Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި ޕްރިމިއާ ލީގު

އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑުން އާސެނަލް ބަލިކޮށްފި

13 އޯގަސްޓު 2021 | ހުކުރު 22:20

މިއީ ބްރެންޓްފޯޑުން ޕްރިމިއާ ލީގުގައި ކުޅޭ ފުރަތަމަ ފަހަރު

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 13 އޯގަސްޓު 2021 | ހުކުރު 22:20
ބްރެންޓްފޯޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

ބްރެންޓްފޯޑާއި އާސެނަލް ބައްދަލުކުރި މެޗުގެ ތެރެއިން

މި ސީޒަނުގެ އިނގިރޭސި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައި އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑުން އާސެނަލް ބަލިކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ބްރެންޓްފޯޑް މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

މި ސީޒަނުގެ ޕްރިމިއާ ލީގުން ބްރެންޓްފޯޑް ޖާގަ ހޯދާފައިވަނީ މިދިޔަ ސީޒަނުގެ އީއެފްއެލް ޗެމްޕިއަންޝިޕް (އިނގިރޭސި ދެވަނަ ޑިވިޝަން) ޕްލޭއޮފް މެޗުން މޮޅުވެގެންނެވެ. މިއީ އެ ޓީމުން މިދިޔަ 74 އަހަރު ތެރޭ އިނގިރޭސި ފުރަތަމަ ޑިވިޝަނުން ޖާގަ ހޯދި ފުރަތަމަ ފަހަރެވެ. އަދި މިއީ 1992 ވަނަ އަހަރު އިނގިރޭސި ފުރަތަމަ ޑިވިޝަން ޕްރިމިއާ ލީގަށް ރީބްރޭންޑުކުރި ފަހުން، ބްރެންޓްފޯޑުން ލީގުގައި ކުޅޭ ފުރަތަމަ ފަހަރެވެ.

ހުކުރު ދުވަހުގެރޭ ކުޅުނު މެޗުގައި ބްރެންޓްފޯޑުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އީތަން ޕިނޮކް ދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ސާޖީ ކަނޯސްއެވެ. އޭގެ ފަހުން ދެ ޓީމަށްވެސް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައިރު، މެޗުގެ 73 ވަނަ ބްރެންޓްފޯޑުން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ނޯގާޑެވެ.

މި ފަހަރުގެ ލީގުގައި ކުޅުނު ފުރަތަމަ މެޗުން އަލަށް ޕްރޮމޯޓުވި ބްރެންޓްފޯޑް އަތުން އާސެނަލް ބަލިވިއިރު، މީގެ ކުރިން އަލަށް ޕްރޮމޯޓުވި ޓީމެއް އަތުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން އާސެނަލް ބަލިވީ 1976-1977 ވަނަ އަހަރުގެ ސީޒަނުގައި ބްރިސްޓަލް ސިޓީ އަތުންނެވެ.

ލީގުގެ ފުރަތަމަ މެޗުން އާސެނަލަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނުއިރު، ލީގުގައި ދެން އާސެނަލުން މެޗެއް ކުޅޭނީ މި މަހުގެ 22 ވަނަ ދުވަހެވެ. އެ ދުވަހު އަމިއްލަ ދަނޑުގައި އާސެނަލް ނުކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.

ޕްރިމިއަރ ލީގުއާސެނަލް

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި

11 ޑިސެމްބަރު 2025
ހަ ވަނަ މޮޅާ އެކު އާސެނަލް އެއް ވަނައިގައި
09 ޑިސެމްބަރު 2025

ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް

09 ޑިސެމްބަރު 2025
ވުލްވްސް ބަލިކޮށް ޔުނައިޓެޑަށް ހަމަ ނޭވާއެއް
07 ޑިސެމްބަރު 2025

ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް

07 ޑިސެމްބަރު 2025
ފަހު ވަގުތު ލީޑްސް ޔުނައިޓެޑާ އެއްވަރުވެ، ލިވަޕޫލް ހާސް ކަމެއްގެ ތެރެއަށް
07 ޑިސެމްބަރު 2025

އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި

07 ޑިސެމްބަރު 2025
އެސްޓަން ވިލާ އަތުން ބަލިވެ، ލީޑު ފުޅާ ކުރަން ލިބުނު ފުރުސަތު އާސެނަލް އިން ނަގާލައިފި
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
04 ޑިސެމްބަރު 2025

ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް

04 ޑިސެމްބަރު 2025
ސަންޑަލޭންޑާ އެއްވަރުވެ، ލިވަޕޫލް އަށް ކުރިއެރުމެއް ނެތް
04 ޑިސެމްބަރު 2025

ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި

04 ޑިސެމްބަރު 2025
ބްރެންޓްފޯޑް ބަލިކޮށް، އާސެނަލް އިން ލީޑު ފުޅާ ކޮށްފި
03 ޑިސެމްބަރު 2025

ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް

03 ޑިސެމްބަރު 2025
ފުލަމް އަތުން ސިޓީ މޮޅުވި މެޗުގައި ހާލަންޑް އަށް ރެކޯޑެއް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
25 ނޮވެމްބަރު 2025

އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ

25 ނޮވެމްބަރު 2025
އަމިއްލަ ދަނޑުގައި އެވަޓަން އަތުން ޔުނައިޓެޑު ބަލިވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް