Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސާބާ ޗެމްޕިއަންޝިޕް

އިންޑިއާއާ ކުޅެގެން ލިބުނު ފިލާވަޅުގެ ނަތީޖާ ކުރިއަށްހުރި މެޗުގައި ފެނިގެންދާނެ:ޒިލާ

މިއީ އިންޑިއާ އަށް ރާއްޖެ އަތުން 100 ޕޮއިންޓް ހަމަ ނުކުރެވުނު ފުރަތަަމަ މެޗް

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ, ރާއްޖެ އެމްވީ | 20 މެއި 2017 | ހޮނިހިރު 01:42
ރާއްޖެ ޓީމުގެ ކެޕްޓަން ޒިލާލް، އިންޑިއާ އަތުން ބަލިވި މެޗަށްފަހު ނޫސްވެެރިންނާ ވާހަކަ ދައްކަނީ

ރާއްޖެ ޓީމުގެ ކެޕްޓަން ޒިލާލް، އިންޑިއާ އަތުން ބަލިވި މެޗަށްފަހު ނޫސްވެެރިންނާ ވާހަކަ ދައްކަނީ

އިންޑިއާ އަތުން ލިބުނު ފިލާވަޅު ކުރިއަށްހުރި މެޗުތަކުގައި ފެނިގެންދާނެ ކަމަށާއި، މެޗުން ލިބުނު ނަތީޖާއާއި މެދު ހިތްހަމަ ޖެހޭ ކަމަށް ރާއްޖޭގެ ގައުމީ ބާސްކެޓް ޓީމުގެ ކެޕްޓަން މުހަންމަދު ޒިލާލް (ޒިލާ) ބުނެފިއެވެ.

ސައުތް އޭޝިއަން ބާސްކެޓްބޯލް އެސޯސިއޭޝަން ޗެމްޕިއަންޝިޕް (ސާބާ ޗެމްޕިއަންޝިޕް)ގައި ރާއްޖެ ކުޅުނު ފުރަތަަމަ މެޗުން އިންޑިއާ އަތުން ބަލިވުމަށް ފަހު ނޫސްވެރިންނާއި ވާހަކަ ދައްކަމުން ޒިލާ ބުނީ، މެޗުން މި ހޯދުނު ނަތީޖާއާއެދު ހިތްހަމަ ޖެހޭ ކަމަށާއި، ފުރަތަމަ ފަހަރަށް އިންޑިއާ އަތުން 100 ޕޮއިންޓް ހަމަނުވެ ނިންމާލެވުމުން އެއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

ޒިލާ ބުނީ އެންމެ ފުރަތަމަ އިންޑިއާ އާއި ދެކޮޅަށް ކުޅުނުއިރު، އިންޑިއާއިން ތަށި ގެންދާ ސްކޯ އަދިވެސް ހަނދާން ވާކަމަށާއި، ނަމަވެސް މަޑުމަޑުން ރާއްޖޭގެ ޓީމު ފޯމަކަށް އެޅެމުން އައިސް އަމިއްލަ ފަސްގަނޑުގައި މި ނެރުނު ނަތީޖާއިން ހަމަ ގައިމުވެސް ޓީމު ކުރިއެރުން ހޯދަމުން އަންނަކަން ހާމަވެގެން ހިނގައްޖެކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން ޒިލާ ބުނީ، މިއީ އަދި އެންމެ ހޯދަން ބޭނުންވާ ނަތީޖާ ނޫން ކަމަށާއި، ނަމަވެސް ހުރިހާ ކުޅުންތެރުންވެސް، އިތުބާރާއިއެކު އެ ކުޅުންތެރިއެއްގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރުމަށް މަސައްކަތްކުރުމުން އެކަމާ ވަރަށް އުފާވެއްޖެ ކަމަށެވެ.

ޒިލާ ބުނީ، ޓީމުން ބޭނުންވީ މި މެޗަކީ ކުރިއަށްހުރި މެޗުތަކަށް ނިކުންނައިރު ލިބޭ ބޫސްޓަކަށް ކަމަށާއި، އެކަން ހާސިލް ވެއްޖެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އެގޮތުން ކުރިއަށް ހުރި މެޗުތަކުގައި މި މެޗުން ހެދުނު ގޯސްތަކާއި، ރަނގަޅުކުރަން ފެންނަ ކަންކަން ބެލުމަށްފަހު ކުޅުން އިތުރަށް ވަރުގަދަ ކުރާނެ ކަމަށްވެސް ޒިލާ ބުނެޏެވެ.

މުބާރަތުގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުން އިންޑިއާއަތުން މި ބަލިވީ 84 ޕޮއިންޓް 42 ޕްއިންޓުންނެވެ. އެހެންކަމުން މިއާ މީގެކުރުން އިންޑިއާ އަތުން ރާއްޖެ ނެރެމުން އަންނަ ނަތީޖާތަކަށް ބަލާނަމަ، ލިބުނު ކުރިއެރުމެކެވެ.

މުބާރާތުގައި ރާއްޖެ ކުޅޭ ދެވަނަ މެޗުގައި ހޮނިހިރު ދުވަހުގެ ރޭ ރާއްޖެ ނިކުންނާނީ ނޭޕާލް އާއި ދެކޮޅަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

މިއީ ރަނގަޅު ފެށުމެއް، ނަތީޖާ އެނބުރުނީ ކުޅުންތެރިންގެ މަސައްކަތުން: ނިޒާމްބެ

11 މާރިޗު 2017
މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

މަސައްކަތް ކުރާނީ ދިވެހިން ފަޚްރުވެރިވާ ފަދަ ނަތީޖާއަކަށް: ނިޒާމްބެ

03 މާރިޗު 2017
މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

މިއީ ރާއްޖޭގެ ފުޓުބޯޅަ އަށް ލިބުނު ކާމިޔާބީއެއް، ތަށި ހިފައިގެން ރާއްޖެ އަންނާނީ: ނިޒާމްބެ

28 ފެބުރުއަރީ 2017
ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

ރަނގަޅަށް ކުޅުނީ އަހަރުމެން، ނަތީޖާއާ މެދު ހިތްހަމަޖެހޭ: ޗަކްރަބަތީ

21 ފެބުރުއަރީ 2017
މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

މިއީ އުންމީދުކުރި ނަތީޖާއެއް ނޫން، ތިން ޕޮއިންޓް ހައްގު މެޗެއް ގެއްލުނީ: ފެސްކޯ

21 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު