Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

ކޭންއާ ނުލައި ޓޮޓެންހަމުން ސިޓީ ބަލިކޮށްފި

15 އޯގަސްޓު 2021 | އާދީއްތަ 19:57

މި މެޗުގައި ޓޮޓެންހަމުން ހެރީ ކޭން ބޭނުންކޮށްފައެއް ނުވޭ

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 15 އޯގަސްޓު 2021 | އާދީއްތަ 19:57
ޓޮޓެންހަމާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

ޓޮޓެންހަމާއި ސިޓީ ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި ޕްރިމިއާ ލީގުގައި އާދިއްތަ ދުވަހުގެރޭ ޓޮޓެންހަމް ހޮޓްސްޕާއިން އެ ޓީމުގެ އިންގްލެންޑުގެ ފޯވާޑް ހެރީ ކޭން ނުލައި ކުޅެ އެންމެ ފަހުގެ ޗެމްޕިއަން މެންޗަސްޓާ ސިޓީ ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޓޮޓެންހަމުން ކޭން ބޭނުންކޮށްފައި ނުވާއިރު، މި ފަހަރުގެ ޓްރާންސްފާގައި ސިޓީއަށް ބަދަލުވާން ކޭން މަސައްކަތްކުރަމުން އަންނަ ކަމަށް މީގެ ކުރިން އިނގިރޭސި މީޑިއާތަކުން ވަނީ ރިޕޯޓުކޮށްފައެވެ. އެގޮތުން ޓޮޓެންހަމުގެ ފަރިތަކުރުންތަކަށް ނުކުންނަން ކޭން މީގެ ކުރިން ދެކޮޅު ހެދި ކަމަށްވެސް ރިޕޯޓުކުރިއެވެ. ނަމަވެސް މިހާރު ޓޮޓެންހަމުގެ ފަރިތަކުރުންތަކުގައި ކޭން ބައިވެރިވަމުން އަންނައިރު، ރިޕޯޓުތައް ބުނާ ގޮތުން މި މެޗުގައި ކޭން ބޭނުންކޮށްފައި ނުވަނީ އޭނާއަށް ޓޮޓެންހަމުގެ ޕްރީ-ސީޒަނުގައި ރަނގަށް ބައިވެރިނުވެވުމުންނެވެ.

ސިޓީއާ ދެކޮޅަށް ކުޅުނު މެޗަކީ މި ސީޒަނަށް ޓޮޓެންހަމުގެ ކޯޗުގެ މަގާމާ ހަވާލުވި ނޫނޯ އެސްޕިރީޓޯ ސަންޓޯ، ލީގުގައި އެ ޓީމަށް އިރުޝާދުދިން ފުރަތަމަ މެޗެވެ. މީގެ އިތުރުން މި މެޗުގެ ފުރަތަމަ އެގާރައިގައި ސިޓީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި 100 މިލިޔަން ޕައުންޑް ޚަރަދުކޮށްގެން އެ ޓީމަށް ގެނައި އިންގްލެންޑުގެ މިޑްފީލްޑަރު ޖެކް ގްރީލިޝް ހިމަނާފައެވެ.

އާދިއްތަ ދުވަހުގެރޭ ކުޅުނު މެޗު ފަށައިގެން ސިޓީއަށް ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު، މެޗުގެ ވަރަށް ކުރީކޮޅު ލީޑު ނަގަން އެ ޓީމުގެ ފެނަންޑީނިއޯ އާއި ޖޮއާއޯ ކަންސޭލޯއަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. އަދި މި ހާފުގައި ޓޮޓެންހަމުގެ ސޮން ހުއެން-މިންވެސް ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ ދިޔައޯ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

މި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ޓޮޓެންހަމުން ކާމިޔާބުކޮށްފައިވަނީ ދެވަނަ ހާފު ފަށައިގެން 10 ވަނަ މިނެޓުގައެވެ. އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސޮންއެވެ. އަދި އޭގެ ފަހުން ޓޮޓެންހަމުގެ ސްޓީވެން ބާގްވިންއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ.

މި ސީޒަނުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން ޓޮޓެންހަމުން އެންމެ ފަހުގެ ޗެމްޕިއަން ސިޓީ ބަލިކުރިއިރު، ލީގުގައި ދެން ޓޮޓެންހަމުން ކުޅޭ މެޗުގައި ނުކުންނާނީ ވަޓްފޯޑާ ދެކޮޅަށެވެ. އަދި ސިޓީ ނުކުންނާނީ ވާދަވެރި އާސެނަލާ ދެކޮޅަށެވެ.

ޕްރިމިއަރ ލީގުޓޮޓްނަމް ހޮޓްސްޕަރމެންޗެސްޓަރ ސިޓީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
26 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ

26 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި ލެވަކޫސަން އަތުން ސިޓީ ބަލިވެއްޖެ
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް