Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ކޮލަމް
ފަންވަތް ކޮލަމް

އަނދިރި ސަފުހާތައް އަނދިރި ކޮޓަރީގައި ބަހައްޓާށެވެ.

ގައުމީ އެއްބައިވަންތަ ކަމަށް ހުރަސްއެޅޭ އެއްޗެއް ކުރިއަށް ނެރެގެން ނުވާނެ

ރާއްޖެ އެމްވީ | 29 އޯގަސްޓު 2021 | އާދީއްތަ 12:09
ތިނަދޫ ރަށު ކައުންސިލްގެ ދިދަޔާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ

ތިނަދޫ ރަށު ކައުންސިލްގެ ދިދަޔާއި ކުޅުދުއްފުށި ސިޓީ ކައުންސިލްގެ ލޯގޯ

ބޮޑުތިލަދުންމަތީގެ ވިންދުކަމަށްވާ ކުޅުދުއްފުއްޓަށް ސިޓީއެއްގެ ދަރަޖަ ލިބި އެސިޓީގެ ލޯގޯ ނުވަތަ ނިޝާން ފަރުމާވެގެން ފާސްވެގެން އައިއިރު ނުހަނު ޗާލެވެ. ކަނޑުގައި ދުވެފައިދާ ރިޔަލު އޮޑިއެކެވެ. ވަށައިގެން އޮތީ ރަންކުލައިގެ ބޮޅެކެވެ. ރޯނު ބޮޅެކެވެ.

ކުޅުދުއްފުށީގެ ރައްޔިތުންނަކީ އެވޭލާ ޒަމާނުއްސުރެ މިހާތަނަށްވެސް ކަނޑު ދަތުރުފަތުރަށް ދިވެހިންގެ ތެރެއިން އަރައިތިބި ބައެކެވެ. ރޯނުވެށުން ފަދަ ދިވެހީންގެ ސަގާފީ މަސައްކަތްތަކަށް ވެސް އެފަދަ އެހެން ބަޔަކު ނެތްހާ ހީވާގި މުރާލި ބައެކެވެ. އެހެންވީމާ ސިޓީ ކައުންސިލްގެ ނިޝާނަކީ މިދެންނެވި ކަންކަމަށް ރިއާޔަތްކުރަންޏާ ކިތަންމެހާވެސް ފުރިހަމަ ނިޝާނެކެވެ. ކުޅުދުއްފުށީގެ ހުރިހާ އެއްޗެއް އެކުރެހުމަކުން ރަމްޒުކޮށްދޭ ޗާލު ކުރެހުމެކެވެ.

ސިޓީ ކައުންސިލްގެ ނިޝާނާމެދު މިކަހަލަ ވިސްނުމެއްގައި ހުއްޓާ ބޮޑުތިލަދުންމައްޗަށް ނިސްބަތްވާ މަޝްހޫރު ވެބްސައިޓެއްގައި އަދި އެހެން ގޮތަކަށް މި ނިޝާން ސިފަކޮށްދީފައި ވަނިކޮށް ފެނިއްޖެއެވެ. ބުނެފައިވެއެވެ. އެއީ އުތުރުގެ އަރުމާޒު ސިފަކޮށްދޭ ވަރަށް ފުރިހަމަ ލޯގޯއެކެވެ. އުތުރުގެ އަރުމާޒަކީ ކޮބައިބާވައެވެ. އެއީ 1943 ވަނަ އަހަރުގެ ތެރޭގައި އުތުރުގެ އަތޮޅުތަކަށް ނިސްބަތްވާ 552 އުޅަނދެއް މާލެއަށް އައުމާ ގުޅޭ ހާދިސާއެކެވެ.

ދިވެހި ސަރުކާރުން މި ހަރަކާތް ސިފަކޮށްފައިވަނީ ގަޑުބަޑެއްގެ ގޮތުގައެވެ. ސަރުކާރުގެ ނަޒަރުގައި އެއީ އުތުރު ގަޑުބަޑެވެ. އުތުރު ގަޑުބަޑަކީ ސިޔާސީ ހަރަކާތެކެވެ. އޭރު ދިވެހި ދައުލަތް ހިންގަވާން ތިއްބެވި ވެރިން ނިންމެވި ގޮތުގައި އެއީ ދައުލަތާ ދެކޮޅުވެރިކަމުގެ ހަރަކާތެކެވެ. އެހެންވީމާ މި ހަރަކާތުގައި އިސްކޮށް ތިބި މީހުންނަށް އެކިވަރުވަރުގެ އަދަބުވެސް ދީފައިވެއެވެ. އެއީ ތާރީޚެވެ. ރަސްމީ ތާރީޚު ބުނާގޮތެވެ.

ކޮންމެ ކަމަކަށްވެސް ސަބަބެއް އޮންނާނެއެވެ. އެގޮތުން އުތުރުގެ އަރުމާޒަށްވެސް ނުވަތަ ގަޑުބަޑަށްވެސް ސަބަބުތަކެއް ހުއްޓެވެ. އަޅުގަޑުގެ ގަސްތަކީ އެ ސަބަބުތަކާމެދު ވާހަކަ ދެއްކުމެއް ނޫނެވެ. އަޅުގަޑުގެ ގަސްތަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން ސިޓީތަކާއި ކައުންސިލްތައް ވުޖޫދުވެގެން އަންނައިރު ދިވެހި ތާރީޚުގެ އަނދިރި ސަފުހާތައް ނިއުޅައި ތާޒާކޮށް އެ ލަކުނުތަކާއި ޒަޚަމްތައް ތިލަކުރަންޖެހޭތޯ ބެލުމެވެ. އެއީ ކުރަން ހެޔޮވާޒާތުގެ ކަމެއްތޯ ބެލުމެވެ.

އަޅުގަޑު ގަބޫލުކުރާ ގޮތުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިންވިޔަސް އަދި އެހެން ނިޒާމެއްގެ ތެރެއިންވިޔަސް ކުރިއަށް ނެރެން ޖެހޭނީ އެއްބައިވަންތަކަމެވެ. ބަހުސްކުރެވޭންހުރި ތާރީޚުގެ އަނދިރި ސަފުހާތައް ނިއުޅައިގެން އޭގެ ތެރެއިން ނިޝާންތަކާއި ދިދަތައް ފަރުމާކުރެވޭތަން އަތުވެއްޖެނަމަ އެކަންވާނީ ބައިބައިވުމަށް ކޮށޭ މަގަކަށެވެ. އެކަން އެހެން ނުކޮށް ފަރުޖެއްސެން އޮތިއްޔާ ބަލަންވާނީ އެގޮތެކެވެ.

މިވާހަކަ މިގޮތަށް ދައްކާން މެދުވެރިވި އެހެން ސަބަބެއްވެސް އެބައޮތެވެ. ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ ކައުންސިލްގެ އައު ދިދަ ފަރުމާކޮށް އެދިދަ ފަޒާގެ ތެރޭގައި ވިހުރުވިގެން ދިޔައިރު ފެނުނީ ސުވާދީބުގެ ނަމުގައި އެންމެ ދެކުނުގެ ތިން އަތޮޅުގައި 1958ން 1963ށް ހިންގުނު ވަކިވެގަތުމުގެ ހަރަކާތުގެ ދިދަޔާ ވަރަށް އެއްގޮތްކަން ބޮޑު ދިދައެކެވެ. ހިތަށް އެރިއެވެ. މިއީ ވަރަށް ދެރަ ކަމެކެވެ. އިއްތިފާގަކަށްވެސް ވެދާނެއެވެ. ގަސްތުގައި ކުރި ކަމަކަށްވެސް ވެދާނެއެވެ.

ސުވާދީބުގެ ތާރީޚުގެ ތެރެއަށް ފީނުމުގެ ގަސްތެއް ނެތެވެ. އެކަމަށް މެދުވެރިވި ސަބަބުތަކާމެދު ވާހަކަ ދައްކާކަށްވެސް ނެތީމެވެ. ކޮންމެއަކަސް ސުވާދީބަކީ ބޮޑުވެގެންވީ ބަޣާވާތެކެވެ. ދިވެހި ގައުމުގެ އެެއްބައިވަންތަ ކަމަށް އަރުވައިލި ވަރުގަދަ ލޮޅުމެކެވެ. އެކަމާ ގުޅިގެން އެތައް ބަޔަކަށް އަނިޔާ ލިބުނެވެ. ބަޔަކު މަރުވެގެންވެސް ދިޔަައެވެ. ދިވެހި ދައުލަތުން ގަބޫލުކުރި ގޮތުގައި އެއީ ބަޣާވާތެކެވެ. އެހެންވީމާ އަޅުގަޑުގެ ހިތަށް މިއަރަނީ ސުވާދީބު ދިދަޔާއި ވައްތަރުކަން ބޮޑު އަދި އެދިދައިގެ ނަކަލެކޭވެސް ބުނެވިދާނޭ ކަހަލަ ދިދައެެއް ދިވެހި ގައުމީ ދިދަޔާ އެކީގައި އެއްތަނެއްގައި ވިހުރުވޭން ބެހެއްޓުމަކީ ކޮންކަހަލަ މެސެޖެއް ލިބޭ ކަމެއްތޯއެވެ.

އެތައް ބަޔަކު މިވާހަކަ މިގޮތަށް ދައްކާ އަޑު އަހައިފީމެވެ. އެހެންވީމާ ތިނަދޫ ރަށު ކައުންސިލްގެ އައު ދިދަ ފެނިގެން އެހެން ޒާތެއްގެ އެއްޗެެއް ހިތަށް އަރައިގެން މިއުޅެނީ އަޅުގަނޑު އެކަންޏެއް ނޫނެވެ. މިގޮތަށް ވިސްނާ ނުވަތަ ގަބޫލުކުރާ ވަރަށް ގިނަ ބަޔަކު އެބަތިއްބެވެ. އެމީހުން ގަބޫލު ކުރާ ގޮތުގައި މިދިދައިން ރަމްޒުކޮށްދެނީ ދިވެހި ތާރީޚުގެ ކަޅު ސަފުހާތަކެކެވެ. މަގުކޮށިގެންދާން އޮތީ ބައިބައިވުމަކަށެވެ. އަރައިރުންތަކަށެވެ.

ލާމަރުކަޒީ ނިޒާމަކީ ބައިބައިވުމަށް މަގުފަހިކޮށް ތާރީޚުގެ ކަޅު ސަފުހާތައް ތިލަކޮށް އަރައިރުންތަކަށް ޖާގަ ހޯދައިދޭ ނިޒާމަކަށް ވެގެން ނުވާނެއެވެ. ލާމަރުކަޒު ކުރުމުގެ ބޭނުމަކީ ބައިބައިވުން އުފެއްދުމެއް ނޫނެވެ. ލާމަރުކަޒު ކުރަންވާނީ އަދި ކުރެވޭނީވެސް ގައުމީ ލޯތްބާއި އެއްބައިވަންތަކަން ހިމެނިގެންނެވެ. އެއީ އެންމެ އިސްކަންދޭން ޖެހޭ ކަންތަކެވެ. ކޮންމެ ކައުންސިލަކުންވެސް ނިޝާންތަކާއި ދިދަ ހަދަންވީއެވެ. ކުރިއެރުމަށް ބާރުލާންވީއެވެ. އެކަމަކު އެއީ ގޮނޑު ހާވައި ބަލައި އެތަނުން ފެންނަ އެންމެ ހުތުރުކަން ބޮޑު އެއްޗެއް ގެނެސް އެންމެނަށް ދެއްކުމުގެ އުސޫލުން ކުރާ ކަމަކަށް ވެގެން ނުވާނެއެވެ.

އެންމެ ފުރަތަމަ އެއްޗަކަށް ވާން ޖެހޭނީ ގައުމާއި ދީނެވެ. މިކަންކަން ހިނގަނީ މިހެންތޯ ބެލުމަކީ ލޯކަލް ގަވަރމެންޓް އޮތޯރިޓީގެ މައްޗަށް ލާޒިމުވެގެންވާ ކަމެކެވެ. ރަށެއްގައި ފަސް އަހަރަށް އިންތިޚާބު ކުރެވޭ ކައުންސިލަކުން ނިޝާނެއް ނުވަތަ ދިދައެއް ފަރުމާކޮށްގެން ފާސްކުރިޔަސް އެއީ ކޮން އެއްޗެއްތޯ، އެއިން ރަމްޒުކޮށްދެނީ ކޮން އެއްޗެއްކަން ބަލައި ދިރާސާކޮށް ހުއްދަދިނުން އޮންނަންވާނީ އެލްޖީއޭއިން ކުރާ ކަމެއްގެ ގޮތުގައެވެ. އެހެން ނޫނިއްޔާ ކޮންމެވެސް ރަށެއްގެ ކައުންސިލުން މާދަމާ ވިޔަޒޯރާއި އަނދިރިއަނދިރީންގެ ދިދަވެސް ތާރީޚުގެ ތެރެއިން ދަމައިނެރެ ބޭނުންކުރަން ފަށައިފާނެއެވެ.

އެލްޖީއޭކުޅުދުއްފުށި ސިޓީތިނަދޫ ކައުންސިލް

ކޮމެންޓް

އިތުރަށް ކިޔާލަން

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

ކުޅުދުއްފުށި ސިޓީގެ ޓެކްސީ ޑްރައިވަރުން ހުދު ގަމީހުގައި ސަރުކާރާ ދެކޮޅަށް ހިމޭން އިހުތިޖާޖެއް ކޮށްފި

18 އޮކްޓޯބަރު 2025
މި ސަރުކާރު އައި ފަހުން ވެސް، ތިނަދޫގައި ކުރި ކަމެއް ކޮށްފައި އޮންނާނީ ކައުންސިލުން: މޭޔަރު ސައުދު

މި ސަރުކާރު އައި ފަހުން ވެސް، ތިނަދޫގައި ކުރި ކަމެއް ކޮށްފައި އޮންނާނީ ކައުންސިލުން: މޭޔަރު ސައުދު

09 އޮކްޓޯބަރު 2025
ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

ތިން މަހުގެ ސަސްޕެންޝަނަށް ފަހު, މޭޔަރު ސައުދު އަށް ރަތް ދޫލައިގެ މަރުހަބާއެއް

25 ސެޕްޓެމްބަރު 2025
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު އާއްމުކުރަންޖެހޭ އުސޫލާ ގަވާއިދު އާއްމުކޮށްފައިނުވޭ، މިއީ ކަންބޮޑުވާ މައްސަލައެއް: ކޮލަމާފުށި ކައުންސިލް

19 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

7 ޖެނުއަރީ
އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ
20251 އަހަރު ކުރިން
ދުނިޔެ

އަލިފާނުގެ ތޫފާނެއްގެ ސަބަބުން ލޮސްއެންޖެލްސް ގައި ފިލްމީ ތަރިންނާއި ބިލިއަނަރުންގެ އަގުބޮޑު ގެތައް އަނދަނީ

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި
20242 އަހަރު ކުރިން
ރިޕޯޓު

މަސްރަހު ހޫނުވެފައި އޮއްވާ ނޫސްވެރިންނަށް ދައުވަތުދީގެން ގެނެސް ރައީސް ފިއްލަވައިފި

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ
20233 އަހަރު ކުރިން
ރާއްޖެ

ފިޔޯރީ ސްކޫލު ބޭނުންނުކުރެވޭވަރަށް އަނދައި ހުލިވަނީ

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން
20224 އަހަރު ކުރިން
ރިޕޯޓު

ސިނަމާލެ ބުރިޖާއި ކަނދިކަމަނާގެ މަސްތެލުލުން

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް
20215 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަގާމަށް އެލޮން މަސްކް

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!
20197 އަހަރު ކުރިން
ރިޕޯޓު

ސާބިތުވެއްޖެ ނަމަ، ޔާމީން، އާޒިމާ އަދި ޒަމީރަށް ބޮޑު ޖޫރިމަނާއަކާ އެކު ޖަލު ގޮޅި!

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟
20188 އަހަރު ކުރިން
އިސްލާމް

ޙަލާލު ގޮތުގައި މުދާ ހޯދައިގެން ކާންޖެހޭ ސަބަބަކީ ކޮބާ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު