Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ހޯހޯއެވެ! ބޮޑު ޚަރަދު ކޮށްފައި ވައުދު ފުއްދުނު ވަރު ބަލަން އަންނާނެ ކަމެއްނެތް.

މުއިއްޒުގެ ވައުދު ފުއްދުނު މިންވަރު ބަލަން ރަށްރަށަށް ސިޔާސީ މުވައްޒަފުން ފޮނުވަން ތައްޔާރުވަނީއެވެ. ރަށްރަށުން ފާޅުކުރަމުންދާ ޝުއޫރަކީ އެއްވެސް ކަމެއް ނުވާކަމެވެ.

އަހުމަދު މުހުސިނު
އަހުމަދު މުހުސިނު, ރާއްޖެ އެމްވީ | 18 ސެޕްޓެމްބަރު 2025 | ބުރާސްފަތި 07:07
ރައީސް ޑރ މުހައްމަދު މުއިއްޒު: އެމަނިކުފާނުގެ މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ވަނީ ހާމަވެފަ

ރައީސް ޑރ މުހައްމަދު މުއިއްޒު: އެމަނިކުފާނުގެ މިނިސްޓަރު ކަމުގެ ފަހު ދެ އަހަރު އެކައުންޓަށް ނަގުދު ފައިސާގެ ގޮތުގައި ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ޖަމާކުރިކަން ވަނީ ހާމަވެފަ

ނޫސްވެރިކަން ތަޅުއެޅުވުމުގެ ބިލެއް ފާސްކުރީ މުއިއްޒުގެ ވައުދުތައް ނުފުއްދޭ ވާހަކަ ދައްކާތީއެވެ. ނޫސްވެރިން ރަށްރަށަށް ދިއުމުން އެމީހުން ކިޔައިދޭ ވާހަކަތައް ގެނެސްދޭތީ ހަޖަމް ނުވެގެންނެވެ. ރަށުގައި އެއްވެސް މަޝްރޫއެއް ނުހިނގާތީ އެވާހަކައެވެ. ކުރިން ކުރަމުން އައި ކަންކަން ހުއްޓިފައިވާތީ އެވާހަކައެވެ. ރައްޔިތުން ނުކުމެ އިހުތިޖާޖް ކުރަނީ އެކަންކަން ނުހިނގައިގެން ކަމެވެ. ކުރަން ވިދާޅުވި ކަންކަން ދިމާ އިދިކޮޅަށް ބަދަލު ކުރައްވާތީ އެކަމާ ހިތްހަމަ ނުޖެހުމުގެ ޝުއޫރުތަކެވެ. ބޭސް ނުލިބޭ ވާހަކައެވެ. ޓީޗަރުން ހަމަނުވާ ވާހަކައެވެ. ސިޔާސީ ގޮތުން ބާރު ފޯރުވައި ސްކޫލްތައް ހިންގަންތިބި މީހުން ބަދަލު ކުރާތީ ބެލެނިވެރިން ނުކުމެ ސްކޫލްތަކުގައި ތަޅުއަޅުވާ ވާހަކައެވެ. ތަކެތީގެ އަގު ބޮޑުވެ އާއްމު ހާލަތު ދަށްވި ވާހަކައެވެ. ރަށުގައި އަނބިދަރިން ބައިތިއްބާފައި ރިސޯޓްތަކުގައި މަސައްކަތްކުރާ ފިރިންނަށް ޑޮލަރުން ދިން މުސާރަ ދިވެހި ރުފިޔާއިން ދޭން ފެށީމާ ލިބޭ އެއްޗެއް އިންތިހާއަށް މަދުވި ވާހަކައެވެ. މިހެންގޮސް ކިޔާނެ ކަމެއް ނެތެވެ. ބިލިއަނުން ބިލިއަނުން ދިން ބަޖެޓް ހުސްވެ އިތުރަށްވެސް ޚަރަދު ކުރިއިރު ތަރައްގީގެ ޚަރަދަށް އެއިން ހޭދަކުރީ ކުޑަ މިންވަރެކެވެ. 2025ވަނަ އަހަރަށް އެކުލަވައިލައިފައިވާ ބަޖެޓުގައި ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީއަށް 12.4 ބިލިޔަން ރުފިޔާ ބަޖެޓުކޮށްފައިވެއެވެ. އެކަމަކު މިއަހަރުގެ މިހާތަނަށް މިފަދަ ޕްރޮގްރާމްތަކަށް ހޭދަކޮށްފައިވަނީ އެންމެ 3.4 ބިލިޔަން ރުފިޔާއެވެ. އަހަރު ދެބަޔަށްވުރެ ބޮޑުވެ އަހަރުގެ ފަހުކޮޅަށް އެޅެންދާއިރު ކަނޑައެޅި ބަޖެޓުން ހޭދައެކުރެވުނީ ހަތަރުބައިކުޅައެއްބައެވެ. ތަރައްގީގެ ދުވަލި ހުރި މިންވަރު ހާމަވާ މިއީ ސަރުކާރުގެ ތަފާސް ހިސާބުން ލިބިދޭ ހެއްކެވެ. ކަމުނުދިޔައީ ނޫސްވެރިންނާ ސޯޝަލް މީޑިޔާގައި މިވާހަކަތައް ދައްކާތީއެވެ. އިންތަރވިއު ތަކާއި ޝުއޫރުތައް ގެނެސްދޭތީއެވެ.

މިހާ ތަފްސީލްކޮށް މިކަންކަން ގެނެސްދިނުން ކަމުނުދިޔަ ބަޔަކު އެފޮނުވަނީ މުއިއްޒުގެ ވައުދުފުއްދުނު މިންވަރު ބަލަން ރަށްރަށަށް ސިޔާސީ ވަޒީފާތަކުގައި ގެންގުޅޭ ކުދިންކޮޅެވެ. ކަމެއް ނުކުރެވުނު ތާނގައި އަނެއްކާ އަނެއް ބޮޑު ޚަރަދެވެ. އެމީހުންގެ ޓިކެޓެވެ. ލޯންޗު ޚަރަދެވެ. ރަށްރަށަށްގޮސް ތިބުމާއި ކެއިންބުއިމުގެ ޚަރަދެވެ. އެމީހުންނާއެކު ގެންދާ ސިވިލް މީހުންނަށް ދޭންޖެހޭނެ އިނާޔަތާއި އިތުރުގަޑި ފައިސާއެވެ. އަނެއްކާވެސް އަނެއް ފައިސާގަނޑު ރައްޔިތުންގެ ބަޖެޓުން އެކަމަށް ހޭދަކުރާންވީއެވެ.

ހަނދާނަށް އަންނަނީ ތަންކޮޅެއް ކުރީގެ ވާހަކައެކެވެ. ރަށްރަށުގެ ކަންކަން ކުރާން ހަވާލުކޮށްފައިހުރި ވަޒީރެއްގެ ވާހަކައެވެ. ކަންކަން ކުރާން މާގިނަ ކޮމެޓީއެއް ހެއްދެވި ވަޒީރެކެވެ. އެކަން ބޮޑުވެގެން އެންގެވިކަމަށް ވަނީ ކޮމެޓީތައް މަދުކޮށް ކަމެއް ކުރެއްވޭތޯ އުޅުއްވުމަށެވެ. ޖަވާބުގައި ވިދާޅުވިކަމަށްވަނީ ކޮމެޓީތައް މަދުކުރުމުގެ ކަންކަން ބަލަހައްޓަވަން ކޮމެޓީއެއް ނަގައިގެން އެކަން ކުރައްވާނެ ކަމަށެވެ.

ކޮންމެއަކަސް ކުރާން މިއުޅެނީ އޭގެ ކަމެކެވެ. ވައުދުތައް ފުއްދިފައިވާ މިންވަރު ބަލާކަށް ރަށްރަށަށް ދާކަށް ނުޖެހެއެވެ. ކަމެއް ކުރިއްޔާ ކުރިކަން އެނގޭކަށް މާގިނައިރެއް ނަގާކަށްވެސް ނުޖެހެއެވެ. ކޮންމެ ރަށެއްގައިވެސް ކައުންސިލެއް އެބައޮތެވެ. އެކައުންސިލްތަކުގެ ބާރުވެރިކަން އޮތީ މާލޭގައި ހުރި އެލްޖީއޭ އަތުގައެވެ. ބުނިއްޔާ ބުނި މައުލޫމާތެއް އެމީހުން ވަގުތުން ވަގުތަށް ބަސްބުނާހިނދުން ފޮނުވާން ޖެހޭނެއެވެ. އަމުދުން އެވެރިންނަކަށް އެލްޖީއޭއިން ނުބުނާ ގޮތަކަށް ކުޑަވައި އިނގިލިވެސް ހިއްލައެއް ނުލެވޭނެއެވެ. އެހެންކަމުން ރަށެއްގައި ވިއްޔާވީ ވައުދެއްގެ އެންމެފަހުގެ އަދާހަމަ ކައުންސިލްތަކަށް ނޫން ބަޔަކަށް ނޭނގޭނެއެވެ. ފުރަފުރައިގެން ރަށްރަށަށް މީހުން ފޮނުވުމުގެ ބޭނުމެއް ނެތެވެ. ތަރައްގީގެ ގާބުރިއެއް ބާއްވާލިއަސް އެވެރިންނަށް އެނގޭނެއެވެ. ޓީމުތައް ރަށްރަށަށް އައުމުގެ ކުރިންވެސް އެރަށްރަށުން ބުނާ ކަހަލައެވެ. ހޯހޯއެވެ. ކޮންމެހެން މިތަނަކަށް އަންނާނެ ކަމެއް ނެތެވެ. އެއްވެސް ކަމެއް ނުކޮށް އަދި ކުރަމުން އައި ކަންކަންވެސް ހުއްޓާލާފައި ދެންވެސް ބޮޑެތި ޚަރަދު ކޮށްގެން މިރަށްރަށަށް އަންނާނެ ކަމެއް ނެތެވެ. އަހަރެމެން ލޭ މައްޗަށް ދިއުން ނޫން ކަމެއް ވާނެ ހެނެއް ހީއެއް ނުވެއެވެ. ޕްރެޝަރު މައްޗަށް އަރައި ޖަޒްބާތުގައި ޖެހި ތިޔަކުދިންގެ ފަހަތުން ދުވާކަށް އަހަރެމެނެއް ބޭނުމެއް ނޫނެވެ. ހޯހޯއެވެ. އަންނާނެ ކަމެއް ނެތެވެ.

މުއިއްޒުނޫސްވެރިކަންއެލްޖީއޭރަށު ކައުންސިލްތައްޕީއެސްއައިޕީސަރުކާރުގެ ބަޖެޓު

ކޮމެންޓް

އިތުރަށް ކިޔާލަން

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

މުއިއްޒޫ ހެޔޮ ނުވާނެ. ތިގޮތަށް ދެފުށް ނުދެއްކިއްޔާ ރަނގަޅީ.!

11 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

ހޯރަފުށީ ކައުންސިލްގެ ރައީސް މުސާރަ ނުލިބޭ ގޮތަށް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފި

08 ޑިސެމްބަރު 2025
އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

އަސްމާއްތަ ތޯލާ ފުޅި އަކަށް: މުއިއްޒު ގާތު ޕީއެންސީ މެންބަރުންގެ ސައިޒް

30 ނޮވެމްބަރު 2025
ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

ވަޒީފާއެއް ލިބުމުގެ ޝަރުތު: ދެކޮޅަށް ބަސް ބުނަމުންދާ ތަރިއަކަށްވުން

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

19 ޖެނުއަރީ
ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު
20251 އަހަރު ކުރިން
ރާއްޖެ

ބައެއް ވަޒީރުން އިޚްލާސްތެރި އެއް ނޫން: ލަތީފު

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟
20242 އަހަރު ކުރިން
މީހުން

ނީޝާމް: އެއް ލަނޑަށް ހަ ވިކެޓް ނެގި، ރެކޯޑް މުގުރާލެވިދާނެތަ؟

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!
20233 އަހަރު ކުރިން
ކުޅިވަރު

މޮޅުވީ ޕީއެސްޖީ، ވިދާލީ ރޮނަލްޑޯ!

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!
20224 އަހަރު ކުރިން
ރާއްޖެ

މޭރީގެ މަރު: ލަމްހާގެ ފަރާތުން މާވިންއަށް ކޮށްފައިވާ މެސެޖެއްގައި އަންހެނެއްގެ ގަޔަށް ސިރިންޖު ޖަހާނެ ގޮތުގެ ވާހަކަތަކެއް!

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު
20215 އަހަރު ކުރިން
ރާއްޖެ

މެޑްރިޑް ގޮވުން- މިނިސްޓަރ މައުސޫމުގެ ޙާލުކޮޅު ރަނގަޅު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން
20197 އަހަރު ކުރިން
ރިޕޯޓު

ހިންނަވަރުގެ ތަރައްގީއަށް އެޅިފައިވާ ހުރަހަކީ މީހުން ހިޖުރަކުރުން

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ރަނިންގމޭޓަކަށް ވާނީ ހަމަބުއްދި ނެތް މީހެއް: ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު