Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުހިނިތުންވުމުން ލިއްބައިދޭ ފައިދާތައް

"ސޭ ޗީޒް!"

26 އޯގަސްޓު 2021 | ބުރާސްފަތި 09:43

ހިނިތުންވާ ކޮންމެ ފަހަރަކު ސިކުނޑީގައިވާ ކުދިކުދި މޮލިކިއުލްތައް ހަށިގަނޑު ތެރެއަށް ފޮނުވައިދޭ

ޝާމާ ޝުއައިބް
ޝާމާ ޝުއައިބް | 26 އޯގަސްޓު 2021 | ބުރާސްފަތި 09:43
ކޮންމެ ހިނިތުންވުމަކީ ވެސް އިންސާނާއަށް ތަފާތު އެތަކެއް ފައިދާ ތަކެއް ލިއްބައިދޭ ހިނިތުންވުން ތަކެއް

ކޮންމެ ހިނިތުންވުމަކީ ވެސް އިންސާނާއަށް ތަފާތު އެތަކެއް ފައިދާ ތަކެއް ލިއްބައިދޭ ހިނިތުންވުން ތަކެއް

މާތް ﷲ އިންސާނާއަށް ދެއްވި ސިފަތަކުގެ ތެރެއިން ހިނިތުންވުމަކީ މާތް ސިފައެކެވެ. އެއީ އިސްލާމްދީން އެކަމަށް ބާރުއަޅާ ސިފައެކެވެ. އަދި އެއީ އަނެއް އިންސާނާގެ ނަފުސާނީ ދުޅަހެޔޮކަމަށް ތިމާއަށް ދެވޭ ފަރުވާއަކަށް ވީހިނދު އެއީ ހިތްހެޔޮކަމުގެ ޢަލާމާތެކެވެ. އޯގާވެރިކަމާއި އަޅާލުން ދައްކުވައިދޭ ކަމެކެވެ. ކޮންމެ މީހަކަށް ވެސް އެމީހަކަށް ޚާއްސަ އަދި އެހެން މީހުންނާ ތަފާތު ހިނިތުންވުމެއް ލިބިގެންވެއެވެ. މިއިން ކޮންމެ ހިނިތުންވުމަކީ ވެސް އިންސާނާއަށް ތަފާތު އެތަކެއް ފައިދާ ތަކެއް ލިއްބައިދޭ ހިނިތުންވުން ތަކެކެވެ. އެއީ ދީނީ ނަޒަރަކުން ނުވަތަ އިލްމީ އަދި ސައިންސްގެ ނަޒަރިއްޔާތުން ބެލިނަމަވެސް މެއެވެ.

ހިނިތުންވުމުގެ ސަބަބުން ސިކުނޑިއަށް ހަމަޖެހުން ގެނުވައި އަރާމު ލިއްބައިދެއެވެ. ހަމައެއާއެކު އޭގެ ހެޔޮ އަސަރު މުޅި ހަށިގަނޑަށް ފެތުރިދެއެވެ. އަދި ހިނިތުންވާ ކޮންމެ ފަހަރަކު ސިކުނޑީގައިވާ ކުދިކުދި މޮލިކިއުލްތައް ހަށިގަނޑު ތެރެއަށް ފޮނުވައިދެއެވެ. އޭގެތެރޭގައި ޑޮޕޮމައިން، ސެރޮޓޮނިން، އެންޑޯފިން ހިމެނެއެވެ. މިއީ އިންސާނާ އުފާވެރިކަންމަތީ ބަހައްޓައިދޭ ކުދިކުދި އެހެނަސް ދިރިހުރުމަށް މުހިއްމު މޮލިކިއުލް ތަކެކެވެ. ހަށިގަނޑުން މި މާއްދާތައް އުފައްދާ މިންވަރު މަދުވެއްޖެނަމަ ނަފްސާނީ ބަލިތައް ކަމަށްވާ ޑިޕްރެޝަން އަދި އެންޒައިޓީގެ ޝިކާރައަކަށް ވުމަށް މަގުފަހި ވެއެވެ.

ވުމާއެކު ގިނަގިނައިން ހިނިތުންވުމުން މީހާ ހަމަޖެހި އެހެން މީހުންނަށް ވެސް މި އުފާވެރިކަން ފެތުރުމަށް މަގުފަހި ކޮށްދެއެވެ. މީގެ އިތުރުން ވެސް އެންޑޯފިން މިއީ ހަށިގަނޑަށް ލިބޭ ތަދުތައް ލުއި ކޮށްދިނުމަށް އެހީވެދޭ މާއްދާއެކެވެ. މީގެ ސަބަބުން ވެސް އިންސާނާ މޮޅިވުމާ ދުރުވެ ހިތްހަމަ ޖެހިގެން ހުރުމަށް އެހީވެދެއެވެ. ޢިލްމުވެރިންގެ ހޯދުންތަކުން އެނގޭ ގޮތުގައި، އިންސާނާއަށް ބޭނުންވާ އުފާވެރިކަމުގެ އިޙްސާސަކީ ބައެއްފަހަރު ކެއިންބުއިމާ އެއް ދަރަޖައަށް ބޭނުންޖެހޭ ކަމެކެވެ.

ސައިންސްވެރިން ހާމަކުރައްވާ ގޮތުގައި އެއް އިންސާނަކު ހިނިތުން ވެއްޖެނަމަ އެ ހިނިތުންވުން ފެންނަ މީހާއަށް ވެސް އިހުތިޔާރެއްނެތި ހިނިތުންވެވެއެވެ. ޑރ. އިބްރާހީމުލްފިޤީ ވިދާޅުވާ ފަދައިން ހިނިތުންވުމަކީ އެކެއްގެ މޫނުން އަނެކެއްގެ މޫނަށް “ވާރުތަވާ” ކަމެކެވެ. ނަތީޖާއަކަށް ވެގެން ދަނީ އެ ދެމީހުންގެ ހަށިގަނޑަށް ވެސް ހަމަޖެހުން ލިބިގެން ދިޔުމެވެ. އިތުރު ދިރާސާއަކުން ދައްކާ ގޮތުގައި ހިނިތުންވުމެއް ފެނިއްޖެ ނަމަ އިންސާނާގެ ސިކުނޑީގައިވާ އޯބިޓޯފްރޮންޓަލް ކޯޓެކްސް އެކްޓިވޭޓް ކޮށްދެއެވެ. މީގެ ސަބަބުން އެމީހާގެ ހިތާމަތައް މަތިން ހަނދާން ނެތިގެން ހިނގައިދެއެވެ.

މީގެ އިތުރުން ވެސް ހިނިތުންވުމަކީ އޭގެ ސަބަބުން ހަށިގަނޑުގެ ދިފާއީ ނިޒާމަށް އެތަކެއް ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. އެގޮތުން ހިނިތުންވެ ހީލާ ކޮންމެ ފަހަރަކު އިންސާނާގެ ފުއްޕާމޭގެ ޖާގަ އިތުރުކޮށްދީ ފުންކުރުމަށް އެހީތެރިވެއެވެ. މީގެ ސަބަބުން ނޭވާލާ ނިޒާމަށް ޖެހޭ ބަލިތަކުން ރައްކާތެރިވުމަށް މަގުފަހިވެއެވެ. މީގެ އިތުރުން ވެސް ފުއްޕާމޭ އަދި ހިތުގައިވާ މަސްތައް ވަރުގަދަކޮށްދީ ކޮންމެ ދުވަހަކު ކުރާ މަސައްކަތް އިތުރަށް ލުއިފަސޭހަ ކޮށްދީ އެކަން އިތުރަށް ފުރިހަމަ ކުރުމުގައި އެހީވެއެވެ. ވުމާއެކު ހިނިތުންވުމަކީ ކޮންމެ ދުވަހެއްގެ ވެސް އާންމު ދިރިއުޅުމުގެ މަސައްކަތާއި ނޭވާލާ ނިޒާމަށް ލިބިދޭ ބާރެކެވެ.

މި ހުރިހާ ކަމަކުން އެނގިގެން ދަނީ ހިނިތުންވުމަކީ ހުރިހާ ގޮތަކުން ވެސް ފައިދާހުރި ކަމެއްކަމެވެ. އައި އެއީ އެހެން މީހުންގެ ލޯބި ލިބި ސިއްހީ ގޮތުންނާއި ދުނިޔަވީ ގޮތުން ވެސް ގިނަ ފައިދާތަކެއް ލިއްބައިދޭ، ކޮންމެ މީހަކު ވެސް ކުރުން މުހިއްމު އަދި ފައިދާހުރި ކަމެކެވެ.

ނަފްސާނީ ދުޅަހެޔޮކަންހިނިތުންވުން

އެންމެ ހިނގާ

1

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

2

އީރާން ބަލިވެފައިވާކަމަށް 106 ފަހަރު އަދި އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް 80 ފަހަރު ޓްރަމްޕް ވިދާޅުވެފައިވާތީ، އީރާންގެ ޤައުމީ ސަލާމަތާ ބެހޭ ކޮމެޓީގެ މެންބަރެއްގެ މަލާމާތް ޓްރަމްޕް އަށް!

3

ސްޕޭސްއެކްސްގެ ރޮކެޓަކުން ވަކިވި ހަތަރު ޓަނުގެ ބޮޑު އެތިގަނޑެއް ހަނދުގައި ޖެހި ވަޅުގަނޑެއް ހެދިއްޖެ

4

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

5

ޚާމަނާއީއާ މުއާމަލާތް ކުރުން "ވަރަށް އުނދަގޫ" - ރައީސް ޕެޒެޝްކިއަން

އިތުރަށް ކިޔާލަން

17 ޖުލައި 2025

ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި

17 ޖުލައި 2025
ނަފްސާނީ އެހީތެރިކަން ފޯރުކޮށްދޭ ހެލްޕްލައިނުން 5000 އަށްވުރެ ގިނަ މީހުންނަށް ޚިދުމަތް ފޯރުކޮށްދީފި
10 އޮކްޓޯބަރު 2023

ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް

10 އޮކްޓޯބަރު 2023
ނަފްސާނީ ބަލީގެ ފަރުވާއަކީ އެންމެންނަށްވެސް ފަސޭހައިން ލިބޭ ފަރުވާއަކަށް ހަދަންޖެހޭ: ރައީސް
10 އޮކްޓޯބަރު 2023

ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ

10 އޮކްޓޯބަރު 2023
ނަފްސާނީ ދުޅަހެޔޮކަމާމެދު މުޖުތަމައާއި ސަރުކާރުން ދެކޭ ގޮތްވެސް ބަދަލުކުރެވިއްޖެ: ފަސްޓް ލޭޑީ ފަޒްނާ
06 އެޕްރީލު 2023

ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތަށް 4 އަހަރު - މިހާތަނަށް 64،000ށް ވިރެ ގިނަ މީހުން ބަލައިފި

06 އެޕްރީލު 2023
ނެޝަނަލް ސެންޓަރ ފޮރ މެންޓަލް ހެލްތަށް 4 އަހަރު - މިހާތަނަށް 64،000ށް ވިރެ ގިނަ މީހުން ބަލައިފި
07 ފެބުރުއަރީ 2023

ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީގެން އެ ހިދުމަތް ފުޅާކުރަން ފެށީ މި ސަރުކާރުން - މެންބަރު ޣަފޫރު

07 ފެބުރުއަރީ 2023
ނަފްސާނީ ދުޅަހެޔޮކަމަށް އިސްކަންދީގެން އެ ހިދުމަތް ފުޅާކުރަން ފެށީ މި ސަރުކާރުން - މެންބަރު ޣަފޫރު
07 ފެބުރުއަރީ 2023

ނަފްސާނީ ސިއްހަތުގެ ހިދުމަތް ދެމުންދާކަމުގެ ހެއްކަކީ ކިއު ލިސްޓު ކުޑަވުން - މެންބަރު އަހުމަދު އަބްދުﷲ

07 ފެބުރުއަރީ 2023
ނަފްސާނީ ސިއްހަތުގެ ހިދުމަތް ދެމުންދާކަމުގެ ހެއްކަކީ ކިއު ލިސްޓު ކުޑަވުން - މެންބަރު އަހުމަދު އަބްދުﷲ
07 ފެބުރުއަރީ 2023

ނަފްސާނީ ސިއްހަތާއި ގުޅޭ ގަރާރު ހުށަހަޅައި ބަހުސްކުރަން ފަށައިފި

07 ފެބުރުއަރީ 2023
ނަފްސާނީ ސިއްހަތާއި ގުޅޭ ގަރާރު ހުށަހަޅައި ބަހުސްކުރަން ފަށައިފި
22 ޑިސެމްބަރު 2022

ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް" އުފައްދަވައިފި

22 ޑިސެމްބަރު 2022
ރައީސުލްޖުމްހޫރިއްޔާ "ނޭޝަނަލް މެންޓަލް ހެލްތު ޑިޕާޓްމަންޓް" އުފައްދަވައިފި
09 ޑިސެމްބަރު 2022

ނަފްސާނީ ބަލި ތަހައްމަލު ކުރާތާ 25 އަހަރު، މިއީ ހިތަށާއި ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު އަނިޔާއަކާއި ތަކުލީފެއް

09 ޑިސެމްބަރު 2022
ނަފްސާނީ ބަލި ތަހައްމަލު ކުރާތާ 25 އަހަރު، މިއީ ހިތަށާއި ސިކުނޑިއަށް ލިބޭ ވަރަށް ބޮޑު އަނިޔާއަކާއި ތަކުލީފެއް
06 ޑިސެމްބަރު 2022

ނަފްސާނީ ބައްޔަށް ފަރުވާ ނުކޮށް ދޫކޮށްލައިގެން ތިބެވެން ނެތް - ރައީސް

06 ޑިސެމްބަރު 2022
ނަފްސާނީ ބައްޔަށް ފަރުވާ ނުކޮށް ދޫކޮށްލައިގެން ތިބެވެން ނެތް - ރައީސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް