Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއެމްބާޕޭ ގަންނަން މަސައްކަތްކުރުން

އެމްބާޕޭއަށް ރެއާލުން ހުށަހެޅި ބިޑް ޕީއެސްޖީން ގަބޫލެއް ނުކުރި

ރެއާލަށް ބަދަލުވާން އެމްބާޕޭ ބޭނުންވާ ކަމަށް ލެއޮނާޑޯ ބުނި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 25 އޯގަސްޓު 2021 | ބުދަ 14:29
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ގަންގަން ރެއާލް މެޑްރިޑުން ހުށަހެޅި ބިޑް ބަލައިނުގަންނަން ޕީއެސްޖީން ނިންމައިފިއެވެ.

މީގެ ކުރިން ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން އުމުރުން 22 އަހަރުގެ އެމްބާޕޭ ހޯދުމަށް މަސައްކަތްކޮށްފައެވެ. އެގޮތުން އެމްބާޕޭގެ އުމުރުން 14 އަހަރުގައި އޭނާ ހޯދުމަށް ރެއާލުން ފުރަތަމަ މަސައްކަތް ކުރިއިރު، ދެވަނަ ފަހަރަށް މަސައްކަތްކުރީ އެމްބާޕޭ މޮނާކޯއަށް ކުޅުނު ދުވަސްވަރެވެ. އެކަމަކު 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް 145 މިލިޔަން ޔޫރޯއަށް އެމްބާޕޭ ބަދަލުވީ ޕީއެސްޖީއަށެވެ. އެއީ ދުނިޔޭގެ ދެވަނައަށް އެންމެ އަގުބޮޑު ޓްރާންސްފާއެވެ.

ރެއާލުން އެމްބާޕޭ ހޯދުމަށް މަސައްކަތްކުރަމުން އަންނައިރު، އޭނާ މި ވަގުތު ޕީއެސްޖީގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. ރިޕޯޓުތައް ބުނާ ގޮތުން ރެއާލުން މިހާރު ވަނީ މި ފަހަރުގެ ޓްރާންސްފާ ބާޒާރުގައި އެމްބާޕޭ ގަތުމަށް 160 މިލިޔަން ޔޫރޯގެ ބިޑެއް ހުށަހަޅާފައެވެ.

އެއާއެކު ބުދަ ދުވަހު ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ސްޕޯޓިން ޑިރެކްޓަރު ލެއޮނާޑޯ ބުނީ އެ ޓީމުން އެއްބަސްވުން އާކުރަން މަސައްކަތްކުރަމުން އަންނަ ކުޅުންތެރިއަކަށް ރެއާލުން ހުށަހެޅި 160 މިލިޔަން ޔޫރޯގެ ބިޑް ނުފުދޭ ކަމަށެވެ. އަދި ޕީއެސްޖީން އަދިވެސް މަސައްކަތްކުރަމުން އަންނަނީ އެމްބާޕޭގެ އެއްބަސްވުން އާކުރަން ކަމަށް ވަނީ ބުނެފައެވެ.

ލެއޮނާޑޯ ބުނީ ރެއާލަށް ބަދަލުވާން އެމްބާޕޭ ބޭނުންވާ ކަމަށާއި، އެކަމަކު ހިލޭ ޓްރާންސްފާއެއްގެ ދަށުން ކުލަބު ބަދަލުނުކުރާނެ ކަމަށް އެމްބާޕޭ ވައުދުވެފައިވާ ކަމަށެވެ. އެހެންކަމުން ރެއާލުން މި ފަހަރު ހުށަހެޅި 160 މިލިޔަން ޔޫރޯގެ ބިޑް ބަލައިނުގަންނާނެ ކަމަށާއި، އަދި އެމްބާޕޭގެ ޓްރާންސްފާއާ ގުޅޭ ގޮތުން ރެއާލާއެކު އިތުރު މަޝްވަރާއެއް ނުކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ލެއޮނާޑޯ އިތުރަށް ބުނީ ރެއާލުން އެމްބާޕޭ ގަންނަން މަސައްކަތްކުރަނީ ގަވާއިދުތަކާ ޚިލާފަށް، އިޚުތިރާމު ކުޑަ ގޮތެއްގައި ކަމަށެވެ. އެކަމަކު ރެއާލަށް ބަދަލުވާން އެމްބާޕޭ ބޭނުންވާނަމަ އެކަން އެ ކުލަބުން ނުހުއްޓުވާނެ ކަމަށާއި، ނަމަވެސް އޭނާއަށް ކުލަބު ބަދަލުކުރެވޭނީ ޕީއެސްޖީގެ ޝަރުތުތަކާ އެއްގޮތަށް ކަމަށްވެސް ވަނީ ބުނެފައެވެ.

އެމްބާޕޭގެ އެއްބަސްވުން އާކުރުމަށް ރެއާލުން މަސައްކަތްކުރަމުން އަންނައިރު، އެ ކުލަބުން ވަނީ މިހާތަނަށް ތިން ފަހަރެއްގެ މަތިން އެމްބާޕޭގެ އެއްބަސްވުން އާކުރަން މަސައްކަތްކޮށްފައެވެ. ނަމަވެސް ރެއާލަށް ބަދަލުވާން ބޭނުންވާތީ ޕީއެސްޖީން ދާދި ފަހުން ހުށަހެޅި ހަ އަހަރުގެ އައު އެއްބަސްވުންވެސް ބަލައިނުގަންނަން އެމްބާޕޭ ނިންމާފައިވާ ރިޕޯޓުތައް ބުނެއެވެ.

އެކަމަކު ދާދި ފަހުން ދިން އިންޓަވިއުއެއްގައި ޕީއެސްޖީގެ ރައީސް ނާސިރު އެލް-ޚެއްލާފީ ވަނީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުގެ ތެރެއިންވެސް ޕީއެސްޖީއަށް އެމްބާޕޭގެ އެއްބަސްވުން އާކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި ވިދާޅުވީ މީގެ ކުރިން އެމްބާޕޭ ބޭނުންވީ ހުރިހާ މުބާރާތެއްގައި ވާދަކުރެވޭ ފެންވަރު ޓީމެއް ޕީއެސްޖީގައި އޮތުން ކަމަށާއި، އެހެންކަމުން އެމްބާޕޭ މިހާރު ޕީއެސްޖީ ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ޕީއެސްޖީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދުން 174 މެޗުގައި 133 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މީގެ އިތުރުން ޒުވާން އުމުރުގައި އެމްބާޕޭ ވަނީ ފްރާންސާއެކު ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ކީލިއަން އެމްބާޕޭޕީއެސްޖީ

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް

18 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު މޮޅުވެ، ރެއާލް ގަދަ 16 އަށް
18 ޑިސެމްބަރު 2025

އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް

18 ޑިސެމްބަރު 2025
އިންޓަކޮންޓިނެންޓަލް ކަޕް ކާމިޔާބު ކޮށް ޕީއެސްޖީ ތާރީޚު ގެ ތެރެއަށް
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
27 ނޮވެމްބަރު 2025

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ
23 ސެޕްޓެމްބަރު 2025

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި
18 ސެޕްޓެމްބަރު 2025

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް
17 ސެޕްޓެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

17 ސެޕްޓެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ
07 ސެޕްޓެމްބަރު 2025

ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް

07 ސެޕްޓެމްބަރު 2025
ސައިކަލް އެކްސިޑެންޓެއްގައި އެންރީކޭ އަށް ސީރިއަސް އަނިޔާތަކެއް
13 ޖުލައި 2025

ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ

13 ޖުލައި 2025
ކުލަބު ވޯލްޑް ކަޕްގެ ފައިނަލަށް ޓްރަމްޕް ވަޑައިގަންނަވާނެ
10 ޖުލައި 2025

ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް

10 ޖުލައި 2025
ރެއާލް ބަލިކޮށް، ޕީއެސްޖީ ފައިނަލަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު