Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ސެންޗަރީ ކުލަބު

ފީފާ ސެންޗަރީ ކުލަބުގައި ދަގަނޑޭ ހިމެނުމުގެ އަމާޒެއް

ފީފާ ސެންޗަރީ ކުލަބުގައި މި ވަގުތު ހިމެނެނީ އިމްރާން އެކަނި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 27 އޯގަސްޓު 2021 | ހުކުރު 08:49
ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)

ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ)

ގައުމީ ފުޓްބޯޅަ ޓީމުގެ ގޯލު ބެލެހެއްޓި އެންމެ ކާމިޔާބު ގޯލްކީޕަރު އިމްރާން މުޙައްމަދާއެކު ރާއްޖޭގައި އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ގައުމީ ޓީމަށް 100 މެޗު ހަމަކޮށް، ފީފާ ސެންޗަރީ ކުލަބަށް ވަނުމަކީ ދިވެހި ފުޓްބޯޅައަށް ލޯބިކުރާ ކޮންމެ މީހަކުވެސް ބޭނުންވާނެ ކަމެއް ކަމަށް ގައުމީ ޓީމުގެ ކޯޗު އަލީ ސުޒޭން ބުނެފިއެވެ.

މީގެ ކުރިން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވާ ސާފް ޗެމްޕިއަންޝިޕަކީ ދަގަނޑޭގެ ފަހު މުބާރާތަށްވުމުގެ ފުރުސަތު އޮތް ކަމަށް ބުނެފައެވެ.

އެކަމަކު ބުރާސްފަތި ދުވަހު ގައުމީ ޓީމާ އަލަށް ހަވާލުވި ކޯޗިން ޓީމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސުޒޭން ބުނީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ދަގަނޑޭ ނުކުންނާނީ ފިޓްކޮށް ކަމަށާއި، ދަގަނޑޭގެ އަނިޔާގެ ކަންކަމަކީ އަދި ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަކީ އޭނާ ސާފުގައި ކުޅޭ ފަހު މުބާރާތް ކަމަށް ދެކިގެން، ޕްރެޝަރުތަކެއް ނަގަން ޖެހޭ ކަމެއްގެ ގޮތުގައި ނުދެކޭ ކަމަށެވެ.

ފީފާ ސެންޗަރީ ކުލަބުގައި މި ވަގުތު ހިމެނެނީ ރާއްޖޭގެ އެންމެ ކުޅުންތެރިއެކެވެ. އެއީ 17 އަހަރު ވަންދެން ރާއްޖޭގެ ގޯލު ބެލެހެއްޓި އިމްރާން މުޙައްމަދެވެ. ދަގަނޑޭ ވަނީ މިހާތަނަށް ގައުމީ ޓީމަށް 85 މެޗު ކުޅެދީ 55 ލަނޑު ކާމިޔާބުކޮށްފައެވެ. އެހެންކަމުން ސެންޗަރީ ކުލަބަށް ވަންނަން ދަގަނޑޭއަށް 15 މެޗު ކުޅެން ޖެހޭނެއެވެ.

ސުޒޭން ބުނީ ދަގަނޑޭ ސެންޗަރީ ކުލަބަށް ވަނުމަށް އެއްވެސް ޕްރެޝަރެއް ނެތް ކަމަށާއި، ސާފް ޗެމްޕިއަންޝިޕަކީ އެހިސާބަށް ދަތުރުކުރުމަށް އޮންނަ މުބާރާތެއް ކަމަށެވެ. އަދި ދަގަނޑޭ ފީފާ ސެންޗަރީ ކުލަބަށް ވަނުމަކީ އެފްއޭއެމުގެ ރައީސް ބައްސާމުގެވެސް ވަރަށް ބޮޑު ވިސްނުންފުޅެއް ކަމަށާއި، އަދި އެކަން ކުރުމަށް ދަގަނޑޭ މަދުވެގެން އެއް އަހަރު ގައުމީ ޓީމަށް ކުޅެން ޖެހޭނެ ކަމަށްވެސް ބުންޏެވެ. އެހެންކަމުން ކުރިއަށް އޮތް ތަނުގައި ގައުމީ ޓީމަށް ކޮންމެ ކޯޗެއް އައި ކަމުގައިވީ ނަމަވެސް، ދަގަނޑޭއަށް ސްކޮޑުން ޖާގަ ދިނުމަކީ އޭނާގެ ވަރަށް ބޮޑު އެދުމެއް ކަމަށްވެސް ސުޒޭން ބުންޏެވެ.

ސާފުގެ އެންމެ ގިނަ ރިކޯޑު އޮތް ކުޅުންތެރިއަކީ ދަގަނޑޭއެވެ. އެގޮތުން މި މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރިކޯޑުވެސް އޮތީ އޭނާގެ އަތުގައެވެ.

އަލީ އަޝްފާގު (ދަގަނޑޭ)ގައުމީ ފުޓްބޯޅަ ޓީމު

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

ނިއު ރޭޑިއަންޓުގެ ފަރިތަކުރުން ތަކަށް ދަގަނޑޭ ނިކުމެއްޖެ، މުބީން ވިދާޅުވީ އެއީ ޓީމަށް ލިބުނު ހިތްވަރެއް ކަމަށް

16 ޑިސެމްބަރު 2025
އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

އަލަށް ޖާގަ ހޯދި 3 ކުޅުންތެރިންނާއި އެކު، ގައުމީ ސްކޮޑް އިއުލާން ކޮށްފި

11 ނޮވެމްބަރު 2025
އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި

އަޝްފާޤުގެ ކަކުލު އޮޕަރޭޝަނެއް ކޮށްފި

21 ސެޕްޓެމްބަރު 2024
ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް

ދަގަނޑޭގެ މައިލޯ ސިޓީއަށް ފަސް ލަނޑުގެ މޮޅެއް

03 މެއި 2024
ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

ބަނގްލަދޭޝް މެޗުގެ ޓިކެޓް 50 ރުފިޔާއާއި 100 ރުފިޔާއަށް، ޓިކެޓް ވިއްކަން ފަށާނީ މިރޭ!

11 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

21 މެއި
ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!
20251 އަހަރު ކުރިން
ރާއްޖެ

ސްޕޯޓްސް މިނިސްޓްރީއަށް އިތުރު ޕޮލިޓިކަލް ޑިރެކްޓަރެއް!

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ
20242 އަހަރު ކުރިން
ދުނިޔެ

އުދުހެމުން ދިޔަ ގުޑުގުޑާ ދޫނިތަކެއްގައި ޖެހި އެމިރޭޓްސް ބޯޓަކަށް ގެއްލުން ވެއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ
20233 އަހަރު ކުރިން
ރާއްޖެ

މޭރީ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔަފަހުން މާވިންއާއި ލަމްހާ އެކުގައި ތިބެގެން ފޯނުން އެއްޗެއް ބެލި: ހެކިވެރިޔާ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް
20224 އަހަރު ކުރިން
ރާއްޖެ

ޕީޕީއެމްގެ ކުރީސަފުގައި އުޅުނު ސްޓެޕް އައްޔަ، އިންޑިއާ އައުޓް ހަރަކާތާ ދުރަށް

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް
20215 އަހަރު ކުރިން
ރާއްޖެ

ހަމަލާއާ ގުޅިގެން ހައްޔަރުކުރި ފާތިހުއަކީ މީގެ ކުރިން ފުލުހުންގެ ވަޒީފާގައި ހުރި މީހެއް

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި
20197 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބާ ގުޅިގެން ނުދައްކާ ހުރި ވާހަކަތަކެއް އަކްރަމް ތިލަ ކޮށްދެއްވައިފި

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟
20188 އަހަރު ކުރިން
ރިޕޯޓު

500 މޭލު ދުރުން ފެށި ކެމްޕޭނުން ވެސް ބަޔަކު މޭ ކަރައިފި!؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު