Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ241 ކޮމިޓީ

ވަގަށް ސިނގިރެޓް އެތެރެކުރި މައްސަލަ: ކުންފުނީގެ ކުރީގެ ހިއްސާދާރުންގެ ތެރޭގައި މެމްބަރ ސިރުހާން ހިމެނޭ

އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓްތަކެއް އެތެރެކޮށްފައިވާ މައްސަލަ އެއް ޑިސެމްބަރު 9، 2023 ގައި ވަނީ ފެންމަތިވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 އޮކްޓޯބަރު 2025 | އަންގާރަ 08:58
ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ސިރުހާން

ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ސިރުހާން

އެގްޒޮޓިކް އެންޓަޕްރައިޒަސްގެ ބޮންޑެޑް ވެއާހައުސްއަކުން ގިނަ އަދަދެއްގެ ސިނގިރެޓު ގެއްލުނު މައްސަލަ ހިނގި ދުވަސްވަރު އެ ކުންފުނީގެ ހިއްސާ ރައްޔިތުންގެ މަޖިލީހުގެ ހިތާދޫ ދާއިރާގެ މެމްބަރު މުހައްމަދު ސިރުހާނަށް އަށް އަށް ދީފައިވާ ކަމަށް މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ( 241 ކޮމިޓީ) ގެ ރިޕޯޓުން ހާމަވެއްޖެއެވެ.

ސިނގެރެޓްތައް ގެއްލުނު މައްސަލަ ދިމާވި އިރު ސިރުހާން އަކީ މަޖިލީހުގެ މެމްބަރެއް ނޫނެވެ. އޭނާ މެމްބަރުކަމަށް ހޮވިވަޑައިގަތީ 2024 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައެވެ.

Advertisement - newsAdvertisement

ހޯމަ ދުވަހު މަޖިލީހުގެ ޖަލްސާގައި ފާސްކުރި ރިޕޯޓްގައި ބުނެފައި ވަނީ އެގްޒޮޓިކް އެންޓަޕްރައިޒަސް ކަސްޓަމްސްގައި ބޮންޑެޑް ވެއާހައުސް ރަޖިސްޓްރީކޮށްފައި ވަނީ އެ ކުންފުނީގެ ހިއްސާދާރުންގެ ގޮތުގައި ލުބުނާ ހުސައިން މަނިކު އާއި އަބްދުﷲ ހަސަން ތިއްބާ ކަމަށެވެ.

އެހެންނަމަވެސް، އޭގެ ފަހުން އެގްޒޮޓިކް އެންޓަޕްރައިޒަސް އިން ފޭކް ސިނގިރެޓްތަކެއް އެތެރެކޮށްފައިވާ މައްސަލަ އެއް ޑިސެމްބަރު 9، 2023 ގައި ވަނީ ފެންމަތިވެފައެވެ. އޭރު އެ ކުންފުނީގެ ހިއްސާދާރުންނަކީ ލުބުނާ ހުސައިން މަނިކާއި މެމްބަރު މުހައްމަދު ސިރުހާން ކަމަށް 241 ކޮމިޓީގެ ރިޕޯޓުން އެނގެއެވެ.

މި މައްސަލައިގައި 241 ކޮމިޓީ އިން އެކުލަވާލި ރިޕޯޓާއި މެދު މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވެފައި ވަނީ ސިނގިރޭޓު ކޭސްތައް މަދުވިކަން އެނގިފައި ވަނީ ވެސް އެ ކުންފުނީގެ ހިއްސާ ބަދަލުކުރުމަށް ފަހު ކަސްޓަމްސްގެ ސަމާލުކަމަށް އެކަން ގެނެސް، އަލުން ސިނގިރޭޓުތައް ގުނުމާއި ހިސާބުން ކަމަށެވެ. އެހެންކަމުން މިއީ ދުރާލާ ރާވައިގެން ހިންގާފައިވާ ޖަރީމާ އެއް ކަަމަށް ނާޒިމް ވިދާޅުވިއެވެ. އެ ކުންފުނީގެ ހިއްސާ ބަދަލުކޮށްފައި ވަނީ ވެސް ކަސްޓަމްސް އަށް ވެސް އެނގިގެން ވަރަށް ބޮޑަށް ރޭވިގެން ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

241 ކޮމިޓީގެ ދިރާސާ ރިޕޯޓާއި ގުޅިގެން މެމްބަރު ސިރުހާން ވަނީ ބަޔާނެއް ނެރުއްވާފައެވެ. އޭނާ ވިދާޅުވީ އެގްޒޮޓިކް އެންޓަރޕްރައިޒިސް އަކީ ޤާނޫނުތަކާއި އެއްގޮތަށް ރަޖިސްޓްރީކޮށްގެން ހިންގި ވިޔަފާރި އެއް ކަމަށެވެ. އެހެންކަމުން 2023 ވަނަ އަހަރު އެ ކުންފުންޏާއި ގުޅިފައި ވާނެ ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ. ނަމަވެސް އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން ސިޔާސީ މަސައްކަތްތަކަށް ވަގުތު ހުސްކުރުމަށް އޭނާގެ ހިއްސާ އޮތް ކުންފުނިތަކުން ހިއްސާ ދޫކޮށްލާފައިވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. ސިރުހާން ވިދާޅުވީ އޭނާ އެގްޒޮޓިކް އެންޓަރޕްރައިސިސްގެ ބޯޑުގެ ޑިރެކްޓަރަކަށް އަދި ހިއްސާދާރަކަށް ހުންނެވި މުއްދަތުގައި އެ ކުންފުނިން ޤާނޫނާއި ޚިލާފު މުއާމަލާތެއް ހިންގާފައި ނުވާނެ ކަމަށެވެ.

މި މައްސަލައިގައި ހިމެނޭ ވަގަށް އެތެރެކޮށްފައިވާ ސިނގިރެޓްގެ އަގު 30-40 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް މަޖިލީހުގެ ނައިބު ރައީސް ނާޒިމް ވަނީ ވިދާޅުވެފައެވެ.

އެގްޒޮޓިކް އެންޓަޕްރައިޒަސް241 ކޮމިޓީމެމްބަރު މުހައްމަދު ސިރުހާންސިނގިރޭޓް ވަގު ވިޔަފާރި

އިތުރަށް ކިޔާލަން

04 ޑިސެމްބަރު 2025

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް
22 ނޮވެމްބަރު 2025

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި

22 ނޮވެމްބަރު 2025
 ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ސިނގިރޭޓު ވަގަށް ނަގައިފި
09 ނޮވެމްބަރު 2025

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟
09 ނޮވެމްބަރު 2025

މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި

09 ނޮވެމްބަރު 2025
މަހްމޫދު ރިޔާޒުގެ މަގާމު އިޔާދަ ކުރުމަށް ލަފާ ދޭން ނިންމައިފި
27 އޮކްޓޯބަރު 2025

ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް

27 އޮކްޓޯބަރު 2025
ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު