Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީނުގެ އިސްތިއުނާފު މައްސަލަ

ގާޒީ އަލީ ރަޝީދަކީ ސުޕްރީމް ކޯޓަށް އެންމެ ގާބިލު އެއް ފަނޑިޔާރު: ހިސާން

ކްރިމިނަލް ކޯޓުގެ މަގާމު ހުސްވުމުން ނަން ހުށަހެޅި ހަމައެކަނި ގާޒީއަކީ ގާޒީ ޝަކީލު

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 އޯގަސްޓު 2021 | އާދީއްތަ 12:36
ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން

ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން

މަނީ ލޯންޑަރިން ގެ ކުށް ސާބިތުވެ ޖަލު ހުކުމެއް އިއްވާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ މައްސަލައިގައި ބެންޗުގައި ހިމެނިވަޑައިގަންނަވާ ގާޒީންނަށް މަގާމުގެ ކުރިއެރުން ލިބުމަކީ އިއްތިފާގެއް ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ދިޔައިރު، މައްސަލަ ބެއްލެވި ގާޒީ އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކޮށްފައިވާއިރު،  ގާޒީ އަހުމަދު ޝަކީލް ވަނީ ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމަށް އައްޔަން ކުރައްވާފައެވެ. އެއާއެކު، ރައީސް ޔާމީނަށް ހުކުމް ކުރެއްވި ގާޒީންނަށް މަގާމުގެ ކުރިއެރުން ދީފައިވަނީ އެކަމުގެ "އިނާމެއްގެ ގޮތުން" ކަމަށް އަޑުފެތުރިގެން ދިޔައެވެ.

ރައީސް ޔާމީނަށް ހުކުމް ކުރެއްވި ގާޒީންނަށް މަގާމުގެ ކުރިއެރުން ދީފައިވަނީ އެހަމައިން ނޫންކަމުގެ ޔަގީންކަން މެމްބަރު ހިސާން ވަނީ ދެއްވާފައެވެ. "ވަގުތު" ނޫހަށް ދެއްވި ޚާއްސަ އިންޓަރވިއުއެއްގައި ހިސާން ވަނީ ރައީސް ޔާމީންގެ މައްސަލަ ބެއްލެވި ގާޒީންނަށް މަގާމުގެ ކުރިއެރުން ދެވުނީ ޔާމީނަށް ހުކުމް ކުރި ދަނޑިވަޅުގައި ކަމަށް ވިޔަސް އެއީ އިއްތިފާގެއް ކަމަށް ވިދާޅުވެފައެވެ. އެގޮތުން ގާޒީ އަލީ ރަޝީދަކީ ސުޕްރިމް ކޯޓަށް އެންމެ ގާބިލް އެއް ފަނޑިޔާރުކަން ފާހަގަ ކުރައްވައި ހިސާން ވަނީ އެއީ ޝަރުއީ ދާއިރާގެ އިލްމު އުނގެނިވަޑައިގެންފައިވާ ބޭފުޅެއްގެ އިތުރުން، ޖިނާއީ އަދުލުގެ ނިޒާމަށް ގެނެވުނު އިސްލާހުތަކަށް ހޭލުންތެރި އަދި ތަޖުރިބާކާރު ބޭފުޅެއްކަން ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން، ރައީސުލްޖުމްހޫރިއްޔާވެސް އޭރު އިސްކަންދެއްވީ ޝަރުއީ ދާއިރާގެ ބެކްގްރައުންޑެއް ލިބިވަޑައިގެންފައިވާ ބޭފުޅަކު އެ މަގާމަށް އައްޔަން ކުރެއްވުމަށްކަން ހިސާން ފާހަގަ ކުރެއްވިއެވެ.

ގާޒީ އަލީ ރަޝީދު ހުސައިން ވަނީ މިސްރުގެ ގާހިރާއިން މާސްޓަރ އޮފް ޝަރިއާ ހާސިލު ކުރައްވާފައެވެ. 2007ން ފެށިގެން ރާއްޖޭގެ އެކި ކޯޓުތަކުގައި މަސައްކަތް ކުރައްވާފައިވާއިރު، ޖިނާއީ ކުށްތަކާއި ގުޅޭ މުހިއްމު ގާނޫނުތަކާއި ގަވާއިދުތަކެއްގެ މަސައްކަތުގައި އަމަލީ ގޮތުން ބައިވެެރިވެވަޑައިގެންފައިވެއެވެ. އެގޮތުން ޖިނާއީ އިޖުރާއަތުގެ ބިލު މަޖިލީހަށް ހުށައެޅުމުގެ ކުރިން އެ ބިލު އިސްލާހު ކުރެއްވުމުގެ މަރުހަލާއާއި، ޝަރީއަތް ކުރުމާ ބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދު ޑްރާފްޓް ކުރުމުގައިވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ގާޒީ ޝަކީލުއާ ގުޅިގެންވެސް މި އަޑުތައް ފެތުރިފައިވާއިރު، ކްރިމިނަލް ކޯޓުގެ އިސް ގާޒީކަމުގެ މަގާމު ހުސްވުމުން ނަން ހުށަހެޅި ހަމައެކަނި ގާޒީއަކީ ގާޒީ ޝަކީލުކަން ހިސާން ފާހަގަ ކުރެއްވިއެވެ. ކުރިން ޖޭއެސްސީގެ މެމްބަރުންނަށް ފެނިވަޑައިގަންނަވާ ބޭފުޅެއް އެ މަގާމުތަކަށް އައްޔަން ކުރެއްވި ނަމަވެސް މިހާރު އެ އުސޫލު ބަދަލުކޮށް އިސްގާޒީ ކަމަށް މިހާރު ބޭފުޅުން އައްޔަން ކުރަައްވަނީ އިއުލާނު ކޮށްގެންކަން ހިސާން ވިދާޅުވެފައިވެއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ އިސްތިއުނާފް މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލު ކުރުމާއެކު، ރައީސް ޔާމީނަށް ހުކުމް ކުރެއްވި ފަނޑިޔާރުންނާއި ގުޅޭ ގޮތުން މިފަދަ ތަފާތު ވާހަކަތައް މިފަހުން އަނެއްކާވެސް ވަނީ ފެންމަތިވެފައެވެ. އެގޮތުން ގާޒީ ހުސައިން ފާއިޒު ރަޝާދުއާއި، ގާޒީ އަލީ އާދަމްގެ އިތުރުން، ގާޒީ ސަމީރު ކަމަށް ބުނާ ބަޔަކު ވާހަކަ ދައްކަވާ އޯޑިއޯތަކެއް ލީކުވެފައިވާއިރު، މި އޯޑިއޯތައް ލީކުވެފައިވަނީ ރައީސް ޔާމީނުގެ މައްސަލަ ސުޕްރީމް ކޯޓުގައި ތާވަލުކުރުމާއެކުއެވެ. މިއީ ސައްހަ އޯޑިއޯތަކެއްކަން ކަށަވަރުވެފައެއް ނުވެއެވެ.

ރައީސް ޔާމީންޔާމީން

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

މުއިއްޒަކީ ލިބެންވާ އެންމެ ލާރި ފޮއްޗެއްވެސް ދޫކޮށްލައްވާނެ ބޭފުޅެއް ނޫން: ރައީސް ޔާމީން

25 އޮކްޓޯބަރު 2024
ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

ރައީސް މުއިއްޒު އާއި އަބްދުއްރަހީމް އަކީ މުސާރައިގެ ބޭރުން ހަރާމް ފައިސާ ހޯއްދަވާ ބޭފުޅުން ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެ

24 އޮކްޓޯބަރު 2024
ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

ސަރުކާރުން އަމަލުކުރަނީ އިސްތިޤްލާލް ގެއްލޭ ގޮތަށް، ސަބަބަކީ އިސް މީހުން މާލީ ތަނަވަސްކަން ހޯދުން - ކުރީގެ ރައީސް ޔާމީން

11 އޮކްޓޯބަރު 2024
އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

އަބްދުއްރަހީމްގެ ފައިސަލްވެސް މާލެއިން ބިމެއް ގަނެފި: ރައީސް ޔާމީން

04 އޮކްޓޯބަރު 2024

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު