Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެރަލިމްޕިކް ގޭމްސް

ޕެރަލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންނަށް ނައިބު ރައީސް ހިތްވަރުދެއްވައިފި

ނައިބު ރައީސް ވަނީ ދެ އެތުލީޓުންނަށްވެސް ކާމިޔާބީއަށް އެދިވަޑައިގެންފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް, ރާއްޖެ އެމްވީ | 12 އޯގަސްޓު 2021 | ބުރާސްފަތި 11:55
ޕެރަލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންނާއެކު ނައިބު ރައީސް ފައިޞަލް ނަސީމް

ޕެރަލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންނާއެކު ނައިބު ރައީސް ފައިޞަލް ނަސީމް

މި މަހު ޖަޕާނުގެ ޓޯކިއޯގައި ބާއްވާ ޕެރަލިމްޕިކް ގޭމްސްގައި ރާއްޖެއިން ވާދަކުރާ އެތުލީޓުންނާއި، ރާއްޖޭގެ ޑެލިގޭޝަނުގެ މެންބަރުން އަދި ޕެރަލިމްޕިކް ކޮމިޓީއާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެތުލީޓުންނަށް ހިތްވަރުދެއްވައިފިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު އީދު އޮލިމްޕިކް ގޭމްސް 2020 ށްފަހު ޕެރަލިމްޕިކްސް ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 24 ވަނަ ދުވަހެވެ. އަދި މި ގޭމްސް އަންނަ ސެޕްޓެމްބަރު މަހުގެ ފަސްވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ. މި ފަހަރުގެ ގޭމްސްގައި ރާއްޖޭގެ ދެ އެތުލީޓަކު ވާދަކުރާއިރު، މިއީ ޕެރަލިމްޕިކްސްއިން ރާއްޖެއަށް ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ.

މި ފަހަރުގެ ޕެރަލިމްޕިކްސްގައި ރާއްޖެއިން ވާދަކުރުމަށް ފުރުސަތު ލިބިފައިވަނީ ދެ ދުވުންތެރިން ކަމަށްވާ މުޙައްމަދު މާޒިން އާއި ފާތިމަތު އިބްރާހީމަށެވެ. މި ފަހަރުގެ ގޭމްސްގައި އެ ދެ އެތުލީޓުން ވާދަކުރާނީ 100 މީޓަރު ދުވުމުގައެވެ. އެ ރޭހުގައި މާޒިންގެ ގައިޑެއްގެ ގޮތުގައި ދުވާނީ މުޙައްމަދު ސައިފް ޒާހިރެވެ. އަދި ފާތުންގެ ގައިޑަކީ ރަބާ އިސްމާޢީލް އާސިފެވެ.

އެ ދެ އެތުލީޓުންނާ ނައިބު ރައީސް ބައްދަލުކުރެއްވީ ބުރާސްފަތި ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ވަނީ އެ ދެ އެތުލީޓުންނާއި މުޅި ޑެލިގޭޝަނަށް މަރުޙަބާ ވިދާޅުވެ، ޝުކުރުއަދާކުރައްވާފައެވެ. އަދި ޚާއްސަގޮތެއްގައި މާޒިން އާއި ފާތިމަތު އިބްރާހީމަކީ ވަރަށް އަޒުމާއި ހިތްވަރާއެކު ކުރިއަށްދާ ދެ އެތުލީޓުންކަން ފާހަގަކުރައްވައި، ދެ އެތުލީޓުންނަށްވެސް ވަނީ ކާމިޔާބީއަށް އެދިވަޑައިގެންފައެވެ.

މި ބައްދަލުކުރެއްވުމުގައި އެ ދެ އެތުލީޓުން ވަނީ މުބާރާތުގެ ކުރިން ނައިބު ރައީސް އެ އެތުލީޓުންނާ ބައްދަލުކުރައްވައި ހިތްވަރުދެއްވީތީ އެކަން އުފަލާއެކު ފާހަގަކޮށްފައެވެ. އަދި މި ފަހަރުގެ ގޭމްސްގައި ކާމިޔާބު ހޯދައި، ރާއްޖެއަށް ރީތި ނަން ހޯދައިދިނުމަކީ ވަރަށް ބޮޑު އުއްމީދެއްކަން އެ ދެ އެތުލީޓުން ފާހަގަކުރިއެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސާއި ރާއްޖޭގެ ޕެރަލިމްޕިކް ޑެލިގޭޝަނުން ވަނީ ޕެރަލިމްޕިކްސްއަށް ރާއްޖޭގެ އެތުލީޓުން ތައްޔާރުކޮށްދިނުމުގައި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ވަޒީރަށް ޝުކުރު އަދާކުރައްވާފައެވެ.

ފެނުމުން މަހުރޫމްވެފައިވާ މީހުންގެ ހައްގުގައި މަސައްކަތް ކުރާ ޖަމިއްޔާ، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއާޑް ސޮސައިޓީ އޮފް މޯލްޑިވްސްގެ ދެ މެންބަރުން ކަމަށްވާ މާޒިން އާއި ފާތުންނަކީ ދުވުމަށް ހާއްސަ ދެ އެތުލީޓުންނެވެ. މީގެ ތެރެއިން މާޒިން ވަނީ މޮރިޝަސްގައި 2019 ގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ވާދަކޮށް ލޯ މެޑަލް ހޯދާފައެވެ.

ޕެރަލިމްޕިކް ގޭމްސްނައިބު ރައީސް, ފައިޞަލް ނަސީމް

ކޮމެންޓް

އިތުރަށް ކިޔާލަން

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

ނައިބު ރައީސް، ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ޒިޔާރަތްކުރައްވައިފި

12 ނޮވެމްބަރު 2023
ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

ކޮންމެ މަޤާމެއްގައި ހުރެގެންވެސް ޤައުމީ ޚިދުމަތް ކުރެވޭނެ: ނައިބު ރައީސް

30 އޮކްޓޯބަރު 2023
މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

މި ނިމިގެންދާ 5 އަހަރުތެރޭގައި ގިނަ ގޮންޖެހުންތަކާއި ކުރިމަތިވި، އެހެން ނަމަވެސް ގިނަ މަސައްކަތްތަކެއްވެސް ކުރެވުނު - ނާއިބު ރައީސް

27 އޮކްޓޯބަރު 2023
ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

ދުނިޔެ ބަދަލުވަމުންދާ ގޮތް ދަސްކޮށް ނަފްސު ކުރިއެރުވުމަށް ކޮންމެ ދުވަހަކު ވެސް މަސައްކަތް ކުރަން ޖެހޭ - ނައިބު ރައީސް

24 އޮކްޓޯބަރު 2023
ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

ނާއިބު ރައީސް ބޭނުންފުޅުވަނީ ދިވެހިރާއްޖޭގެ އަޑުގެ ނަން ސަމަރުބްލޫ އިބްރާހީމް މަނިކަށް ހާއްސަކުރައްވަން

23 އޮކްޓޯބަރު 2023

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު