Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއީޔޫ ޕާލިމެންޓުގައި ރާއްޖެ

ރާއްޖެ "ހޭއަރާނީ" ފަތުރުވެރިން އައުން މަނާކޮށް، ވެރިންނަށް ޔޫރަޕަށް އެރުން މަނާކޮށްގެން: އީޔޫ

ދިވެހި ސަރުކާރުގެ އިސްވެރިން ޔޫރަޕަށް އެރުން މަނާކުރުން

އަޒުމޫން އަހުމަދު
އަޒުމޫން އަހުމަދު | 5 އޮކްޓޯބަރު 2017 | ބުރާސްފަތި 11:05
ރައީސް އަބްދުﷲ ޔާމީނާއި މަޖިލިސް ރައީސް އަބްދުﷲ މަސީހު

ރައީސް އަބްދުﷲ ޔާމީނާއި މަޖިލިސް ރައީސް އަބްދުﷲ މަސީހު

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ދިއުން ހުއްޓުވަން ބާރުއެޅުމުގެ ގޮތުން ރާއްޖެއަށް ފަތުރުވެރިން އައުން މަނާކޮށް، ސަރުކާރުގެ ވެރިން ޔޫރަޕްގެ ގައުމުތަކަށް އެެރުން މަނާކުރުމަށް ގޮވާލައި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ޕާލިމެންޓުގައި ބަހުސް ކޮށްފި އެވެ.

ދިވެހި ސަރުކާރުގެ ވެރިންނަށާއި ރާއްޖެއަށް ފިޔަވަޅު އެޅުމަށް ގޮވާލައި އީޔޫ ޕާލިމެންޓަށް ހުށަހެޅި ގަރާރަށް ބުރާސްފަތި ދުވަހު ބަހުސް ކުރެއްވި ގިނަ ބޭފުޅުން ވަނީ ދިވެހި ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އިންސާނީ ހައްގުތައް ނިގުޅައިގަންނަމުންދާ ކަމާއި މަރުގެ އަދަބު ދިނުން ހުއްޓާލާފައި އޮންނަތާ އެތައް އަހަރެއް ފަހުން މަރުގެ އަދަބު ތަންފީޒްކުރަން ވަރަށް އަވަހަށް ފަށާނެ ކަމަށް ސަރުކާރުން ބުނަމުންދާތީ ފާޑު ކިޔާފައި ވެއެވެ.

ރާއްޖެއާ ބެހޭ ގޮތުން ހުށަހެޅި ގަރާރުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ޔޫރަޕިއަން ކޮމިޝަނަރ ފޯ ޖަސްޓިްސް، ކޮންސިއުމާސް އެންޑް ޖެންޑަރ އީކުއަލިޓީ ވޭރާ ޖޯރޯވާ ވިދާޅުވީ ޚުދުމުޚުތާރު ވެރިކަމަކަށް ފަހު 2008 ވަނަ އަހަރުގެ ތެރޭގައި ރާއްޖޭގެ ސިޔާސީ މަސްރަހަށް ހަމައަކަށް އެޅެމުންދިޔަ ކަމަށާއި އެގޮތުން ވާދަވެރި ސިޔާސީ ވެއްޓެއް ގާއިމްކުރެވުނު ކަމަށެވެ. އެހެންނަމަވެސް، މިހާރު ރާއްޖޭގެ ހާލަތު ދަނީ ގޯހުން ގޯހަށް ކަމަށާއި ރައްޔިތުންގެ އަސާސީ ހައްގުތައް ނިގުޅައިގަނެ ޚުދުމުޚުތާރު ސިފަތައް އާލާކުރަމުންދާ ކަމަށް ޖޯރޯވާ ވިދާޅުވި އެވެ.

ޖޯރޯވާ ވިދާޅުވީ އިދިކޮޅު ސިޔާސީ ހުރިހާ ލީޑަރުންގެ މައްޗަށް ބޮޑެތި ޖަލު ހުކުމްތަކެއް އިއްވާފައިވާ ކަމަށާއި ނޫސްވެރިންނާއި މީޑިއާތަކަށް ފުރައްސާރަކޮށް، އުނދަގޫތައް ކުރިމަތިކުރުވަމުންދާ ކަމަށެވެ. އެއްވެ އުޅުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ އިތުރުން ހިޔާލުފާޅުކުރުމުގެ މިނިވަންކަން ހަނިވާގޮތަށް ގާނޫނުތައް ފާސްކޮށް އެ ހައްގުތައް ނިގުޅައިގަނެވިފައިވާކަން ޖޯރޯވާ ފާހަގަކުރެއްވި އެވެ.

ރާއްޖޭގެ ސިޔާސީ މަސްރަހާ މެދު ކަންބޮޑުވުން ފާޅުކުރައްވަމުން ޖޯރޯވާ ވިދާޅުވީ 2018 ވަނަ އަހަރުގެ ނޮވެމްބަރު މަހު ބާއްވާ ރިޔާސީ އިންތިހާބު މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދެވޭނީ، އިންތިހާބުގެ ކުރިން ސިޔާސީ ޕާޓީތަކުގެ މެދުގައި މަޝްވަރާތައް ކުރެވި އެކަށީގެންވާ ހައްލެއް ހޯދިގެން ކަމަށެވެ.

ދީނީ ގޮތުން ހައްދު ފަހަނައަޅައި ދިއުމާއި، ރޭވިގެން ހިންގާ ބޮޑެތި ކުށްތައް ރާއްޖޭގައި ގިނަވަމުންދާކަން ފާހަގަކުރައްވައި ޖޯރޯވާ ވިދާޅުވީ ބްލޮގަރު ޔާމީން ރަޝީދުގެ މަރާއެކު ރާއްޖެ މިހާރު އޮތް ހާލަތު ވަރަށް ރަނގަޅަށް ވަޒަން ކުރެވިގެންދާ ކަމަށެވެ.

އަހަރެއްގެ ތެރޭގައި ޔޫރަޮޕްގެ ގައުމުތަކުން ފަސްލައްކައެއްހާ ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރާ ކަން ފާހަގަކޮށް ޖޯރޯވާ ވިދާޅުވީ ފަތުރުވެރިން ސަލާމަތާއި ރައްކާތެރިކަން ކަށަވަރުވާންޖެހޭ ކަމަށެވެ.

ބަހުސްގައި ވާހަކަ ދެއްކެވި އެހެން މެންބަރުން ވިދާޅުވީ ރާއްޖޭގައި ހިނގަމުންދާ ކަންތައްތަކާ މެދު ފަތުރުވެރިން ހޭލުންތެރިކުރަންޖެހޭ ކަމަށެވެ. ރާއްޖެއިން ބައިނަލްއަގްވާމީ މުޖުތަމައުއަށް އިހުތިރާމް ނުކުރާ ކަމަށާއި ކަންކަން އިސްލާހުކުރުމަށް ލަފާދިނުމުން ކޮަމަންވެލްތުން ވެސް ވަކިވެފައިވާކަން މެންބަރުން ފާހަގަކޮށްފައި ވެއެވެ.

މެންބަރުން ވިދާޅުވި ގޮތުގައި ރާއްޖޭގެ ޝަރުއީ ދާއިރާ ވަރަށް ބޮޑަށް ސިޔާސީވެ، މުސްތަގިއްލުކަމާއި މިނިވަންކަން ވަނީ ގެއްލިފަ އެވެ. އެކަން ފާހަގަކޮށް މެންބަރުން ވަނީ ރާއްޖޭގައި މަރުގެ އަދަބު ތަންފީޒްކުރުމަށް ތާއީދުނުކުރާ ކަމަށް ވިދާޅުވެފަ އެވެ.

"މިނިވަން މުސްތަގިއްލު ޝަރުއީ ނިޒާމެއް އޮވެ، ހަމަހަމަކަމާއެކު އިންސާފުވެރިކަން ގާއިމްކުރާނަމަ، މަރުގެ އަދަބު ދިނުމަކީ އެގައުމެއްގެ އަމިއްލަ ސިޔާދަތުގެ ތެރޭގައި ހިމެނޭ ކަމެއް، އެހެން ނަމަވެސް، ރާއްޖެއިން ފެނިގެން ދަނީ ސިޔާސީ ވެފައިވާ ޖުޑިޝަރީއެއް، މިނިވަންކަމެއް މުސްތަގިއްލުކަމެއް ނެތް،" މެންބަރަކު ވިދާޅުވި އެވެ.

މެންބަރުން ވިދާޅުވި ގޮތުގައި ބައިނަލްއަގްވާމީ މުއާހަދާތަކާއި ހަމަތަކުގެ މަތިން ގައުމު ހިންގުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖެއަށް ފިޔަވަޅުތަކެއް އަޅަންޖެހެ އެވެ. މެންބަރުން ވިދާޅުވެފައިވާ ގޮތުގައި ރާއްޖެ "ހޭއަރާނީ" ފިޔަވަޅުތަކެއް އަޅައިގެންނެވެ.

އެގޮތުން ރާއްޖޭގެ މުޅި އިގްތިސާދު ބިނާވެފައި ވަނީ ފަތުރުވެރިކަމަށް ކަން ފާހަގަކޮށް މެންބަރުން ޚިޔާލު ދީފައިވަނީ ޔޫރަޕްގެ ފަތުރުވެރިން ރާއްޖެ އައުން މަނާކުރުމަށެވެ. އަދި ދިވެހި ސަރުކާރުގެ ވެރިންނަށް ޔޫރަޕްގެ ގައުމުތަކަށް އެރުން މަނާކުރުމަށް ވެސް ގިނަ މެންބަރުންތަކެއް ތާއީދު ކުރެއްވި އެވެ.

ގިނަ މެންބަރުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށްވީ އީޔޫއިން މީގެ ކުރިން ދީފައިވާ ލަފާތަކާއި އެންގުންތައް ދިވެހި ސަރުކާރަށް އަޑު އިވިފައިނުވުމެވެ. ހިއުމަން ރައިޓްސް ކޮމިޝަން އޮފްދަ މޯލްޑިވްސް (އެޗްއާރްސީއެމް) ފަދަ މިނިވަންކަމާއި މުސްތަގިއްލުކަމާ އެކު މަސައްކަތް ކުރަންޖެހޭ މުއައްސަސާތައް ހަރުދަނާ ކުރުމަށް މެންބަރުން ގޮވާލާފައިވެއެވެ.

ބައެއް މެންބަރުން ވަނީ ސިޔާސީ ކުށްވެރިން ދޫކޮށްލައި، ޑިމޮކްރަޓިކް ނިޒާމަށް ރުޖޫއަވަންދެން ރާއްޖެއަށް ފިޔަވަޅު އަޅާފައި ބޭއްވުމަށް ވެސް ގޮވާލާފަ އެވެ. ރާއްޖެއަކީ ޒުވާން ޑިމޮކްރަސީއެއް ކަމަށް ދައްކައިގެން ޚުދުމުޚުތާރު ސިފަތައް އާލާކުރުވަމުންދާ ކަމަށް ވިދާޅުވެ މެންބަރުން ވަނީ ސަރުކާރަށް ފާޑު ވިދާޅުވެފަ އެވެ.

ބަހުސްގައި ބައިވެރިވި ހުރިހާ މެންބަރުން ވެސް ގަރާރަށް ތާއީދުކޮށްފައިވާއިރު، އީޔޫ ޕާލިމެންޓަށް ހުށަހަޅާފައިވާ ގަރާރަށް ބުރާސްފަތި ދުވަހު ވޯޓަށް އަހާނެ އެވެ.

އިތުރަށް ކިޔާލަން

20 ޖެނުއަރީ 2017

ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ

20 ޖެނުއަރީ 2017
ރާއްޖެޓީވީގެ ނޫސްވެރިން ކުރި ކުށަކީ ހަރަކާތްތަކެއް ކަވަރުކުރުން: ސީޕީޖޭ
19 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!

19 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައިގައި އެއްލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް އަމުރަށް ޖަލަށް!
17 ޖެނުއަރީ 2017

އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި

17 ޖެނުއަރީ 2017
އުރީދޫގެ 4ޖީ ޕްލަސް މުޅި ރާއްޖެއަށް ފުޅާކޮށްފި
16 ޖެނުއަރީ 2017

ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު

16 ޖެނުއަރީ 2017
ރާއްޖެޓީވީގެ ޒަރީރަށް ހުކުމް ކުރުން މިއަދު
14 ޖެނުއަރީ 2017

ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު

14 ޖެނުއަރީ 2017
ރާއްޖެޓީވީގެ ކެމެރާމަން ޒަރީރަށް ހުކުމް ކުރުން ހޯމަ ދުވަހު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު