Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކޮވިޑް-19ށް އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދިނުން

ޕީސީއާރު ޓެސްޓު ނުހަދާ ދަތުރުކުރުމުގެ ފުރުސަތު ވެސް ދޭނަން!

ޕީސީއާރު ޓެސްޓު ނަހަދާ ދަތުރުކުރުމުގެ ހުއްދަ ދެވޭނީ އާބާދީގެ ބޮޑު އިންސައްތައެއް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމުން

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 6 އޯގަސްޓު 2021 | ހުކުރު 07:55
ކޮވިޑްއަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުން

ކޮވިޑްއަށް ޓެސްޓުކުރުމަށް ސާމްޕަލް ނެގުން

ކޮވިޑް-19ގެ ސަބަބުން އަޅާފައިވާ ފިޔަވަޅުތަކަށް ލުއިދޭ އިރު، ކުރިއަށް އޮތްތާގައި ރާއްޖޭގެ އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ އިރު ޕީސީއާރު ޓެސްޓު ހެދުމަކާ ނުލައި ދަތުރުކުމުގެ ހުއްދަ ދެވިގެންދާނެ ކަމަށް ހެލްތު އެމަޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗއީއޯސީ) އިން ބުނެފިއެވެ.

އެޗްއީއޯސީން ބުރާސްފަތި ދުވަހު ކުރިއަށްގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އެސެންޓަރުގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވަނީ ރާއްޖޭގެ ކޮވިޑް-19 ވެކްސިނޭޝަން ރޭޓަށާއި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރަށް ބަލައި އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާއިރު ޕީސީއާރު ޓެސްޓެއް ނުހަދާ ދަތުރުކުރެވޭނެ ގޮތް ސެޕްޓެމްބަރު މަހުގެ އެއް ވަނަ ދުވަހުން ފެށިގެން ހެދުމަށް ނިންމާފައިވާ ކަމަށް ވިދާޅުވެފައެވެ.

Advertisement - newsAdvertisement

ޑރ. ނަޒްލާ ވަނީ މި ލުއި ދެވިގެންދާނީ ވަކިވަކި ރަށްރަށުގައި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރަށާއި ވެކްސިންޖަހާ މިންވަރަށް ބެލުމަށް ފަހު ކަމަށް ވިދާޅުވެފައެވެ. އެގޮތުން ރަށުގެ އާބާދީގެ ބޮޑު ބަޔަކަށް ވެކްސިންގެ ދެ ޑޯޒް ދީނިމުމުން، އެރަށަށް ކޮވިޑްގެ ޕޮޒިޓިވް ކޭސްތައް އުޅޭ އިތުރު ރަށްރަށުން ދަތުރުކުރުމުގައި އިތުރު ލުއިތަކެއް ދެވިގެންދާނެ ކަމަށް ވަނީ ވިދާޅުވެފައެވެ. އަދި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ފަސް އިންސައްތައިން ދަށުގައި ހުރި ރަށްރަށުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްގެން ދަތުކުރާ މީހުންނަށް ދަތުރުކުރުމުގެ ކުރިން މިހާރު ހަދަން މި ޖެހޭ ޕީސީއާރު ޓެސްޓު ނުހަދާ ދަތުރުކުރުމުގެ ހުއްދަ ދެވިގެންދާނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ.

ޑރ. ނަޒްލާ ވިދާޅުވީ މިގޮތަށް ޕީސީއާރު ޓެސްޓު ނަހަދާ ދަތުރުކުރުމުގެ ހުއްދަ ދެވޭނީ އާބާދީގެ ބޮޑު އިންސައްތައެއް ކޮވިޑް ވެކްސިންގެ ދެ ޑޯޒް ޖެހުމުން ކަމަށެވެ. އެއީ އެ ރަށެއްގެ 12 އަހަރުން މަތީގެ ވެކްސިން ޖެހޭ އާބާދީގެ 90 އިންސައްތަ ވެކްސިންގެ ޑޯޒްތައް ފުރިހަމަ ކުރުމުގެ އިތުރުން، 60 އަހަރުން މަތީގެ މީހުންގެ ތެރެއިން ވެސް 90 އިންސައްތަ މީހުން ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމުގެ އިތުރުން ގެސްޓު ހައުސް ހިންގާ ރަށެއް ނަަމަ އެސިނާއަތުގައި މަސައްކަތްކުރާ މުވައްޒަފުންގެ 95 އިންސައްތަ މުވައްޒަފުން ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުމުންނެވެ.

އެހެން ކަމުން ޕީސީއާރު ޓެސްޓު ނުހަދާ ދަތުރުކުރެވޭނީ ފުރާ ރަށެއްގައި ކޮވިޑަށް ޕޮޒިޓިވްވާ މިންވަރު ފަސް އިންސައްތައިން ދަށުގައި އޮވެ، އާބާދީގެ ބޮޑުބައެއް ވެކްސިންގެ ޑޯޒްތައް ފުރިހަމަކޮށްފައިވުމާއި ދާން ބޭނުންވާ ރަށުގެ ވެކްސިން ކަވަރޭޖު ފުރިހަމަ ވުމުންނެވެ.

އޭގެ އިތުރުން ސެޕްޓެމްބަރު އެއް ވަނަ ދުވަހުގެ ނިޔަލަށް ވެކްސިން ނުޖަހައި ދަތުރުކުރާ ފަރާތްތަކުގެ ރިލީސް ސާމްޕަލް ދެން ހިލޭ ހަދައި ނުދޭނެ ކަމަށް ޑރ. ނަޒްލާ ވަނީ ވިދާޅުވެފައެވެ. އަދި ބަލި އުޅޭ ރަށަކުން ވެކްސިންގެ ޑޯޒްތައް ފުރިހަމަ ނުކޮށް ދަތުރުކުރާ ނަމަ ކަރަންޓީންވާން ޖެހޭ ޖެހުމަށް ބަދަލެއް ނާންނާނެ ކަމަށާއި ކަރަންޓީނު ވުމަށް ފަހު ނަގާ ރިލީސް ސާމްޕަލް ދެން ނެގޭނީ އަމިއްލަ ޚަރަދުގައި ކަމަށް ވަނީ ފާހަގަކުރައްވާފައެވެ.

އާބާދީގެ ބޮޑު ބަޔަކަށް ވެކްސިން ޖެހުމުގެ އަމާޒުގައި ސަރުކާރުން މަސައްކަތްކުރަމުންދާއިރު، ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި އުމުރުން 12 އަހަރުން މަތީގެ ކުދިންނަށް ފައިޒަރ ވެކްސިން ޖަހަން ފެށުމުން ރާއްޖޭގެ ވެކްސިން ޖެހޭ އާބާދީގެ ގޮތުގައި ގުނަމުން ދާނީ 12 އަހަރުންގެ މަތީގެ އާބާދީއެވެ. އަދި މިހާރު 18 އަހަރުން މަތީގެ މީހުންނަށް އެސްޓްރަޒެނެކާ ވެކްސިންގެ ޑޯޒްތައް ޖެހުމުގެ މަސައްކަތްކުރަމުންދާއިރު، ފައިޒަރ ވެކްސިންގެ ޑޯޒްތައް ޖެހުމަށް ހަމަޖެހިފައި ވަނީ ވަކި ހާއްސަ ކެޓެގަރީއެއްގެ ބަޔަކަށެވެ. އެއީ 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށާއި މާބަނޑު މީހުންނަށާއި ދިފާއީ ނިޒާމު ބަލިކަށިކޮށްލާ ފަދަ ބޭހެއް ކަމުންދާ ފަރާތްތަކާއި ރާއްޖެއިން ބޭރުން ފައިޒާގެ ފުރަތަމަ ޑޯޒް ޖެހުމަށްފަހު ރާއްޖެ އައިސް ދެވަނަ ޑޯޒް ޖަހަންޖެހޭ މީހުންގެ އިތުރުން ރާއްޖެއިން ބޭރު ގައުމަތަކަށް ކިޔަވަން ދާ ދަރިވަރުންގެ ތެރެއިން އެ ދާ ގައުމަކުން ފައިޒާ ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ދަރިވަރުންނަށެވެ. އަދި ރާއްޖޭގައި ފައިޒަރ ވެކްސިން ޖަހައި، ދެ ވަނަ ޑޯޒް ނުޖަހާ ތިބި ފަރާތްތަކަށް ވެސް މި ވެކްސިން ޖަހާނެއެވެ.

ކޮވިޑް-19ހެލްތް އިމަޖެންސީ އޮޕަރޭޝަންސް ސެންޓާރ (އެޗް.އީ.އޯ.ސީ)ޑރ.ނަޒްލާ ރަފީގު

އިތުރަށް ކިޔާލަން

18 ޑިސެމްބަރު 2025

ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް

18 ޑިސެމްބަރު 2025
ކޮވިޑުގެ ތެރޭގައި ސަރުކާރުން އެތަކެއް ވަޒީފާ ތަކެއް ސަލާމަތްކޮށް، ނުރައްކާ ކުޑަ ކުރި: ކުރީގެ ބޮޑު ވަޒީރު ސުނާކް
19 ނޮވެމްބަރު 2025

ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން

19 ނޮވެމްބަރު 2025
ކޮވިޑް-19ގެ ތެރޭގައި ބަލި ފެތުރުނު ނަމަވެސް މުޒާހަރާ ކުރާނަމޭ ބުނެ، މަގު މައްޗަށް ނުކުތީ މި ސަރުކާރުގެ ބޭފުޅުން: މެންބަރު އަމީން
30 ސެޕްޓެމްބަރު 2025

އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި

30 ސެޕްޓެމްބަރު 2025
އޮކްޓޯބަރު 3 ގެ އެއްވުމުގެ ވާހަކައާއެކު އަނެއްކާވެސް ޝަންގްރިއްލާ ހުޅުވުމުގެ ވާހަކަ ސަރުކާރުން ދައްކައިފި
21 ސެޕްޓެމްބަރު 2025

އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ

21 ސެޕްޓެމްބަރު 2025
އެމެރިކާގެ ވެކްސިން ޕެނަލުން މިހާރު ބޮޑެތި މީހުންނަށް ކޮވިޑް-19 ވެކްސިން ޖެހުމަށް ލަފާ ނުދޭ
11 ސެޕްޓެމްބަރު 2025

ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު

11 ސެޕްޓެމްބަރު 2025
 ސަރުކާރުން ހަރަދުތައް ކުޑަކޮށް އެއްވެސް މާލީ ރިފޯމެއް ނުގެނޭ، ސިޔާސީ މަގާމުތަކުގެ އަދަދު 3000ށް ވުރެ އިތުރު - އަމީރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު