Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެފައިޒރ ވެކްސިން

އުންމީދަކީ މަހެއްހާ ދުވަހުގެ ތެރޭގައި 5 އަހަރުން މަތީގެ އާބާދީއަށް ވެކްސިން ޖެހުން - ނަސީމު

މިހާރު ހަދަމުންދާ ދިރާސާގެ ނަތީޖާ މި މަސް ނިމޭއިރު ލިބޭނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 15 އޯގަސްޓު 2021 | އާދީއްތަ 07:07
އަހުމަދު ނަސީމް - ހެލްތް މިނިސްޓަރ

އަހުމަދު ނަސީމް - ހެލްތް މިނިސްޓަރ

އުންމީދަކީ، މަހެއްހާ ދުވަހުގެ ތެރޭގައި އުމުރުން 5 އަހަރުން މަތީގެ އާބާދީއަށް ވެކްސިން ޖެހޭނެ ގޮތް ހަމަޖެހިގެން ދިޔުން ކަމަށް ހެލްތް މިނިސްޓަރ އަހުމަދު ނަސީމު ވިދާޅުވެއްޖެއެވެ.

ސްކޫލް ދަރިވަރުންނަށް ވެކްސިން ޖަހަން ފެށުމުގެ އިންތިޒާމުތައް ބައްލަވައިލެއްވުމަށް އިސްލާމީ މަރުކަޒަށް ވަޑައިގެން ދެއްވި އިންޓަރވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އެމެރިކާގައި މިހާރު ހަދަމުންދާ ދިރާސާގެ ނަތީޖާ، މި މަސް ނިމޭއިރު ލިބޭނެ ކަމަށް އުންމީދު ކުރެވޭކަމަށެވެ. އެ ނަތީޖާއަށް ބަލައި، ރާއްޖޭގައި ވެސް އުމުރުން 5 އަހަރުން މަތީގެ ކުދިންނަށް ފައިޒަރ ވެކްސިން ޖަހަން ފަށާނެ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ރާއްޖޭގައި ކޮވިޑްގެ ކޭސްތައް މިހާރު ކޮންމެވެސް ވަރަކަށް ކޮންޓްރޯލް ވެފައިވާކަމަށެވެ. މިހާރުވެސް އާބާދީގެ ބޮޑުބަޔަކަށް ވެކްސިން ޖެހުމުން ޕޮޒިޓިވް ރޭޓް އިތުރަށް ދަށަށްދާނެ ކަމަށާއި، ބަލި ޖެހުނަށް ބޮޑުވަރުނުވެ އެކަމުން ސަލާމަތް ވެވޭނެ ކަމަށެވެ.

ފައިޒަރ ވެކްސިން ޖަހަން ފަށާފައިވަނީ އާދީއްތަ ދުވަހުގެ ހެނދުނު އިސްލާމީ މަރުކަޒުގައެވެ. ސްކޫލް ދަރިވަރުންގެ އިތުރުން އާންމުންނަށް މި ވެކްސިން ދިނުމަށް ވަނީ ހުޅުވާލާފައެވެ. އެޕޮއިންޓްމެންޓް ހެއްދުމުން ވެކްސިން ޖެހުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެ ކަމަށް އެޗްޕީއޭއިން ބުނެއެވެ.

ފައިޒަރކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްކޮވިޑް-19ހެލްތު މިނިސްޓަރު، އަޙުމަދު ނަސީމް

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު