Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑުން ރައްކާތެރިވުން

ބޭސް ދިނުމަށްފަހު ދަރިވަރުން ސްކޫލަށް ފޮނުވާކަން ފާހަގަކުރެވޭ، އެގޮތަށް އެކަން ނުކުރޭ: އެޗްއީއޯސީ

ބެލެނިވެރިން ވެސް ރޯގާގެ އާލާމާތެއް ހުރި ނަމަ ސްކޫލަށް ނުދިއުމަށް ވަނީ އެދިފައި

އަމްނާ އިމާދު
އަމްނާ އިމާދު | 7 އޯގަސްޓު 2021 | ހޮނިހިރު 07:09
ނިއު ނޯރމަލްގެ ދަށުން ސްކޫލަށް ވަނުމަށް ދަރިވަރުން ކިއު ހަދައިގެން

ނިއު ނޯރމަލްގެ ދަށުން ސްކޫލަށް ވަނުމަށް ދަރިވަރުން ކިއު ހަދައިގެން

ކޮވިޑް-19ގެ އެއްވެސް އާލާމާތެއް ހުރިނަމަ ސްކޫލަށް ދަރިވަރުން ނުފޮނުވުމަށް އިލްތިމާސްކޮށްފިއެވެ.

ރާއްޖޭގެ ކޮވިޑް-19ގެ ހާލަތާއި ބެހޭ ގޮތުން އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕް (ޓެގް)ގައި ހިމެނިވަޑައިގަންނަވާ، ޕީޑިއެޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވީ ކޮވިޑް-19 ކަމުގައި ނުވިނަމަވެސް ބައްޔެއްގެ އެއްވެސް އަލާމާތެއް ހުރި ނަމަ ދަރިވަރުންނާއި ޓީޗަރުން ސްކޫލަށް ގޮސްގެން ނުވާނެ ކަމަށެވެ. އަދި ބެލެނިވެރިން ވެސް ރޯގާގެ އަލާމާތެއް ހުރި ނަމަ ސްކޫލަށް ނުދިއުމަށް ވަނީ އެދިފައެވެ.

ބައެއް ބެލެނިވެރިން ރޯގާގެ އަލާމާތެއް ހުރި ނަމަވެސް ބޭސް ދިނުމަށްފަހު ސްކޫލަށް ފޮނުވާކަން ފާހަގަކުރައްވައި ޑރ.ނަޒްލާ ވިދާޅުވީ އެގޮތަށް އަމަލުކުރުމުން ބަލި ފެތުރެން މެދުވެރިވާ ކަމަށެވެ. އަދި ބަލި ކޮންޓްރޯލް ކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު މިފަދަކަންކަމަށް ސަމާލުވާން ޖެހޭ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.

މީގެ އިތުރުން ޑރ.ނަޒްލާ ވިދާޅުވީ ކޮވިޑް-19ގެ ކޭސްތައް މަދުވުމާއި ގުޅިގެން ވަރަށް ބޮޑެތި ލުއިތަކެއް ދީފައިވާއިރު، މީހުންގެ މޫވްމެންޓްތައް ގިނަވާނެ ކަމަށެވެ. މުޖުތަމައުގެ ތެރޭގައި ކޮވިޑް ފެތުރުމުގެ ފުރުސަތު ބޮޑުވާނެ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ. އެހެންކަމުން ދަރިވަރުންނާއި، ބެލެނިވެރިން މިފަދަ ކަންކަމަށް ސަމާލުވުމަށް އިލްތިމާސްކޮށްފައިވެއެވެ.

ދިރާސީ އައު އަހަރުގެ ކިޔެވުން މިމަހުގެ 10 ގައި ފަށާއިރު، މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން ފެށޭ ގަޑި ފުރަތަމަ ދެ ހަފުތާގައި ތަފާތުވާނެ އެވެ. މިއަހަރުވެސް ސްކޫލްތަކުން އަމަލުކުރަންވީ އުސޫލު އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވެއެވެ.

އެޑިއުކޭޝަން މިނިސްޓްރީން އާންމުކޮށްފައިވާ އުސޫލުގައި ވާގޮތުން ސްކޫލްތަކުގެ ދަންފަޅިތަކުގެ ދިގުމިނަކީ އާންމު ހާލަތުގައި ވެސް ދަރިވަރުން ސްކޫލްތަކުގައި ހޭދަކުރަންޖެހޭ ވަގުތު ނަމަވެސް، ފުރަތަމަ ދެ ހަފްތާގައި މާލެ ސަރަހައްދުގެ ސްކޫލްތަކުގެ ކިޔެވުން ފެށޭގަޑި އެކި ގްރޭޑްތަކާ ތަފާތުވާނެއެވެ. އެހެންކަމުން އެކި ގްރޭޑްތަކުގެ ކިޔެވުން ފެށޭ ގަޑިތަކުގައި ވީހާވެސް ތޮއްޖެހުން ކުޑަވާނެހެން އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ އަންގާފައެވެ. ކްލާސްރޫމްތަކުގައި ވައި ދައުރުވާނެހެން ހުރިހާ ވަގުތެއްގައި ދޮރުތައް ހުޅުވާފައި ބެހެއްޓުމަށާއި، ކިޔަވައިދިނުން ކުރިއަށް ގެންދިއުމުގައި ގައިދުރުކަން ހުންނާނެހެން ކްލާސްރޫމްތައް ތަރުތީބު ކުރުމަށާއި، އެއަރ ކޮންޑިޝަން ކޮށްފައިވާ ކްލާސްތަކުގައި ދަރިވަރުންގެ މެދުގައި ތިން ފޫޓުގެ ދުރުމިން ހުންނާނެހެން އިންތިޒާމުތައް ހަމަޖެއްސުމަށް ސްކޫލްތަކަށް ވަނީ އަންގާފައެވެ.

ކޮވިޑް-19ސްކޫލުހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)

އިތުރަށް ކިޔާލަން

19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
08 ސެޕްޓެމްބަރު 2025

ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ

08 ސެޕްޓެމްބަރު 2025
ސަރުކާރުގެ 87 މެންބަރުންނާއި ވަޒީރުންނާއެކު މަޖިލިސް ކޮމިޓީއަށް ހާޒިރުކޮށްދޭން އަމީރު އެދިއްޖެ
05 އޯގަސްޓު 2025

ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި

05 އޯގަސްޓު 2025
ކުރީގެ ފިނޭންސް މިނިސްޓަރު އަމީރު އިކޮނޮމިކް މިނިސްޓަރ ސަޢީދު އިސްތިއުފާ ދެއްވާފައި ގެއަށް ވަޑައިގަތުމަށް ގޮވާލައްވައިފި
27 ޖޫން 2025

މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު

27 ޖޫން 2025
މި ސަރުކާރަށް ދަރަނި މެނޭޖްކުރަން ނޭނގޭ، އެނގޭނަމަ ޕްރޮޖެކްޓްތައް ނުހުއްޓި، އާސަންދަ ނުލިބި، ދަރިވަރުންގެ ލޯންތައް ނުލިބި ނުހުންނާނެ - ރައީސް ޞާލިހު
05 ޖޫން 2025

އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި

05 ޖޫން 2025
އަވަށްޓެރި ބައެއް ގައުމުތަކުގައި ޗިކުންގުންޔާ ފެތުރެމުންދާތީ، ދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އިލްތިމާސްކޮށްފި
06 މެއި 2025

ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ

06 މެއި 2025
ސްކޫލަށް ދިޔަ 15 އަހަރުގެ އަންހެން ކުއްޖަކު ގެއްލިގެން ހޯދަނީ
05 މެއި 2025

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

05 މެއި 2025
ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު