Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުވީއޭއެމުގެ ޕާޓްނަރަކަށް ރާއްޖެޓީވީ

ތިން އަހަރަށް ވީއޭއެމުގެ އެކްސްކްލޫސިވް ޕާޓްނަރަކަށް ރާއްޖެޓީވީ

29 އޯގަސްޓު 2021 | އާދީއްތަ 12:22

ޕާޓްނަރުންގެ ގޮތުގައި ނޯވާ އާއި ޖަވާބު ވަނީ ހަމަޖައްސާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 29 އޯގަސްޓު 2021 | އާދީއްތަ 12:22
ވީއޭއެމުގެ އެކްސްކުލޫސިވް ރައިޓްސް ރާއްޖެޓީވީއަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކުރަނީ

ވީއޭއެމުގެ އެކްސްކުލޫސިވް ރައިޓްސް ރާއްޖެޓީވީއަށް ދިނުމަށް އެއްބަސްވުމުގައި ސޮއިކުރަނީ

ކުރިއަށް އޮތް ތިން އަހަރަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ އެކްސްކްލޫސިވް މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖައްސައިފިއެވެ.

ވީއޭއެމުގެ އެކްސްކްލޫސިވް ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖެއްސުމަށް އެއްބަސްވީ އާދީއްތަ ދުވަހު ރާއްޖެޓީވީގައި ބޭއްވި ރަސްމިއްޔާތުގައެވެ. މި އެއްބަސްވުމުގައި ރާއްޖެޓީވީގެ ފަރާތުން ހެޑް އޮފް ޕްރޮގްރާމް އެންޑް ކޯޑިނޭޝަން އާމިރު ސަލީމް ސޮއިކުރެއްވިއިރު، ވީއޭއެމުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަނުގެ ރައީސް މުޙައްމަދު ރަނޭޝް (ރަނޭ) އެވެ. މި އެއްބަސްވުމުގެ ދަށުން ވީއޭއެމުން ރާވާ ހިންގާ މުބާރާތްތަކާއި ހަރަކާތްތަކުގެ ލޯކަލް އެކްސްކްލޫސިވް ރައިޓްސް ރާއްޖެޓީވީއަށް ލިބިގެންދާނެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވީއޭއެމުގެ ރައީސް ރަނޭ ވިދާޅުވީ އެ އެސޯސިއޭޝަނުގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެޓީވީ ހަމަޖެއްސުމަކީ ވޮލީބޯޅަ އެހެން ހަރުފަތަކަށް ގެންދަން ކުރާ މަސައްކަތުގައި އެޅުނު އިތުރު އިންޖީނެއް ކަމަށެވެ. އަދި އާންމުކޮށް ކުޅިވަރު ޕްރޮމޯޓުވަނީ ޓީވީގެ ޒަރިއްޔާއިން ކަމަށާއި، އެހެންކަމުން މީޑިއާ ޕާޓްނަރެއްގެ ގޮތުގައި ރާއްޖެޓީވީ ހަމަޖައްސަން ނިންމީ އެންމެ ގިނަ ބަޔަކު ބަލާ ޓީވީއަކީ ރާއްޖެޓީވީ ކަމުގައި ވާތީ ކަމަށްވެސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރާއްޖެޓީވީގެ ހެޑް އޮފް ސްޕޯޓްސް ހުސެއިން ފަރިޔާޒް ވިދާޅުވީ މި އެއްބަސްވުމާއެކު ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ވޮލީއަށް އިންގިލާބީ ބަދަލެއް މީޑިއާގެ ތެރެއިން ގެނެވޭތޯ މަސައްކަތްކުރައްވާނެ ކަމަށެވެ. އަދި ވޮލީއަކީ އަތޮޅުތެރޭގެ ވަރަށް ގިނަ ބަޔަކު ކުޅޭ ކުޅިވަރެއް ކަމަށާއި، އެހެންކަމުން އަތޮޅުތަކުގައި ތިބި ބޭފުޅުންނާ ހަމައަށް ވޮލީގެ މުބާރާތްތައް ގެނެސްދިނުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށްވެސް ވިދާޅުވިއެވެ. އެގޮތުން ކުރިއަށް އޮތް ތިން އަހަރު ދުވަހުގެ ތެރޭގައި ކުޅޭ ވޮލީގެ ހުރިހާ މެޗުތަކެއް ބެލުންތެރިންނާ ހަމައަށް ފެންނާނެ ނިޒާމެއް ގާއިމުކުރުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

އާދީއްތަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވީއޭއެމުގެ މީޑިއާ ޕާޓްނަރަކަށް ރާއްޖެޓީވީ ހަމަޖެއްސިއިރު، މި ރަސްމިއްޔާތުގައި ވަނީ އެ އެސޯސިއޭޝަނުގެ އެހެނިހެން ޕާޓްނަރުންނާއެކުވެސް އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެގޮތުން އެ އެސޯސިއޭޝަނުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސާފައިވަނީ ރާއްޖޭގެ ކުޅިވަރަށް އަބަދަށްފެހި "މައިލޯ" އެވެ. މި ރަސްމިއްޔާތުގައި މައިލޯގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ނެސްލޭގެ ފަރާތުން ރާއްޖޭގައި އިސްކޮށް ހުންނަވާ ދިޝާން ވިޖެޔަވަރުދަނާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ވީއޭއެމުގެ ރައީސް ރަނޭ ވިދާޅުވީ މައިލޯއަކީ އަބަދުވެސް ރާއްޖޭގެ ކުޅިވަރަށް އެހީތެރިވަމުން އަންނަ ބައެއް ކަމަށާއި، އެކަމަކު މިއީ މައިލޯއާއެކު ވީއޭއެމުން އެއްބަސްވުމަކަށް އާދެވޭ ފުރަތަމަ ފަހަރު ކަމަށެވެ. އަދި މި އެއްބަސްވުމާއެކު ލިބިގެންދާ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ކުލަބުތައް ސަބްސިޑައިސް ކުރުމަށް ވިސްނާފައި އޮތް ވިސްނުމަށް ބާރު ލިބިގެންދިޔުން ކަމަށްވެސް ވިދާޅުވިއެވެ. މީގެ އިތުރުން ވީއޭއެމުގެ ޑިވެލޮޕްމެންޓުގެ މަސައްކަތްތަކަށް މައިލޯގެ ފަރާތުން ލިބުނު ފުރިހަމަ އެއްބާރުލުމަށް ޝުކުރުއަދާކުރާ ކަމަށްވެސް ރަނޭ ވަނީ ވިދާޅުވެފައެވެ.

ދެން މި ރަސްމިއްޔާތުގައި ވީއޭއެމުގެ މާކެޓިން އެންޑް ކޮމިޔުނިކޭޝަން ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ "ނޯވާ އެސޯސިއޭޓްސް" އެވެ. މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނޯވާ އެސޯސިއޭޓްސްގެ މެނޭޖިން ޑިރެކްޓަރު ނިއުޝާދު ޝަރީފް ވިދާޅުވީ ވޮލީއަކީ ރާއްޖޭގައި އެންމެ މަގުބޫލު އެއް ކުޅިވަރު ކަމަށާއި، އެހެންކަމުން ވޮލީ އެހެން ހަރުފަތަކަށް ގެންދިޔުމަށް އެ ޓީމުން މާކެޓިންގެ ދާއިރާއިން މަސައްކަތްކުރާނެ ކަމަށެވެ. އެގޮތުން ވޮލީގެ ފޯރިގަދަކުރުމަށް ހާއްސަ ހަރަކާތްތަކެއް ރާއްޖޭގައި ހިންގާއިރު، ވަރަށް އަވަހަށް ޚާއްސަ ކެމްޕޭނެއް ލޯންޗުކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ވީއޭއެމުގެ ޑިޖިޓަލް ޕާޓްނަރަކަށް ދެން ހަމަޖެއްސީ "ޖަވާބު" އެވެ. މި އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޖައިލަމެވެ. އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޖައިލަމް ވިދާޅުވީ ޓެކްނޮލޮޖީގެ ގޮތުން ބަލާއިރު ރާއްޖޭގެ ކުޅިވަރު އަދިވެސް އޮތީ ވަރަށް ކުރީ ޒަމާނެއްގައި ކަމަށެވެ. އެހެންކަމުން އެ ކުންފުނީގެ ބޭނުމަކީ ވީއޭއެމާ ގުޅިގެން ކުޅިވަރު މެނޭޖުކުރުމަށް ޚާއްސަ ސޮފްޓްވެއާއެއް ތައާރަފުކުރުން ކަމަށެވެ. އަދި މި ސޮފްޓްވެއާ ފަރުމާކުރާނީ ދިވެހިން ކުޅިވަރު ކުޅޭ ގޮތްތަކަށް ބެލުމަށްފަހު، ދިވެހިން ބޭނުންވާ ކަންތައްތަކަށް ޚާއްސަކުރުމަށްފަހު ކަމަށްވެސް ޖައިލަމް ވިދާޅުވިއެވެ.

ރާއްޖޭގައި ވޮލީބޯޅަ ކުރިއެރުވުމަށް ވީއޭއެމުން އާދީއްތަ ދުވަހު ޕާޓްނަރުންނާއެކު އެއްބަސްވުމުގައި ސޮއިކުރިއިރު، އެ އެސޯސިއޭޝަނުގެ ރައީސްގެ މަގާމަށް ރަނޭ އިންތިޚާބުވެފައިވަނީ މި އަހަރުގެ އޭޕްރީލް މަހުގެ އެއްވަނަ ދުވަހެވެ. ރައީސްގެ މަގާމަށް އިންތިޚާބުވުމަށްފަހު ރަނޭ އަންނަނީ އަތޮޅުތެރެއަށް ވޮލީ ފުޅާކުރެއްވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

16 އޮކްޓޯބަރު 2025

ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި

16 އޮކްޓޯބަރު 2025
ސޮފްވާންއާ ދެކޮޅަށް ވީއޭއެމް އިން ހަރުކަށި ފިޔަވަޅު ތަކެއް އަޅައިފި
13 އޮކްޓޯބަރު 2025

ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި

13 އޮކްޓޯބަރު 2025
ސޮފްވާން، އަންހެން ވޮލީ ޓީމުގެ ކޯޗުކަމުން ސަސްޕެންޑު ކޮށްފި
22 ސެޕްޓެމްބަރު 2025

އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު

22 ސެޕްޓެމްބަރު 2025
އޭވީސީގެ މެޑިކަލް ކޮމެޓީ އަށް ރާއްޖޭގެ ޝަކީބު
08 ޖުލައި 2025

ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި

08 ޖުލައި 2025
ވީއޭއެމް އިން ދުނިޔޭގެ ވޮލީ ބޯޅައިގެ ދުވަސް ފާހަގަ ކޮށްފި
19 ފެބުރުއަރީ 2025

ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި

19 ފެބުރުއަރީ 2025
ކާވާގެ ހަތަރު މުބާރާތެއް މި އަހަރު ރާއްޖޭގައި
08 ޑިސެމްބަރު 2024

ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!

08 ޑިސެމްބަރު 2024
ފައިނަލް ރައުންޑުގެ ހުރިހާ ތައްޓެއް އަތޮޅު ތެރެއަށް، ފ.އަތޮޅަށް ތިން ތަށި!
23 އޮކްޓޯބަރު 2024

ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި

23 އޮކްޓޯބަރު 2024
ވީއޭއެމްއާ ގުޅޭ ގޮތުން ދޮގު ފަތުރާ ނަމަ، ދެ އަހަރަށް ސަސްޕެންޑު ކުރަން ނިންމައިފި
23 އޮކްޓޯބަރު 2024

ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި

23 އޮކްޓޯބަރު 2024
ވީއޭއެމްގެ ހަތަރު އަހަރު ދުވަހުގެ އޮޑިޓް ރިޕޯޓު ފާސްކޮށްފި
24 ޖުލައި 2024

ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން

24 ޖުލައި 2024
ޗެމްޕިއަންކަން ހޯދީ ކިރުގިސްތާން
23 ޖުލައި 2024

ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް

23 ޖުލައި 2024
ފަސޭހައިން ރާއްޖެ ބަލިކޮށް، ސްރީލަންކާ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް