އިހުނަށްވުރެ ގާތްވެލަމުން ވީ ގޮތެއް ބުނެލަދޭން އެދުނީމެވެ.

އެއްކަލަ ވަކިކުރި ކަލޭގެ އަނެއްކާވެސް ގެންގޮސް އެތަނަށް ލީއްޔެއް ނޫންހޭ ބުންޏެވެ. އެއްޗެއް ބުނަންވާއިރަށް އޭނާ ބުނީ ސިނގިރޭޓް ވައްކަމުގައި ކްނަޑާލި މީހާއަށް އަލުން އަންބުރާ ވަޒީފާ ދިންވާހަކައެވެ. އޭނާ އަދިވެސް އިތުރަށް ބުންޏެވެ. މީދެން މީހުން ކުރާޒާތުގެ ކަންކަން ހެއްޔެވެ. އިރުއޮއްސި އިރު އަރަންވާއިރަށް މީހަކު ކަނޑާ އެއްލާލަންވިއެވެ. އަނެއްކޮޅުން އިރުއޮއްސެންވާއިރަށް އެމީހަކު އަނބުރާ ގެނެސް ލާންވީއެވެ. ހީވަނީ ކުޅޭ ކުޅިވަރެއް ހެންނެވެ.

އޭނާ ބުންޏަސް އެއީކީ އާދައިގެ ވާހަކައެއް ނޫނެވެ. ހިންގާން ނޭނގިގެން އަދި އުރައްޕަތެއްނެތް މުިއްޒު ވެރިކަމުގައި ކަންކުރަމުން އަންނަ ބީދައެވެ.

އެމީހާއެބުނިހެން ގެއްލުނު ސިނގިރޭޓް ކޮންޓޭނަރުތަކުގެ މައްސަލައިގާ ކަސްޓަމްގެ ދެ އޮފިސަރަކު ވަކިކުރީ ކުއްލިއަކަށެވެ. 30 އަހަރަށްވުރެ ގިނަ ދުވަހު އެތަނުގައި ޚިދުމަތް ކޮށްފައިވާ ދެމީހަކު ޚިދުމަތުގައި ތިއްބާ ކަނދާ އެއްލާލީ އެމީހުންގާތު ހޭވެސް އަހާލުމެއް ނެތިއެވެ. ކަލޭމެން އެޒާތުގެ ކަމެއް ކުރީންތޯއާ އެވައްކަމުގައި ބައިވެރިވީންތޯވެސް އަހާނުލައެވެ. އަމުދުން އެތުހުމަތުތަކުން ބަރީވާން އެއްޗެއްވެސް ބުނާނެ ފުރުސަތެއް ނުދީއެވެ. ލިބުނު ރިޕޯޓަކާ ގުޅިގެން ބާރގަދަ މަޖިލީހުގެ ކޮމެޓީއަކުން ދިން ލަފަޔަކަށެވެ. މުއިއްޒު ވިދާޅުވިއްޔާ ވިދާޅުވިގޮތަކަށް ކންކުރާން ތައްޔާރަށް އޮތް ރައްޔިތުންގެ މަޖިލީހުގެވެސް އެންމެ ބާރުގަދަ އެއްކޮމެޓީން ދިން ލަފައަކައެށެވެ. މަޝްހޫރު ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން (241 ކޮމިޓީ) ދިން އެލަފަޔާމެދު ވިސްނާލިހެންވެސް ހީނުވިއެވެ. އެދެއޮފިސަރުން އެފޮނުވާލީ ގެއަށެވެ.

މުޅި ދުނިޔެއަށް އެފެނުނީ އެއީ ބޮޑު ދެ ވަގުންގެ ގޮތުގައެވެ. މައި ދޮރާށި ބަލަހައްޓަންތިބި ދެމީހަކު ގައުމަށާއި ރައްޔިތުންނަށް ޣައްދާރުވި ޣައްދާރުވުމެއްގެ ގޮތުގައެވެ. 30 އަހަރު ކުރި ޚިދުމަތުގެ އަގު މަދު ސިކުންތު ކޮޅެއްގެ ތެރޭގައި ވެއްޔާ މޮޑެވުނީއެވެ. ބޮޑު ވަގެއްގެ ޓެގު އެޅުވި މުޅި ރާއްޖެއަށާއި މުޅި ދުނިޔެއަށް ފަޟީހަތްވެ ނިމުނީއެވެ.

އެވާހަކަތައް އެހެރީ އަދިވެސް ނޫސްތަކުގައެވެ. ސޯޝަލް މީޑިޔާގައި ފޮޓޯއާއެކު ހާމަޔަށް ފެންނާށެވެ. މަސްއޮޑި އަތިރީގަޔާއި ހޮޅުއަށިތަކުގައިވެސް ދެއްކީ އެވާހަކައެވެ. އެމީހުންގެ އަގު ހަމަ އެކީއެކަށް ވެއްޓުނީއެވެ.

އޭގެތެރެއިން އެކަކީ ކަސްޓަމްސްގެ ހިދުމަތުގައި 30 އަހަރަށް ވުރެ ގިނަ ދުވަހު އުޅުއްވި ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު މަހުމޫދު ރިޔާޒު އެވެ. މީހުން އޭރުވެސް ކިޔެވެ. ކުދަމިނުން އެމީހުންނަށް ދިފާއުގައި ބަހެއް ބުނެލަންވެސް ފުރުސަތެއް ދޭން ޖެހޭނެތާއެވެ. އެއިން ކަމަކަށް ފަރުވާލެއް ނުބެހެއްޓެވިއެވެ. ބަސްބުނިހިނދުން މުއިއްޒު ކަންކަން ނިންމަވާލެއްވީއެވެ. ހިންގި ތަހުގީގެއްގެ މައުލޫމާތެއްވެސް ހިއްސާނުކޮށް އެފަދަ ކަންކަމުގައި މުއިއްޒު ސާގެންގުޅުއްވާ މުއިއްޒު ސްޕީޑުގައެވެ.

އޭގެ ދުވަސްކޮޅެއް ފަހެވެ. ރޭކާލީ ދެނެވެ. އަނެއްކާވެސް ހަމަ އެއްކަލަ މަޖިލީހުގެ ކޮމެޓީއެވެ. އެކޮމެޓީން ދިން ލަފާ އަނބުރާ ގެނައީއެވެ. ނިންމުން ބަދަލު ކުރީއއެވެ. ޔޫޓާންއެއް ނަގާ އިހުހުރިގޮތައް އިއާދަކުރާން ނިންމީއއެވެ. ރީތިބަހުންނަމަ އުންބަށް ޖެހީއެވެ. މަހްމޫދު ރިޔާޒަށް އަލުން އަނބުރާ އެވަނީ އެވަޒީފާ ދީފައެވެ.

މުއިއްޒު ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ އެ މަނިކުފާނު ކުރައްވާނީ ގާނޫނުގެ ވެރިކަން ކަން ކަށަވަރުކުރައްވާނެ ކަމަށާއި "އަދުލުވެރިކަމާއި އިންސާފު، ދައުލަތުގައި ގާއިމުކުރުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން އަދާކުރަންޖެހޭ ވާޖިބު އަދާކުރާނަން" ކަމަށެވެ.

ކޮންމެއަކަސް އުނބަށް ޖަހައިފިއެވެ. މުއިއްޒު ޖައްސަވާ އުނބު ލިސްޓަށް އުނބެއް އިތުރުވީއެވެ. މިފަހަރު ގަބޫލު ކުރަންވީ ކޮންކަމެއް ކަމެއް ނޭނގުނެވެ. އެބުނާ މުއިއްޒުގެ އަދުލު އިންސާފަށް ކަންކުރީ ވަކިކުރުމުގައި ކަމެވެ. ނޫންނަމަ އަލުން އަނބުރާ ވަޒީފާ ދިނުމުގައި ކަމެވެ. ހަމ ގައިމުވެސް އެނގޭ އެއްކަމެއް އެބައޮތެވެ. މުއިއްޒުގެ ވާނުވާ ނޭނގޭ ސްޓައިލް ހަމަ އެގޮތުގައި ބާރަށް ކުރިއަށްދާކަމެވެ. ދެއުޅިއެއްނުވާ ނިންމުންތައް ނިންމައި އަލުން އަނބުރާ އެކަން ބަދަލުކޮށް އުނބަށް ޖެހުން ހުއްޓެން ގާތްވެސް ނުވާކަމެވެ. އަދިވެސް އެހެންކަމެއް ހަމަ އެހާމެ ސާފެވެ. މަހްމޫދު ރިޔާޒްގެ ނަން ހިމނައިގެން އޭރު އެލިޔުނު ހަބަރުތަކާއި ސޯޝަލް މީޑިޔާ ޕޯސްޓްތައް ފަނޑުކަމެއްނެތި އެގޮތުގައި ހުންނާނެ ކަމެވެ. މުނިކާފަ ދަރިންނާ ހަމައިންވެސް އެތަކެތި ނުފޮހެވި ހުންނާނެއެވެ. ފޮޓޯއާއެކު ޖެހުނު ލައްގަނޑު ހަމަ އެގޮތުގައި އޮންނާނެއެވެ. ކުށެއް ނުކުރާނަމަ މައުސޫމު މީހަކަށް ހިތުން ނުފިލާވަރުގެ ހިތި ލަގާއެއް މުޅިއުމުރަށް ލިބުނީއެވެ.

މަހްމޫދު ރިޔާޒްކަސްޓަމްސް ސިނގިރޭޓް ކޮންޓޭނަރު241 ކޮމިޓީޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

ކަނޑު މަގުން ރާއްޖެ އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް ހުރި ބޮޑު ޝިޕްމަންޓެއް އަތުލައިގެންފި

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި 1.8 މިލިއަނަށްވުރެ ގިނަ މެންޗެސްޓަރ ސިނގިރޭޓް ނައްތާލައިފި

08 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު