Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުސަބިޓްޒާ ބަޔާނަށް ބަދަލުވުން

ލައިޕްޒީގުގެ ކެޕްޓަން ސަބިޓްޒާ ބަޔާނަށް

ސަބިޓްޒާގެ ސޮއި ބަޔާނުން ހޯދީ 16 މިލިޔަން ޔޫރޯ ދެއްކުމަށްފަހު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 30 އޯގަސްޓު 2021 | ހޯމަ 15:21
ލައިޕްޒީގުގެ ކެޕްޓަނުގެ މަގާމުގައި ހުރި އޮސްޓްރިއާގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާ

ލައިޕްޒީގުގެ ކެޕްޓަނުގެ މަގާމުގައި ހުރި އޮސްޓްރިއާގެ މިޑްފީލްޑަރު މާސެލް ސަބިޓްޒާ

އާރްބީ ލައިޕްޒީގުގެ ކެޕްޓަން މާސެލް ސަބިޓްޒާ ބަޔާން މިއުނިކަށް ބަދަލުވެއްޖެއެވެ.

އުމުރުން 27 އަހަރުގެ އޮސްޓްރިއާގެ މިޑްފީލްޑަރު ބަޔާނަށް ބަދަލުވީ ހަތަރު އަހަރުގެ އެއްބަސްވުމެއްގެ ދަށުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ބަޔާނުން ސަބިޓްޒާގެ ސޮއި ހޯދީ ލައިޕްޒީގަށް 16 މިލިޔަން ޔޫރޯ ދެއްކުމަށްފަހުއެވެ.

ސަބިޓްޒާ ބަޔާނަށް ބަދަލުވިއިރު، އެ ޓީމުގެ މިހާރުގެ ކޯޗަކީ މިދިޔަ ސީޒަނުގައި ލައިޕްޒީގުގައި ސަބިޓްޒައާއަށް އިރުޝާދުދިން ޒުވާން ކޯޗު ހޫލިއަން ނާގަލްސްމަންއެވެ. އަދި ހަމަ މިދިޔަ ސީޒަނުގައި ލައިޕްޒީގުގައި ނާގަލްސްމަން އިރުޝާދުދިން ފްރާންސްގެ ޒުވާން ޑިފެންޑަރު ޑަޔުޓް އުޕަމެކާނޯވެސް ވަނީ މި އަހަރު ބަޔާނަށް ބަދަލުވެފައެވެ.

ލައިޕްޒީގުގައި ހަތް އަހަރު ހޭދަކުރުމަށްފަހު ސަބިޓްޒާ އެ ޓީމު ދޫކޮށްލިއިރު، 2014 ވަނަ އަހަރު ލައިޕްޒީގާ ގުޅުނު ސަބިޓްޒާ ވަނީ އެ ޓީމަށް ކުޅެދިން 229 މެޗުގައި 52 ލަނޑު ޖަހާފައެވެ. އަދި މީގެ ކުރިން ލޯނު އުސޫލުން ރެޑްބުލްއިން ހިންގަމުން އަންނަ އާރްބީ ސާލްޒްބާގަށްވެސް ސަބިޓްޒާ ކުޅުނުއިރު، އޭނާ ވަނީ އެ ޓީމާއެކު އޮސްޓްރިއަން ލީގާއި، އޮސްޓްރިއަން ކަޕް ކާމިޔާބުކޮށްފައެވެ.

އޮސްޓްރިއާގެ ގައުމީ ޓީމަށް މިހާތަނަށް 54 މެޗު ކުޅެދީފައިވާ ސަބިޓްޒާ ވަނީ މި އަހަރުގެ ހޫނު މޫސުމުގައި ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތުގައިވެސް މޮޅު ކުޅުމެއް ދައްކާފައެވެ.

ސަބިޓްޒާ ބަޔާނަށް ބަދަލުވިއިރު، ޖަރުމަން ލީގުގައި އެ ޓީމުން ދެން މެޗެއް ކުޅޭނީ އަންނަ ސެޕްޓެމްބަރު މަހުގެ 11 ވަނަ ދުވަހެވެ. އެ ދުވަހު ރަށުން ބޭރުގައި ބަޔާން ނުކުންނާނީ ލައިޕްޒީގާ ދެކޮޅަށެވެ. އެހެންކަމުން އެ މެޗުގައި ސަބިޓްޒާ ފެނުމުގެ ފުރުސަތު ބޮޑު ކަމަށް ރިޕޯޓުތައް ބުނެއެވެ.

މާސެލް ސަބިޓްޒާބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު