Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

ނިޒާމަކީ ދެބުރި ދެކުލައިގެ ހުން ބޭހެއް ނޫނެވެ.

ބަރުލަމާނީ ނިޒާމަކީ ސިޔާސީ ވިޔަފާރިއަށް ހުޅުވިފައި އޮންނަ ދޮރެއް

ރާއްޖެ އެމްވީ | 23 އޯގަސްޓު 2021 | ހޯމަ 11:13
ރާއްޖޭގައި އޮންނަންވީ ނިޒާމެއް ބެލުމަށް މީގެ ސާދަ އަހަރު ކުރިން ނެގުނު ވޯޓުގައި 62 އިންސައްތަ މީހުންގެ ނިންމުމަކަށްވީ ރިޔާސީ ނިޒާމު

ރާއްޖޭގައި އޮންނަންވީ ނިޒާމެއް ބެލުމަށް މީގެ ސާދަ އަހަރު ކުރިން ނެގުނު ވޯޓުގައި 62 އިންސައްތަ މީހުންގެ ނިންމުމަކަށްވީ ރިޔާސީ ނިޒާމު

ބަރުލަމާނީ ނިޒާމުގެ ވާހަކަ އަނެއްކާވެސް ނިކަން ބާރަށް ދެކެވޭން ފަށައިފިއެވެ. ގައުމުގެ އެންމެހައި މައްސަލަތަކަށް އޮތް ޖާދުވީ ހައްލަކީ ބަރުލަމާނީ ނިޒާމެކޭ ބުނާ މީހުން ފެންނާން ފަށައިފިއެވެ. ބަރުލަމާނީ ނިޒާމެއް ގެނެސްފައި ދެން އެންމެން ދެއަތް އުރާލައިގެން ތިއްބަސް ގައުމުގެ ކަންކަން ދާނީ ހެޔޮމަގުން ބާރުދުވެލީގައި ކުރިއަށޭ ބުނެ ވަކާލާތު ކުރާ މީހުންވެސް ފެންނާން ފަށައިފިއެވެ.

ބަރުލަމާނީ ނިޒާމަކީ ދިވެހީންގެ ގަޔަށް ފަހާފައި އޮތް ނިކަން ހެޔޮވަރު ލިބާހެކޭ، މިހުރިހާ ދުވަހު އެ ލިބާސް އޮތީ ބަޔަކު ގަސްތުގައި ފޮރުވައިފަޔޭ ވެސް އެބަކިޔައެވެ. ބަރުލަމާނީއާ ދެކޮޅުހަދާ ބަޔަކު ތިބިއްޔާ އެބަޔަކީ އިންތިޚާބެއްގައި ވާދަކޮށްގެން ގޮނޑިއެއް ކާމިޔާބުކުރުމުގެ އުރަތްޕެއް ނެތް ބަޔެކޭ އެބަކިޔައެވެ. އެހެންވީމާ ރިޔާސީ ނިޒާމުގައި ބަގުޑި ބައްދައިގެން ތިބެން ބޭނުންވަނީ ކަމަށް ތުހުމަތުވެސް އެބަކުރެއެވެ.

ގޭގޭގެ އުނދުނުގައި އުދާފައި ހުންނަ ގަރުދިޔަތެލީގެ ރަހަ ހެޔޮވަރުވުންވެސް އޮތީ ބަރުލަމާނީ ނިޒާމަކާ ގުޅިފައިކަމަށް ބުނާއިރު މިދެކެވެނީ އާދައިގެ ވާހަކައެއް ނޫނެވެ. މިދެކެވެނީ މިގައުމުގެ ދުސްތޫރާއި ހުކޫމަތާއި ދައުލަތުގެ އެންމެހައި ކަންކަން އޭގެ މައްޗަށް ބައްޓަންކުރެވި ތަރުތީބުކުރެވިފައި އޮންނަ މައިގަނޑު ނިޒާމުގެ ވާހަކައެވެ. އެއީ ދެމީހަކު އެއްތަންވެލައި ސައްލާކޮށްގެން ބަދަލުގެނެވޭނޭ ނިޒާމެއް ނޫނެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވެސް ތަކުރާރުކޮށް ވިދާޅުވެފައިވާ ފަދައިން އެއީ ބޮޑު ކަމެކެވެ. ގޮތް ނިންމުން އޮތީ ރައްޔިތުންގެ އަތްމަތީގައެވެ. އެއީ ހާހެއްހައި މީހުން ސޮއި އަޅައިގެން ވަކި މީހެއްގެ ކައިރިޔަށް ދިޔައީމާ އެމީހަކު ނެރޭ ގަރާރަކުން ނުވަތަ އިއުލާންކުރާ ކުރުމަކުން ބަދަލު ގެނެވޭނޭ އެއްޗެއް ނޫނެވެ. ބަދަލު ގެނައުން ހެޔޮވާނޭ އެއްޗެއްވެސް ނުމެނޫންމެއެވެ.

މިޒަމާނުގައި އެކި ގައުމުތަކުން މިފެންނަ ވެރިކަމުގެ އެކި ނިޒާމުތަކަކީ އިންސާނުން އަމިއްލަޔަށް ތައާރަފުކޮށްގެން އުޅޭ ނިޒާމުތަކެކެވެ. ނަމުން އެއްގޮތްވިޔަސް ކޮންމެ ދެގައުމެއްގައި ކަމުން އެއްގޮތް ނިޒާމެއް ނޯވެއެވެ. ކޮންމެ ތަނެއްގައިވެސް ކަންކަން ތަރުތީބުކޮށްފައި އޮންނަނީ އެބައެއްގެ އާދަކާދަޔާއި ސަގާފަތާއި ކޮށްފައިވާ ތަޖުރިބާތަކާއި ގައުމުގެ އަލިފުބާޔަށް ރިއާޔަތްކުރެވިގެންނެވެ. ބައެއް ތަންތަނުގައި އެޔަށް ބަރުލަމާނީ ނިޒާމެކޭ ކިޔައެވެ. އަނެއްބައި ތަންތަނުގައި ރިޔާސީ ނިޒާމެކޭވެސް ކިޔައެވެ.

މި ދެނިޒާމު މަސްހުނިކޮށްގެންވެސް ބައެއް ތަންތަނުގައި ވެރިކަން ކުރެއެވެ. ބަރުލަމާނީ ނިޒާމެކޭ ކިޔަނީ ގާނޫނުތައް ހަދައި ސަރުކާރު ޒިންމާދާރު ކުރުމުގެ އިތުރަށް ވެރިކަން ހިންގުމުގެ ކަންކަންވެސް ރައްޔިތުންގެ މަޖިލީހާއި މަތިކުރެވިގެން ވެރިކަން ހިންގުމުގެ ނިޒާމަށެވެ. ދިވެހިރާއްޖެ އެސަރަހައްދެއްގައި ހިމެނޭ ދެކުނު އޭޝިޔާގެ ގިނަ ގައުމުތަކުން ފެންނަނީ ބަރުލަމާނީ ނިޒާމެވެ. އިންޑިޔާއާއި ނޭޕާލާއި ބަންގްލަދޭޝް ފަދަ ގައުމުތަކުގައެވެ.

ދުނިޔޭގެ ބައެއް ގައުމުތަކުން ބަރުލަމާނީ ނިޒާމު ބަލައިގެންފައިވަނީ އެއީ އެންމެހައި އިންސީންގެ މައްޗަށް އޮތް އެންމެ ފުރިހަމަ އެންމެ މޮޅު އެންމެ މާތް ނިޒާމުކަމަށް ވެގެނެއް ނޫނެވެ. އިނގިރޭސި ދިދަޔަށް ދުވަހަކުވެސް އޮއްސުމެއް ނާންނާނެޔޭ ބުނެވުނު ޒަމާނުގައި އިނގިރޭސީންގެ އިސްތިއުމާރުގެ ދަށުގައި ތިބެފައި ނެެއްޓިގަތް ގައުމުތަކާއި ރަސްކަމުގެ ޒަމާންވީ ކިއްލާތަކުގެ ތެރޭގައި ކޮންމެވެސް ހައިސިއްޔަތެއް ބާއްވައިގެން ހިއްސާކޮށްގެން ވެރިކަން ބައްޓަންކުރާން ބޭނުންވި ގައުމުތަކަށް ހެޔޮވަރު ލިބާހަކަށް ފެނިގެންނެވެ. އެނޫން ގިނަ ގައުމުތަކަށް ހެޔޮވަރުވީ ރިޔާސީ ނިޒާމުގެ ފޭރާމެވެ. މި ދެނިޒާމުގެ ސަރުބަތުން ވެސް މައްސަލަ ފެނެއެވެ. ހަޖަމުނުވެ ހޮޑުލެވޭތަން އާދެއެވެ.

ތާރީޚު ހާވައިބެލީމާ ބޮޑުވަޒީރަކު ފެންނާން ހުރިއްޔާ ބައެއް މީހުންގެ ނަޒަރުގައި އެއޮތީ ބަރުލަމާނީ ނިޒާމެކެވެ. ދިވެހީންނާވެސް އެންމެ ރައްޓެހި ނިޒާމަކީ ބަރުލަމާނީ ނިޒާމެކޭ، ރިޔާސީ ވައްތަރަކީ މާފަހަކުން އައިސްގެން އުޅޭ ބީރައްޓެހި ވައްތަރެކޭ ބައެއް މީހުން އެކިޔަނީ އެހެންވެގެންނެވެ. ތެދެކެވެ. ހުރަވީ ޚާންދާނުގެ ރަސްކަމުގެ ދުވަސްވަރު ބޮޑުވަޒީރުން ތިއްބެވިއެވެ. އެއީ ދޮންބަންޑާރައިންގެ އައުލާދުގެ ދެގޮފީގެ މެދުގައި ބާރުތަކާއި މުއްސަނދިކަން އެއްވަރަކަށް ހިއްސާކޮށްގެން ކަންކަން ހިންގުމުގެ ވިސްނުމެއްގެ ތެރެއިން ކުރެވިފައިވާ ކަމެކެވެ.

އެކަންކަމަކީ ރައްޔިތުންގެ ހެވާއި ލާބަޔަށް ރިއާޔަތް ކުރެވިގެން ކޮށްފައިވާ ކަންކަމެއް ނޫނެވެ. ދެންއޮތީ މުހައްމަދު އަމީނުގެ ފުރަތަމަ ޖުމްހޫރިއްޔާ ނިންމައިލުމަށްފަހު ރަސްކަން އަލުން ރުޖޫއަކޮށްގެން ބޮޑުވަޒީރަކު ގައުމު ހިންގެވި ދުވަސްވަރެވެ. އެއީވެސް ރައްޔިތުންގެ ކަންކަމާއި ރައްޔިތުންގެ އިހުސާސްތަކަށް މާބޮޑަކަށް ރިއާޔަތް ކުރެވުނު ޒަމާނެއް ނޫނެވެ. އެއީ އައްޑޫ ގަން އިނގިރޭސީންނަށް ސަތޭކަ އަހަރަށް ވިއްކައިލި ދައުރެވެ.

ވެރިކަން ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންނެވެ. އެހެންވީމާ އެވެރިކަމުގެ ނިޒާމު ނިންމާނީވެސް ރައްޔިތުންނެވެ. އެއީ ބަހުސްކުރެވެން އޮތް ކަމެއް ނޫނެވެ. ދިވެހި ރައްޔިތުން މިހާތަނަށް ދެފަހަރެއްގެ މަތިން ނިޒާމެއް ނަގައިފިއެވެ. އެ ދެފަހަރުވެސް ނެގީ ރިޔާސީ ނިޒާމެކެވެ. އެންމެ ފުރަތަމަ 1968 ގައެވެ. ޖުމްހޫރީ ނިޒާމެއްތޯ ރަސްކަމެއްތޯ ބެލުމަށްޓަކައި ނެގި ފެންނަ ނުފެންނަ ވޯޓަކީ ފުރަތަމަ އިމްތިހާނެވެ. ރަސްކަލަކު ހުންނަވާފައި ސަރުކާރު ހިންގާނީ ބޮޑުވަޒީރެއްހޭ ނުވަތަ ޖުމްހޫރީ ނިޒާމަކުން ވެރިކަން ހިންގާނީ ރައީސަކުހޭ ކުރެވުނު ސުވާލުގެ ޖަވާބުގައި ރައްޔިތުންގެ ތެރެއިން 82 އިންސައްތަ މީހުން ބުނީ ރައީސަކު ހުންނަވައިގެން ހިންގާ ޖުމްހޫރީ ނިޒާމެއް ކަމުގައެވެ.

އެއަށްފަހު މިހާރު އަމަލު ކުރެވެމުން މިދާ ފެހި ގާނޫނުއަސާސީގެ ދަށުން ވެރިކަން ހިންގާނީ ރިޔާސީ ނިޒާމަކުންތޯ ނުވަތަ ބަރުލަމާނީ ނިޒާމަކުންތޯ ބެލުމަށް 2007 ވަނަ އަހަރު ރައްޔިތުންނަށް ސުވާލެއް ކުރިމަތިކުރެވުނެވެ. ބޮޑުތަނުން ރައްޔިތުންގެ ނިންމުމަކަށްވީ ރިޔާސީ ނިޒާމެކެވެ. ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ދިވެހީންގެ ތެރެއިން 78 އިންސައްތަ މީހުން މި ވޯޓުގައި ބައިވެރިވިއެވެ. އޭގެތެރެއިން 62 އިންސައްތަ މީހުން ބުނެފައިވަނީ ބޭނުމީ ރިޔާސީ ނިޒާމެއް ކަމުގައެވެ.

އިންސާނުން އަމިއްލަޔަށް ގެނެސްގަންނަ ނިޒާމުތައް ބަދަލުވެސް ކުރެވޭނެއެވެ. އެކަމަކު އެއީ އެންމެނަށްވެސް އެކަމުގެ ބޭނުން އިހުސާސްކުރެވިގެންނެވެ. ވަކި މީހަކަށް ނުވަތަ ބަޔަކަށް ވެރިކަމަށް އާދެވެން އޮންނަ ފަހި މަގަކީ ނިޒާމު ބަދަލުކުރުން ކަމަށްވެގެން ނިޒާމު ބަދަލުކުރި އެއްވެސް ގައުމެއް މިއުޑުދަށުގައި ނުވެއެވެ. ދޭތެރެ އަވަސްކޮށް އިންތިޚާބު ބާއްވާގޮތަށް އަހަރެއްގެ ދެކޮޅުގައި ނިޒާމުގެ ވޯޓު ނަގާ ގައުމެއްވެސް ނެތެވެ. ސިޔާސީ ހުމެއް އަންނަ ކޮންމެ ފަހަރަކު ކާން އޮންނަ ބޭހަކީ ނިޒާމުގެ ބޭސްކަމަށް ހަދައިގެން އުލޭ ބަޔަކުވެސް ނުފެނެއެވެ. ރިޔާސީ ނިޒާމަށްވުރެ ބަރުލަމާނީ ނިޒާމު މޮޅު އިތުރުކަމަށް ދަލީލު ކުރާ ހުއްޖަތެއް ވެސް ނުމެނެތްމެއެވެ.

ބަރުލަމާނީ ނިޒާމު އޮންނަ ތަންތަނުގައި ސަރުކާރު އެހެރަގެން ބަދަލުކޮށްލަނީ ރައްޔިތުން ކުރެން ހޭވެސް އަހާލުމެއް ނެތިއެވެ. މީގެ މިސާލެއް މި ހަފުތާގައި ފެނިގެން އެދިޔައީ މެލޭޝިޔާއިންނެވެ. އެންމެ ފަހުގެ އާއްމު އިންތިޚާބުގައި ރައްޔިތުން ބޮޑުތަނުން ނޫނެކޭ ބުނެ ފެއިލްކޮށްލި ޖަމާއަތުގެ މީހުން އެތިބީ މަޖިލީހުގެ ތެރެއިން އަސްވިއްކުމާއި ލަގަން ވިއްކުމުގެ ބާޒާރެއް އުފައްދައިގެން އަލުން ވެރިކަމަށް އައިހެވެ. މިކަހަލަ ކިތަންމެ މިސާލެކެވެ. ކިތަންމެ ޑްރާމާއެކެވެ.

ބައެއް މީހުން ބުނެފާނެއެވެ. އެއީ ރައްޔިތުން ބޭނުންވީމާ ރައްޔިތުން ގެނައި ބަދަލެކެވެ. ނޫނެކެވެ. އެއީ އެކަހަލަ ބަދަލެއް ނޫނެވެ. އެއީ ސިޔާސީ ވިޔަފާރިއެކެވެ. ބަރުލަމާނީ ނިޒާމަކީ ސިޔާސީ ވިޔަފާރިއަށް ހުޅުވިފައި އޮންނަ ދޮރެކެވެ. އަސްވިއްކައި ލަގަން ވިއްކުމުގެ ބާޒާރަށް ތިޔާގިކަން ގެނެސްދޭ ނިޒާމަކީވެސް ބަރުލަމާނީ ނިޒާމެވެ. މިއީ ދެބަސްވެވެން ނެތް ހަގީގަތެކެވެ. ބަރުލަމާނީ ނިޒާމު އޮންނަ ތަންތަނުގައި ސަރުކާރު މަރުތަޅު އެޅުވުމާއި ތަޅު ނެއްޓުމުގެ ކަންކަން ހިނގާނުހިނގާ ގޮތް ބަލައިލީމާ އެކަން ވަރަށް ރީއްޗަށް ފެންނާނެއެވެ.

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

މާބަނޑު މީހުންނަށް އެޗްވަންއެންވަން ޖެހުމުން ކުރާ އަސަރު ބޮޑުވޭ!

16 މާރިޗު 2017
"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

"ރާއްޖޭގެ ޕްރިޔަންކާ" އެންމެ ފަހުން ބައިނަލްއަގުވާމީ މަޖައްލާއަކަށް

03 މާރިޗު 2017
ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

ބިން ވިއްކާތީ ނިދިނައި މީހުން މިއަދު ހަރުތަކަށް ވަދެ ފިލާފައި!

26 ފެބުރުއަރީ 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ވަޒީފާ ދިނުން ސިޔާސީ ގޭމަކަށް!

13 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

17 ފެބުރުއަރީ
ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!
20251 އަހަރު ކުރިން
ރިޕޯޓު

ސިނގިރޭޓު އަގު ބޮޑު ކުރި ހަގީގީ ސަބަބު ފޮރުވަން ރައީސް މުއިއްޒު މަސައްކަތް ކުރައްވާ ވަރަކަށް ހަގީގަތް ފަޅާ އަރަނީ!

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''
20242 އަހަރު ކުރިން
ރާއްޖެ

މަސްވެރިންގެ މުޒާހަރާ: ''އަޑު ނާހާނަމަ އިރުއޮއްސި 6:00 އާ ހަމައަށް ކޫއްޑޫގެ މަސްފެކްޓްރީގެ ޖަނަރޭޓަރުތައް ނިއްވާލާނަން''

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!
20233 އަހަރު ކުރިން
ރިޕޯޓު

ގަޑިނުޖެހި ސަލާމް ނުބުނެ ވަޒީފާގައި 51 އަހަރު، ސިއްރަކީ ޞޯބިރާ ވަޒީފާ ދެކެވީ ލޯބި!

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ހުޅުމާލެ ދެވަނަ ފޭސްގައި ހިންގި މާރާމާރީ އެއްގައި 3 ބިދޭސީންނަށް އަނިޔާވެއްޖެ

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް
20215 އަހަރު ކުރިން
ރިޕޯޓު

އިންޓަރނެޓް ހޯދައި މަޖާކޮށްލަން އުޅުނީމާ އާގުބޯޓު އެރީ ފަރަށް

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީން ބަންދުކުރީ މާފުށި ޖަލުގައި

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީންގެ ނަން ކިޔަން އުޅެއުޅެ ވެސް ހޯރަފުށީ ދާއިރާގެ މެމްބަރަށް ނުކިޔުނު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު