Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލާމަރުކަޒީ ނިޒާމް

" ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ އިންތިޚާބީ ވެރިންނާއި ދެކޮޅުވެރިވާތަން"

ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ ލާމަރުކަޒީ ނިޒާމާއި ދުރުން މަސައްކަތްކުރައްވާ މަންޒަރުކަމަށް އަލީ ހުސައިން ވިދާޅުވި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 8 އޯގަސްޓު 2025 | ހުކުރު 11:47
ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، ކަނޑިތީމް ދާއިރާގެ މެމްބަރު އަމީން ފައިސަލް އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް، ކަނޑިތީމް ދާއިރާގެ މެމްބަރު އަމީން ފައިސަލް އަދި ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން

ރައީސް މުއިއްޒުގެ ކިބައިން ފެންނަނީ އިންތިޚާބީ ވެރިންނާއި ދެކޮޅުވެރިވާތަން ކަމަށާއި އިންތިޚާބު ކުރާ މީހުންނަކީ މާ މުހިންމު ބައެއް ކަމަށް އެމަނިކުފާނު ޤަބޫލު ނުކުރައްވާ ކަމަށް ގަލޮޅުދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ ރާއްޖެޓީވީގެ ޓީވީ ޓޯކް ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

މީކާއިލް ވިދާޅުވީ ސަރުކާރު ވެރިކަމަށް އައިގޮތަށް އައިސް ފަނޑިޔާރުގެ އާއި މަޖިލީހުގެ ދުވަސް ދުއްވާލާފައިވާ ކަމަށެވެ. އަދި މިހާރު ފެނިގެންދަނީ ލާމަރުކަޒީ ނިޒާމް ފުނޑާލާތަން ކަމަށް މީކާއިލް ވިދާޅުވިއެވެ. މިއީ ރޭވިގެން ބާރުވެރިކަން ހޯދުމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ކުރައްވާ ކަމެއް ކަަމަށް މީކާއިލް ވަނީ ވިދާޅުވެފައެވެ.

" ކައުންސިލްތަކުގެ އަަދަދުވެސް ސަރުކާރުން ކުޑަ ކުރާނެ. ރައީސް މުއިއްޒުގެ ކިބައިން އިންތިޚާބީ ވެރިންނާއި ދެކޮޅުކަން ވަރަށް ބޮޑަށް ފެނޭ. ޚަރަދު ކުޑަކުރާނެ ކަމަށް ބުނެފައި އައްޔަން ކުރައްވާ ބޭފުޅުން ހަމަ އައްޔަން ކުރަނީ. އެެހެންވީމަ މިކަމުގެ ނަތީޖާ ރައްޔިތުން ދައްކާނީ އިންތިޚާބަކުން." މީކާއިލް ވިދާޅުވިއެވެ.

އެ ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެމްބަރު އަމީން ފައިސަލް ވިދާޅުވީ ލާމަރުކަޒީ ޤާނޫނަށް ކުއްލި ގޮތަކަށް އިސްލާހު ގެނައީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބުގައި މޭޔަރުންގެ ގޮނޑިތައް ސަރުކާރު ހިންގާ ޕީއެންސީ އަށް ނުލިބޭނެތީ އެކަން ހަޖަމް ނުވެގެން ކަމަށެވެ. އަދި މި ސަރުކާރުން ރަށްރަށަށް ކުރި ދަތުރުތަކުގައި ސަރުކާރަށް ނުކުރެވޭ ކަންކަން ކައުންސިލްތަކުން ކުރާކަން ފާހަގަވި ކަމަށާއި އެވެސް ސަރުކާރަށް ހަޖަމް ކުރެވޭ ކަމަކަށް ނުވި ކަމަށް އަމީން ވިދާޅުވިއެވެ. އަމީން ވިދާޅުވީ ފަހަރަކު ބާރެއް ނަގަމުން ގޮސް ލާމަރުކަޒީ ނިޒާމްގެ ބާރުވެރިކަން އެއްކޮށް ސަރުކާރުން ގެއްލުވާލާފައިވާ ކަމަށެވެ.

" މިއީ ގޮތް ދޫކުރާ ސަރުކާރެއް ނޫން. ނިންމުން ބަދަލު ކުރާނެހެނެއް ހިއެއް ނުވޭ. ޕީއެންސީ ކައުންސިލް މެމްބަރުން ވެސް ފަސް ޖެހޭ ކައުންސިލްތައް ކުޑަކުރުމާއި މެދު ބަހެއް ބުނަން. އެކަމަކު އެ ބަދަލު ތަހައްމަލް ކުރި ބޭފުޅުން ރައްޔިތުންގެ ހައްގުގައި ބަސް ބުނަން އެބަ ޖެހިލުންވޭ. ގޯހޭ ރަނގަޅުކޮށްދޭށޭ ވެސް ބުނަން ބޭނުންވޭ." އަމީން ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހުސައިން ވިދާޅުވީ ރައީސް މުއިއްޒު ވެރިކަަމަށް ވަޑައިގެންނެވުމުގެ ކުރިން މާލެ ސިޓީގެ މޭޔަރ ކަމުގައި ހުންނެވި އިރު ފެނުނީ ވިޔަފާރިތައް ކުރައްވާ ކައުންސިލްގެ ދައުރު ފުޅާކުރެއްވި މަންޒަރު ކަމަށެވެ. ނަމަވެސް ވެރިކަމަށް ވަޑައިގެން ރައީސް މުއިއްޒު މަސައްކަތް ކުރައްވަނީ އޭރު މަސައްކަތް ކުރެއްވި ގޮތާއި ދިމާ އިދިކޮޅަށް ކަމަށް އޭނާ ވިދާޅުވިއެވެ. ރައީސް ޑރ.މުއިއްޒުގެ ކިބައިން ފެންނަނީ ވަރަށް ބޮޑަށް ލާމަރުކަޒީ ނިޒާމާއި ފެޔަށް ޖެހި، އެ ނިޒާމް ފުނޑާލުމަށް މަސައްކަތް ކުރާ މަންޒަރު ކަމަށް އަލީ ހުސައިން ވިދާޅުވިއެވެ.

ރައީސް މުއިއްޒުމީކާއީލް އަހުމަދު ނަސީމްއަމީން ފައިސަލްލާމަރުކަޒީ ނިޒާމުމަޖިލިސް އިންތިޚާބުމާލެ ސިޓީ

އިތުރަށް ކިޔާލަން

12 ޑިސެމްބަރު 2025

ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު

12 ޑިސެމްބަރު 2025
ގޭންގުތައް ނެތް ކަމަށް ސަރުކާރުން އިއުލާނުކުރި ގޮތަށް ޖުވާ ކުޅޭ ތަންތަނާއި މީހުން ނެތް ކަމަށް ވެސް އިއުލާނު ކުރާނެ: ޒިޔާދު
11 ޑިސެމްބަރު 2025

މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި

11 ޑިސެމްބަރު 2025
މައުރޫފް ހައްޔަރުކުރުމުން ބޭއްވި ކޮމިޓީ ގައި ވޯޓަށް އަހަން ބޭނުންވާ މިންވަރަށް މެމްބަރުން ހަމަ އެއް ނުވި
11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
11 ޑިސެމްބަރު 2025

މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު

11 ޑިސެމްބަރު 2025
މަސްވެރިން މުޒާހަރާއަށް ނުކުތީ މަސްވެރިންވި ވައުދުތަކެއް ނުފުއްދައިގެން ނޫން، މުޒާހަރާކުރަނީ ރައީސް މުއިއްޒުގެ ވައުދުތައް ނުފުއްދައިގެން: ޒިޔާދު
10 ޑިސެމްބަރު 2025

ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް

10 ޑިސެމްބަރު 2025
ރައީސް މުއިއްޒު މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދުނުތާ މިފްކޯގެ ހާލަތު ވެސް ދިޔައީ ދަށަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު