Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލީ ވަހީދު ޖަލުގައި

އަލީ ވަހީދު ހުންނެވީ އިނގިރޭސިވިލާތުގެ ޖަލެއްގައި

ރާއްޖެ ނައުމަށް ނިންމަވާފައެއް ނުވޭ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 27 އޯގަސްޓު 2021 | ހުކުރު 04:59
އަލީ ވަހީދު - ކުރީގެ ޓޫރިޒަމް މިނިސްޓަރ

އަލީ ވަހީދު - ކުރީގެ ޓޫރިޒަމް މިނިސްޓަރ

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ހުންނެވީ އިނގިރޭސި ވިލާތުގެ ޖަލެއްގައި ކަމަށް ރާއްޖެޓީވީއަށް މައުލޫމާތު ލިބިއްޖެއެވެ.

އިނގިރޭސިވިލާތުގެ ގެޓްވިކްގައި ހުރި ޖަލެއްގައި އަލީ ވަހީދު ހުންނެވި ކަމަށް ރާއްޖެއެމްވީއަށް ވަނީ ކަށަވަރުވެފައެވެ. އަދި ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު މައި ބަދައިގެ އޮޕަރޭޝަނެއް ކުރުމަށް ޑޮކްޓަރު ދެއްވާފައިވާ އެޕޮއިންޓްމެންޓާ ހަމައަށް އިނގިރޭސިވިލާތުގައި މަޑުކުރެވޭނެގޮތް ހަމަޖައްސަވައި ދެއްވުމަށް އަލީ ވަހީދުގެ ފަރާތުން އެދިވަޑައިގެންފައިވާ ކަމަށް ވެސް ވަނީ މައުލޫމާތު ލިބިފައެވެ. އަލީ ވަހީދު ރާއްޖެ ނާންނަން ނިންމާފައި ނުވާކަމަށާއި، އިނގިރޭސިވިލާތުގެ ހިމާޔަތަށް ވެސް އެދިފައިނުވާކަމަށް މައުލޫމާތު ލިބެއެވެ.

އިނގިރޭސިވިލާތުގައި ހުންނަވަނިކޮށް އަލީ ވަހީދު ހައްޔަރު ކޮށްފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ ވަގުތެއްގައެވެ. ހައްޔަރުކުރީ، މި މަހުގެ 10 ވަނަ ދުވަހަށް އޭނާގެ ވިސާ ހަމަވެފައިވާތީ ކަމަށް މައުލޫމާތު ލިބެއެވެ.

ޖިންސީ ފުރައްސާރައިގެ މައްސަލައެއްގެ ދައުވާ ކްރިމިނަލް ކޯޓުގައި އުފުލާފައިވަނިކޮށް އަލީ ވަހީދު ރާއްޖެއިން ބޭރަށް ވަޑައިގެންނެވީ، ބޭސް ފަރުވާއަކަށް ކަމަށް ވިދާޅުވެއެވެ. އޭގެ ފަހުން ޝަރީއަތުގެ އަޑު އެހުމުގައި އޮންލައިކޮށް ކުރިއަށްގެންދިޔުމަށް ގޮންޖެހުންތަކެއްހުރި ކަމަށް ބުނެ އެ މައްސަލަ ޕީޖީ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ޗިޓް ލިބި، އެ އަޑުއެހުމުގައި ބައިވެފައި ނުވާތީ، ކޯޓުގެ ހުރުމަތް ކަނޑާލި ކަމަށް ނިންމައި، އޭނާގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވާފައިވަނީ އޮގަސްޓް މަހުގެ 11 ވަނަ ދުވަހުއެވެ. އެ ހުކުމް ތަންފީޒު ކުރުމަށް ކަރެކްޝަނަލް ސަރވިސްއަށް އަމުރުކުރުމުން އަލީ ވަހީދު މާލެ ގެނައުމަށް އިންޓަރޕޯލްގެ އެހީތެރިކަމަށް ރާއްޖެއިން އެދުނެވެ.

އިނގިރޭސިވިލާތުން އަލީ ވަހީދު ހައްޔަރުކޮށްފައިވަނީ، އޮންލައިންކޮށް ނޫސް ކޮންފަރެންސެއް ބޭއްވުމަށް ތައްޔާރުވެވަޑައިގެން އިންނަވަނި ކޮށެވެ.

އަލީ ވަހީދުގެ މައްޗަށް ކްރިމިނަލް ކޯޓުގައި ދައުވާ އުފުލާފައިވަނީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނަވައިގެން އެ މިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައެވެ. މި މައްސަލައިގައި އަލީ ވަހީދުގެ މައްޗަށް 7 ދައުވާއެއް އުފުލާފައިވެއެވެ. ކްރިމިނަލް ކޯޓުގައި މި މަހުގެ 26 ވަނަ ދުވަހު ތާވަލްކުރި އަޑު އެހުން އެ ކޯޓުންވަނީ ސިއްރުކޮށްފައެވެ. އެއަށްފަހު އިނގިރޭސިވިލާތުގައި ހަައްޔަރުކޮށްފައި ހުރުމުން އޭނާއަށް ކްރިމިނަލް ކޯޓަށް ހާޒިރު ނުވެވިގެން އޭނާގެ ޝަރީއަތުގެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

އަލީ ވަޙީދުކްރިމިނަލް ކޯޓްޕީޖީ އޮފީސް

އިތުރަށް ކިޔާލަން

21 ޑިސެމްބަރު 2025

ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި

21 ޑިސެމްބަރު 2025
ނޭޕާލް އަންހެނަކު ގިނަ އަދަދެއްގެ މަސްތުވާ ތަކެއްޗާ އެކު މާލެ އިން ހައްޔަރުކޮށްފި
19 ޑިސެމްބަރު 2025

ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި

19 ޑިސެމްބަރު 2025
ޝަމްއާން ބަންދުން ދޫ ނުކުރަން ނިންމައިފި
16 ޑިސެމްބަރު 2025

ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ

16 ޑިސެމްބަރު 2025
ސައްހަ ނޫން ޓީޓީ ތަކެއް ފޮނުވައިގެން މުދާ ހޯދި މައްސަލާގައި ޝިފާއު ގެ މައްޗަށް މަނީ ލޯންޑްރިންގެ ހަތް ދައުވާ ސާބިތުވެއްޖެ
16 ޑިސެމްބަރު 2025

ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި

16 ޑިސެމްބަރު 2025
ސިނގިރޭޓް ވައްކަންކުރި މައްސަލައިގައި 10 މީހެއްގެ މައްޗަށް ދައުވާ ކޮށްފި
13 ޑިސެމްބަރު 2025

މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ

13 ޑިސެމްބަރު 2025
މަސްވެރިންގެ ސުލްހަވެރި އިހްތިޖާޖުން ހައްޔަރު ކުރި ފަރާތްތަކުގެ ބަންދުގެ މުއްދަތު އިތުރުކުރީ ސަރުކާރުގެ ނުފޫޒުން: އެމްޑީޕީ
12 ޑިސެމްބަރު 2025

މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި

12 ޑިސެމްބަރު 2025
މެންބަރު މައުރޫފް ގެ ބަންދަށް 5 ދުވަސް ޖަހައިފި
12 ޑިސެމްބަރު 2025

މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި

12 ޑިސެމްބަރު 2025
މަސްވެރިކަމުގެ ވަޒީރު ޝިޔާމް އިސްތިއުފާ އަށް ގޮވާލައިފި
12 ޑިސެމްބަރު 2025

ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި

12 ޑިސެމްބަރު 2025
ދިފާޢީ ވަކީލުންގެ ގޮތުގައި މަސައްކަތް ކުރާ ފަރާތްތަކަށް ނިސްބަތް ކޮށް އަސާސެއް ނެތް ތުހުމަތުތައް ނުކުރުމަށް ބާރ ކައުންސިލުން އިލްތިމާސްކޮށްފި
11 ޑިސެމްބަރު 2025

ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި

11 ޑިސެމްބަރު 2025
ދިގަލި އާއި އާއްޓެ، ސިނގިރެޓް ވަގަށް ނެގުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ނުވާ ކަމަށް ބުނެ ޝަރުތުކޮށްފައި ބަންދުން ދޫކޮށްލައިފި
10 ޑިސެމްބަރު 2025

ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި

10 ޑިސެމްބަރު 2025
ދެ ލޯބިވެރިން ގެ މާރާމާރީ ގައި އަންހެން މީހާ ހައްޔަރުކޮށް 30 ދުވަހަށް ބަންދުގެ މުއްދަތު ޖަހައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު