Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
ސްޕަޓްނިކް ވީ ވެކްސިން

ސްޕަޓްނިކް ވީ ވެކްސިން ނުގަތުމަށް ސަރުކާރުން ނިންމައިފި

ސްޕަޓްނިކް ވީ ވެކްސިން ގަތުމަށް ފައިސާ ދައްކާފައެއް ނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 14 އޯގަސްޓު 2021 | ހޮނިހިރު 07:09
ރަޝިޔާގެ ގަލަމެޔަރ ރިސަރޗް އިންސްޓިޓިއުޓުން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިން

ރަޝިޔާގެ ގަލަމެޔަރ ރިސަރޗް އިންސްޓިޓިއުޓުން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިން

ރަޝިއާއިން ގަންނަން ނިންމާފައިވާ ސްޕަޓްނިކް ވީ ވެކްސިންގެ ނުގަތުމަށް ސަރުކާރުން ނިންމައިިފިއެވެ.

ހެލްތް އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ ސަރުކާރުން ސްޕަޓްނިކް ވީ ވެކްސިން ގަތުމަށް ނިންމާފައިވާ ނިންމުން އަނބުރާ ގެންދަވާފައިވާ ކަމަށާއި، މިވަގުތު ރާއްޖެއަށް ބޭނުންވާ ވަރަށް ވެކްސިން ރައްކާކުރެވިފައިވާ ކަމަށެވެ. އަދި މި ކަމާއި ގުޅޭ ގޮތުން ދެގައުމުގެ ދެމެދުގައި މަޝްވަރާތަކެއް ކުރެވިފައިވީ ނަމަވެސް، ވެކްސިން ގަތުމަށް ފައިސާގެ މުއާމަލާތެއް ކޮށްފައި ނުވާ ކަމަށެވެ.

Advertisement - newsAdvertisement

ވެކްސިން ލިބުމުގައި ދިމާވި ދަތިތައް ހައްލުކުރުމުގެ ގޮތުން ސަރުކާރުން މީގެ ކުރިން ބުނެފައިވަނީ ރަޝިއާގެ ގަލަމެޔާ ރިސަރޗް އިންސްޓިޓިއުޓުން އުފައްދާފައިވާ ސްޕަޓްނިކް ވީ ވެކްސިން ގަތުމަށް ނިންމާފައިވާ ކަމަށެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ރައީސް ދެއްވި ޚިތާބުގައި ވިދާޅުވެފައިވަނީ ވެކްސިން ގެނައުމަށް ކުރާ މަސައްކަތް ހުއްޓާނުލާ ކަމަށާއި، ކުރިއަށް އޮތް ދެ ދުވަހުގެ ތެރޭގައި ރަޝިއާގެ ސްޕަޓްނިކް ވެކްސިންގެ ދެ ލައްކަ ޑޯޒަށް އޯޑަރުދޭން ނިންމާފައިވާކަމަށެވެ. ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވީ ރަޝިޔާގެ ސްޕަޓްނިކް ވެކްސިންގެ 2 ލައްކަ ޑޯޒް ގެނައުމަށް މަސައްކަތް ކުރަައްވަމުން ގެންދަވާކަމަށާއި އެ ވެކްސިނަށް އޯޑަރު ދިނުމުގެ މަސައްކަތް އެއިރު ކުރައްވަމުން ގެންދަވާ ކަމަށެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިކަމާއި ގުޅިގެން ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެފައިވަނީ ސްޕަޓްނިކްވީ ވެކްސިން ގެނައުމުގެ އެއްބަސްވުމުގައި ސޮއި ނުކުރާ ކަމަށެވެ. މި ވެކްސިނަކީ ރާއްޖޭގައި ޖެހުމަށް ހުއްދަ ދީފައިވާ ވެކްސިނެކެވެ. އަދި މިއީ ޑަބްލިއުއެޗްއޯގެ އިމަރޖެންސީ ހުއްދައިގެ ދަށުން 66 ގައުމެއްގައި ބޭނުން ކުރަމުން އަންނަ ވެކްސިނެކެވެ.

ހެލްތް މިނިސްޓަރ އަހުމަދު ނަސީމް މީގެ ކުރިން ވިދާޅުވެފައިވަނީ ސްޕަޓްނިކް ވެކްސިން ގެނައުމަށް ހަދަންޖެހޭ އެގްރީމެންޓް ބަންޑާރަނާއިބުގެ އޮފީހުން ދިރާސާކުރައްވައި ދެއްވި ރިކޮމެންޑޭޝަން ފޮރިން މިނިސްޓްރީ މެދުވެރިކޮށް ރަޝިޔާ ކުންފުންޏަށް ވެސް ފޮނުވާފައިވާކަމަށެވެ. ނަމަވެސް ފައިސާގެ މުއާމަލާތެއް އެއިރު ނުކުރެއެވެ.

ކޮވިޑުން ދިފާއުވުމަށް ވެކްސިން ހޯދުމަށް ކުރި މަސައްކަތުގެ ދަށުން، ސިންގަޕޫރުގެ އެސްޓްރަޒެނިކާ ކުންފުނިން ގެންނަން ފައިސާ ދެއްކި ވެކްސިންގެ ފުރަތަމަ ޝިޕްމަންޓް ވަނީ ރާއްޖެއަށް ލިބިފައެވެ. މިއާއެކު ރާއްޖޭގެ އާބާދީއަށް ބޭނުންވާ ވަރަށް ވެކްސިން ކަށަވަރު ކުރެވިފައިވާތީ މި މަހުގެ ނިޔަލަށް ރާއްޖޭގައި ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތައަށް ވެކްސިން ޖަހާ ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ.

ރަޝިއާގެ ސްޕަޓްނިކް ވެކްސިން ރާއްޖޭގައި ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ މެއި މަހުގެ 12 ވަނަ ދުވަހުއެވެ. މި ވެކްސިން ޖެހުމުގެ ހުއްދަ ދެވޭނީ އުމުރުން 18 އަހަރުން މަތީ މީހުންނަށް ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ. މިއީ ރާއްޖޭގައި ކޮވިޑް 19 ހާލަތުގައި ބޭނުން ކުރުމަށް ހުއްދަ ދީފައިވާ ހަތަރު ވަނަ ވެކްސިނެވެ.

ރަޝިޔާއިން ކޮވިޑް-19 އަށް އުފެއްދި ސްޕަޓްނިކް ވީ ވެކްސިން 92 އިންސައްތަ ރަނގަޅު ކަމަށް އެ ގައުމުގެ ސަރުކާރުން ބުނެއެވެ. ރަޝިޔާއިން ބުނީ ސްޕަޓްނިކް ވެކްސިންގެ ޓްރަޔަލްތައް ވަރަށް ކާމިޔާބު ކަމަށާއި، ޓްރަޔަލްތައް ދައްކާގޮތުން މި ވެކްސިނަކީ 92 އިންސައްތަ ރަނގަޅު ވެކްސިނެއް ކަމަށެވެ. އަދި މި ވެކްސިނުން ހަށިގަނޑުގެ ދިފާއީ ނިޒާމު ކޮވިޑްގެ ވައިރަސްއާއި ދެކޮޅަށް މަސައްކަތް ކުރާކަން ފާހަގަވެފައިވާ ކަމަށް ބުނެއެވެ.

ސުޕުނިޓްނިކް އިންޓަނޭޝަނަލްކޮވިޑް-19 ވެކްސިން ޖެހުމުގެ ގައުމީ ޕްރޮގްރާމްކޮވިޑް-19 ވެކްސިންރަޝިއާހެލްތު ޕްރޮޓެކްޝަން އެޖެންސީހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

ކޮމެންޓް

އިތުރަށް ކިޔާލަން

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

ފުލުހުންގެ އޮޕަރޭޝަނެއްގެ ތެރެއިން ދުންފަތުގެ ބާވަތްތައް ވިއްކަމުންދިޔަ ތަނެއް ބަންދު ކޮށްފި

03 ޑިސެމްބަރު 2025
ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

ރަޝިޔާ އިން ކުރިމަތިވާނެ ނުރައްކަލަކަށް ފްރާންސް ފަސް ޖެހިގެން ނުވާނެ: މެކްރޮން

27 ނޮވެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

ރަޝިއާގައި އުފައްދައި ޓެސްޓު ކުރަމުން އައި ކެންސަރު ވެކްސިން ކާމިޔާބު ކަމަށް ބުނެފި

09 ސެޕްޓެމްބަރު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު