Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ތިލަމާލެ ބްރިޖް

ތިލަމާލެ ބުރިޖު އެއްބަސްވުމުގައި ސޮއިކޮށްފި

މާލެއާއި ވިލިމާލެ ގުޅާލެވޭ ބައިގެ މަސައްކަތް 2023 ވަނަ އަހަރުގެ ކުރީކޮޅުގައި ނިންމުމަށް އަމާޒު ހިފާފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 26 އޯގަސްޓު 2021 | ބުރާސްފަތި 06:56
ތިލަމާލެ ބްރިޖާއެކު ގްރޭޓަރ މާލެ އެއް ލިންކަމުން ގުޅާލާނެ

ތިލަމާލެ ބްރިޖާއެކު ގްރޭޓަރ މާލެ އެއް ލިންކަމުން ގުޅާލާނެ

މާލެ އާއި ވިލިމާލެ އާއި ތިލަފުއްޓާއި ގުޅީފަޅު ގުޅުވައިލާ ބްރިޖު (ތިލަމާލެ ބްރިޖް) މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މާލެއާއި، ވިލިމާލެ އަދި ގުޅީފަޅާއި ތިލަފުށި ގުޅުވާލައި ބުރިޖުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބުރާސްފަތި ދުވަހު ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހި ސަރުކާރާއި، މި މަސައްކަތް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުންޏާއެވެ. މިއީ 6.7 ކިލޯމީޓަރުގެ ބުރިޖެކެވެ. މި މަޝްރޫއުގެ ދަށުން ގުޅިފައިވާ 3 ބުރިޖް ހިމެނެއެވެ. އެއީ މާލެއިން ވިލިމާލެއަށް ގުޅުވާލައި ބުރިޖާއި، ވިލިމާލެއިން ގުޅީފަޅަށް އަދި ގުޅީފަޅުން ތިލަފުއްޓަށް ގުޅުވާލަދޭ ބުރިޖެވެ.

Advertisement - newsAdvertisement

މި މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުންނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިންނެވެ. ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީން ބުނެފައިވާ ގޮތުގައި މި 400 މިލިއަން ޑޮލަރަކީ އެ ގައުމުން ރާއްޖެއަށް ދިން 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިންގެ ބައެކެވެ. ކްރެޓިޑް ލައިންއަކީ ލޯނުތަކާ ހިލާފަށް ސަރުކާރަށް ބޭނުންވެއްޖެ ހާލަތެއްގައި އެ ދައްކަން ޝަރުތުކޮށް ނުވަތަ ނުދައްކައި ދަންމާލެވޭ ގޮތަށް ދޫކުރާ ދަރަންޏެކެވެ. އިންޑިއަން އެގްޒިމް ބޭންކުން ބްރިޖް އެޅުމަށް ނަގާ ލޯނަކީ، 5 އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު 1.57 އިންސައްތަ އިންޓަރެސްޓާއެކު ލިބިފައިވާ ލޯނެއް ކަމަށެވެ. ލޯނު ދައްކަން ދީފައިވާ މުއްދަތަކީ 15 އަހަރެވެ. ލޯނު އަނބުރާ ދައްކަން މުޅިއެކު 20 އަހަރު ލިބޭނެއެވެ.

3 ބްރިޖު ގުޅާލަދޭ މަގުތަކާއެކު، 6.7 ކިލޯމީޓަރަށް މި ބްރިޖު ދެމިގެންދާނެއެވެ. ހަމައެކަނި، މާލެއާއި ވިލިގިލި ގުޅާލަދޭ ފުރަތަމަ ބްރިޖުގެ ދިގުމިން ވެސް، މިވަގުތު ފެންނާން އޮތް ބްރިޖަށްވުރެ ދިގުވާނެއެވެ. އެއީ ގާތްގަނޑަކަށް 1.3 ކިލޯމީޓަރުގެ ދިގު ބްރިޖެކެވެ. އެހެންކަމުން، ރައީސް ޞާލިޙުގެ ސަރުކާރުން، އެ މަޝްރޫޢެއްގެ މަސައްކަތް، ދެ އަހަރުގެ ތެރޭގައި، ނިންމަން އަމާޒު ހިފައިފައިވާ، މި ބިޔަބޮޑު މަޝްރޫޢު، ވެގެންދާނީ، ރާއްޖޭގެ ތާރީޚުގައި ފެނިގެންދާނެ، އޭގެ އެންމެ ބޮޑު މަޝްރޫޢަށެވެ.

ގްރޭޓަރ މާލޭގެ ކަނެކްޓިވިޓީ ބްރިޖު މަޝްރޫޢު ނިންމަން ލަނޑުދަނޑި ކަނޑަ އަޅައިފައިވަނީ، 2023 ގެ އެޕްރީލް ނުވަތަ މޭމަހާ ހިސާބަށެވެ. އަދި މި މަޝްރޫޢު ނިންމައި، މި ބިޔަ ބްރިޖު ހުޅުވިގެން ދާއިރު، މި ސަރުކާރުގެ މިވަގުތުގެ ސިޔާސަތަކީ، އެއްވެސް ޓޯލެއް ނެގުމެއްނެތި، ރައްޔިތުންނަށް އެ މަގުތަކުން، ހިލޭ ދަތުރު ކުރެވޭނެ ބްރިޖަކަށް ވުމެވެ.

ގުޅީފަޅާއި ތިލަފުށީގެ ތަރައްޤީގެ އައު މަޝްރޫޢުތައް، ފެށިގެންދާއިރު، މިފަދަ ބްރިޖަކުން މި ތިންރަށް މާލެއާ ގުޅާލެވިގެން ދިއުމުން، ގްރޭޓަރ މާލެއާ ގުޅިގެންދާނެ މި ރަށްތައް ވެގެންދާނީ، ތަރައްޤީގެ ކާރޫބާރު ބޮޑުވެގެންދާނެ ތަންތަނަށެވެ. ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީން، މިހާރުވަނީ، މި ރަށްތަކަށް ފޯރުކޮށްދޭންޖެހޭ ހަކަތައިގެ މަޝްރޫޢުތަކަށް ތައްޔާރު ވަމުންނެވެ. އަނެއްކޮޅުން މިއަދު މާލޭން ފެންނާން އޮތް ނޯތު ހާބަރާއި ގުދަންތައް، ކުރިމަގުގައި އެ ސަރަޙައްދަށް ބަދަލުވެގެން ދާއިރު، މާލެއަށް ވެސް ބޮޑު ލުޔެއް ލިބިގެން ދާނެއެވެ.

މިނިސްޓަރ އަސްލަމް، ރާއްޖެ ޓީވީއަށް، ވިދާޅުވެފައިވާ ގޮތުގައި، މާލޭގެ ނޯތު ހާބަރާއި ވެއަރހައުސްތައް، މާލޭން ބަދަލުކުރާއިރު، މިހާރުގެ ނޯޓު ހާބަރުގެ ރީ ޑެވެލޮޕްމަންޓުގެ ތަސައްވުރެއް ވެސް މިހާރުވާނީ އެކުލަވާލައިފައެވެ. އެހެން ކަމުން، މާލޭގައި މިހާރު މި އޮތް ދަތިތަކަށް ވެސް ކުރިމަގުގައި ހައްލުތަކެއް ލިބިގެން ދާނެއެވެ.

މާލެއާއި ވިލިގިއްޔާއި ދެމެދުގެ ބްރިޖަށްފަހު، ތިލަފުއްޓަށްވީ ބްރިޖު ގުޅުވާލާނެ ގޮތުގެ ތަސައްވުރު ވެސް މިނިސްޓަރ އަސްލަމް ވަނީ ރާއްޖެ ޓީވީއާ ހިއްސާ ކޮށްދެއްވާފައެވެ. މިނިސްޓަރު ވިދާޅުވިގޮތުގައި ވިލިގިނލީގެ ދެކުނުފަރާތު ފަރުމަތިން ފެންނަން އޮންނާނެ ބްރިޖަކީ ޝެޑޯ ވޯޓަރ ބްރިޖެކެވެ. އެ ބްރިޖު ދާނީ ވިލިގިނލީ ދެކުނުފަރާތުގެ ފަރުމަތިންނެވެ. އަދި ގުޅީފަޅަށް ބްރިޖު ނިމޭއިރު، ބްރިޖާ ގުޅިގެން، ގުޅީފަޅުން ދެން ފެށޭނީ އަނެއްކާވެސް ސަރާސަރު މަގެކެވެ. 6.7 ކިލޯމީޓަރުގެ މި ބްރިޖުގެ ދިގުމިން ގުނަނީ، ކަނެކްޓިން މަގުތަކާ އެކުގައެވެ. މި ބްރިޖަކީ، މިހާރު މާލެއާއި ހުޅުމާލެއާއި ގުޅިފައިވާ ބްރިޖަށްވުރެ ފުޅާ ބްރިޖެއް ނަމަވެސް، ބްރިޖުގެ ކޮންމެ ފަޅިއެއްގައި ވެސް އޮންނާނީ ދެ ލޭނެވެ.

ތިލަމާލެ ބްރިޖްމާލެ ސިޓީމިނިސްޓްރީ އޮފް ހައުސިން ގުޅީފަޅުހަސަން އަބްދުއްރަހްމާން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުވިލިމާލެ

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

މާފަންނުގެ ކަންކަން އިސްލާހު ނުވާތީ އާއްމު ރައްޔިތެއްގެ ވަރުގަދަ މެސެޖެއް ރައީސަށް: ހުރިހާ ކަމެއް ދަނީ ތޮޅިއަށް!

05 ޑިސެމްބަރު 2025
ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

ސަރުކާރުން ޓެކްސީ ޑްރައިވަރުން ވެލިއުކުރާ ކަމަށް ވިދާޅުވި އިރު ކަންބޮޑުންތަކާއެކު ރައީސް އަށް ފޮނުވި ސިޓީއަށް ޖަވާބެއް ނުދޭތާ 4 މަސް

28 ނޮވެމްބަރު 2025
12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

12 އަހަރު ވިލިމާލޭގައި ބަގުޑި ބައްދައިގެން އޮތުމަށްފަހު ވިލިމާލެއަށް އިހުމާލުވި ކަމަށް ރައީސް އެއްބަސްވެވަޑައިގެންފި

24 ނޮވެމްބަރު 2025
"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

"ރަނި އެވޯޑް 2025" އަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖެނުއަރީ
ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!
20251 އަހަރު ކުރިން
ރިޕޯޓު

ފަލާޙުގެ ރުޅި ގަނޑާއި، މިސްކިތު ހުޅު ޖެހި މީހާގެ ވާހަކަ!

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ
20242 އަހަރު ކުރިން
ރާއްޖެ

ކޯ ގްރޫޕް ބައްދަލުވުމުގައި، މަޝްރޫއުތައް ހިންގުން އަވަސްކުރުމާ ބެހޭގޮތުން މަޝްވަރާކުރި - އިންޑިއާ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ
20233 އަހަރު ކުރިން
ރާއްޖެ

ވިލިމާލޭގައި އެމްޓީސީސީން ބަހުގެ ޚިދުމަތް ފެށުން މުއިއްޒުއަށް ކަމަކު ނުދިޔަ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން
20224 އަހަރު ކުރިން
ރާއްޖެ

އަލިފާން ރޯވީ ފްލައިޓްގެ ކޮކްޕިޓްކައިރީގައި ހިނގި ހާދިސާއަކުން: މޯލްޑިވިއަން

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި
20215 އަހަރު ކުރިން
ދުނިޔެ

ހުވާ ކުރުމާއެކު \'މުސްލިމް ބޭން\' އަމުރު އުވައިލަން ބައިޑެން ނިންމަވައިފި

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ހިންނަވަރު ދާއިރާގެ ޓިކެޓް ޖީހާން ކާމިޔާބުކޮށްފި

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް
20188 އަހަރު ކުރިން
ރިޕޯޓު

ދުފުން – އާދަކާދައާއި ގުޅިފައިވާ ނުރައްކާތެރި ދުޝްމަނެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު