Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑރ. ޖަމީލު

ޑރ. ޖަމީލު މަގާމުން ވަކިކުރީ މެންބަރުންނަށް ފޭކް މެސެޖްތަކެއް ދެއްކުމަށް ފަހު: ރިޔާޒް

7 އޯގަސްޓު 2017 | ހޯމަ 03:43

ރައީސް ޔާމީނަކީ އެކުގައި އުޅުއްވާ ބޭފުޅުން ފަހުން ޑަމްޕް ކުރައްވާ ބޭފުޅެއް

އާމިނަތު ނުޒުހާ
އާމިނަތު ނުޒުހާ | 7 އޯގަސްޓު 2017 | ހޯމަ 03:43
ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް

ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް

ޑރ. މުހައްމަދު ޖަމީލު އަހުމަދު ނައިބު ރައީސް ކަމުން ވަކިކުރީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުނަަށް ފޭކް ވައިބަރ މެސްޖްތަކެއް ދެއްކުމަށް ފަހު ކަމަށް ކިނބިދޫ ދާއިރާގެ މެންބަރު އަބުދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

އާދީއްތަ ދުވަހުގެ ރޭ ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް ވިދާޅުވީ ނައިބު ރައީސް ކަމުން ޖަމީލު ވަކިކުރީ ހަދާފައި ހުރި ސީދާ ފޭކް ވައިބަރ ޗެޓް ލޮގްތަކެއް ބޭނުންކޮށްގެންކަން މިއަދު އެންމެންނަށް އެނގޭ ކަމަށެވެ.

Advertisement - newsAdvertisement

އެހެން ނޫން ނަމަ މިއަދު އެމައްސަލަ ނުބަލަންވީ ސަބަބެއް ނެތް ކަމަށް ރިޔާޒް ވިދާޅުވިއެވެ. އަދި ގާނޫނު އަސާސީގައި އޮންނަ އުސޫލުން ޑރ. ޖަމީލު އެ މަގާމުން ވަކި ނުކުރީ ކީއްވެތޯ ރިޔާޒް ވަނީ ސުވާލު އުފައްދަވާފައެވެ. އަދި އެދުވަހު އެބޭފުޅުން އެކަމަށް ތާއީދު ނުކުރެއްވީ، ޑރ. ޖަމީލު އިމްޕީޗްކުރުމަށް މަޖިލީހަށް ފޮނުވީ ގާނޫނާ ޚިލާފަށް ވާތީ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ދެ ނައިބުންނާއި ތިން ޑިފެންސް މިނިސްޓަރުން ވަކިކޮށް، މިނިސްޓަރުންތައް ފެއަށްޖެހި ސިޔާސީ ގޮތުން ބަރުދަނެއް ހުރި އެއްވެސް ހަރު މީހަކު މިއަދު އެމަނިކުފާނުގެ އަރިހުގައި ނެތްކަމަށް ރިޔާޒް ވިދާޅުވިއެވެ. އެކަން އެގޮތަށް ވަނީ ސިޔާސީ ކޮންމެ މީހަކު ބޭނުން ކުރެއްވުމަށް ފަހު ޑަމްޕް ކުރާ އުސޫލް ގެންގުޅުއްވާތީކަމަށް ރިޔާޒް ވިދާޅުވިއެވެ.އޭނާ ވިދާޅުވީ، މަޖިލީހުގެ ސްޕީކަރ މަސީހަށް ވެސް ރައީސް ޔާމީން ދެން ހައްދަވާނީ އެގޮތަށެވެ.

"މަސީހު ސްޕީކާރަކަށް އައީ 43 މީހުންގެ ތާއީދާ އެކު. ދެން މިހާރު 45 މީހުން މަސީހު ކަމަކު ނުދެއޭ ބުނީމައި، މަސީހު އަމިއްލައަށް ވެސް ކިރިޔާ ވެސް އިންޓެގްރިޓީއެއް ހުރިއްޔާ ދާންވީ ނޫންތޯ. ކޮންކަމެއް މަޖުބޫރު ވެގެންތޯ އެ ހުންނަވަނީ. މެޖޯރިޓީއަށް އިޚްތިރާމް ކުރުމަކީ އެއީ ދެއްތޯ،" ރިޔާޒް ވިދާޅުވިއެވެ.

ފަނޑިޔާރުގެއިން ވެސް މިއަދު ފެނިގެން ދަނީ ބެނުންވާ ޝަރީއައްތަކާއި، ހުކުމްތައް ބޭނުންވާ ގޮތަށް އޭރު ގެންދެވި ބޭފުޅުންނާ ދޭތެރޭ މިހާރު ހިތްހަމަނުޖެހިގެން އޭބޭބޭފުޅުން ތިބި މަގާމްތަކުން ވަކިކުރައްވަމުންދާ މަންޒަރުކަމަށް ރިޔާޒް ވިދާޅުވިއެވެ. އެކަންކަން ހިނގަނީ ރައީސް ޔާމީންގެ ނުފޫޒުން ކަމަށް ރިޔާޒް ތުހުމަތު ކުރެެއްވިއެވެ.

ފުލުހުންގެ މުއައްސަސާއަށް ސިޔާސީ ނުފޫޒާ ހެދި އުނދަގޫވާކަން އެނގިވަޑައިގަންނަވާ ކަމަށާއި، މިދިޔަ މަހުގެ 24 ވަނަ ދުވަހު ފުލުހުން ލައްވާ ގާނޫނާ ޚިލާފް އަމަލު ހިނެގެވުމަށް ފަހު، އެމައްސަލަތައް ބަލަން ފެށުމުން ފުލުހުންގެ ޑިޕާޓްމެންޓްތަކުގެ ބައެއް އިސްވެރިން ޗުއްޓީއަށް ގޮސްފައިވާ ކަމަށް ރިޔާޒް ވިދާޅުވިއެވެ. އެކަން އެހެން ވާންޖެހެނީ، ފުލުހުން ލައްވާ ގާނޫނާ ޚިލާފް އަމަލު ކުރުވުމުން އެކަމުގައި އިންވޯލްވާން އެބޭފުޅުން ބޭނުން ނުވާތީ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

ރިޔާޒް ވިދާޅުވީ، ސިޔާސީ ނުފޫޒާ ހެދި ނުވަތަ މަގާމުގެ ބޭނުމުގައި، ގަނޫނު އަސާސީން ބޭރުން ކުރާ ޣައިރު ގާނޫނީއަމުރަށް އެއްވެސް ފަރާތަކުން ތަބާވާކަށް ނުޖެހެއެވެ. އަދި އެފަދަ އަމުރެއް ކޮށްފި ނަމަ އެ އަމުރެއް ކުރި ވެރިއަކަށް ހުންނަ މީހަކަށް ސުވާލު ވެސް ކުރަން ޖެހޭނެއެެވެ.

ރިޔާޒް ވިދާޅުވީ، އެބޭފުޅުންގެ މެޖޯރިޓީއާ އެކު މަޖިލީހުގެ މަސައްކަތް ފެށޭ ފުރަތަމަ ދުވަހު ސަރުކާރު ޖަވާބުދާރީ ކުރުވުމަށް މަސައްކަތް ފަށާނެ ކަމަށެވެ. އަދި މި ގައުމުގައި ހިނގާފައި ހުރި ވަށްކަމާއި ޖަރީމާތަހުގެ ފުރިހަމަ ތަހުގީގު ހިންގާނޭ ކަމަށެެވެ.

އެހެން ނަމަވެސް މިއަދު މަޖިލިސް ހުއްޓުވާ އެފުރުސަތު ނުދީ ހިފަހައްޓަނީ، ރައީސް ޔާމީންގެ ސަރުކާރުން ހިންގާފައިވާ ޖަރީމާތައް ތަހުގީގުކޮށް، ކުރާ ވަށްކަންތައް ފަަޅާ އަރައިފާނެތީ ކަމަށް ރިޔާޒް ވިދާޅުވިއެވެ.

އެންމެ ހިނގާ

1

ގެއްލިފައިވާ ފުލުސް އޮފިސަރުގެ 7 އަހަރުގެ ދަރިފުޅު: ބައްޕަ އަންނަން މިހާ ލަސްވަނީ ކީއްވެ؟ ބައްޕަ ހޯދަން ބަޔަކު ގޮސްފިތަ؟

2

"ގެއްލުނު 3 މީހުން ދޯނިތެރޭ ތާށިވި ކަމަށް ބެލެވޭ ނަމަވެސް ދޯނި މިހާރު އޮތް ހިސާބަށް ފީނުމަކީ ކުރެވޭނެ ކަމެއް ނޫން"

3

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

4

ސިގްނަލްތަކަށް ހުރަސްއަޅައިގެން އިސްރާއީލުގެ ހާމީސް ޑްރޯނަކާއި އެމެރިކާގެ ރީޕަރ ޑްރޯނެއް އެއްވެސް ގެއްލުމެއް ނުދީ އަތުލައިގެންފައިވާ މަންޒަރު އީރާނުން ދައްކާލައިފި

5

މެސީގެ ބައްޕަ މަރުވެއްޖެ

އިތުރަށް ކިޔާލަން

26 މާރިޗު 2017

މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު

26 މާރިޗު 2017
މަސީހު މަގާމުން ދުރުކުރެވޭނެ، ވީހާވެސް ގިނަ ރައްޔިތުން ހޯމަ ދުވަހު މާލެ އަރަންވީ: އަލީ ނިޔާޒު
24 މާރިޗު 2017

ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"

24 މާރިޗު 2017
ޕީޕީއެމް މެމްބަރުންގެ އޯޑިއޯއެއް:"މަސީހަށް ކޮރަޕްޝަންގެ ތުހުމަތު، މަގާމުން ދުރުކުރަން ޖެހޭ"
23 މާރިޗު 2017

އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!

23 މާރިޗު 2017
އިލްހާމް މަޖިލީސް މެންބަރުންނަށް ބިރުދެއްކި ކަމަށް ބުނެ މެންބަރު އަރީފު ފުލުހަށް!
15 މާރިޗު 2017

ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ

15 މާރިޗު 2017
ގައުމަށްޓަކައި މަސީހް މަގާމުން ވަކިކުރަންޖެހޭ:ޝިދާތާ
14 މާރިޗު 2017

އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން

14 މާރިޗު 2017
އެމްއެމްޕީއާރްސީގެ ރިޕޯޓް ނުނެރި ލަސްކުރަނީ މަޖިލިސް ބައެއް މެންބަރުންނަށް ބިރު ދައްކަން: އަލީ ހުސެއިން
11 މާރިޗު 2017

މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް

11 މާރިޗު 2017
މަސީހު މަގާމުން ވަކިކުރެވޭ ވަރަށް ވޯޓް ހަމަވެއްޖެ:ފާރިސް
01 މާރިޗު 2017

އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި

01 މާރިޗު 2017
އިބްތިހާލްގެ މައްސަލައިގައި ޝުޒާދު ވަޒީފާއިން ވަކިކުރީ ގޯސްކޮށް ކަމަށް ހައިކޯޓުން ވެސް ކަނޑައަޅައިފި
28 ފެބުރުއަރީ 2017

އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި

28 ފެބުރުއަރީ 2017
އެމްޕީއެލްގެ ސީއީއޯގެ މަގާމުން ޖުނައިދު އިސްތިއުފާ ދެއްވައިފި
22 ފެބުރުއަރީ 2017

ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ

22 ފެބުރުއަރީ 2017
ޤާނޫން އަސާސީއަށް ބަދަލު ގެނައުމުގެ ކުރިން 58 މެންބަރުންނަށް ބިރު ދެއްކި: މުސްތަފާ
19 ޖެނުއަރީ 2017

ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި

19 ޖެނުއަރީ 2017
ރައީސް މައުމޫނަށް މެންބަރުންނަށް ބައްދަލު ނުކުރެވޭނެކަމަށް އެންގި މައްސަލަ ފުލުހުންނަށް ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް