Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުޑރ ޖަމީލުގެ ސިފަ ކުރެއްވުން

ޑރ ޖަމީލް ވިދާޅުވަނީ ޔާމީނަކީ ވަގު ބުޅަލެއް ކަމަށް

15 އޯގަސްޓު 2021 | އާދީއްތަ 13:55

މުޅި މުޖުތަމައުގެ އަޚުލާގު ގަޑުބަޑު ކުރައްވާ ބޭފުޅެއްކަަމަށް ވިދާޅުވި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 15 އޯގަސްޓު 2021 | އާދީއްތަ 13:55
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޑރ މުހައްމަދު ޖަމީލް އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަދި ޑރ މުހައްމަދު ޖަމީލް އަހުމަދު

ކުރީގެ ރައީސް އަބްދު ﷲ ޔާމީން އެކި މީހުން ސިފަކޮށް އުޅެނީ އެކި ގޮތަށެވެ. ބައެއް މީހުންގެ ނަޒަރުގައި އެއީ ޒަމާނީ ދިވެހިރާއްޖޭގެ ބާނީއެވެ. އަނެއް ބަޔަކު ދެކެނީ އެއީ އަނިޔާވެރި، ޚުދުމުޚުތާރު ވެރިއެއްގެ ގޮތުގައެވެ. ބާކީ ތިބި މީހުން ބުނަނީ އެއީ ދައުލަތުގެ މާލިއްޔަތުން ވައްކަން ކުރާ "ވަގެއް" ކަމަށެވެ.

ނަމަވެސް ގިނަ މީހުނަށް އެމީހުން އެ ސިފަކުރާ ގޮތް ތަފްސީލުކޮށްދޭކަށް ނޭނގެއެވެ. އެކަމަކު ރައީސް ޔާމީނުގެ ކުރީގެ ނާއިބްރައީސް އަދި މިހާރު އެމަނިކުފާނުގެ ދިފާއީ މަހާ ވަކީލަކީ ރައީސް ޔާމީނު ސިފަ ކުރެއްވުމުގައި އާދަޔާ ޚިލާފަށް މޮޅު، ދޫފަރިތަ ބޭފުޅެއް ކަމުގައި ގިނަ މީހުން ގަބޫލު ކުރެއެވެ. އެހެންކަމުން ޑރ ޖަމީލް ރައީސް ޔާމީން ސިފަކުރައްވާފައިވާ ބައެއް ގޮތްގޮތަށް ބަލާލުމަކީ ނެތްކަމެއް ނޫނެވެ.

ދުވަސްވަރަކީ ނާއިބްރައީސްކަމުން ޑރ ޖަމީލް ވަކި ކުރެއްވުމާއެކު، ރައީސް ޔާމީނުގެ އަނިޔާވެރި ވަކިތަކުން މިންޖުވެވަޑައިގަތުމަށް ކަމަށް ވިދާޅުވެ އިނގިރޭސިވިލާތަށް ފިއްލަވައިގެން ވަޑައިގެން ހުންނެވި ދުވަސްވަރެވެ. ބަލާލަން މި އުޅެނީ އެ ދުވަސްވަރުގެ ތަގުރީރަކަށެވެ.

އެދުވަހު ޑރ ޖަމީލް ވަނީ ރައީސް ޔާމީނަކީ މުޅި މުޖުތަމައުގެ އަޅުލާގު ގަޑުބަޑުކުރައްވާ ބޭފުޅެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. އަމިއްލަ އެދުން ބޮޑުވ، މަސްތުވާތަކެއްޗާއި ހަށިވިއްކުން ފަދަ ފާހިޝް ކަންކަމަށް ހިތްވަރު ދެއްވާ، އަދި ނުވިތާކަށް މާތްވެގެންވާ އިސްލާމް ދީނުގެ އަދުއްވެއްގެ ގޮތުގައި ސިފަ ކުރައްވާފައިވެއެވެ. ނުވިތާކަށް ރައީސް ޔާމީނު މާލެއިން ބައްލަވައިގެންނެވި ގެޔަކީވެސް އެމަނިކުފާނުގެ ނަޒާހަތްތެރިކަމެއް ނެތްކަން ދޭހަވާ ކަމެއްގެ ގޮތުގައި ސިފަ ކުރައްވަމުން ޑރ ޖަމީލް ވަނީ ރައީސް ޔާމީނުގެ އަނބިކަނބަލުން ސަރުކާރުގެ ކުންފުނިތައްވެސް އަމިއްލަ އުނގުފުޅުގެ ތެރެއަށް ލައްވައިގެން އުޅުއްވިކަމަށް މުޅި ރާއްޖެއަށް ކިއުއްވައިދެއްވާފައެވެ.

ދެން ވިދާޅުވީ ރައީސް ޔާމީނަކީ ނުހަނު ނުކުޅެދުންތެރި ބޭފުޅެއް ކަމަށެވެ. އެހެން ވިދާޅުވެ ޑރ ޖަމީލް ވަނީ ރާއްޖޭގައި ވާދަވެރި ސިޔާސީ މަސްރަހެއް ގާއިމުކޮށްދެއްވުމަށް ގޮވާލައްވައި ރައީސް ޔާމީނަށް ގޮން ޖައްސަވާފައެވެ. އަދި ރައީސް ޔާމީނަކީ ތާއީދެއްވެސް ނެތް ރައީސެއްކަމަށް ސިފަ ކުރައްވައި ޑރ ޖަމީލް ވަނީ ރާއްޖޭގެ އެންމެ ކުޑަ ރަށެއްގައި ބާއްވާ އިންތިޚާބެއްގައިވެސް ރައީސް ޔާމީނަށް ލިބިވަޑައިގަންނަވާނީ އިންތިހާ ދަރޖައިގެ ނާކާމިޔާބީކަމަށް ސިފަ ކުރައްވާފައެވެ.

ޑރ ޖަމީލްގެ އެހެން ތަގުރީރަކަށް ޖެހިލާނަމެވެ. ހަމަ އެ ދުވަސްވަރުގެ ތަގުރީރެކެވެ. އެ ދުވަހު ޑރ ޖަމީލް ވިދާޅުވީ، ރައީސް ޔާމީނަކީ ދައުލަތް ހަނާކޮށްލުމަށް ފޫގަޅައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެގޮތުން އެންމެ ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް ޔާމީނަކީ އެއްވެސް އިޚުލާސްތެރިކަމެއް ނެތް މަކަރުވެރިއެއްގެ ގޮތުގައި ޑރ ޖަމީލް ވަނީ ރައީސް ޔާމީން ސިފަ ކުރައްވާފައެވެ. އެ ދުވަހު ޑރ ޖަމީލް އުފެއްދެވި ސުވާލަކީ ރައީސް ޔާމީނަށް އެއްވެސް މީހަކަށް އިޚުލާސްތެރި ނުވެވުނުއިރު، ރައްޔިތުންނަށް ދައްކަވާނީ ކޮން އިޚުލާސްތެރިކަމެއްތޯއެވެ.

ޑރ ޖަމީލް ސިފަ ކުރައްވާ ގޮތުގައި ރައީސް ޔާމީނުގެ އެންމެ ބޮޑު މައްސަލައަކީ އެމަނިކުފާނު ނޫން ބޭފުޅަކަށް ގައުމުގައި ޖާގަ އޮތްކަމަށް ދެކިވަޑައިނުގަތުމެވެ. ކޯލިޝަން ލީޑަރުން ޖަލަށްލައި، ހައްޔަރުކޮށްގެން ގެންގުޅޭ ގެންގުޅުމަކީ އޭގެ މިސާލެއްކަން ފާހަގަ ކުރައްވައި ޑރ ޖަމީލް ވަނީ ރައީސް ޔާމީނަކީ ފިނޑި ބޭފުޅެއް ގޮތުގައި ސިފަ ކުރައްވާފައެވެ.

އެމަނިކުފާނަކީ ވަރުގަދަ ބޮޑެތި ބަސްތައް ވިދާޅުވާ ބޭފުޅެއްކަމަށް ވިދާޅުވެ ޑރ ޖަމީލް ވަނީ ރައީސް ޔާމީނަކީ ފެންނެތް ބޮޑެތި ކާށި ބިންނަ ބޭފުޅެއްކަމަށް ދޭހަވާ މޭރުމުން އެ ދުވަހު ވާހަކަ ދައްކަވާފައެވެ.

ޑރ ޖަމީލް ވިދާޅުވާ ގޮތުގައި ރައީސް ޔާމީނަކީ އެއްވެސް ވަރަކަށް ޝުކުރުވެރިވުމުގެ ސިފަ ނެތް ބޭފުޅެކެވެ. އެފަދަ ބޭފުޅަކަށް ވެރިކަން ދޭން ހެޔޮވާނެތޯއާއި ދިވެހި ގައުމުގެ ހުންގާނު ހަވާލުކުރަން ހެޔޮވާނެތޯ ޑރ ޖަމީލް އަޑަށް ބާރުލައްވާފައި އެ ދުވަހު ސުވާލު ކުރެއްވިއެވެ.

ދެން ވިދާޅުވީ ރައީސް ޔާމީނަކީ ވަލު ދޮރާށިން ވަދެވަޑައިގެން، ވަގު ބުޅާ މަސްގަނޑު ޖަހައިގަންނަ އުސޫލުން އަމަލު ކުރައްވާ ވެރިއެއް ކަމަށެވެ. ރައީސް ޔާމީނަކީ އަޑުގަދަ މީހާގެ ރުށް ގިނަވާނެއޭ ބުނާ ބަހަށް އަމަލު ކުރައްވާ އަންޒަމާނުކަރައިގެ ބޭފުޅެއް ކަމަށެވެ. އެއީ "އަންދާ ގާނޫނު" ގައިވާ ގޮތް ނޫން ގޮތަކަށް ވެރިކަން ކުރަންވެސް އެނގިވަޑައިނުގަންނަވާ ބޭފުޅެއް ކަމަށެވެ.

ހެޔޮވާނީ ކިހިނެއްތޯއެވެ. މިއީ ހައްތަހާވެސް އެދުވަހު ދެއްކެވި ވާހަކަތަކެވެ. ނަމަވެސް މިއަދު ޑރ ޖަމީލް ހުންނެވީ އެ ވިދާޅުވި ފިނޑި، ޚުދުމުޚުތާރު، ގޮތެއް ފޮތެއް ނެތް، އަޚުލާގީ ފެންވަރެއް ނަޒާހަތްތެެރިކަމެއް ނެތް، މަކަރުވެރިއެއްކަމަށް އެ ވިދާޅުވި ރައީސް ޔާމީނުގެ ފަހަތްޕުޅުގައެވެ. ރައީސް ޔާމީނުގެ ދިފާއީ މަހާ ވަކީލުގެ ގޮތުގައެވެ.

އެހެން ވެދާނެއެވެ. ޑރ ޖަމީލަކީ މިހާރުވެސް ހެނދުނު ރައީސް ޔާމީނުގެ ދިފާއީ ވަކީލަކަށް ހުންނެވިއްޔާ، މެންދުރު ރައީސް ޔާމީނުގެ ސަރުކާރާއި ދެކޮޅަށް ހުށައަޅުއްވާފައިވާ މައްސަލައެއްގެ އެއް ޚަސްމުގެ ގޮތުގައި ފެންނަ ބޭފުޅެކެވެ. އެހެންވީމާ ޑރ ޖަމީލް ވާނީ ހަމަ ޑރ ޖަމީލަށްތާއެވެ.

ޖަމީލްކުރީގެ ރައީސް ޢަބްދުﷲ ޔާމީން

އެންމެ ހިނގާ

1

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

2

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

3

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

މެދުއިރުމަތީގައި ތިބި އެމެރިކާ ރައްޔިތުން ފުރަން ތައްޔާރުވުމަށް އެމްބަސީތަކުން އިންޒާރުދީފި

އިތުރަށް ކިޔާލަން

31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
22 އޮކްޓޯބަރު 2024

މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން

22 އޮކްޓޯބަރު 2024
މުއިއްޒު ވެރިކަމަށް އައި މެންޑޭޓާ ހިލާފުވެއްޖެ، އަހުދާ ހިލާފުވުމުން ދެން ވެރިކަމުގައި ހުރުމުގެ ހައްގެއް ނެތް - ޔާމީން
09 އޮކްޓޯބަރު 2024

ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް

09 އޮކްޓޯބަރު 2024
ރައީސް މުއިއްޒުއަށް ބައްޕާފުޅުގެ ފަރާތުން ޤުރުއާން ވާރުތަވާނަމަ، ދޮން މަންމައަށް މުދާވެސް ވާރުތަވާނެ - ޖަމީލް
08 އޮކްޓޯބަރު 2024

ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން

08 އޮކްޓޯބަރު 2024
ޗާގޯސް ކަނޑުގެ މައްސަލައިގައި މި ސަރުކާރުން ދައްކަނީ މުނާފިގު ސިފަތަކެއް - ޔާމީން
08 އޮކްޓޯބަރު 2024

ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ

08 އޮކްޓޯބަރު 2024
ޔާމީން މުއިއްޒުއަށް: ނަސޭހަތް މީހަކު ދޭކަމުގައިވާނަމަ އެމީހާ ނަގައިދޭ ފިލާވަޅުގައި ހިފަހައްޓާ މީހަކަށް އެމީހާ ވާންޖެހޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް