Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދު
ކުއާޓަރލީ ބިޒްނަސް ސަރވޭ

ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއަރާފައެއް ނުވޭ: އެމްއެމްއޭ

ފަތުރުވެރިކަމުގެ ސިނާއަތު ފިޔަވައި އެހެން ސިނާއަތްތަކުގެ މާލީ ހާލަތު ރަނގަޅު

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް, ރާއްޖެ އެމްވީ | 2 އޯގަސްޓު 2022 | އަންގާރަ 07:21
އެމްއެމްއޭ

އެމްއެމްއޭ

މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތް ފިޔަވައި އެހެނެ ސިނާއަތްތައް ކުރިއަރާފައިވާކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކޮށްފިއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ކުއާޓަރލީ ބިޒްނަސް ސަރވޭގައި މިކަން ހާމަކޮށްފައިވާއިރު، މިއީ ފަތުރުވެރިކަމުގެ ސިނާއަތާއި، ކޮންސްޓްރަކްޝަން ސިނާއަތުގެ އިތުރުން، ވިޔަފާރިއާއި، ޓްރާންސްޕޯޓް އަދި ކޮމިއުނިކޭޝަން ސިނާއަތް ކުރިއަރާފައިވާ މިންވަރު ބެލުމަށް މިދިޔަ ޖޫން މަހުގެ 19 އިން 23 އަށް ކުރިއަށްގެންދިޔަ ސަރވޭއެކެވެ.

އެމްއެމްއޭގެ ސަރވޭއިން ފާހަގަވެފައިވާ މައިގަނޑު ކަންތައްތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ސިނާއަތް ފިޔަވައި އެހެން ސިނާއަތްތަކުގެ އެމްޕްލޯއީމެންޓް ލެވެލް ހުރީ ރަނގަޅަށެވެ. މި ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ މީހުންގެ އަދަދު ވަނީ ބޮޑުތަނުން ދަށްވެފައެވެ. އަދި އެމްޕްލޯއީމެންޓް ލެވެލް ނެގެޓިވް ވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނީ ފަތުރުވެރިކަމުގެ އޮފް-ޕީކް ސީޒަން ނިމެން ގާތްވެފައިވަނިކޮށް ތިން ވަނަ ކުއާޓަރުގައި ފަތުރުވެރިކަން ރަނގަޅުވެދާނެކަމަށް ފެންނަން ފަށާފައިވާކަމަށެވެ. މިގޮތުން އާމްދަނީއާއެކު، ރިސޯޓު ބުކިންތައް އިތުރުވަމުންދާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ހަމަމިއާއެކު ދަތުރުފަތުރާއި، މުވާސަލާތީ ދާއިރާވެސް 3 ވަނަ ކުއާޓަރުގައި އިތުރަށް ރަނގަޅުވާނެ ކަމަށް ފެންނަމުންދާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. އަދި ކޮންސްޓްރަކްޝަން ސިނާއަތްވެސް އަންދާޒާ ކޮށްފައިވާގޮތަށް ކުރިއަރައިގެންދާނެ ކަމަށް ބެލެވެއެވެ. ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރިތައްވެސް ކުރިއަރައިގެންދާނެ ކަމަށް ބެލެވޭކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއިން ބުނީ ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތް ފިޔަވައި އެހެން ހުރިހާ ސިނާއަތެއްގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު ރަނގަޅުވެފައިވާކަމަށެވެ. މި ވިޔަފާރިތަކުގެ ތެރެއިން ކޮންސްޓްރަކްޝަން ސިނާއަތުގައި ހިމެނޭ ވިޔަފާރިތަކުގެ މާލީ ހާލަތު 3 ވަނަ ކުއާޓަރުގައި ރަނގަޅުވާނެ ކަމަށް ބެލެވޭ ކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ.

އެމްއެމްއޭއިން އާންމުކޮށްފައިވާ ސަރވޭ ރިޕޯޓުން ދައްކާގޮތުގައި މިއަހަރުގެ ދެވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު އާމްދަނީ ވަނީ ނެގެޓިވް 100 އަށް ވެއްޓިފައެވެ. އަދި ރިސޯޓު ބުކިންތައް ނެގެޓިވް 92 އަށް ވެއްޓިފައިވާއިރު، 96 އިންސައްތަ ވިޔަފާރިތަކުގެ ބުކިން އިންތިހާއަށް ދަށްވެފައިވާކަމަށް އެމްއެމްއޭއިން ބުނެފައިވެއެވެ. ތިންވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސިނާއަތުގެ އާމްދަނީ ހުންނާނީ ނެގެޓިވް 66 ގައި ކަމަށް އެމްއެމްއޭއިން ވަނީ އަންދާޒާކޮށްފައެވެ. އަދި ރިސޯޓު ބުކިން ޕޮޒިޓިވް 25 އަށް އަރާނެ ކަމަށް ބެލެވޭ ކަމަށް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

އެމްއެމްއޭރާއްޖޭގެ ފަތުރުވެރިކަންކޮންސްޓްރަކްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

ޕެންޝަން ފަންޑް މެދުވެރިކޮށް ފައިސާ ޗާޕު ކުރުމަކީ ހީލަތްތެރި ނިންމުމެއް: އަމީރު

06 ނޮވެމްބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

ކޮންމެ ބޭންކަކުން ވެސް ވަކި އިންސައްތައެއް ހައުސިންގ ފަންޑަށް ދޭން ލާޒިމުކުރާ ގޮތަށް ގަވާއިދެއް ހަދައިފި

25 އޮކްޓޯބަރު 2025
ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

ގާނޫނާ ހިލާފަށް ސަރުކާރު ކުރަމުންދާ ކަންކަމުގައި ބައިވެރިނުވުމަކީ ކޮންމެ މުވައްޒަފެއްގެ މައްޗަށް މިއަދު އޮތް ޒިންމާއެއް: ފައްޔާޒު

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

25 ޖެނުއަރީ
ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޣައްޒާ ގެ ބިމުން ފަލަސްތީނު ރައްޔިތުން ނެރެ އެ ބިން ހުސްކުރަން ބޭނުންފުޅުވާ ކަމަށް ޓްރަމްޕް ވިދާޅުވެއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ވެރިކަން ކުރާ ކޯލިޝަންގެ ހަނިމާދޫ ދާއިރާގެ ނައިބްރައީސް ހައްޔަރުކޮށްފި

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ކޯފްސިރަޕް ވިހަވެގެން މަރުވި ދަރިފުޅާއެކު ހުރިހާ ޢުއްމީދެއްވެސް ކަފުނަށް

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ
20224 އަހަރު ކުރިން
ރާއްޖެ

ޤަސްދުގައި މަހުމޫދު މަރާލިކަން ޝާ އަލޮމްގެ މައްޗަށް ސާބިތުވެއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!
20215 އަހަރު ކުރިން
ރާއްޖެ

ދިވެހިންގެ ތެރެއިން ވެސް އައިސިސް ޖަމާޢަތަށް އަމީރެއް ޢައްޔަނުކޮށްފައި؟!

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!
20197 އަހަރު ކުރިން
ރިޕޯޓު

ޕިން އަނގަޔަށް ނުލާ! ހިތާމަވެރި ހާދިސާތައް ގިނަވަނީ!

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ބަންދުގައި ހުންނަވަނިކޮށް ފާރިސްއަށް އިންޑިއާ އިން ފޮނުވި ދައުވަތު: ސަރުކާރަށް ދިން ވަރުގަދަ މެސެޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު