Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއޭއެފްސީ ކަޕް

މާޒިޔާ ބަލިކޮށް ބަޝުންދަރާއަށް ރަނގަޅު ފެށުމެއް

މާޒިޔާ ދެން ނުކުންނާނީ އިންޑިއާގެ މޯހަން ބަގާނާ ދެކޮޅަށް

އަތޫފް އާތިފް
އަތޫފް އާތިފް | 18 އޯގަސްޓު 2021 | ބުދަ 17:56
ބަޝުންދަރާ ކިންގްސް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

ބަޝުންދަރާ ކިންގްސް އާއި މާޒިޔާ ބައްދަލުކުރި މެޗުގެ ތެރެއިން

އޭއެފްސީ ކަޕުގެ ދެކުނު އޭޝިއާއަށް ޚާއްސަ ގްރޫޕުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުން ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ބަލިކޮށް ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސްއިން ފެށުން ރަނގަޅުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި މެޗު ފަށައިގެން މާޒިޔާއިން ރަނގަޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ދެވަނަ މިނެޓުގައި އެ ޓީމުގެ މިޑްފީލްޑަރު އައިސަމް އިބްރާހީމަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ބަޝުންދަރާގެ ދެ ކުޅުންތެރިން ކައިރިން ނައްޓާލުމަށްފަހު މާޒިޔާގެ ކޮނޭލިއަސް ސްޓެވާޓް (ކޯނޭ) ދިން ބޯޅަ ހުހަށްހުރެ އައިސަމް ފޮނުވާލި ނަމަވެސް، އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

އޭގެ ފަހުން މެޗުގެ އަށްވަނަ މިނެޓުގައި މާޒިޔާގެ ފޯވާޑް ނާއިޒް ހަސަން (ދާދު) އަށްވެސް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބިފައެެވެ. ސްޓެވާޓް އޭރިއާ ތެރެއަށް ނަގައިދިން ހުރަސް ދާދު ބޮލުން ފޮނުވާލިއިރު. އޭނާ ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ބަޝުންދަރާގެ ގޯލްކީޕަރު އަނިސުރް ރަހްމާނެވެ.

މާޒިޔާއިން ރަނގަޅަށް ކުޅެމުން ދަނިކޮށް، މެޗުގެ 26 ވަނަ މިނެޓުގައި ބަޝުންދަރާއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑަކީ މާޒިޔާގެ މިޑްފީލްޑަރު މުޙައްމަދު އިރުފާން (އިރޭ) އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބަޝުންދަރާއިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މާޒިޔާގެ ޑިފެންޑަރުންނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި، މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރޮބްސަން ޑަ ސިލްވާއެވެ.

މެޗުގެ ދެވަނަ ހާފުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ 64 ވަނަ މިނެޓުގައި މާޒިޔާގެ ސްޓެވާޓް ވަނީ އޭރިއާ ބޭރުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލާފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. އޭގެ ފަހުން މެޗުގެ 68 ވަނަ މިނެޓުގައި ބަޝުންދަރާގެ ބިޝުވަންތް ގޯޝްއަށް ވަނީ ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭރިއާ ތެރެއިން ހުހަށްހުރެ އޭނާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތީ ދަނޑިކައިރިން ބޭރަށެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ބަޝުންދަރާގެ ރައުލް އޮސްކާ ހުހަށްހުރެ ފޮނުވާލި ހަމަލާ މާޒިޔާގެ ގޯލްކީޕަރު މަމަކްތޯވް މިރްޒޮވިދް ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން މާޒިޔާ ބަލިވިއިރު، ދެން އެ ޓީމުން މެޗެއް ކުޅޭނީ ހޮނިހިރު ދުވަހުގެ ރެއެވެ. އެރޭ މާޒިޔާ ނުކުންނާނީ އިންޑިއާގެ އޭޓީކޭ މޯހަން ބަގާނާ ދެކޮޅަށެވެ. އަދި ހޮނިހިރު ދުވަހުގެ ހަވީރު ބަޝުންދަރާ ނުކުންނާނީ ބެންގަލޫރު އެފްސީ ދެކޮޅަށެވެ.

އޭއެފްސީ ކަޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންބަޝުންދަރާ ކިންގްސް

އިތުރަށް ކިޔާލަން

29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
26 އޮކްޓޯބަރު 2025

ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް

26 އޮކްޓޯބަރު 2025
ގްރީން ކޮޅަށް ނުވަ ލަނޑު ޖަހައި މާޒިޔާ އަށް ބޮޑު މޮޅެއް
20 އޮކްޓޯބަރު 2025

ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް

20 އޮކްޓޯބަރު 2025
ޔޫވީ ބަލިކޮށް، މާޒިޔާ އެއް ވަނަ އަށް
01 އޮކްޓޯބަރު 2025

ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު

01 އޮކްޓޯބަރު 2025
ބުރު ބަލިކޮށް މާޒިޔާ އަށް ތިން ވަނަ މޮޅު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު