Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
އދ. އޮމަދޫގައި ތުއްތު ކުއްޖަކު ނިޔާވުން

ތުއްތު ޝުއައިބް މަސްފެންގަނޑު ތެރޭގައި މަރުވެފައި އޮއްވައި ފެނުނީ ބޮޑުބޭބެއަށް!

ޝުއައިބް އަކީ ކޮންމެވެސް ވަރަކަށް ހިނގާބިނގާވެ އުޅެލެވޭ ވަރުގެ ކުއްޖެއް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 29 އޯގަސްޓު 2021 | އާދީއްތަ 05:31
އެ ރަށު ސިއްޙީ މަރުކަޒަށް ކުއްޖާ ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ

އެ ރަށު ސިއްޙީ މަރުކަޒަށް ކުއްޖާ ގެންދިޔައިރުވެސް ނިޔާވެފައިވާކަމަށް ސިއްޙީ މަރުކަޒުން ފުލުހުންނަށް މައުލޫމާތު ދީފައިވޭ

އދ. އޮމަދޫގައި 11 މަހުގެ ކުއްޖަކު މަސްފެންގަނޑަކަށް ވެއްޓި ނިޔާވި ޚަބަރު ވެގެން ދިޔައީ އެންމެން ވެސް ސިއްސުވާލި، ބިރުވެރި ޚަބަރަކަށެވެ. އެވަރުގެ ތުއްތު ކުއްޖަކު މަސް ފެންގަނޑަކަށް ވެއްޓި ނިޔާވި ޚަބަރު ލިބުމާއެކު އެންމެންގެ ހިތުގައި ވެސް ބޮޑެތި ސުވާލުތަކެއް އުފެދިގެން ދިޔައެވެ.

އެކަން ހިނގައި ދިޔަ ގޮތް ސާފުކުރުމަށް ރާއްޖެއެމްވީން ކުރި މަސައްކަތުން، ހާދިސާ ހިނގާ ދިޔަގޮތުގެ ބައެއް މައުލޫމާތުތައް ވަނީ ލިބިފައެވެ. ޝުއައިބް ބިން ސަމީހް ނިޔާވި ގޮތް ވަނީ ސާފުވެފައެވެ.

ހޮނިހިރު ދުވަހު ޝުއައިބްގެ މަންމަ އޮތީ ޝުއައިބްއާއި އޭނާގެ 4 އަހަރުގެ ދަރިފުޅު ގޮވައިގެން ކޮޓަރީގައި ނިދާފައެވެ. ޝުއައިބް އަކީ ކޮންމެވެސް ވަރަކަށް ހިނގާބިނގާވެ އުޅެލެވޭ ވަރުގެ ކުއްޖެއް ކަމުން މަންމަ ގާތުގައި ނިދާފައި އޮއްވައި ހޭލެވުމުން ތުއްތު ޝުއައިބް އަމިއްލައަށް ނުކުމެގެން ހިނގަމުން ދިޔައީއެވެ. ނަމަވެސް ޝުއައިބްގެ ފުރާނަ ގެއްލިގެން ދިޔަ މި ބިރުވެރި، ނުރައްކާތެރި ހާދިސާ ހިނގިކަން ފުރަތަމަ އެނގުނީ ޝުއައިބްގެ މަންމަގެ އެއްބަނޑު އެއްބަފާ މީހަކަށެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މަސް ފެންގަނޑުގެ ތެރޭގައި ޝުއައިބް އޮއްވައި ފުރަތަމަ ފެނުނީ ކުއްޖާގެ މަންމަގެ އެއްބަނޑު އެއްބަފާ މީހަކު ފިހާރައަކަށް ގޮސްފައި އެނބުރި ގެއަށް އައިސް އޭނާ ކޮބައިތޯ ބަލަމުން ދަނިކޮށެވެ. އޭނާއަށް ޝުއައިބް ފެނުނުއިރު ވެސް އޮތީ އަނގަވަތަށް ޓޭންކު ތެރެއަށް ވެއްޓިފައިކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބެއެވެ. ވަގުތުގެ ނުރައްކާތެރިކަމާއެކު އޭނާ ވަގުތުން ޝުއައިބް އަތްދަނޑި މައްޗަށް ލައިގެން އަޑުން އަޑުނަގާ ހަޅޭއްލަވަން ފެށިއެވެ. އޭރު ޝުއައިބްގެ ބައްޕައާއި، ގޭގައި އުޅޭ އެހެން މީހަކު ވެސް އެތަނަަށް ނުކުމެއްޖެއެވެ. އެވަގުތު ޝުއައިބްގެ މަންމައާއި އެ މަންމަގެ 4 އަހަރުގެ ދަރިފުޅު އޮތީ ނިދާފައެވެ.

މައުލޫމާތު ލިބޭ ގޮތުގައި ގާތްގަނޑަކަށް 4 ފޫޓުގެ މި މަސްފެންގަނޑުގެ ފުންމިނުގައި ފޫޓެއް ވެސް ނުހުންނާނެއެވެ. ނަމަވެސް އެ ފެންގަނޑަކީ އޭގެ ޒާތުގައި ވަށައިގެން އެއްވެސް ފެންސެއް ޖަހާފައި ނުވާ ހާމައަށް އޮތް ފެންގަނޑެއްކަމަށް ރަށުން މައުލޫމާތު ދިން ފަރާތްތަކުން ބުނެއެވެ.

މި ހާދިސާ ހިނގުމާއެކު މާ ލަސްތަކެއް ނުވެ، ޝުއައިބް ސިއްޙީ މަރުކަޒަށް ގެންދިޔައެވެ. އޭރުވެސް ހަށިގަނޑު އޮތީ ނޫފައިގެންފައިވާ ކަހަލަ ގޮތަކަށް، "ފެހިވެފައި" ކަމަށް މަންޒަރު ދުށް ފަރާތްތަކުން ބުނެއެވެ. ހެލްތް ސެންޓަރަށް ގެންދިޔަ މަގުމަތީގައި ވެސް ސިއްޙީ އޮފިޝަލެއްގެ އެހީގައި ފަރުވާ ދެވޭތޯ މަސައްކަތް ކުރަމުން ގެންދިޔައެވެ.

ޝުއައިބް ހެލްތް ސެންޓަރަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާކަމަށް ހެލްތް ސެންޓަރާ ޙަވާލާދީ ފުލުހުން މައުލޫމާތު ދެއެވެ. ރާއްޖެއެމްވީއަށް އެނގިފައިވާ ގޮތުގައި ހެލްތް ސެންޓަރަށް ގެންދިއުމަށްފަހު ވެސް ޝުއައިބް ހޭއަރާތޯ 2 ގަޑިއިރެއްހާއިރު މަސައްކަތް ކުރިއެވެ. ކާމިޔާބު ނުވުމުން އަދިވެސް އާއިލާއިން އާދޭސްކުރީ ހުއްޓާނުލައި، ހޭއަރާތޯ މަސައްކަތް ކޮށްދިނުމަށެވެ. އޭރު މުޅި ހެލްތް ސެންޓަރުގެ ތެރޭގައި އޮތީ ރުއިމާއި، ހިތްދަތިކަމެވެ. މަރުކަޒު ތެރޭގައި މުޅިން ވެސް ފެންނަން އޮތީ ހިތާމައާއި މާޔޫސްކަމެވެ.

އީޖީސީއަށް ބެލުމަށްފަހު ޝުއައިބް ނިޔާވެފައިވާކަން އދ. މަހިބަދޫ އަތޮޅު ހޮސްޕިޓަލުން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

މި ހާދިސާއާ ގުޅޭ މައުލޫމާތުތައް އދ. އޮމަދޫ އަތޮޅު ކައުންސިލުގެ ރައީސް އިބްރާހިމް އާދިލް ވެސް ވަނީ ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެއްވާފައެވެ. އާދިލް ވިދާޅުވި ގޮތުގައި މި ހާދިސާއާ ގުޅިގެން އެ ރަށުގެ ގޭގޭގެ އިންސްޕެކްޝަނެއް ހިންގުމުގެ މަސައްކަތް ކުރުމަށް ކައުންސިލުން ވަނީ ނިންމާފައެވެ.

މި ހާދިސާއާގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި ތަހުގީގު ކުރަމުންދާކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ.

އެކަމާ ގުޅޭގޮތުން ޖެންޑަރ މިނިސްޓްރީން ވެސް ވަނީ މި ހާދިސާ އެއަތޮޅުގެ އެފް.ސީ.އެސް.ސީގެ ސަމާލުކަމަށް އައިސްފައިވާކަން ފާހަގަކޮށް، މި ހާދިސާއާ ގުޅިގެން ކަމާގުޅުންހުރި ފަރާތްތަކުގެ ހާލަތު ދެނެގަނެ އެފަރާތްތަކަށް ދޭންޖެހޭ އިޖުތިމާޢީ އަޅާލުން ފޯރުކޮށްދިނުމަށް ކުރަންޖެހޭ ކަންކަން، އަތޮޅު އެފް.ސީ.އެސް.ސީ އާއި, ރަށު ކައުންސިލްއާއި, ޗައިލްޑް އެންޑް ފެމިލީ ޕްރޮޓެކްޝަން ސަރވިސަސް ގުޅިގެން މިހާރު ފަށާފައިވާކަމަށް ބުނެފައެވެ.

އާއިލާއަށް ކުރިމަތިވެފައިވާ ހިތާމަވެރި މި ވަގުތުގައި، އެންމެހާ ފަރާތްތަކުން ވެސް އާއިލާގެ ކަރާމާތަށް އިޙްތިރާމް ކުރެއްވުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.

ޕޮލިސްމޯލްޑިވްސް ޕޮލިސް ސަރވިސް

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވައިބަރ އެކައުންޓް ކޮންޕްރޮމައިޒްކޮށް ދޮޅު ލައްކައަށްވުރެ ގިނަ ފައިސާ ފޭރުނު މައްސަލައިގައި އިތުރު މީހަކު ހައްޔަރުކޮށްފި

17 ޑިސެމްބަރު 2025
މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

މައުރޫފު އަށް އަނިޔާވީ ފުލުހުން އޭނާ ހައްޔަރު ކުރުމުގެ ތެރޭގައި ދޯނީގެ ސިޑިން ދާމާ ކޫއްތާފައި ގަދަކަމުން ބޭލުމުގެ ތެރޭގައި: ނިޝާން

14 ޑިސެމްބަރު 2025
މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

މަސްވެރިންގެ މުޒާހަރާގެ ތެރެއިން 2 ދޯންޏާއި 3 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފި، މެންބަރ މައުރޫފު ވެސް ހިމެނޭ

11 ޑިސެމްބަރު 2025
ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

ލައިވް ކުރަމުން ދިޔަ މަސްވެރިންގެ މުޒާހަރާ މެދު ކަނޑާލަން ފުލުހުން އަންގައިގެން ރާއްޖެޓީވީގެ ލައިވް މެދުކަނޑާލައިފި

11 ޑިސެމްބަރު 2025
އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

އިހުތިޖާޖު ކުރަމުންދާ މަސްދޯނި ތަކަށް ފުލުހުން އަރައިފި

11 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

10 މާރިޗު
ވައިޓް ޗީޒް ޗިކަން ލަޒާނިއާ
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ވައިޓް ޗީޒް ޗިކަން ލަޒާނިއާ

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް
20242 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ގާލިކް ބަޓަރ ސޮސެޖް ޓޯސްޓް

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކަލޭމެން ބުންޏަސް، ދެކުނަލެއް އެއް ގޮތަކަށް ހަދައެއް ނުދެވޭނެ"

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟
20224 އަހަރު ކުރިން
ރިޕޯޓު

އަގު ބޮޑުކުރަން ޑިމާންޑް ކުރަނީ ހަގީގަތުގައިވެސް ފައިދާ ނުވާތީތަ؟

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!
20215 އަހަރު ކުރިން
ރިޕޯޓު

ބަލާބެލުމަށް އަތުން ޑޫޑުލް ކޮށްފައިވާހެން ހީވެސްނުވޭ!

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ
20197 އަހަރު ކުރިން
ރިޕޯޓު

އެއާޕޯޓްގައި ދަރިފުޅު ބަހައްޓާފަ ދެވިގެން ފްލައިޓް އެމެޖެންސީގައި އަނބުރާ ލޭންޑްކުރަން ޖެހިއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި
20188 އަހަރު ކުރިން
ރާއްޖެ

މައުމޫނާއި އުއްތަމަފަނޑިޔާރާއި އަލީ ހަމީދަށް ދައުވާ ކުރަން ފޮނުވި މައްސަލަ އަނބުރާ ފޮނުވާލައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު