Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައްޔިތުންގެ މަޖިލިސް

ކަސްޓަމްސް އިން ގަވައިދާ ޚިލާފަށް އުޅަނދު ދުއްވުން: ފުލުހުންގެ ކޮމެންޓެއް ނެތް، ކަސްޓަމްސް އިން ބުނީ ކަންކަން ކުރީ އުސޫލާއި އެއްގޮތަށް ކަމަށް

ކަސްޓަމްސް 241 ކޮމިޓީގެ ރިޕޯޓުގައި ކަސްޓަމްސްއިން އުސޫލާ ޚިލާފަށް ކޮށްފައިވާ ކަންކަން ފާހަގަކޮށްފައިވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 27 އޮކްޓޯބަރު 2025 | ހޯމަ 14:28
މޯލްޑިވްސް ކަސްޓަމްސް ސަރވިސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސް

މޯލްޑިވްސް ކަސްޓަމްސް ސަރވިސް އިން އެއްވެސް ސަލާމަތީ ސެޓްފިކެޓެއް ނެތް ލޯންޗެއް ދުއްވިކަން ހާމަވި މައްސަލައިގައި އަމަލުކޮށްފައި ވަނީ އުސޫލާއި އެއްގޮތަށް ކަމަށް ބުނެ އެކަން ދިފާއު ކުރަން ކަސްޓަމްސް އިން މަސައްކަތް ކޮށްފި އެވެ.

ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކަސްޓަމްސް އާ ގުޅޭގޮތުން މަޖިލީހުގެ 241 ކޮމިޓީން ދިރާސާކޮށްފައިވާ މައްސަލަތަކުގެ ރިޕޯޓު ހާމަކޮށްފައި ވާއިރު އެ ރިޕޯޓުގައި ކަސްޓަމްސް އިން އުސޫލާއި ޚިލާފަށް ކޮށްފައިވާ ކަންކަން ފާހަގަކޮށްފައިވެއެވެ. އޭގެ ތެރެއިން އެއް ކަމަކީ ތެޔޮ ބޯޓެއްގައި ގާނޫނާ ގަވާއިދާ ޚިލާފަށް ރާއްޖެ އަށް ސިނގިރޭޓު އެތެރެކުރި މައްސަލަ ބެލުމަށް 28 އޮކްޓޫބަރު 2024 ގައި މޯލްޑިވްސް ކަސްޓަމްސް ސަރިވިސް އިން ހިންގި އޮޕަރޭޝަންގައި ކަން ހިނގި ގޮތެވެ.

Advertisement - newsAdvertisement

އެ އޮޕަރޭޝަން ފެށުން ލަސްވި ކަން ކަސްޓަމްސްގެ މުވައްޒަފުން ހާމަކޮށްފައިވާ ކަމަށް 241 ކޮމިޓީގެ ރިޕޯޓުގައި ވަނީ ބުނެފައެވެ. މީގެ އިތުރުން ބޯޓު ކައިރިޔަށް ކަސްޓަމްސްގެ އޮފިސަރުން ދާނެ ލޯންޗެއް ނެތިގެން އޮޕަރޭޝަން ލަސްވި ކަމަށް ކަސްޓަމްސްގެ މުވައްޒަފުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން ފުލުހުންނާ ގުޅައިގެން ވެސް ލޯންޗެއް ނުލިބުނު ކަމަށާއި، އެންމެ ފަހުން ބޯޓު ކައިރިއަށް ކަސްޓަމްސްގެ އޮފިސަރުން ދިޔައީ ޖަޕާނު ސަރުކާރުން ކަސްޓަމްސް އަށް ހަދިޔާކޮށްފައި އޮތް ސަލާމަތީ ސެޓްފިކެޓު ނުހައްދާ އޮތް ލޯންޗެއްގައި ކަމަށް އޮފިސަރުން ބުނެފައިވެއެވެ.

މިކަމާއި ގުޅޭ ގޮތުން ކަސްޓަމްސް އާއި ސުވާލުކުރުމުން ކަސްޓަމްސް އިން މިހާތަނަށް ރާއްޖެ އެމްވީ އަށް ދީފައިވާ ޖަވާބަކީ އެ ވަގުތު ކަސްޓަމްސް އިން މަސައްކަތް ކުރީ އުސޫލާއި އެއްގޮތަށް ކަމަށާއި، ވީހާވެސް އަވަހަށް އެ މައްސަލަ އަށް އެޓެންޑް ވުމަށް މަސައްކަތް ކޮށްފައިވާނެ ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކޮށްފައިވާނީ އުސޫލާއި އެއްގޮތަށް އެންމެ އަވަހަށް އެކަމަށް އެޓެންޑް ވުމަށް." ކަސްޓަމްސްގެ އޮފިޝަލަކު މި ނޫހަށް މައުލޫމާތުދެއްވަމުން ވިދާޅުވިއެވެ.

ނަމަވެސް ސެޓްފިކެޓެއް ނެތް ލޯންޗެއް ދުއްވީ ކަސްޓަމްސް އަށް އެނގި ތިބެތޯ، އެކަމަށް ހުއްދަ ދިނީ ކޮން ފަރާތަކުންތޯ އަދި ސެޓްފިކެޓް ނެތް ލޯންޗެއް ދުއްވި އިރު އުސޫލާއި އެއްގޮތަށް އަމަލުކުރި ކަމަށް ބުނަނީ ކޮން އުސޫލަކަށް ރިއާޔަތްކޮށްކަން ސާފެއް ނޫނެވެ. އަދި މިކަމާއި ގުޅޭ އިތުރު ތަފްސީލް ހޯދުމަށް ކަސްޓަމްސް އަށް ގުޅައިގެންނާއި މެސެޖުކޮށްގެން ވެސް އަދި މިހާތަނަށް ރާއްޖެއެމްވީ އަށް މިކަމާއި ގުޅޭ ގޮތުން އިތުރު ޖަވާބެއް ލިބިފަ އެއް ނުވެއެވެ.

މީގެ އިތުރުން ފުލުހުންނާއި މުއާމަލާތުކޮށްގެން ވެސް ލޯންޗެއް ނުލިބުނު ކަމަށް ކަސްޓަމްސް އިން ބުނެފައިވާތީ އެކަމާއި މެދު ފުލުހުންގެ ބަހެއް ހޯދުމަށް ވެސް މި ނޫހުން ވާނީ މަސައްކަތްކޮށްފައެވެ. ނަމަވެސް ފުލުހުން މި މައްސަލަ އަށް އެއްވެސް ކޮމެންޓެއް ކޮށްފަ އެއް ނުވެއެވެ.

މި ނޫހުން ކުރި ސުވާލުތަކަށް އެ އިދާރާއިން ޖަވާބު ދީފައި ނުވާތީ، މި އޮޕަރޭޝަންގައި ސަލާމަތީ ކަންކަން ފުރިހަމަ ނުވާ އުޅަނދެއް ދުއްވިކަން ފުލުހުންނަށް އެނގޭތޯ އާއި އެކަމާއި މެދު އެއްވެސް ފިޔަވަޅެއް އަޅާފައިވާނެތޯ ނުވަތަ ނޫންތޯ ސާފުވާ ގޮތް ވަނީ ނުވެފައެވެެ.

ކަނޑުގައި ދުއްވާ އުޅަނދުތައް ދުއްވުމާބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުން ކަނޑުގައި ދުއްވާ ނުވަތަ އަޅާފައި ބާއްވައިގެން އޮޕަރޭޓުކުރާ އުޅަނދުފަހަރު، ސަލާމަތީ ސެޓްފިކެޓްތައް ނުހައްދައި ދުއްވައިފިކަން ނުވަތަ އޮޕަރޭޓު ކުރާކަން ސާބިތު ވެއްޖެނަމަ، އެ އުޅަނދަށް ހޯދަންޖެހޭ ކޮންމެ ސެޓްފިކެޓަކަށް 1000 ރުފިޔާއިން އުޅަނދުގެ ވެރިފަރާތް ޖޫރިމަނާ ކުރެވޭނެ އެވެ.

ގާނޫނާ ޚިލާފަށް އުޅަނދު ދުއްވުމުގެ ސަބަބުން ގާނޫނާ ޚިލާފުވި ފަރާތްތަކާ މެދު އެޅި ފިޔަވަޅެއް 241 ކޮމިޓީގެ ރިޕޯޓު ގައި ފާހަގަ ކޮށްފަ އެއް ނުވެ އެވެ.

މޯލްޑިވްސް ކަސްޓަމްސް241 ކޮމިޓީދިވެހި ފުލުހުން

ކޮމެންޓް

އިތުރަށް ކިޔާލަން

 ބުރާސްފަތި ދުވަހު މި ސަރުކާރުން ހަވާލުވި ޕެޓްރޯލް ވެސަލް އަކީ، އެމްޑީޕީ ވެރިކަމުގައި ޖަޕާނުން ހަދިޔާކުރި އުޅަނދެއް

ބުރާސްފަތި ދުވަހު މި ސަރުކާރުން ހަވާލުވި ޕެޓްރޯލް ވެސަލް އަކީ، އެމްޑީޕީ ވެރިކަމުގައި ޖަޕާނުން ހަދިޔާކުރި އުޅަނދެއް

04 ޑިސެމްބަރު 2025
ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

ސަރުކާރުގެ ފުލް ކޮންޓްރޯލް އޮތް މީހަކު ސީޕީއަށް ގެނައުމަށް 241 ކޮމެޓީން ދަނީ މަސައްކަތް ކުރަމުން: މެންބަރު މީކާއީލް

04 ޑިސެމްބަރު 2025
ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

ނިދާ ތަނުގައި ކުރުނބާ ފަނިފުޅި ތައްޔާރުކޮށް ޑެލިވަރީ ކުރާ ބިދޭސީންތަކެއް އަތުލައިގަނެފި

02 ޑިސެމްބަރު 2025
ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

ބޮޑީ ވޯން ކެމެރާ ގެ މައްސަލަ: "ޒެޓާގެ މައްސަލަ މާލިއްޔަތު ކޮމިޓީން ބެލީ ބަހެއް ނުހޯދާ، ނާޒިމް މަޖިލީހުގައި ދެއްކީ ދޮގު ވާހަކަ"

21 ނޮވެމްބަރު 2025
އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

އުނބަށް ނުޖަހައި ހަމަ އެއްކަމެއްވެސް މުއިއްޒަށް ނުކުރެވެނީތަ؟

09 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު