Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަލީ ވަހީދުގެ މައްސަލަ

އަލީ ވަހީދު ރާއްޖެއަށް އަނބުރާ ގެނެވޭނީ އިންޓަޕޯލް މެދުވެރިކޮށްގެން: ވަކީލު ނިޝާން

13 އޯގަސްޓު 2021 | ހުކުރު 08:43

އޭނާގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވާފައިވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 13 އޯގަސްޓު 2021 | ހުކުރު 08:43
ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު،

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު،

ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއަށް އަނބުރާ ގެނެވޭނީ އިންޓަޕޯލް މެދުވެރިކޮށްގެން ކަމަށް މަޝްހޫރު ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

އަލީ ވަހީދުގެ މައްސަލައާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ އަލީ ވަހީދުގެ މައްސަލައިގެ ރޫޓިން މިހާރު ކުރިއަށް ގެންދަނީ ރަނގަޅަށް ކަމަށެވެ. އަދި އޭނާގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން އިއްވާފައިވާއިރު، އެ ހުކުމް ތަންފީޒުކުރުމަށް ފުލުހުންގެ އެހީތެރިކަމަށް ކަރެކްޝަނުން އެދޭނެ ކަމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދު ފުޅު ވިދާޅުވެފައިވާތީ އެކަމަށް ކަރެކްޝަނުން މަސައްކަތް ކުރާކަން ހާމަވާ ކަމަށެވެ.

ނިޝާން ވިދާޅުވީ ކަންކަން ހިނގާފައިވާ ގޮތަށް ބަލާއިރު، އަލީ ވަހީދު އަނބުރާ ރާއްޖެ ގެނައުމަށް އިންޓަޕޯލްގެ އެހީތެރިކަމަށް އެދެންޖެހޭ ކަމަށާއި، އެނޫން ގޮތަކަށް އޭނާ ރާއްޖެއަށް ނުގެނެވޭނެ ކަމަށެވެ. ނިޝާން ވިދާޅުވީ އަލީ ވަހީދުގެ މައްޗަށް އިއްވާފައިވާ 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމް ޖަލުގައި ބާއްވައިގެން ތަންފީޒު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ހުކުމް ތަންފީޒު ނުކޮށްފިނަމަ ދިވެހިރާއްޖޭގެ ޝަރުއީ ކޯޓުތަކާ މެދު އަދި ދައުލަތުގެ ގާނޫނީ ވެރިކަމާ މެދު ރައްޔިތުން ދެކޭ ގޮތް ބަދަލުވާނެ ކަމަށެވެ.

އަލީ ވަހީދު ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށްޓަކައި، އެދިވަޑައިގަތުމުން ކޯޓު އަމުރެއްގެ ދަށުން ޕާސްޕޯޓު ދޫކުރީ ހަތަރު މަހަށެވެ. އަދި އެކަން ކުރީ އަސްޢަދު ޢަލީ (އަޑުބަރޭ) ޖާމިނުވާގޮތަށެވެ. އެހެންނަމަވެސް ހަތަރު މަސް ފާއިތުވެ، ޝަރީއަތް ފެށުނު އިރު ވެސް އަލީ ވަހީދު އެނބުރި ރާއްޖެއަށް ވަޑައެއްނުގަންނަވައެވެ. އަދި އެކަމުގެ ޒިންމާ އަޑުބަރޭ ވެސް ނަގާފައެއް ނުވެއެވެ.

ޕާސް ޕޯޓު ދޫކުރި މައްސަލަ ދައުލަތުން ހައިކޯޓާއި ސުޕްރީމް ކޯޓުގައި ވެސް އިސްތިއުނާފުކުރިއެވެ. ނަމަވެސް، އަލީ ވަހީދު އުޅޭ އެޑްރެސް ނޭނގޭ ކަމަށް ބުނެ، ޗިޓް ނުފޮނުވިގެން އޭނާގެ ޕާސްޕޯޓް ހިފަހައްޓައިދޭން ހައިކޯޓަށާއި ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ ވެސް ވަނީ ބޭރު ކޮށްލާފައެވެ. އަލީ ވަހީދުގެ ޕާސްޕޯޓް ހިފަހައްޓަން ކުރިމިނަލް ކޯޓުގައި އެދުމުން އެ އަމުރު ނެރެނުދިން މައްސަލަ ޕީޖީން ހައި ކޯޓަށް ހުށަހެޅިއެވެ. އެހެންނަމަވެސް، އަލީ ވަހީދުގެ ޣައިރު ހާޒިރުގައި މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ބުނެ، ހައި ކޯޓުން މައްސަލަ ބަލައިގެންފައެއް ނުވެއެވެ.

ހައިކޯޓުގެ ރެޖިސްޓްރާގެ އެ ނިންމުން ރިވިއުކޮށްދޭން 10 އޮގަސްޓްވީ އަންގާރަ ދުވަހު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ އަނެއްކާވެސް އެ މައްސަލަ ހައި ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހަޅާފައެވެ. އެކަމާމެދު އަދި ހައިކޯޓުން ވަކި ގޮތެއް ނުނިންމަވައެވެ.

އަލީ ވަޙީދުފަލަ ސުރުޚީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
07 ޖޫން 2025

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު
16 މެއި 2025

ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ

16 މެއި 2025
ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް