Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއެޑިއުކޭޝަން މިނިސްޓަރ ޝަފީޢު

ފޭސް ދޭއްގައި ބިންގާ އެޅި ސްކޫލް ނޮވެމްބަރަށް ނިންމައި، އިތުރު ދެ ސްކޫލެއްގެ މަސައްކަތް މި އަހަރު ފަށަނީ

5 މެއި 2025 | ހޯމަ 13:19

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އަޅާފައިވާ 1,700 ކުދިންގެ ސްކޫލްގެ މަސައްކަތް މި އަހަރުގެ ނޮވެމްބަރު މަހު ނިމޭނެ

އަބްދުލް ހަންނާން މުހައްމަދް
އަބްދުލް ހަންނާން މުހައްމަދް | 5 މެއި 2025 | ހޯމަ 13:19
އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ

އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މަޖިލީހުގެ މިއަދުގެ ޖަލްސާގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ | ރާއްޖެއެމްވީ

ހުޅުމާލެ ފޭސް2 ގައި އަޅާ ސްކޫލެއްގެ މަސައްކަތް މި އަހަރުގެ ފަހުކޮޅު ނިމޭނެ ކަމަށާއި އެ ސްކޫލުގައި ކިޔަވައިދޭން ފެށުމުން ހުޅުމާލޭގެ ސްކޫލުތަކުން ޖާގަ ހޯދުމުގައި ދިމާވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެ އެވެ.

ހުޅުމާލެ ދެވަނަ ފިޔަވަހީގައި މި ސަރުކާރުން އަޅާ 1,700 ކުދިންގެ ޖާގައިގެ ސްކޫލްގެ ބިންގާ މި ސަރުކާރުން އެޅީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 25 ގައެވެ. އެ ސްކޫލްގެ މަސައްކަތަކީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން އެޑިއުކޭޝަން މިނިސްޓްރީއާއި ރަޝީދު ކާޕެންޓްރީ ކޮމްޕެނީ (އާރްސީސީ) ގުޅިގެން ހިންގާ މަޝްރޫއެކެވެ.

Advertisement - newsAdvertisement

ރައްޔިތުންގެ މަޖިލީހުގެ ހޯމަ ދުވަހުގެ ޖަލްސާގައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް މިނިސްޓަރާ ސުވާލު ކުރެއްވީ ހުޅުމާލެ ފޭސް2 އިން ގިނަ އަދަދެއްގެ ދަރިވަރުން އަދިވެސް ކިޔެވުމަށް މާލެ އަންނަން ޖެހޭތީ އެކަމަށް ދާއިމީ ހައްލެއް ލިބޭނެ ދުވަހަކާ ގުޅޭގޮތުންނެވެ.

މެންބަރުގެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝަފީއު ވިދާޅުވީ އާބަން ޑިވެލޮޕްމެންޓުގެ ތެރެއިން މިހާރު އެންމެ އިސްކަން ދެނީ ފްލެޓު އެކަނި އަޅަން ކަމަށާއި ނަމަވެސް އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނަށް ބޭނުންވާނެ ހިދުމަތްތައް ގާއިމްކުރަން ވެސް އިސްކަން ދޭން ޖެހޭ ކަމަށެވެ.

އެގޮތުން ފޭސް ދޭއްގައި މީހުން ގާއިމުވި ފަހުން ފަސް އަހަރު ވޭތުވެ ދިޔައިރު ވެސް އޭރުގެ ސަރުކާރަށް އެޅުނީ އެންމެ ސްކޫލެއް ކަމަށާއި އަދި އެއީ ސަލާހުއްދީން ސްކޫލް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ސަރުކާރުން ވެރިކަމަށް އައި އިރު އެ ސްކޫލްގެ ކިޔެވުން ދެ ދަންފަޅިއަށް ބަދަލުކުރީ ގިނަ ކުދިންނަށް އެ ފުރުސަތު ފަހިކޮށްދިނުމަށް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

"މިސާލަކަށް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ 7 ފްލެޓުގެ ހިޔާ ޓަވަރުތައް ނިމިގެން ދިޔައިރުގައި ވަރަށް ގިނަ ދުވަސްވި، ފަސް ވަރަކަށް އަހަރު ދިޔަ. އެ ފަސް އަހަރު ތެރޭ ވެސް އެކަށީގެންވާ ސްކޫލު އިމާރާތްތަކެއް އެ ސަރަހައްދުގައި ގާއިމެއް ނުކުރެވުނު، ކުރެވިފައި ހުރީ އެންމެ ސްކޫލެއް، އެއީ ސޮލާހުއްދީން ސްކޫލު ބިނާ ކުރެވިގެން ދިޔައީ. ސޮލާހުއްދީން އެއް ސެޝަނަށް ހިނގަމުން އަންނަނިކޮށް އަޅުގަނޑު ނިންމީ އެތައް ހާސް ދަރިވަރުންނެއް ކޮންމެ ދުވަހަކު ބްރިޖު ހުރަސްކޮށް މާލެ އަށް އަންނަމުންދާތީ އެ ތަކުލީފު ކުޑަކުރުމަށް ސޮލާހުއްދީން ދެ ސެޝަނަށް ބަދަލު ކުރުމަށް."
އެޑިއުކޭޝަން މިނިސްޓަރ ޝަފީއު

ހުޅުމާލެ ފޭސް2 ގައި އަޅަމުން އަންނަ 54 ކްލާސްރޫމުގެ ސްކޫލު އިމާރާތުގެ މަސައްކަތް ނޮވެމްބަރަށް ނިމޭނެ ކަމަށާއި ހިޔާ ސަރަހައްދުގައި އަޅާ އެ ސްކޫލުގައި ކިޔަވައިދޭން ފެށުމުން ހުޅުމާލެެ ފޭސް2 އިން މާލެ އަށް ސްކޫލަށް އަންނަން ދަރިވަރުން ކުރާ ދަތުރުތަކަށް ފުދޭވަރަކަށް ބޮޑަށް ހައްލެއް ލިބޭނެ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ މި އަހަރު ތެރޭ އިތުރު ދެ ސްކޫލެއްގެ މަސައްކަތް ހުޅުމާލޭގައި ފަށާނެ ކަމަށާއި އެގޮތުން ފޭސް ދޭއްގައި އެއް ސްކޫލާއި ފޭސް އެކެއްގައި އެއް ސްކޫލްގެ މަސައްކަތް ފަށާނެ ކަމަށެވެ.

އަދި އެ ސްކޫލް ވެގެންދާނީ އެތައް ދުވަހެއް ވަންދެން ހުޅުމާލެ ފޭސް ދޭއްގައި ދިރިއުޅޭ ދަރިވަރުން ތަހައްމަލުކުރި ދައްޗަށް ލިބިގެންދާނެ ފަސޭހައެއް ކަމަށް ވެސް މިނިސްޓަރ ޝަފީއު ވިދާޅުވިއެވެ.

ސްކޫލުޑރ. އިސްމާއީލް ޝަފީއުމިނިސްޓްރީ އޮފް އެޑިއުކޭޝަން މުހައްމަދު އިބްރާހިމްހުޅުމާލެ ފޭސް 2

އެންމެ ހިނގާ

1

ޑޮލަރުގެ އަގު ދަށަކަށް ނުދާނެ، އެއީ ސަރުކާރަށް ވެސް ކުރެވޭނެ ކަމެއް ނޫން: އުއްޗު

2

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

3

ސައުދީ އަރަބިއްޔާ ތޫފާނެއްގެ މެދުގައި، ތިން ދިމާލަކުން ދެކޮޅުވެރިން ވަށާލައިފި

4

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

5

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

އިތުރަށް ކިޔާލަން

17 ފެބުރުއަރީ 2026

އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް

17 ފެބުރުއަރީ 2026
އެކްސިޑެންޓާ ގުޅިގެން އުޅަނދުތަކާ، ދުއްވާ މީހުންނަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އިސްލާހެއް
11 ފެބުރުއަރީ 2026

ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް

11 ފެބުރުއަރީ 2026
ޕީއެންސީ މެންބަރުން އެމްޑީޕީ މެންބަރުންނަށް "ލާދީނީ" ކިޔަސް ކުރެވޭނެ ކަމެއް ނެތް: އަބްދުއްރަހީމް
03 ފެބުރުއަރީ 2026

ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ

03 ފެބުރުއަރީ 2026
ފައިސާ ބެހުމާއި ނަފްސު ވިއްކާލުމަކީ އެމްޑީޕީގެ މެމްބަރުން ކުރާނެ ކަމެއް ނޫން: ކުޑޫ
02 ފެބުރުއަރީ 2026

ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ

02 ފެބުރުއަރީ 2026
ދެ އަހަރުވީއިރު ވެސް، ފުޓްސަލް އާއި ނެޓުބޯޅަ ކޮމްޕްލެކްސްގެ މައްސަކަތް ނުފެށޭ
27 ޖެނުއަރީ 2026

2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ސަރކިއުލާ އެކުލަވާލި ގޮތުން ޕްލޭ ސްކޫލްގައި ރިޕީޓްކުރި ދަރިވަރާ މެދު އެޑިއުކޭޝަނުން އަލުން ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ޙުކުމްކޮށްފި

27 ޖެނުއަރީ 2026
2024 ވަނަ އަހަރުގެ ދިރާސީ އަހަރުގެ ސަރކިއުލާ އެކުލަވާލި ގޮތުން ޕްލޭ ސްކޫލްގައި ރިޕީޓްކުރި ދަރިވަރާ މެދު އެޑިއުކޭޝަނުން އަލުން ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ޙުކުމްކޮށްފި
26 ޖެނުއަރީ 2026

ލޭ ދޭ ފަރާތްތަކުގެ ދަފްތަރެއް ގާއިމް ނުކުރެވި ގިނަދުވަސް ވާތީ މިނިސްޓަރާ ސުވާލު ކުރަނީ

26 ޖެނުއަރީ 2026
 ލޭ ދޭ ފަރާތްތަކުގެ ދަފްތަރެއް ގާއިމް ނުކުރެވި ގިނަދުވަސް ވާތީ މިނިސްޓަރާ ސުވާލު ކުރަނީ
19 ޖެނުއަރީ 2026

ހުޅުމާލޭގެ އެންމެ ބޮޑު ޕްރިމިއަމް ޕަރފިއުމް ކޮސްމެޓިކްސް ފިހާރަ، "ޕްރިމިއަމް ޓަޗް" ހުޅުވައިފި

19 ޖެނުއަރީ 2026
ހުޅުމާލޭގެ އެންމެ ބޮޑު ޕްރިމިއަމް ޕަރފިއުމް ކޮސްމެޓިކްސް ފިހާރަ، "ޕްރިމިއަމް ޓަޗް" ހުޅުވައިފި
13 ޖެނުއަރީ 2026

މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި

13 ޖެނުއަރީ 2026
މޯލްޑިވް ގޭސް ގެ އެމްޑީ މަޖިލީހުގެ ދެ މެންބަރަކަށް ބިރުދެއްކި މައްސަލަ ބަލައިދޭން އެދެފި
05 ޖެނުއަރީ 2026

ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ޣައިރު ގާނޫނީ، އެމްޑީޕީ އިން ބޮއިކޮޓް ކުރަން ނިންމައިފި

05 ޖެނުއަރީ 2026
ދައުރުން ބޭރުން ބާއްވާ ޖަލްސާތައް ޣައިރު ގާނޫނީ، އެމްޑީޕީ އިން ބޮއިކޮޓް ކުރަން ނިންމައިފި
19 ޑިސެމްބަރު 2025

ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފި

19 ޑިސެމްބަރު 2025
ބޭންކް އޮފް މޯލްޑިވްސް އިން ހުޅުމާލެ ފޭސް 2 ގައި ރުފިޔާ އަދި ޑޮލަރު އޭޓީއެމް ސެންޓަރު ހުޅުވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް