Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޢަލީ ވަޙީދުގެ މައްސަލަ

ޢަލީ ވަޙީދުގެ މައްޗަށް އިއްވި ހުކުމާއެކު، ސުޕްރީމް ކޯޓުން ކުޑަކަކޫ ނުޖަހާނެކަން ހާމަވޭ: ނިޝާން

12 އޯގަސްޓު 2021 | ބުރާސްފަތި 18:27

ކޯޓުތަކާއި ޕްރޮސެކިއުޓަރ ޖެނަރަލްއަކީ ތަންފީޒީ އިދާރާއެއް ނޫން

އަމްނާ އިމާދު
އަމްނާ އިމާދު | 12 އޯގަސްޓު 2021 | ބުރާސްފަތި 18:27
ގާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް

ގާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް

ސުޕްރީމް ކޯޓުގެ ޙުރުމަތް ކެނޑުމުން ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަޙީދުގެ މައްޗަށް އިއްވި ހުކުމާއެކު، ސުޕްރީމްކޯޓުން އެއްވެސް މީހެއްގެ ކުރިމަތީގައި ކުޑަކަކޫ ނުޖަހާނެކަން ހާމަވެގެން ގޮސްފައިވާ ކަމަށް މަޝްހޫރު ޤާނޫނީ ވަކީލު މުޙައްމަދު ނިޝާން އިބްރާހީމް ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ޙުރުމަތް ކެނޑުމުން ކުރީގެ ޓޫރިޒަމް މިނިސްޓަރުގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް ސުޕްރީމް ކޯޓުން ވަނީ އިއްވާފައެވެ. ބުދަ ދުވަހު ސުޕްރީމްކޯޓުގައި ތާވަލްކޮށްފައިވަނީ، ކްރިމިނަލް ކޯޓުގައި ޢަލީ ވަޙީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތް އޮންލައިކޮށް ކުރިއަށް ގެންދާ މަައްސަލައިގެ އަޑު އެހުމުގައި އޮންލައިކޮށް ބައިވެރިވާ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން ސްޕްރީމް ކޯޓުގައި އިސްތިއުނާފުކުރި މައްސަލައިގެ އަޑުއެހުމެކެވެ.

ސުޕްރީމް ކޯޓުން ފޮނުވި ޗިޓު ޢަލީ ވަޙީދަށް ލިބި، މި މައްސަލައިގެ އަޑު އެހުމުގައި އޭނާ ބައިވެރި ނުވުމުން, ކޯޓުގެ ޙުރުމަތް ކެނޑިކަމަށް އިސް ފަނޑިޔާރު އޭނާގެ މައްޗަށް ޙުސްނުއް ސުޢޫދު ކަނޑައެޅުއްވިއެވެ. މި ކަމަށް ފަނޑިޔާރުންގެ ބެންޗުން ތާއީދު ކުރެއްވުމުން އޭނާގެ މައްޗަށް 2 މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވައި، އެ ހުކުމް ތަންފީޒުކުރުމަށް ކަރެކްޝަނަލް ސަރވިސްއަށް ވަނީ އަމުރު ކުރައްވާފައެވެ.

މިމައްސަލާ ގުޅޭ ގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި ނިޝާން ވިދާޅުވީ ކޯޓުތަކުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ގަވާއިދާއި، ޤާނޫނުލް ޢަުޤޫބާތުގެ 541ވަނަ މާއްދާ, އަދި ކޯޓުތަކާބެހޭ ޤާނޫނުގެ ބަޔާންކުރާ އިޖުރާއަތުގެ އުސޫލުތަކަށް ބަލާއިރު، ޢަލީ ވަޙީދު ސުޕްރީމް ކޯޓުގެ ޙުރުމަތް ކެނޑިކަން ސާބިތުވާ ކަމަށެވެ. އަދި މިހާލަތުގައި ދިވެހިރާއްޖޭގެ ކޯޓުތަކުން އެމީހެއްގެ ކުރިމަތީގައި ކުޑަކަކޫ ޖަހައިގެން ނުވާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

ނިޝާން ވިދާޅުވީ ކޯޓުތަކާއި، ޕްރޮސެކިއުޓަރ ޖެނަރަލްއަކީ ތަންފީޒީ އިދާރާއެއް ނޫން ކަމަށާއި، ތަންފީޒީ އިދާރާތަކަކީ ފުލުހުންގެ މުއައްސަސާއާއި ކަރެކްޝަނަލް ސަރވިސް ކަމަށެވެ. ޢަލީ ވަޙީދުގެ ޝަރީޢަތް ކުރިއަށް ގެންދިއުމުގައި މީގެ ކުރިން ހިނގާފައިވާ ކަންކަމަށް އިޝާރާތްކުރައްވައި ނިޝާން ވިދާޅުވީ ކޯޓުތަކުން ކަންކަން ކުރި ގޮތާމެދު ވަރަށް ބައިވަރު ގިލަން ވެރިކަމެއް އުފެދިގެން އައި ކަމަށާއި، ސޯޝަލް މީޑީއާގައި ގިނަ ބައެއްގެ ފާޑު ކިޔުންތައް އަމާޒުވެގެންދިޔަ ކަމަށެވެ. އަދި ވިދާޅުވީ ޢަލީ ވަޙީދުގެ ޕާސްޕޯޓު މުޠުލަޤަށް ދޫކޮށްލުމަކީ ކަމާ ގުޅުންހުރި އިދާރާތަކުން ހެދި އެންމެ ބޮޑު ގޯސް ކަމަށެވެ. ދުނިޔޭގެ އެހެންގައުމުތަކުގައި ވެސް އަމަލުކުރާ ގޮތަށް ބަލައި އެފަދަ ގޮތަކަށް އަމަލު ކުރިނަމަ މިހާލަތަށް ނުދާނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

އެގޮތުން ރާއްޖެ ނޫން ގައުމަކަށް އެތެރެނުވެވޭ ގޮތަށް ޕާސްޕޯޓު ދޫކުރުމާއި، ނުވަތަ ޓްރަވަލް ޑޮކިއުމެންޓެއް ދިނުމަށްފަހު ޕާސްޕޯޓު ދޫކުރެވޭނެ ކަމަށް ނިޝާން ވިދާޅުވިއެވެ.

ޢަލީ ވަޙީދުގެ މައްސަލައާ ގުޅިގެން ކޮމިޝަނަރ އޮފް ޕްރިޒަންސް އަޙުމަދު މުޙައްމަދު ފުޅު ވިދާޅުވީ ޢަލީ ވަޙީދު ރާއްޖެ ގެނައުމަށް ފުލުހުންގެ އެހީތެރިކަމަށް ކަރެކްޝަނުން އެދޭނެ ކަމަށެވެ. އަދި ޙުކުމް ތަންފީޒު ކުރުމަށް އަމުރު ލިބިފައިވާ ކަމަށެވެ. އެހެންކަމުން ބުރާސްފަތި ދުވަހު އެ މަސައްކަތް ފަށާފައިވާކަން ފާހަގަކުރެއްވިއެވެ.

އަލީ ވަޙީދުފަލަ ސުރުޚީ

އިތުރަށް ކިޔާލަން

12 ނޮވެމްބަރު 2025

އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ

12 ނޮވެމްބަރު 2025
އެއަރޕޯޓު ހުޅުވި ބޮޑު ޖަލްސާގައި ކައުންސިލަށް ހާއްސަ ގޮނޑިއެއް ނެތް، ގޮނޑިތަކުން ނެގީ "ތިއީ އަހަރުމެންގެ ބޮޑުން" ގެ ގޮނޑި ކަމަށް ބުނެ
09 އޮކްޓޯބަރު 2025

ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް

09 އޮކްޓޯބަރު 2025
ރައީސް މުއިއްޒު އަދަބު އަޚުލާގުގެ ވާހަކަ ދައްކަވަން ލަދުގަންނަން ޖެހޭ، އެއީ ރައްޔިތުންގެ މާލިއްޔަތަށް އިހުމާލުވެފަ ހުރި ބޭފުޅެއް: ޝިފާޒް
24 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު

24 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒު އަމުރު ކުރެއްވި ނަމަވެސް ގާނޫނު އަސާސީއާ ހިލާފު ގާނޫނަކަށް ތަބާވާކަށް ނުޖެހޭނެ: އިބްރާހިމް ރަޝީދު
11 ސެޕްޓެމްބަރު 2025

މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް

11 ސެޕްޓެމްބަރު 2025
މި ސަރުކާރުގައި ނުހައްގުން މުއްސަނދިކަން ހޯދުމުގެ ސަގާފަތެއް ވަނީ ގާއިމްކޮށްފައި: މެމްބަރު މީކާއީލް
07 ސެޕްޓެމްބަރު 2025

ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު

07 ސެޕްޓެމްބަރު 2025
ރާއްޖޭގައި އޮތީ ރައްޔިތުންގެ ބާރުވެރިކަމެއް ނޫން، ރައީސްގެ ބާރުވެރިކަން: ވަހީދު
03 ސެޕްޓެމްބަރު 2025

ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު

03 ސެޕްޓެމްބަރު 2025
ސިސްޓަމެޓިކް ގޮތެއްގައި ރައްޔިތުން ބިކަ ކުރުމަށް ދަނީ މަސައްކަތް ކުރަމުން، މުޅި ރާއްޖޭގައި އޮތީ ޝަކުވާ: ޝިފާޒު
21 އޯގަސްޓު 2025

ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން

21 އޯގަސްޓު 2025
ރާއްޖެ ބާރު ސްޕީޑްގައި މީގެ 30 އަހަރު ފަހަތަށް ދާ މަންޒަރު ފެނޭ، ގައުމު ސަލާމަތް ކުރުމަށް މަޖިލީހުގައި ތިއްބެވި ބޭފުޅުން ވެސް މައިބަދާގައި ވަރުކޮޅެއް ޖައްސަންޖެހޭ: އިމްރާން
07 ޖޫން 2025

ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު

07 ޖޫން 2025
ގައުމު ބިނާކުރުމުގެ ވިސްނުމެއް މި ސަރުކާރުގެ ނެތް، އޮތީ ހަމަ އެކަނި އިންތިޚާބުތައް ވިން ކުރުުގެ ފޯމިއުލާ ހޯދުން: ޝަމްހީދު
16 މެއި 2025

ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ

16 މެއި 2025
ރާއްޖޭގެ ބޭސްފަރުވާގެ ކަންކަން މީގެ ކުރިން ނުދާ މިންވަރަށް ދަށަށް ގޮސްފި: އަޙުމަދު އަބްދުﷲ
02 މެއި 2025

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް

02 މެއި 2025
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަކީ ''ދަތް ނެތް ސިންގާ'' އެއް: ތަޒްމީލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް