Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސްކޫލް ދަރިވަރުން ވެކްސިން ޖެހުން

މިދިޔަ ދިރާސީ އަހަރު ނިމުނު ދަރިވަރުންނަށް ވެކްސިންޖެހުމަށް ސްކޫލުން ގުޅާނެ - ޑރ. ނަޒްލާ

ސްކޫލް ކުދިންނަށް ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ ގޮތުން ބެލެނިވެރިން މިކަމަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް ވަނީ ފަށާފައި

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް | 13 އޯގަސްޓު 2021 | ހުކުރު 07:35
ޑރ. ނަޒްލާ ރަފީގު - އެޗްއީއޯސީގެ ތަރުޖަމާނު

ޑރ. ނަޒްލާ ރަފީގު - އެޗްއީއޯސީގެ ތަރުޖަމާނު

މިދިޔަ ދިރާސީ އަހަރު ނިމިފައި ތިބި، ވެކްސިން ޖެހޭ އުމުރުގެ ދަރިވަރުން ވެކްސިން ޖެހުމަށް ސްކޫލުން ގުޅަމުން ގެންދާނެ ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެއްޖެއެވެ.

ޑރ. ނަޒްލާ މިހެން ވިދާޅުވީ، އެޗްޕީއޭގެ ހާލުބެލުން ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ. ޑރ. ނަޒްލާ ވިދާޅުވީ، 12 އަހަރާއި 18 އަހަރާ ދެމެދުގެ އުމުރުފުރާގެ ކުދިންނަށް ވެކްސިން ދިނުމަށް ވަރަށް އަވަހަށް ހުުޅުވާލާނެ ކަމަށާއި، މާލެ ސަރަހައްދުގައި، މިހާރު އޮންނަ އެޕޮއިންޓްމަންޓް ސިސްޓަމްގެ ތެރެއިން ވެކްސިން ޖެހުމުގެ އިންތިޒާމް ކުރިއަށްދާނެ ކަމަށެވެ. ރަށްރަށުގައި އެ ރަށެއްގެ ސިއްޙީ މަރުކަޒު ނުވަތަ ހޮސްޕިޓަލްތަކުން ވެކްސިން ޖަހާނެ ދުވަސް އިއުލާން ކުރައްވާނެ ކަމަށެވެ. އެންމެ ފަހުން އޯލެެވެލް ނިމުނު ދަރިވަރުންނަށް ސްކޫލުން ގުޅަމުން ގެންދާނެ ކަމުގައި ވިދާޅުވިއެވެ.

އަމާޒަކީ މި މަސް ނިމުމުގެ ކުރިން ހުރިހާ ސްކޫލް ކުދިންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހުން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ.

އައު އާންމު ހާލަތާއެކު ކުރިއަށް ދެވޭނީ ހުރިހާ އެންމެން ވެސް ވެކްސިންގެ ދެ ޑޯޒް ޖަހައިގެން ކަމަށާއި ޓީޗަރުންނަށް ވެކްސިން ޖެހުމުގެ ޕްރޮގްރާމަށް އިތުރު ހަލުވިކަމެއް ލިބިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވަނީ ހުރިހާ ބެލެނިވެރިންނާއި މައިންބަފައިން ވެސް ކުދިންނަށް ވެކްސިން ޖެހުމަށް ބާރު އެޅުމަށް އެދިވަޑައިގެންފައެވެ.

ކިޔެވުން މެދުކަނޑާނުލައި ކުރިއަށް ގެންދިޔުމަށްޓަކައި އެޑިއުކޭޝަން މިނިސްޓްރީން އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކަށް ޓީޗަރުންނާއި ދަރިވަރުންގެ އިތުރުން ބެލެނިވެރިން ވެސް އަމަލުކުރެއްވުމަށް ރައީސް ނަސޭހަތްތެރިވެވަޑައިގެންނެވިއެވެ.

ރައީސް މިފަދައިން ވިދާޅުވެފައިވާއިރު ސްކޫލް ކުދިންނަށް ވެކްސިނޭޝަން ޕްރޮގްރާމް ކުރިއަށްގެންދިއުމުގެ ގޮތުން ބެލެނިވެރިން މިކަމަށް އަހުލުވެރިކުރުވުމުގެ ޕްރޮގްރާމެއް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ފަށާފައެވެ. 12 އަހަރާއި 18 އަހަރާ ދެމެދުގެ ސްކޫލް ކުދިންނަށް ވެކްސިން ޖަހައިދިނުމަށް ނިންމާފައިވާކަމަށާއި، މިފަދަ ކަމެއް ކުރާއިރު އެންމެ މުހިންމު ކަމެއްގެ ގޮތުގައި ކުރަންޖެހޭނީ ބެލެނިވެރިން މިކަމަށް ހޭލުންތެރިކުރުވުން ކަމަށް ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ކޮވިޑް-19 ވެކްސިންކޮވިޑް-19ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)އެޗްޕީއޭ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި

13 ޑިސެމްބަރު 2025
މާލެ ސަރަހައްދު ވައި ނުސާފުވެ އޮރެންޖު އެލަރޓް ނެރެފި
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
10 ނޮވެމްބަރު 2025

މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!

10 ނޮވެމްބަރު 2025
މުޅި ފުވައްމުލައް ފެނަށް ޖެހިއްޖެ!
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
13 ސެޕްޓެމްބަރު 2025

ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ

13 ސެޕްޓެމްބަރު 2025
ކޮވިޑް-19 ވެކްސިންއާ އެމެރިކާގެ 25 ކުޑަކުއްޖެގެ މަރާ ގުޅުވުމަށް ޓްރަމްޕް ގެ ސަރުކާރުގެ ސިއްހީ އޮފިޝަލުން ތައްޔާރުވަނީ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
19 އޯގަސްޓު 2025

ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި

19 އޯގަސްޓު 2025
ކުޑަކުދިންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް އެމެރިކާގެ ކުޑަކުދިންގެ ސިއްހަތާ ބެހޭ އެކަޑަމީ އިން ލަފާ ދީފި
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު