Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އޭއެފްސީ ކަޕް

ބަޝުންދަރާއިން ހޯދީ ހައްގު މޮޅެއް: ވިޑަކޮވިޗް

ބަޝުންދަރާގެ ޕްލޭން ހާސިލުވި ކަމަށް އޮސްކާ ބުނި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 19 އޯގަސްޓު 2021 | ބުރާސްފަތި 10:50
މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއިން ހޯދީ ހައްގު މޮޅެއް ކަމަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުގެ ކޯޗު ރިސްޓޯ ވިޑަކޮވިޗް ބުނެފިއެވެ.

ބުދަ ދުވަހުގެރޭ ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މެޗަށްފަހު ވާހަކަ ދައްކަމުން މާޒިޔާގެ ކޯޗު ވިޑަކޮވިޗް ބުނީ ބަޝުންދަރާއަށް ލިބުނީ ހައްގު މޮޅެއް ކަމަށާއި، އެކަމަކު މާޒިޔާއަށް ދެވަނަ ބުރުން ޖާގައެއް ހޯދުމުގެ ފުރުސަތު އަދި ނުގެއްލޭ ކަމަށެވެ.

ވިޑަކޮވިޗް ބުނީ މާޒިޔާކޮޅަށް ވަން ފުރަތަމަ ލަނޑަކީ ނަސީބުދެރަކަމުން ވަން ލަނޑެއް ކަމަށާއި، އެ ލަނޑަށްފަހު މާޒިޔާގެ ގޭމް އަލުން ނުކުޅެވުނު ކަމަށެވެ. އަދި މެޗަށް ނުކުތް އިރުވެސް މާޒިޔާއަށްވުރެ ފޯމުގައި ބަޝުންދަރާ އޮތްކަން އެނގޭ ކަމަށާއި، އަދި މާޒިޔާގެ ކުޅުންތެރިންގެ ފަރާތުން ފުރަތަމަ ހާފުގައި ގޯސްތަކެއް ހެދުނު ކަމަށްވެސް ވަނީ ބުނެފައެވެ.

ބަޝުންދަރާ އަތުން މާޒިޔާ ބަލިވިއިރު، މިއީ މާޒިޔާއިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި އީގަލްސް އަތުން ބަލިވި ފަހުން، އެ ޓީމު ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިއީ މާޒިޔާގެ ކޯޗުގެ މަގާމާ ޖެނުއަރީ މަހު ހަވާލުވި ވިޑަކޮވިޗުގެ އިރުޝާދުގެ ދަށުން އެ ޓީމު ބަލިވި ފުރަތަމަ މެެޗެވެ. މީގެ ކުރިން ވިޑަކޮވިޗުގެ ކޯޗުކަމުގައި ކުޅުނު 10 މެޗުގެ ތެރެއިން އަށް މެޗުން މާޒިޔާ މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުވެފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗަށްފަހު ވާހަކަ ދައްކަމުން ބަޝުންދަރާގެ ކޯޗު ސްޕެއިންގެ އޮސްކާ ބްރުޒޮން ބުނީ ބަޝުންދަރާއިން ނުކުތީ ބޯޅަ ހިފަހައްޓައިގެން މޮޅު ކުޅުމެއް ކުޅުމުގެ ބަދަލުގައި ނަތީޖާ ނެރުމަށް ކަމަށެވެ. އަދި މެޗުގައި ބަޝުންދަރާގެ ޕްލޭން ހާސިލުވި ކަމަށްވެސް ބުންޏެވެ.

އޮސްކާ ބުނީ މެޗަށް ނުކުތް އިރުވެސް މާޒިޔާއިން އެޓޭކުކުރާ ވަގުތުގައި އެ ޓީމުގެ ފަހަތުން ޖާގަތަކެއް ލިބޭނެކަން އެނގޭ ކަމަށާއި، މެޗުގައި ބަޝުންދަރާއިން އޭގެ ފައިދާ ނެގި ކަމަށެވެ. އަދި ގްރޫޕް ސްޓޭޖުގެ ފުރުސަތު އަދި އެއްވެސް ޓީމަކަށް ނުގެއްލޭ ކަމަށާއި، އެގޮތުން ބެންގަލޫރާއި މާޒިޔާއަށްވެސް ދެވަނަ ބުރަށް ދިޔުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށް ވަނީ ބުނެފައެވެ.

ބުދަ ދުވަހުގެރޭ ކުޅުނު މެޗަކީ ބަޝުންދަރާއިން އޭއެފްސީ ކަޕުގައި ކުޅުނު ދެވަނަ މެޗެވެ. ފުރަތަމަ މެޗުގައި މިދިޔަ އަހަރުގެ އޭއެފްސީ ކަޕުގައި ބަންގްލަދޭޝްގައި ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ ރާއްޖޭގެ ޓީސީ ސްޕޯޓްސް ކުލަބު އަތުން 5-1 ގެ ނަތީޖާއަކުންނެވެ.

އޭއެފްސީ ކަޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންބަޝުންދަރާ ކިންގްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

7 ޖޫން
އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި
20251 އަހަރު ކުރިން
ދުނިޔެ

އީސްރާއީލުގެ ނިއުކްލިއަރ ޕްރޮގްރާމް އާ ބެހޭ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތު އީރާނުގެ ޖާސޫސުން ހޯދައިފި

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު
20242 އަހަރު ކުރިން
ރާއްޖެ

ގުރައިދޫ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޚިދުމަތްތައް ފުޅާކުރުމުގެ މަސައްކަތް ދަނީ ކުރަމުން: ވަޒީރު

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު
20233 އަހަރު ކުރިން
ރާއްޖެ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ އެލަވަންސް މިމަހުން ފެށިގެން ބޮޑުވާނެ: ސަރުކާރު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް
20224 އަހަރު ކުރިން
ރިޕޯޓު

މަނިޔަފުށި: މި ކުޑަކުޑަ ރަށުގައި މުސްތަގުބަލަށް މުހިންމު މަސައްކަތެއް

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި
20215 އަހަރު ކުރިން
ދުނިޔެ

ފްރާންސްގެ ރައީސްގެ މޫނުފުޅުގައި މީިހަކު ޖަހައިފި

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!
20197 އަހަރު ކުރިން
ރިޕޯޓު

މިސްކިތުން ނައިބު ރައީސް ފެންނާތީ ތައުރީފުކުރި، ފަހު ވަގުތު ނައިބުގެ އެހީތެރިކަން!

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި
20188 އަހަރު ކުރިން
ދުނިޔެ

ދިރިއޮއްވާ އާއިލާ އިން ވަޅުލި ތުއްތު ކުއްޖާ 7 ގަޑީއިރު ފަހުން ސަލާމަތުން އޮއްވާ ނަގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު