Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރިބެރީގެ ކުރިމަގު

ރިބެރީ އަލުން ބަޔާނަށް ބަދަލުނުވާނެ

ފިއޮރެންޓީނާގެ އެއްބަސްވުން ވަނީ ހަމަވެފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 11 އޯގަސްޓު 2021 | ބުދަ 14:27
ބަޔާނުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ރިބެރީ

ބަޔާނުގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ރިބެރީ

ފްރާންސްގެ މިޑްފީލްޑަރު ފްރޭންކް ރިބެރީ އަލުން ބަޔާން މިއުނިކާ ނުގުޅޭނެ ކަމަށް އެ ޓީމުގެ ސީއީއޯ އޮލިވާ ޚާން ވިދާޅުވެއްޖެއެވެ.

ބަޔާނުގައި 12 އަހަރު ހޭދަކުރުމަށްފަހު އުމުރުން 38 އަހަރުގެ ރިބެރީ ފިއޮރެންޓީނާއާ ގުޅުނީ ހިލޭ ޓްރާންސްފާއެއްގެ ދަށުން 2019 ވަނަ އަހަރުގެ އޯގަސްޓް މަހުގެ ތެރޭގައެވެ. އެކަމަކު ފިއޮރެންޓީނާއާއެކު ރިބެރީ ހަދާފައި އޮތް އެއްބަސްވުން މިދިޔަ ޖޫން މަހު ވަނީ ހަމަވެފައެވެ. އެއާއެކު ރިބެރީ މިހާރު އަންނަނީ ބަޔާނުގެ އައު ކޯޗު ހޫލިއަން ނާގަލްސްމަނުގެ ސްކޮޑާއެކު ފަރިތަކުރަމުންނެވެ. ނަމަވެސް ދާދި ފަހުން ދިން އިންޓަވިއުއެއްގައި ބަޔާނުގެ ސީއީއޯ އޮލިވާ ޚާން ވިދާޅުވީ ރިބެރީގެ ސޮއި ހޯދުމުގެ ވިސްނުމެއް ބަޔާނުން މިހާރު ނުގެންގުޅޭ ކަމަށެވެ.

މި ވަގުތު ކުލަބެއް ނެތި ރިބެރީ ހުރިއިރު، މީގެ ކުރިން ގަލަސަތަރާއި އާއި މާސޭއަށް ކުޅެފައިވާ ރިބެރީ އެންމެ ފުރަތަމަ ބަޔާނަށް ބަދަލުވީ 2007 ވަނަ އަހަރުގެ ސީޒަނުގައެވެ. އޭނާ ވަނީ މީގެ ކުރިން ބަޔާނަށް ކުޅެދިން 425 މެޗުގައި 124 ލަނޑު ކާމިޔާބު ކޮށްފައެވެ. ބަޔާނާއެކު ރިބެރީ 20 ށްވުރެ ގިނަ ތަށި ހޯދިފައިވާއިރު، އޭގެ ތެރޭގައި ޖަރުމަން ލީގު ނުވަ ފަހަރު ހިމެނެއެވެ. އަދި ވަނީ ބަޔާނާއެކު ޔުއެފާ ޗެމްޕިއަންސް ލީގާއި، ޔުއެފާ ސުޕަ ކަޕް އަދި ފީފާ ކުލަބު ވޯލްޑް ކަޕުވެސް ކާމިޔާބުކޮށްފައެވެ.

ބަޔާން ދޫކޮށްލުމަށްފަހު ރިބެރީ ފިއޮރެންޓީނާގައި ދެ ސީޒަން ހޭދަކުރިއިރު، އޭނާ ވަނީ އެ ޓީމަށް ކުޅެދިން 51 މެޗުގައި ފަސް ލަނޑު ޖަހާފައެވެ. މީގެ އިތުރުން ފްރާންސް ގައުމީ ފުޓްބޯޅަ ޓީމާއެކު 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުގެ ރަނަރަޕްކަން ހޯދި ރިބެރީ ވަނީ ގައުމީ ޓީމަށް ކުޅުނު 81 މެޗުގައި 16 ލަނޑު ކާމިޔާބުކޮށްފައެވެ. ރިބެރީ ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައިވަނީ 2014 ވަނަ އަހަރުގެ ތެރޭގައެވެ.

ފްރޭންކް ރިބެރީބަޔާން މިއުނިކް

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2025

އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް

02 ޑިސެމްބަރު 2025
އެއްބަސްވުމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ނޯޔާ ބުނީ، ވަރަށް ގިނަ ކަންކަމަށް ވިސްނަން ޖެހޭ ކަމަށް
27 ނޮވެމްބަރު 2025

ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު

27 ނޮވެމްބަރު 2025
ބަޔާން ބަލިކޮށް އާސެނަލް އަށް ފަސް ވަނަ މޮޅު
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
07 އޮކްޓޯބަރު 2025

ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް

07 އޮކްޓޯބަރު 2025
ކޭންގެ ހުރިހާ އަމާޒެއް ހުރީ ބަޔާން އަށް
27 ސެޕްޓެމްބަރު 2025

ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި

27 ސެޕްޓެމްބަރު 2025
ބަޔާން މޮޅުވީއިރު، ކޭން 100 ވަނަ ލަނޑު ޖަހައިފި
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
23 އޯގަސްޓު 2025

ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި

23 އޯގަސްޓު 2025
ފުރަތަމަ މެޗުގައި ބަޔާން މޮޅުވިއިރު، ކޭން ހެޓްރިކް ހަދައިފި
30 ޖޫން 2025

ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް

30 ޖޫން 2025
ފްލަމެންގޯ ބަލިކޮށް، ބަޔާން ކުއާޓާ ފައިނަލަށް
25 ޖޫން 2025

ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް

25 ޖޫން 2025
ބެންފީކާ އިން ބަޔާން ބަލިކޮށްފި، ދެ ޓީމު ވެސް ގަދަ 16 އަށް
05 މެއި 2025

ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ

05 މެއި 2025
ލެވަކޫސަން އެއްވަރުވުމުން، ބަޔާނަށް ލީގު ޗެމްޕިއަންކަން ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު