Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއަފްޣާނިސްތާނުގައި އައު ސަރުކާރެއް އެކުލަވާލުން

އައު ސަރުކާރު އެކުލަވާލުމުގެ މަޝްވަރާތަކަށް ޠާލިބާންގެ ކޯ-ފައުންޑަރ މުއްލާ ޢަބްދުލްޣަނީ ކާބުލްއަށް

21 އޯގަސްޓު 2021 | ހޮނިހިރު 18:26

ހަނގުރާމަވެރި ކޮމާންޑަރުންނާއި، ކުރީ ސަރުކާރުގެ ވެރިންނާއި، ސިޔާސަތުތައް އެކުލަވާލާ މީހުންނާއި އަދި ދީނީ ޢިލްމުވެރިންނާ ބިރާދަރު ބައްދަލުކުރާނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 އޯގަސްޓު 2021 | ހޮނިހިރު 18:26
މުއްލާ ޢަބްދުލްޣަނީ ބިރާދަރު

މުއްލާ ޢަބްދުލްޣަނީ ބިރާދަރު

ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނައިތާ ހަފުތާއެއްވާން ކައިރިވެފައިވާއިރު, އައު ސަރުކާރެއް އެކުލަވާލުމުގެ ވާހަކަތައް ދެއްކުމަށް އެ ޖަމާޢަތުގެ އެއް ކޯ-ފައުންޑަރ އަދި ޑެޕިޔުޓީ ލީޑަރ ޢަބްދުލްޣަނީ ބިރާދަރު ކާބުލްއަށް އަތުވެއްޖެއެވެ.

ޠާލިބާންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނެސްފައިވާއިރު, އެގައުމުގައި ތިބި އެހެން ގައުމުތަކުގެ މީހުން އަނބުރާ ގައުމަށް ދިޔުމުގެ މަސައްކަތްތައް އަންނަނީ ކުރަމުންނެވެ. މިހާތަނަށް އައިއިރު އެތައް ހާސް ބަޔަކު އަފްޣާނިސްތާނުން އަނބުރާ އެެމީހުންގެ ގައުމުތަކަށް ގޮސްފައިވާއިރު, ކާބުލްގެ އެއަރޕޯޓްގެ ސެކިޔުރިޓީގެ ހާލަތުވެސް އަންނަނީ ގޯސްވަމުންނެވެ. ހުޅަނގުގެ ގައުމުތަކުން އަންނަނީ އެގައުމުތަކުގެ ރައްޔިތުންގެ އިތުރުން, އަފްޣާނިސްތާނުގެ ރައްޔިތުންގެ ތެރެއިން ގައުމުން ބޭރަށް ދާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ދެމުންނެވެ.

އައު ސަރުކާރު އެކުލަވާލުމުގެ ވާހަކަތަކުގެ ތެރެއިން ހަނގުރާމަވެރި ކޮމާންޑަރުންނާއިމ ކުރީ ސަރުކާރުގެ ވެރިންނާއި، ސިޔާސަތުތައް އެކުލަވާލާ މީހުންނާއި އަދި ދީނީ ޢިލްމުވެރިންނާ ބައްދަލުކުރާނެ ކަމަށް ޠާލިބާންގެ އޮފިޝަލު ވަނީ ބުނެފައެވެ.

ޤަތަރުގައި ހުރުމަށްފަހު ބިރާދަރު އެނބުރި އަފްޣާނިސްތާނަށް އައިސްފައިވަނީ މިދިޔަ އަންގާރަ ދުވަހުއެވެ. އޭނާ އައީ ޠާލިބާން އެސިޓީއަކަށް އުފަންވި ކަންދަހާރަށެވެ. އެއަށްފަހު މިހާރު ކާބުލްއަށް މިވަނީ އައިސްފައެވެ.

ބިރާދަރުއަކީ 2020 ވަނަ އަހަރު އެމެރިކާއިން ތާލިބާނުންނާއެކު ކުރިޔަށް ގެންދިޔަ ސުލްހައިގެ ވާހަކަތަކުގައި ތާލިބާނުންގެ ފަރާތުން އެންމެ އިސްކޮށް ވާހަކަ ދެއްކި މީހާއެވެ. އައު ސަރުކާރެއް އެކުލަވާލުމުގެ ވާހަކަތަކުގައި އޭނާއަކީ މުހިންމު މީހެކެވެ. މިފަހުން އޭނާ ވަނީ އަފްޣާނިސްތާނުގެ ކުރީގެ ލީޑަރުންނާއެކު ވާހަކަތައް ކުރިޔަށްގެންގޮސްފައެވެ. އޭގެތެރޭގައި އަފްޣާނިސްތާނުގެ ކުރީގެ ރައީސް ޙާމިދު ކަރްޒާއީވެސް ހިމެނެއެވެ.

އަފްޣާނިސްތާނުގެ އޮފިޝަލުން ބުނެފައިވަނީ އޮގަސްޓްމަހުގެ 31 ވަނަ ދުވަހު, އެގައުމުގައި ތިބި ބޭރު ގައުމުތަކުގެ ފައުޖުތައް އެގައުމުން ފައިބަންދެން ޠާލިބާނުން އައު ސަރުކާރެއް ގާއިމެއް ނުކުރާނެ ކަމަށެވެ. މީގެއިތުރުން ޠާލިބާންގެ އޮފިޝަލުން ބުނެފައިވަނީ އަފްޣާނިސްތާނުގައި ދެން އުފެދޭ ސަރުކާރެއް އޮންނާނެ ގޮތުގެ އޮނިގަނޑު ކުރިޔަށް އޮތް ހަފްތާތަކުގައި އެޖަމާޢަތުން ހާމަކުރާނެ ކަމުގައެވެ. އައު ސަރުކާރުގައި އޮންނާނީ އެތެރޭގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ވަކި ޓީމެއް, އަދި އިޤްތިޞާދީ ކަންކަން ބެލެހެއްޓުމަށް ވަކި ޓީމެއްގެ ގޮތުގައި ކަމަށް ޠާލިބާންގެ އޮފިޝަލުން ވަނީ ބުނެފައެވެ. މީގެއިތުރުން ކުރީ ސަރުކާރުތަކުގައި މަސައްކަތްކޮށްފައިވާ ކަމާބެހޭ މާހިރުންވެސް ބައިވެރިކުރާނެ ކަމަށް ވަނީ ބުނެފައެވެ.

އައު ސަރުކާރުގައި އޮންނާނީ ހުޅަނގުން ސިފަކުރާފަދަ ޑިމޮކްރަސީގެ އުސޫލެއް ނޫން ކަމަށާއި, ނަމަވެސް ހުރިހާ އެންމެންގެ ޙައްޤުތައްވެސް ރައްކާތެރިކުރާނެ ކަމަށް އެޖަމާޢަތުގެ އޮފިޝަލް ވަނީ ބުނެފައެވެ. ކުރިޔާ ޚިލާފަށް މިފަހަރު ޠާލިބާނުން ފެންނަނީ ތަފާތު ސިޔާސަތުތަކާއެކުގައެވެ. އެމީހުން ބުނަމުން އަންނަނީ, ބޭނުންވަނީ އަފްޣާނިސްތާނަށް ސުލްހަ ގެނައުމަށްކަމަށެވެ.

އަނެއްކޮޅުން ޠާލިބާނުންގެ ބާރުގެ ދަށަށް އަފްޣާނިސްތާނު ގެނައުމަށްފަހު, މިހަފުތާގައި މަސައްކަތަށް ނިކުތް ސަރުކާރުގެ ބައެއް މުވައްޒަފުން އޮފީސްތަކަށް ދިޔުމަށް ޠާލިބާނުން ވަނީ ހުރަސްއަޅާފައިކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ. އެގޮތުން ފޮރިން މިނިސްޓްރީގެ މުވައްޒަފުންނާ ހަވާލާދީ އަލްޖަޒީރާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އެމީހުންނަށް އޮފީހަށް ވަނުމަށް ހުރި މަގުތައް ޠާލިބާނުން ވަނީ ބަންދުކޮށްފައެވެ. އަދި ބައެއް މީހުން ބުނާ ގޮތުގައި އެމީހުންނަށް ޠާލިބާނުން އަންގާފައިވަނީ އައު ސަރުކާރު އުފެދި އައު މިނިސްޓަރުންނާއި ޑިރެކްޓަރުން އައްޔަނުކުރެވެންދެން އޮފީހަށް ނައިސް ތިބުމަށެވެ.

ނަމަވެސް އެހެން ބައެއް އޮފީސްތަކުގެ މުވައްޒަފުން, އޮފީސް ކާޑު ދެއްކުމުން މަސައްކަތަށް ދިޔުމުގެ ހުއްދަ ދީފައިވާކަމަށް އަލްޖަޒީރާއިން ވަނީ ރިޕޯޓްކޮށްފައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

5

ގެސްޓްހައުސެއްގެ ތެރޭގަައި ދިވެހި ފިރިހެނަކު މަރުވެފައި އޮއްވައި ފެނިއްޖެ

އިތުރަށް ކިޔާލަން

03 މާރިޗު 2017

ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި

03 މާރިޗު 2017
 ސާކުގެ އައު ސެކްރެޓަރީ ޖެނެރަލް އައްޔަން ކޮށްފި
02 މާރިޗު 2017

ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު

02 މާރިޗު 2017
ޖެފް ސެޝަންސް ދެ ފަހަރަށް ރަޝިއާގެ އެމްބެސެޑަރާ ބައްދަލު ކުރައްވާފައިވޭ: އެމެރިކާ ސަރުކާރު
25 ފެބުރުއަރީ 2017

ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި

25 ފެބުރުއަރީ 2017
ސީރިއާ ސަރުކާރުގެ ޖާސޫސީ ވެރިޔާ އަވަހާރަކޮށްލައިފި
18 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި

18 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ އީޕީއޭގެ ވެރިޔާ ހުވާކުރައްވައިފި
14 ފެބުރުއަރީ 2017

ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި

14 ފެބުރުއަރީ 2017
ޓްރަމްޕް ސަރުކާރުގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އިސްތިއުފާ ދެއްވައިފި
14 ފެބުރުއަރީ 2017

ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

14 ފެބުރުއަރީ 2017
ހޯމަ ދުވަހު ޕާކިސްތާނުގައި ދިން ޖާނުން ފިދާވުމުގެ ބޮމުގެ ހަމަލާ ދިވެހި ސަރުކާރުން ކުށްވެރިކޮށްފި
11 ފެބުރުއަރީ 2017

ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ

11 ފެބުރުއަރީ 2017
ސަރުކާރުގެ ކަރަޕްޝަން ހައްދުފަހަނަ އަޅާ ގޮސް ރޫމޭނިއާ ރައްޔިތުން ރުޅިގަދަވެއްޖެ
09 ފެބުރުއަރީ 2017

ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ

09 ފެބުރުއަރީ 2017
ޓްރަމްޕްގެ ސަރުކާރުގެ އެޓާނީ ޖެނެރަލް ކަށަވަރު ކުރެވިއްޖެ
01 ފެބުރުއަރީ 2017

ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި

01 ފެބުރުއަރީ 2017
ސީރިއާގެ ހަނގުރާމަވެރިންނަށް ޓްރަމްޕްގެ ސަރުކާރުން ހަތިޔާރު ފޯރުކޮށްދީފި
17 ޖެނުއަރީ 2017

ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި

17 ޖެނުއަރީ 2017
ތުރުކީގެ ނައިޓް ކްލަބަށް ހަމަލާދިނުމުގައި އިންޓެލިޖެންސް ބައިވެރިވާ ކަމަށް ސަރުކާރުން ތުހުމަތުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް