Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެ
ކޮވިޑް-19، ޔޫރަޕްގެ ހާލަތު

ޔޫރަޕްގައި ކޮވިޑްގެ ކޭސްތައް އިތުރުވެ، ވެކްސިން ޖަހާ މިންވަރު ދަށަށްދާތީ ޑަބްލިޔުއެޗްއޯއިން ކަންބޮޑުވުން ފާޅުކޮށްފި

މިއަހަރު ނިމެން ބާކީ މިއޮތް ހަތަރު މަސް ދުވަސްތެރޭގައި ޔޫރަޕްގެ ގައުމުތަކުން 236،000 މީހުން މިބަލީގައި މަރުވާނެކަމަށް އަންދާޒާކުރެވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 30 އޯގަސްޓު 2021 | ހޯމަ 18:06
ޔޫރަޕްގައި މީހުން މާސްކު އަޅައިގެން

ޔޫރަޕްގައި މީހުން މާސްކު އަޅައިގެން

ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން އަންނައިރު ވެކްސިން ޖަހާ މީހުންގެ އަދަދު ދަށަށްދާތީ ކޮވިޑް ފެތުރުން ހުއްޓުވުމަށް ހުރަސްތަކެއް ކުރިމަތިވަމުން އަންނަ ކަމުގެ އިންޒާރު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ން ދީފިއެވެ.

އެކަމާގުޅިގެން ވާހަކަދައްކަވަމުން ޑަބްލިޔުއެޗްއޯއިން ޔޫރަޕަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިރެކްޓަރ ހާންސް ކްލޫގާ ވިދާޅުވީ ފާއިތުވި ދުވަސްތަކުގައި ޔޫރަޕްގެ ސަރަހައްދުގައި ކޮވިޑްގެ ކޭސްތައް އިތުރުވެ އެބަލީގައި މަރުވާ މީހުންގެ އަދަދު އިތުރުވަމުން އައިސްފައިވަނީ ކަންބޮޑުވާ މިންވަރަށް ކަމަށެވެ. ޑެލްޓާ ވޭރިއަންޓް ހަލުވިކަމާއެކު ފެތުރެމުން އަންނައިރު ފިޔަވަޅުތަކަށް ލުއިތައް ދެމުން އައުމާއި މީހުން އެއްތަނުން އަނެއްތަނަށް ދަތުރުކުރުމުގެ ސަބަބުން ކޭސްތައް އިތުރުވަމުން އަންނަކަމަށް ހާންސް ވިދާޅުވިއެވެ.

ހާންސް ވިދާޅުވީ މިއަހަރު ނިމެން ބާކީ މިއޮތް ހަތަރު މަސް ދުވަސްތެރޭގައި ޔޫރަޕްގެ ގައުމުތަކުން 236،000 މީހުން މިބަލީގައި މަރުވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ. ކޮވިޑްގެ ޕެންޑަމިކްގައި މިހާތަނަށް ޔޫރަޕުގެ ގައުމުތަކުން 65 މިލިއަން މީހުންނަށް ކޮވިޑް ޖެހިފައިވާއިރު 1.3 މިލިއަން މީހުން ވަނީ މިހާތަނަށް އައިއިރު މިބަލީގައި މަރުވެފައެވެ.

ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އޭޕްރީލް މަހު ވަނީ ދަށަށްގޮސްފައެވެ. އޭގެފަހުން ޖޫން މަހުގެ ފަހުކޮޅުން ފެށިގެން ކޭސްތައް އަންނަނީ އިތުރުވަމުންނެވެ.

ހާންސް ވިދާޅުވީ ޔޫރަޕްގައި ހިމެނޭ 53 ގައުމުތަކުގެ ތެރެއިން 33 ގައުމެއްގައި ފާއިތުވި ދެ ހަފްތާގައި ކޭސްތައް ފެންނަ މިންވަރު ވަނީ 10 އިންސައްތަ އިތުރުވެފައެވެ. އޮގަސްޓް އެންމެ ފަހު ހަފްތާގައި ރަޝިޔާ، ފްރާންސް، އިނގިރޭސިވިލާތް، ތުރުކީ އަދި ސްޕެއިންއިން ވަނީ އެންމެ ގިނައިން ކޭސްތައް ފެނިގެން ރިޕޯޓްކޮށްފައެވެ. މީގެއިތުރުން ފާއިތުވި ހަފްތާގައި ޔޫރަޕްގެ ގައުމުތަކުގައި ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 11 އިންސައްތަ އިތުރުވެފައެވެ.

ކޮވިޑްގެ ކޭސްތައް އިތުރުވަމުން އަންނައިރު ބައެއް ގައުމުތަކުގައި ވެކްސިން ޖަހާ މިންވަރު ދަށަށްދާ ދިޔުމަކީ ކަންބޮޑުވުމެއްކަމަށް ހާންސް ވިދާޅުވިއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ މުއްސަނދި ގައުމުތަކަކީ މުޅި ދުނިޔެއަށް ބަލާއިރު އާބާދީގެ ނިސްބަތުން އެންމެ ގިނަ މީހުންނަށް ވެކްސިން ދީފައިވާ ގައުމުތަކެވެ.

ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޔޫރަޕްގެ 29 ގައުމެއްގައި ވެކްސިން ޖަހަންޖެހޭ އާބާދީގެ 75.1 އިންސައްތަ މީހުން ވަނީ ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައެވެ. އަދި 64.9 އިންސައްތަ މީހުން ވަނީ ދެވަނަ ޑޯޒް ޖަހާފައެވެ. ނަމަވެސް ފާއިތުވި ހަ ހަފްތާގައި ޔޫރަޕްގައި ކޮވިޑް ވެކްސިން ޖަހާ މީހުންގެ އަދަދު ދަށަށްގޮސްފައިވާ ކަމަށް ހާންސް ވިދާޅުވިއެވެ.

ވެކްސިން ޖަހާ މީހުންގެ އަދަދު ދަށް ވެފައިވަނީ ދެ ސަބަބަކާހެދި ކަމަށް ހާންސް ވިދާޅުވިއެވެ. ފުރަތަމަ ސަބަބަކީ ބައެއް ގައުމުތަކަށް އެކަށީގެންވާ މިންވަރަށް ވެކްސިން ނުލިބުމެވެ. ދެވަނަ ސަބަބަކީ ވެކްސިން ޖެހުމާ މީހުން ދެކޮޅު ހެދުންކަމަށް ހާންސް ވިދާޅުވިއެވެ.

ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ މަދުން އަދި މެދު މިނުގައި އާމްދަނީ ލިބޭ ގައުމުތަކުގައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށްފައިވަނީ 6 އިންސައްތަ މީހުންނެވެ. މީގެތެރެއިން ބައެއް ގައުމުތަކުގައި ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ވެކްސިން ދީފައިވަނީ ކޮންމެ 10 މީހަކުން އެކަކަށެވެ.

ކޮވިޑް-19ޔޫރަޕްޑަބްލިޔުއެޗްއޯ

ކޮމެންޓް

އިތުރަށް ކިޔާލަން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

އިންޑިޔާ ގައި އުފައްދާފައިވާ ތިން ވައްތަރެއްގެ ކޯފް ސިރަޕް ތަޣައްޔަރުވެފައިވާ ކަމަށް ބުނެ ޑަބްލިޔުއެޗްއޯ އިން އިންޒާރެއް ނެރެފި

15 އޮކްޓޯބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

ޣައްޒާގެ ހޮސްޕިޓަލްތައް ފުނޑު ފުނޑުވުމުގެ ނުރައްކަލުގައި

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު