Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
އެމްބާޕޭ ޕީއެސްޖީގައި މަޑުކުރުން

އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް: ޚެއްލާފީ

ރެއާލުން އަންނަނީ އެމްބާޕޭ ހޯދަން މަސައްކަތްކުރަމުން

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2021 | ބުރާސްފަތި 14:15
ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ޕީއެސްޖީއަށް ކުޅެމުން އަންނަ ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ

ފްރާންސްގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ޕީއެސްޖީ ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށް އެ ކުލަބުގެ ރައީސް ނާސިރު އެލް-ޚެއްލާފީ ވިދާޅުވެއްޖެއެވެ.

އުމުރުން 22 އަހަރުގެ އެމްބާޕޭއަކީ ރެއާލް މެޑްރިޑުން ހޯދަން މަސައްކަތްކުރަމުން އަންނަ ކުޅުންތެރިއެކެވެ. 2017 ވަނަ އަހަރު މޮނާކޯ ދޫކޮށް 145 މިލިޔަން ޔޫރޯއަށް ޕީއެސްޖީއާ ގުޅުނު އެމްބާޕޭ މި ވަގުތު އެ ޓީމުގެ އެއްބަސްވުމުގައި ހުރީ އަންނަ އަހަރުގެ ހޫނު މޫސުމުގެ ނިޔަލަށެވެ. އެއާއެކު އެމްބާޕޭގެ އެއްބަސްވުން އާކުރަން ޕީއެސްޖީން މަސައްކަތްކުރި ނަމަވެސް، އެ ޓީމުގެ އެއްބަސްވުން އާކުރަން އެމްބާޕޭ ބޭނުންނުވާ ކަމަށް ފްރާންސްގެ މީޑިއާތަކުން މީގެ ކުރިން ވަނީ ރިޕޯޓުކޮށްފައެވެ.

ދާދި ފަހުން ޕީއެސްޖީން ވަނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން އުމުރުން 34 އަހަރުގެ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީގެ ސޮއި ހޯދާފައެވެ. ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން މެސީ ޕީއެސްޖީއާ ގުޅުނުއިރު، އެ ޓީމާއެކު މެސީ ހަދާފައިވާ އެއްބަސްވުމުގެ ދަށުން އޭނާއަށް އަހަރެއްގެ މައްޗަށް 35 މިލިޔަން ޔޫރޯގެ މުސާރާއެއް ލިބޭނެއެވެ.

ރަސްމީކޮށް ޕީއެސްޖީ ކުޅުންތެރިއެއްގެ ގޮތުގައި މީޑިއާއަށް މެސީ ތައާރަފުކުރުމަށް ބުދަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޚެއްލާފީ ވިދާޅުވީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ) ގަވާއިދުގެ ތެރެއިންވެސް ޕީއެސްޖީއަށް އެމްބާޕޭގެ އެއްބަސްވުން އާކުރުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.

އަދި އެމްބާޕޭއަކީ ޕީއެސްޖީގެ ކުޅުންތެރިއެއް ކަމަށާއި، މީގެ ކުރިން އޭނާ ބޭނުންވީ ހުރިހާ މުބާރާތެއްގައި ވާދަކުރެވޭ ފެންވަރު ޓީމެއް ޕީއެސްޖީގައި އޮތުން ކަމަށެވެ. އަދި މެސީއާއެކު ޕީއެސްޖީއަކީ މި ވަގުތު ޔޫރަޕުގައި އޮތް އެންމެ ވަރުގަދަ އެއް ކުލަބު ކަމަށާއި، އެހެންކަމުން އެމްބާޕޭ މިހާރު ޕީއެސްޖީ ދޫކޮށްލަން ޖެހޭ ސަބަބެއް ނެތް ކަމަށްވެސް ވަނީ ބުނެފައެވެ.

މި ފަހަރުގެ ހޫނު މޫސުމުގައި އެމްބާޕޭ ހޯދުމަށް ރެއާލުން އަލުން މަސައްކަތް ކުރާނެކަމުގެ އިޝާރާތެއް އެ ކުލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް މީގެ ކުރިން ދިން ނަމަވެސް، ރިޕޯޓުތައް ބުނާ ގޮތުން ދެން އެ ޓީމުން އެމްބާޕޭގެ ސޮއި ހޯދަން މަސައްކަތްކުރާނީ އަންނަ އަހަރުގެ ހޫނު މޫސުމުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުންނެވެ. ރިޕޯޓުތައް ބުނާ ގޮތުން ރެއާލުގެ އިތުރުން ލިވަޕޫލާއި، ޔުވެންޓަސް އަދި ބާސެލޯނާއިންވެސް އަންނަނީ އެމްބާޕޭ ހޯދުމަށް މަސައްކަތް ކުރަމުންނެވެ.

ޕީއެސްޖީގައި ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އެމްބާޕޭ ވަނީ މިހާތަނަށް އެ ޓީމަށް ކުޅެދުން 172 މެޗުގައި 132 ލަނޑު ޖަހާފައެވެ. އަދި އޭނާ ވަނީ ޕީއެސްޖީއާއެކު ފްރެންޗް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. އަދި ޒުވާން އުމުރުގައި އެމްބާޕޭ ވަނީ ފްރާންސާއެކު ފީފާ ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ކީލިއަން އެމްބާޕޭޕީއެސްޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

އެމްބާޕާގެ ހަތަރު ލަނޑާ އެކު ރެއާލް މޮޅުވެއްޖެ

27 ނޮވެމްބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

އެމްބާޕޭގެ ދެ ލަނޑުން، ފަހަތުން އަރައި ރެއާލް މޮޅުވެއްޖެ

17 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

17 ޖޫން
އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި
20251 އަހަރު ކުރިން
ދުނިޔެ

އިރާނާ ދެކޮޅަށް އިސްރާއީލަށް އަސްކަރީ އެހީތެރިކަން ނުދިނުމަށް އެމެރިކާ އަށް ރަޝިޔާ އިން އިންޒާރު ދީފި

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް
20242 އަހަރު ކުރިން
ރާއްޖެ

އަގު ބޮޑު ވެލާ ރިސޯޓުގައި ރައީސްގެ ދެކަނބަލުން ޗުއްޓީ ހޭދަ ކުރެއްވުމާ ބެހޭ ގޮތުން ސަރުކާރުގެ އަދި ރިސޯޓުގެ ބަހެއްވެސް ނެތް

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ
20233 އަހަރު ކުރިން
ރާއްޖެ

ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ ލުތުފީއަށް އިއްވި ހުކުމް ތަންފީޒުކޮށް ނިމިއްޖެ

 މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

މަޝްހޫރު ލަވަކިއުންތެރިޔާ ބިއޮންސޭ އައު އަލްބަމެއް ނެރެނީ

 ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން
20215 އަހަރު ކުރިން
ރިޕޯޓު

ނަފްރަތުގެ އަމަލުތަކުގެ ބިލު ދީނާ ޚިލާފެއްނޫން

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!
20197 އަހަރު ކުރިން
ރިޕޯޓު

ރައީސް ޔާމީން ދެކެ ލޯބިވާ މިންވަރު ބެލުމުގެ ބައްދަލުވުމުގައި ފަނޑިޔާރު އަބްދުﷲ ދީދީ!

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ
20188 އަހަރު ކުރިން
ރިޕޯޓު

ޔާމީނުގެ މައްޗަށް މައުމޫން މުޖައްރިބު ނަތީޖާއެއް ނެރޭނެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު