Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފޭކް ބުކިންގައި ރާއްޖެ އައުން

ފޭކް ބުކިންގ ހައްދައިގެން ފަތުރުވެރިން ގެންނަމުންދާ މައްސަލަ ފުލުހުން ބަލަނީ

ފަތުރުވެރިން ތިބޭނެ ތަނެއް އިމިގްރޭޝަނަށް، ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 އޯގަސްޓު 2021 | އާދީއްތަ 04:47
ރާއްޖެއަށް އެތެރެވި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި

ރާއްޖެއަށް އެތެރެވި ފަތުރުވެރިންތަކެއް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގައި

ފޭކް ބުކިންގ ހައްދައިގެން ފަތުރުވެރިން ގެންނަމުންދާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.

ފަތުރުވެރިން ރާއްޖެއަށް އެތެރެވުމުގެ ކުރިން ތިބޭނެ ތަނެއް އިމިގްރޭޝަނަށް، ޕޯޓަލް މެދުވެރިކޮށް ހުށަހަޅަންޖެހޭއިރު، އެއްތަނަކަށް މާގިނަ ބުކިންގ ހައްދާފައި ހުންނަ މައްސަލަތަކާއި، ފަތުރުވެރިންނަށް އޮޅުވާލައިގެން ގެނެސް އެމީހުން މަގުމަތިކޮށްލާ މައްސަލަތަކަކާއި، އާންމުން ދިރިއުޅޭ ގޭގޭގައި މީހުން ކަރަންޓީން ކުރުމުގެ މައްސަލަތަކެއް މިފަހުން ވަނީ ފެންމަތިވެފައެވެ.

އެކަމާ ގުޅޭގޮތުން ފުލުހުން ބުނީ، ބުކިންގ އާ ގުޅޭ މައްސަލަތަކެއް ފުލުހުންނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލަ ފުލުހުން މިހާރު ތަހުގީގު ކުރަމުންދާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލަ ބަލަމުންދަނީ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓުމަންޓުންނެވެ.

އުސޫލުތަކާ ޚިލާފަށް ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާ ކަމުގެ މައުލޫމާތު ލިބެމުންދާތީ, ޓޫރިޒަމް މިނިސްޓްރީން މިހާރު ވަނީ ޚާއްސަ އިންސްޕެކްޝަނެއް ފަށާފައެވެ. އޮޅުވާލައިގެން ސައްހަ ނޫން ބުކިންތަކެއް ދިނުމުގެ ސަބަބުން މާލޭގައި ތާށިވި 27 ފަތުރުވެރިއަކު ސަރުކާރުގެ ބެލުމުގެ ދަށުގައި މިވަގުތު ވެސް އެބަތިއްބެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ ކުޑަކުދިން ވެސް ހިމެނޭއިރު، އެމީހުންނަށް އޮޅުވާލައިގެން ރާއްޖެއަށް ގެނައި މީހާ މިހާރު ހައްޔަރު ކޮށްފައިވާ ކަމަށް ވެއެވެ.

އޭގެ އިތުރުން، ހަތަރު ކޮޓަރިއަކަށް ބުކިން ހައްދައިގެން ރާއްޖެއަށް އައި އިންޑިޔާގެ 189 މީހަކު އަނބުރާ ފޮނުވާލަން ޖެހުނުއިރު، އެކަން ވެސް ސަމާލުކަމަށް އައީ އެންމެ 4 ކޮޓަރިއަށް 200އާ ގާތްކުރާ އަދަދަށް މީހުން ބުކިން ހައްދާފައި އޮތުމުންނެވެ.

އިތުރަށް ކިޔާލަން

05 އޮކްޓޯބަރު 2017

ރާއްޖެ "ހޭއަރާނީ" ފަތުރުވެރިން އައުން މަނާކޮށް، ވެރިންނަށް ޔޫރަޕަށް އެރުން މަނާކޮށްގެން: އީޔޫ

05 އޮކްޓޯބަރު 2017
ރާއްޖެ "ހޭއަރާނީ" ފަތުރުވެރިން އައުން މަނާކޮށް، ވެރިންނަށް ޔޫރަޕަށް އެރުން މަނާކޮށްގެން: އީޔޫ
02 އޮކްޓޯބަރު 2017

ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ޖެޓީއެއް އަޅަނީ

02 އޮކްޓޯބަރު 2017
ހުޅުމާލޭގައި ފަތުރުވެރިންނަށް ހާއްސަ ޖެޓީއެއް އަޅަނީ
29 ސެޕްޓެމްބަރު 2017

ރާއްޖޭގެ ނޫސްވެރިން "ފޭކް ނިއުސް" ފަތުރައިގެން މަޝްހޫރު ވުމަށް މަސައްކަތް ކުރޭ: މަޖިލީހުގެ ރައީސް

29 ސެޕްޓެމްބަރު 2017
ރާއްޖޭގެ ނޫސްވެރިން "ފޭކް ނިއުސް" ފަތުރައިގެން މަޝްހޫރު ވުމަށް މަސައްކަތް ކުރޭ: މަޖިލީހުގެ ރައީސް
07 އޯގަސްޓު 2017

ޑރ. ޖަމީލު މަގާމުން ވަކިކުރީ މެންބަރުންނަށް ފޭކް މެސެޖްތަކެއް ދެއްކުމަށް ފަހު: ރިޔާޒް

07 އޯގަސްޓު 2017
ޑރ. ޖަމީލު މަގާމުން ވަކިކުރީ މެންބަރުންނަށް ފޭކް މެސެޖްތަކެއް ދެއްކުމަށް ފަހު: ރިޔާޒް
29 ޖުލައި 2017

ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ

29 ޖުލައި 2017
ފަތުރުވެރިން ގޮވައިގެން ހުޅުލެއަށް ދަތުރުކުރި ލޯންޗެއް އަޑިއަށް ހިނގައްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު