Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެ
އިމާރަތްކުރުމުގެ މަސައްކަތް

ގެއްލުން ކުޑަކުރުމުގެ ގޮތުން މާލެ ސަރަހައްދުގައި އިމާރާތްކުރުމާގުޅޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދިނުމަށް ނިންމައިފި

މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ ގެއްލުން ކުޑަކުރުމުގެ ގޮތުން

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 27 މެއި 2021 | ބުރާސްފަތި 08:25
މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ،

މާލެ ކޮންސްޓްރަކްޝަން ސައިޓެއްގައި ބިދޭސީން މަސައްކަތްކުރަނީ،

ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ޚާއްސަ ފިޔަވަޅުތަކާއެކު މާލެ، ހުޅުމާލެ އަދި ވިލިމާލޭގައި އިމާރާތްކުރުމާގުޅޭ މަސައްކަތްތައް ކުރުމުގެ ހުއްދަ ދިނުމަށް އިކޮނޮމިކް މިނިސްޓްރީން ނިންމައިފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މާލެ ސިޓީގައި ކޮވިޑް 19 ގެ ނުރައްކާތެރިކަން އިތުރުވުމާ ގުޅިގެން ދެ ހަފްތާގެ މުއްދަތަށް ޚާއްސަ ފިޔަވަޅު އަޅާފައިވާއިރު، މި މުއްދަތުގައި، ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކުރެވޭނެ އިންތިޒާމެއް ހަމަޖައްސައި، އިމާރާތްކުރުމުގެ މަސައްކަތްކުރާ ފަރާތްތަކަށް ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް މާލެ އަދި ވިލިމާލޭގައި ނަމަ، މާލެ ސިޓީ ކައުންސިލުން އަދި ހުޅުމާލޭގައި ނަމަ، ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން މެދުވެރިކޮށް ހުއްދަ ދިނުމަށް ނިންމާފައިވާ ކަމަށެވެ.

Advertisement - newsAdvertisement

އެގޮތުން ފައުންޑޭޝަން ކޮނެފައިވާ ސައިޓުތަކުގައި ފައުންޑޭޝަން އެޅުމުގެ މަސައްކަތް ކުރުމާއި، ސްލެބް ޝަޓަރިންގ މަސައްކަތް ނުވަތަ ދަގަނޑު އެޅުމުގެ މަސައްކަތް ފަށާފައިވާ ސައިޓުތަކުގައި އެ މަސައްކަތް ނިންމުމަށާއި، މިފަދަ ކޮންސްޓްރަކްޝަން ސައިޓުތަކުގެ އިންޖިނިއަރުންނަށް ސައިޓުގެ މަސައްކަތް އިންސްޕެކްޓް ކުރުމަށް އަދި އާންމު ރައްޔިތުންނާއި ވަކިން ސައިޓުގައި އެންމެހައި މަސައްކަތްތެރިންގެ ނިދުމާއި ކެއުންބުއިން ހަމަޖެހިފައި ހުންނަ ސައިޓުތަކާއި، ހުޅުމާލޭގައި ހުރި އާންމު ރައްޔިތުންނަށް ނުވަދެވޭ ގޮތަށް ހުންނަ މިފަދަ ސައިޓުތަކުގެ މަސައްކަތް ކުރުމުގެ ހުއްދަދޭނެ ކަމަށް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އިސްވެ ދެންނެވިފައިވާ އެއްވެސް މަސައްކަތެއް ކުރުމަށް އެދޭ ފަރާތްތަކުން، މައުލޫމާތު ފުރިހަމަ ކުރުމަށްފަހު މާލެ ސިޓީގައި މަސައްކަތެއް ކުރުމަށްނަމަ، ahbb.admin@malecity.gov.mvށް، އަދި ހުޅުމާލޭގައި މަސައްކަތެއް ކުރުމަށްނަމަ، municipal@hdc.com.mv އަށް، އީމެއިލް ކުރުމަށް އެދޭ ކަމަށެވެ.

ކޮންމެހެން ކުރަންޖެހޭ މަސައްކަތްތައް ކަނޑައަޅާނީ، މަސައްކަތްކުރުމަށް އެދޭ ސައިޓުތައް ބެލުމަށްފަހު، މާލެ ސިޓީ ކައުންސިލް ނުވަތަ ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަންއިންނެވެ. އަދި، ސައިޓްއަކަށް ހުއްދަ ދިނުމަށް ނިންމުމާއެކު، އެ މިނިސްޓްރީއިން ހުޅުމާލެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އަދި މާލެ ސިޓީ ކައުންސިލުން ފޮނުވާ ތަންތަނުގައި މަސައްކަތްކުރުމަށް އެދިފައިވާ މުވައްޒަފުންނަށް ހުއްދަ ދޫކުރެވޭނެއެވެ.             

އިކޮނޮމިކް މިނިސްޓްރީކޮންސްޓްރަކްޝަން

ކޮމެންޓް

އިތުރަށް ކިޔާލަން

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

އިމާރާތް ކުރުމުގެ އަގު ހުއްޓުމެއް ނެތި އުފުލެނީ!

08 ޑިސެމްބަރު 2025
ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ 11 ވިޔަފާރިއެއް ބަންދުކޮށްފި

05 ޑިސެމްބަރު 2025
ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

ފައިސާ ޗާޕު ނުކުރާނެ ކަމަށްބުނެ އިގުތިސާދީ ވަޒީރު މުހައްމަދު ސައީދު ހެއްދެވީ އިތުރުފުޅު: ޑރ. ޝަމްހީދު

29 އޮކްޓޯބަރު 2025
ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

ބިޒްނަސް ފޯރަމްތައް ބާއްވާން އެތައް މިލިއަން ރުފިޔާ އެއް ޚަރަދު ކޮށްފި، އައި އިންވެސްޓްމަންޓެއް ނޭނގޭ!

30 އޯގަސްޓު 2025
ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

ބަންކަރިން އާއި މެދު ދެއްކި ވާހަކަތަކުގައި ސައީދުގެ ރާގު މުޅިން ބަދަލުވެއްޖެ

18 ފެބުރުއަރީ 2025

އަހަރުތަކުން މިއަދު

8 ޖޫން
"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް
20251 އަހަރު ކުރިން
ރާއްޖެ

"ޓީމް އިއްބެ" ޝޯނުދީ ކައުންސިލަށް ނޭނގި ދާން އުޅުމަކީ ނާތަހުޒީބު އަމަލެއް: ކަމަދޫ ކައުންސިލް

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!
20242 އަހަރު ކުރިން
ރާއްޖެ

4000 ފްލެޓަށް ހަދަން އުޅޭ ގޮތެއް ނޭނގޭ، އެ ކޮމިޓީން މި ކޮމިޓީން ލިސްޓް ވާނުވާގައި!

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް
20233 އަހަރު ކުރިން
ދުނިޔެ

ހުސްއަންހެނުން ދަތުރުކުރި ފުރަތަމަ ހައްޖު ފްލައިޓް އިންޑިޔާ އިން ޖިއްދާއަށް

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން
20224 އަހަރު ކުރިން
ސިއްހަތު

ބްރައުން ޝުގަރއަކީ ސިއްޙީ ގޮތުން ވަކި ރައްކާތެރި އެއްޗެއް ނޫން

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

ވިއްސާރަދުނީގެ ކުލަތަކުން ޖަރީކުރާއިރު އަލިފާނުގެ ވާރޭގެ މަތިން ހަނދުމަ ނެތުނީހެއްޔެވެ؟

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟
20197 އަހަރު ކުރިން
ރިޕޯޓު

ސަލާހުގެ އަންހެނުންނާއި އެހެން މަޝްހޫރު ކުޅުންތެރިންގެ އަންހެނުންނާއި ހުރި ތަފާތަކީ ކޮބާ؟

ދަމު ނަމާދު. (تهجد ނަމާދު)
20188 އަހަރު ކުރިން
އިސްލާމް

ދަމު ނަމާދު. (تهجد ނަމާދު)

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު