Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޕެރަ ސްވިމިންގ ފެށުން

ރާއްޖޭގައި ޕެރަ ސުވިމިންގ ރަސްމީކޮށް އިފްތިތާޙުކޮށްފި

މިއީ ރާއްޖޭގައި ފެށި ޕެރަ ތިންވަނަ ކުޅިވަރު

ޙަފްޞީ ޢަބްދުالله
ޙަފްޞީ ޢަބްދުالله, ރާއްޖެ އެމްވީ | 14 ސެޕްޓެމްބަރު 2023 | ބުރާސްފަތި 03:33
ޕެރަ ސްވިމިންގ އިފްތިތާހުކުރުމަށްފަހު

ޕެރަ ސްވިމިންގ އިފްތިތާހުކުރުމަށްފަހު

ރާއްޖޭގައި ރަސްމީކޮށް ޕެރަ ސްވިމިންގ ފަށައިފިއެވެ. މޯލްޑިވްސް ޕެރަލިމްޕިކް ކޮމިޓީ އާއި ސުވިމިންގ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގުޅިގެން ވޯޓަރ އެޖް (ހުޅުމާލެ) ކޮންފަރެންސް ހޯލުގައި ބުދަ ދުވަހު ބޭއްވި ރަސްމިއްޔާތުގައި ޕެރަ ސްވިމިންގ ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ އެމެރިކާގެ ޕެރަ އެތުލީޓެއްކަމުގައިވާ މރ. ގްރެގަރީ ބާންސް އެވެ. ގްރެގަރީ ބާންސްވަނީ ޕެރަލިމްޕިކްގައި ވާދަކޮށް 2 ރަން މެޑެއްޔާއި 2 ލޯ މެޑަލް ހޯދާފައެވެ. ރާއްޖޭގައި ޕެރަ ސްވިމިންގ ފެށީ ވެސްޓިން ހޮޓެލް އެންޑް ރިސޯރޓްސްގެ އެހީތެރިކަމާއެކުއެވެ.

މިރަސްމިއްޔާތުގައި ގްރެގަރީ ބާންސް ވަނީ ރާއްޖޭގެ ސުވިމިންގ އެތުލީޓުންނަށާއި ޕެރަ ސްއިމިންގ އެތުލީޓުންނަށް ޕެރައެތުލީޓަކަށް ވުމަށް އޭނާ ކުރި ދަތުުރުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ހުށަހަޅާދީ އިންޕިރޭޝަނަލް ލެކްޗަރ ދީފައެވެ. މިކަމުގެ ސަބަބުން ރާއްޖޭ ސުވިމިންގ އަދި ޕެރަ އެތުލީޓުންނަށް ވަރަށް އަގުހުރި ފިލާވަޅުތަކެއް ލިބުނުކަން ރާއްޖޭގެ ޕެރައޮލިމްޕިކްސް އެސޯސިއޭޝަނުން ފާހަގަކުރެއެވެ.

ޕެރަސުވިމިންގ ފެށުމާއި ގުޅިގެން ރާއްޖޭގެ ކަންކޮޅުތަކުގައި ދިރިއުޅެމުންގެންދާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ގިނަ ފުރުޞަތުތަކެއް ފަހިވެގެންދާނެއެވެ، ސަރުކާރުން 2019 ވަނަ އަހަރު ޕެރަލިމްޕިކް ކޮމިޓީ އުފެއްދެވުމަށް ފަހު މިއީ ޕެރަ ކުޅިވަރުތަކުގެ ތެރެއިން ތަޢާރަފު ކުރެވެގެންދާ 3 ވަނަ ޕެރަ ކުޅިވަރެވެ. މިހާރު ތަޢާރަފު ކުރެވިފައިވަނީ ޕެރަ އެތުލެޓިކްސް، ޕެރަ ބެޑްމިންޓަން އަދި ޕެރަ ސުވިމިންގ އެވެ. ޕެރަ ޓޭބަލް ޓެނިސް އަންނަ އަހަރު ތައާރަފް ކުރުމަށް ދަނީ ތައްޔާރުވަމުންނެވެ.

ޕެރަލިމްޕިކް ގޭމްސް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕެރަލިމްޕިކްސްގެ ޓިކެޓް ލޯންޗްކުރުމަށް ފްރާންސްގެ ރައީސް މެކްރޮން ވީލްޗެއާ ބާސްކެޓު ކުޅުއްވައިފި

ޕެރަލިމްޕިކްސްގެ ޓިކެޓް ލޯންޗްކުރުމަށް ފްރާންސްގެ ރައީސް މެކްރޮން ވީލްޗެއާ ބާސްކެޓު ކުޅުއްވައިފި

10 އޮކްޓޯބަރު 2023
ކޮރެއާ ޔޫތު ކޭމްޕުގައި ބައިވެރިވުމަށް ރާއްޖޭގެ އީޝަލް އާއި ނަޒާހާ ކޮރެއާ އަށް

ކޮރެއާ ޔޫތު ކޭމްޕުގައި ބައިވެރިވުމަށް ރާއްޖޭގެ އީޝަލް އާއި ނަޒާހާ ކޮރެއާ އަށް

06 ނޮވެމްބަރު 2022
ހައްވާ އީޝަލް ރިޔާޒު: ބެޑްމިންޓަންގެ ފުރަތަމަ ޕެރަލިމްޕިކް މެޑަލް ރާއްޖެއަށް ހޯދައިދިނުމުގެ އުއްމީދުގައި

ހައްވާ އީޝަލް ރިޔާޒު: ބެޑްމިންޓަންގެ ފުރަތަމަ ޕެރަލިމްޕިކް މެޑަލް ރާއްޖެއަށް ހޯދައިދިނުމުގެ އުއްމީދުގައި

22 މާރިޗު 2022
ޕެރަލިމްޕިކްސްއަށް ދިވެހި ޓީމު ފޮނުވުމަކީ ލިބޭ ފަޚުރެއް: ރައީސް

ޕެރަލިމްޕިކްސްއަށް ދިވެހި ޓީމު ފޮނުވުމަކީ ލިބޭ ފަޚުރެއް: ރައީސް

26 އޯގަސްޓު 2021
ޕެރަލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންނަށް ނައިބު ރައީސް ހިތްވަރުދެއްވައިފި

ޕެރަލިމްޕިކްސްގައި ވާދަކުރާ އެތުލީޓުންނަށް ނައިބު ރައީސް ހިތްވަރުދެއްވައިފި

12 އޯގަސްޓު 2021

އަހަރުތަކުން މިއަދު

15 މެއި
ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު
20251 އަހަރު ކުރިން
ރާއްޖެ

ކައުންސިލްތަކުން ބްލޮކް ގްރާންޓް ނަގައިގެން ދަނީ ބެންކޮކަށް، ރައްޔިތުންނަށް ފައިދާވާ އެއްވެސް ކަމެއް ނުކުރޭ: ރައީސް މުއިއްޒު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!
20242 އަހަރު ކުރިން
ރިޕޯޓު

ޕޫޓިންގެ ޔޫކްރެއިން ހަނގުރާމަ އަށް ޝީ އަގުދައްކަވަނީ!

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު
20233 އަހަރު ކުރިން
މީހުން

މިސްކީނު ހިފަހައްޓާލި ތިނަދޫގެ މޮޅު ޑިފެންޑަރު

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް
20224 އަހަރު ކުރިން
ރާއްޖެ

ތަނެއްގައި ވަޒީފާ އަދާކުރުމަކީ، އެތަނުގެ ހުރިހާ ވަސީލަތެއް އިމެއް ނެތި ބޭނުންކުރެވޭނެ ސަބަބެއް ނޫން: ޕީޖީ އޮފީސް

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ
20215 އަހަރު ކުރިން
ތަފާތު ޚަބަރު

އައު ކައިވެނިފުޅަކަށް އިނގިރޭސި ރާނީ ތައްޔާރުވެވަޑައިގަންނަވަނީ

ވަޅޯމަސް ފްރައިޑް ރައިސް
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ވަޅޯމަސް ފްރައިޑް ރައިސް

ތަރާވީޙް ނަމާދު
20188 އަހަރު ކުރިން
އިސްލާމް

ތަރާވީޙް ނަމާދު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު